މަސްތުހާލުގައި ހުރެގެން ދީނަށް ފުރައްސާރަ ކުރި އިންޑިއާ ޑޮކްޓަރު ރާއްޖެއިން ޑީޕޯޓްކޮށްލައިފި އެވެ.

އެކަން ހާމަކޮށްފައި ވަނީ ފުލުހުންނެވެ.

މާތްﷲ އަށް ފުރައްސާރަ ކުރި އެ މީހާ ހައްޔަރު ކުރި އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ، އޮކްޓޯބަރު ދެވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭނާ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ވަނީ ދޫކޮށްލާފައެވެ.

އޭނާ އެރޭ ހައްޔަރު ކުރީ މަސްތުގެ ހާލަތުގައި ހުއްޓައެވެ. އޭނާ މާލޭ މަގުމަތީގައި ބާރަށް ހަޅޭއްލަވައި އިސްލާމް ދީނާއި ރާއްޖޭގެ ގާނޫނުތަކަށް ފާޑު ކިޔާފައި ވެއެވެ. އެކަމާއި ގުޅިގެން އޭނާ ވަނީ މައާފަށް އެދިފައެވެ.

ފުލުހުން މިއަދު ވިދާޅުވީ، މަސްތުހާލުގައި ހުރެ އިސްލާމް ދީނަށް ފުރައްސާރަ ކުރި އިންޑިއާ މީހާ އެއްގޮތަކަށްވެސް ރާއްޖެ ނާދެވޭ ގޮަތަށް ރާއްޖެއިން ޑީޕޯޓްކޮށްލާފައިވާ ކަަމަށެވެ.

އަދި އޭނާ ރާއްޖެއިން ފޮނުވާލާފައި ވަނީ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެ މައްސަލާގައި ގިނަބައެއްގެ ފާޑުކިޔުންތައް އަމާޒުވެގެން ގޮސްފައި ވެއެވެ. އެގޮތުން އޭނާއަށް އެއްވެސް ފިޔަވަޅެއް ނާޅައި، މުޖުތަމައަށް ދޫކޮށްލުމަކީ ރައްޔިތުން އެއްގޮތަކަށްވެސް ބަލައިގަންނަ ކަމެއް ނޫން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ާިްަެައަލީ

    ދޮގެއް

    27
    2
  2. ހަމްދު

    ޑީޕޯޓު ކޮށްލީތަ، ފޮނުވާލީތަ؟ މިކަން ކަށަވަރު ކުރައްވާ. ފޮނުވާލައިގފައި މަލަމަތި ރީތިކޮށްލަން ޑީޕޯޓް ކޮށްލީއޭ ބުނެފާނެ. އިންޑިއާއިން 'ހަދިޔާ' ކުރި ހެލިކަޕްޓަރާއި އަދި 'ހިލޭ އެހީ' ގެ ގޮތުގައި ދިން ލޯނު ގޮތައް.

    37
    3
  3. ާއަހުމަދު

    ޙިމާޔަތް ދިނީ.

    34
    4
  4. ޢަހުމަދް

    ޙިމާޔަތް ދިނީ.

    30
    3
  5. ޞަހީފާ

    މީހުންގެ ފާޑުކިޔުންތައް ބޮއްސުންލީމަ ރޭވިގެން މަޝްވަރާ ކުރެވިގެން ކުޅުނު ޑްރާމާއެއް

    36
    4
  6. ނ

    މިޝަން ނިމުނީމާ އިންޑިޔާއިން ބޮޑު މުސާރަ ލިބޭ މަގާމަކަށް ބަދަލުކުރީ...ދީން ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން...އޭނާއަށް ދައުވާ ކުރެވެންވާނެ

    16
    1
  7. ޢާދަނު

    ރާއްޖޭގަ ވީމަ ޑީޕޯޓު އިންޑިޔާގަވީމަ ޖަލުގަ އުމުރުދުވަހު ކޮބާ އިންސާފެއް ދޫނުކޮއް ޖަލުގަބާއްވާ ބޮޑުއަދަދަކުން ޖޫރިމަނާކޮއް މިސްކިތެއްއަޅުވާ

    15
    1
  8. އަލްމާ

    އިންޑިޔާގެ ޖާސޫސް އެޖެންޓް ފޮނުވާލީއެެއް ނޫންތަ. ފަޅާއެރީމަ އިތުރަށް ޖާސޫސް ކުރަން އުދަގޫވީމާ. މީގެ ކިތައް ބޮލައްފިތިފަ ތިބޭ ތާވަޅު އެމަސައްކަތުގައި ގެންގުޅޭތޯ މާރިޔާ ދައިތަ

    14
    1
  9. ކޮމެންޓު

    އިންޑިޔާ މީހުން މިހާރު ކޮންމެ ކަމެއް ކުރިއަސް އޮކޭ ދިވެހިން މަގުމަތީ ކަތިލަމުންވެސް ދާންވީ. ބޮޑުވަރަކަށް ވާނީ ދިވެހިންގެ ޚަރަދުގަ ޓިކެޓު ނަގައިން ރަށަށް ޖައްސާލުން. އަންނި ނަ ޫބޅު ގެ ކަންތައް

    13
    1
  10. ރޯދަ މުބާރިކް

    ވ. ރަނގަޅު ނިންމުމެއް، ރަންގަޅަށް ކުރިއްޔާމުން!

    2
    9
  11. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ވަގުތީގޮތުން ޗުއްޓީއަށް ދިޔެއް ކަމަށްވާނީ. މާދަމާ އިކަމެއް ނޭންގޭނެ. އިންޑިޔާ މީހުނަށް މިސަރުކާރުގަ ދެރަގޮތެއްނުވާނެ، ދިވެހިން ބޭކާރުވިޔަސް.