މީގެ ކުރީގެ ސަރުކާރުތަކުގައި ވެސް ބޭރު ގައުމުތަކުންނާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ވެސް ލޯނު ނަގައިގެން ހޭދަކޮށްފައިވަނީ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށާއި އެހެންކަމުން ކަންބޮޑުވާން ޖެހޭ މިންވަރަކަށް ދައުލަތުގެ ދަރަނި ގޮސްފައިވާ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

މުޅި މަޖިލިސް އެއްކޮށްގެން މިއަދު ކުރިއަށް ގެންދިޔަ ކޮމިޓީ ބައްދަލުވުމުގައި ބަހުސް ކުރައްވަމުން ޣަފޫރު ވިދާޅުވީ ދަރަނި މެނޭޖް ކުރެވެމުންދާ މިންވަރު ރައްޔިތުންގެ މަޖިލީހުން ސާފުކުރަން ޖެހޭ ކަމާއި އެ ކަމުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ޓަކައި މަޖިލީހުގެ ތެރެއިން ކުރަން ޖެހޭ މަސައްކަތްތައް ކުރަން ޖެހޭނެ ކަމަށެވެ.

އެހެންވިޔަސް ކުރީ ސަރުކާރުން ނަގާފައިވާ ލޯނުތަކުން ވެސް ހިންގާފައިވަނީ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ކަން ޣަފޫރު ފާހަގަކުރެއްވިއެވެ. މި ގޮތުން ފްލެޓްތައް އަޅާފައިވާއިރު އެ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންގެ ފަރާތުން ދައުލަތަށް ކުއްލި ދެއްކުމުން ލޯނަށް ދައްކަން ޖެހޭ ފައިސާގެ މިންވަރެއް ސަރުކާރަށް ލިބޭނެ ކަމަށް ޣަފޫރު ވިދާޅުވިއެވެ.

"ދައުލަތުގެ ދަރަނި ހުރީ ކަންބޮޑުވާން ޖެހޭ މިންވަރަކަށް ނޫން، ލޯނު ހޭދަކުރި ކެޕިޓަލްތައް މެދުވެރިކޮށް އެ ދަރަނި އަނބުރާ ދެއްކޭނެ،" ޣަފޫރު ވިދާޅުވިއެވެ.

ޣަފޫރުގެ ވާހަކަތައް "ވަގުތަށް" ތަފްސީލް ކޮށްދެއްވަމުން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް ދަރަނި ނަގާފައި ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެޅި ހިޔާ މަޝްރޫއުގެ ފްލެޓްތަކަށާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަށާއި ސިނަމާލެ ބްރިޖްއަށް ކަމުން އެ އުމްރާނީ ތަރައްގީ މެދުވެރިކޮށް ދަރަނީގެ ފައިސާ ހޯދޭނެ ކަމަަށެވެ.

އެކަމަކު މަޖިލީހުގެ ބައެއް މެންބަރުންގެ ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރެއްވީ އެ ދަރަނިން އުފައްދާފައިވަނީ ޖުމުލަ ދަރަނީގެ ދެބައިކުޅަ އެއްބައި ކުޑަ އަގެއްގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކެއް ކަމަށް ވިދާޅުވެއެވެ. އެހެންކަމުން އެ މަޝްރޫއުތަކުން ދައުލަތަށް މުޅި ދަރަނީގެ އަގު އަނބުރާ ދައުލަތަށް ނުލިބޭނެ ކަމަށް އެ މެންބަރުން ވިދާޅުވެއެވެ.

މިއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ފާހަގަކުރައްވާ ކަމެކެވެ. ނަޝީދު އިތުރަށް ވިދާޅުވެފައިވަނީ ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމާއި އިގްތިސާދީ ކާރިސާގެ ސަބަބުން ދިވެހި އިގްތިސާދަށާއި ދައުލަތަށް ލިބޭ އާމްދަނީ ދަށްވާނެ ކަމުގެ ހިރާސް އޮތުމުން އެ ކަމަށް ތައްޔާރުވާން ޖެހޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަހްމަދު

    ޣަފޫރުމެންގެސަރުކާރުން އެފުލެޓްތައް ރައްޔިތުންނާހަވާލުކުރިނަމަ މިހާރުސަރުކާރައް ކިތައް މިލިއަން ލިބިއްޖައީސްތޯ ދެންވެސް މެމްބަރުންގެ އެއްބާރުލުމާއެކު ނަމަވެސް އެފްލެޓްތައް ރައްޔިތުންނާ ހަވާލުކޮށްދެއްވާ އޭރުން ދެކޮޅައްވެސްފައިދާވާނެ

    17
    3
  2. ކޮވިޑް

    ޣަފޫރުބޭ ތި ޑްރާމާތައް މިހާރު ކުލޭނެކަމެއްނެތް.ތިބުނާ ސަރުކާރު އޮށްވާ ދޯ ޣަފޫރު ބެ މެން މަގުތަކަށް ނުކުނެ ލޯނޭ ،ދަރުވަނީޔޭ،ެއެމެއް ނާރަޔޭ މަހެއް ނުބޭވެޔޭ ގޮވީ!!!!!!!!!!! ދެން މިއަދު ކޮން ވާހަކަ އެއް ދައްކާކަށް.ދެން ވެސް ހިތް ވަރު ހުރިއްޔާ ރައީސް ޔާމީން ދޫކޮށްލާބަލަ.މީ އޯގާތެރި ސަރުކާރޭ ކިޔާ އަޑު އިވޭ.......،ބޯހަލާކު

    24
  3. ކާފަބޭ2020

    ގަޕޯތިޔައެއްބަސްވީ ރައީސްޔާމީނުލޯނުނަންގަވައިގެންކުރެއްވި މަސައްކަތުންލޯނުތައްދެއްކޭނެކަމަށް އެބޭޅާއެވިދާޅުވަނީ އެޚަރަދުކޮށްފަވަނީކުރަންވާވަރަށްވުރެބޮޑުކޮށްޚަރަދުކޮށް ބައެއް ޖީބަށްލައިގެންކަމަށް ސުވާލަކީ 250މިލިއަންޚަރަދުނުކޮށް އެޅިބުރިޖަށްވުރެ ތިލަތަނެއްގައަޅާބުރިޖަށް 400މިލިއަނުން ކިހާވަރެއްޖީބަށްލެވޭނެތޯ؟ ހަމައެކަނި ކޮށްނިންމާފަވާސާވޭއެއް އަނެއްކާކުރުމަށްކަމަށްބުނެ ކިތައްމިލިއަން ޕަކަޅާކުރެވިއްޖެތޯ؟

    22
  4. މާމީ

    މިސަރުކާރުން އިންޑިއާއިން ނަގާލޯނައްދެނީ ގުރޭޓާރ މާލެ ސަރަހައްދާ ހުޅުމާލޭގެ ބިންތައް ކޮންތާކު މިޖެހުނީ ހަޖމު ނުވިއަސް ބުރިޖު އެއޮތީ ކުރީސަރުކާރުން އަޅާފަ....

    27
  5. ރޯދަ މުބާރިކް

    🤣🤣🤣🤣! ކުރިން ވިސްނަ ދިނީ ކައްވާލީކަމަށް، މީ ކޮން އާ ބާބެއް؟ މެނޭޖްކުރަން ނޭގިގެން އުޅޭކަމަށް ލަފާކުރެވޭ!

    20
  6. އަބްދޫ

    ރިޔާސީ އިންތިހާބުގަ ދަރަންޏޭ ޔާމީނޭ ކިޔާ ދެއްކިވާހަކަތަކުގެ ހަގީގަތް އެމްޑީޕީ މެމްބަރު ގަފޫރުގެ ވާހަކައިން ވިސްނޭނެކަމަށް އުންމީދު ކުރަން.ޔާމީނު ނެގި ދަރަނީގެ މިންވަރަށް ބަލާއިރު ވެރިކަމާ ހަވާޅުވިއިރު ރިޒާވްގާ ހުރި 32 މިލިއަން ޑޮލަރު 934 އަށް މައްޗަށް ރިޒާވް އުފުލުނު ގައުމަށް ލިބުނު މަންފާ އާމެދު ވިސްނަބަލަ.

    28
  7. ދަރަނި

    ބަލަގަދަރަނި މެނޭޖު ކުރަން ނޭންގެންޏާ ދެން އިތުރައްގައުމު ދަރަނިވެރިކުރަން ނުހަދާ އަވަހައްފައިބާ އެނގޭވަރުމީހުން އެބަތިބި

  8. ބަބޫ

    ފްލެޓްތަކުގެ ލޯނު ދޭނީ ފޮލެޓަށް ވަންނަމީހުން. ޝަކުވާއެއް ނުކުރާނެ. ބްރިޖަށް އަރާ މީހުންގެ އަތުން ލާރިނެގިނަމަ އެޔަށްވެސް ލާރި ސަރުކާރުން ދޭކަށް ނުޖެހޭނެ. ދަރުމަވަންތައިންވެސް އެތަނުގެ ފައިދާއިން ލާރި ދެއްކޭނެ. ޔާމިން އަކީ ވަރަށް ވިސްނުން ތޫނު މީހެއް. މޫސުމަށް ބަލާ އޮޑިދުއްވަން އެގޭ މޮޅު މާލިމީއެއް. ކިތައްމެ ގާތްމީހަކުވިޔަސް ހައްގު އަދަބުދިން މީހެއް. އެއީ ހީރޯއެއް

    12