މާލޭގައި ދެ ގްރޫޕެއްގެ ދެމެދުގައި މާރާމާރީއެއް ހިނގައި ދެ މީހެއްގެ ބޯ ފަޅާލައިފިއެވެ.

މި މާރާމާރީ ހިނގާފައި ވަނީ މިއަދު ހެނދުނު 7:55 ހާއިރު މާލެ މަޖީދީ މަގު، ލެ ޓްރެފިކް ކެފޭ ކައިރީގައެވެ.

ފުލުހުުން ވިދާޅުވީ، މި މާރާމާރީގައި ދެ މީހެއްގެ ބޯ ފަޅައިގެން ގޮސް އަނިޔާވެފައިވާ މައްސަލަ ފުލުހުންނަަށް ހުށަހަޅާފައިވާ ކަމަށެވެ.

އަދި އަނިޔާވި މީހުން އައިޖީއެމްއެޗްއަށް ގޮސް ފަރުވާދީފައިވާ ކަމަށާއި، އެ މީހުންނަށް ލިބުނު އަނިޔާ ސީރިއަސް ނޫން ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، މި މާރާމާރީ ތަހުގީގު ކުރަމުން ދާ ކަމަށެވެ.

މާލޭގައި މިއަދު ހެނދުނު މާރާމާރީއެއް ހިނގިއިރު، ރޭ އައްޑޫ ސިޓީގައިވެސް ބޮޑު މާރާމާރީއެއް ހިނގިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޅަބޭ

    ހޫން. ޕާޓޭންތައް ބިޑިބޮއެގެން މަގުމަތީ އިއުތިކާފުކުރަނީ.

    18
  2. މުހައްމަދު އަންޖުމް

    ދެންއޮންނާނީ މިކަންތައް އަދި ގަތުލުއާމްވެސް ފެށޭނެ ދެވަނަ އަންދުލުސް މިތަންވެއްޖެ ހަމަޔާއިންސާފް ވައްކަމާފަސާދަ އިން ފުރިފައިވާ ކޮންމެތަނެއްގައި މިކަހަލަ ލާއިންސާނީ ކަންކަން އިންތިހާޔަށް އޮންނާނެ މިހާރުގެ ވަގުންގެމަޖިލިސް އޮތްހާހިނދަކު ލާހިކެއްނޫން މިގައުމު ހަމަޔަކަށް އެޅޭކަށް ރައްޔިތުންނަށް ހެޔޮކަމެއް ނުކޮށްދޭތާގައި ބަލަނީ އިތުރަށް ބިކަކުރެވޭތޯ ރައްޔިތުންގެ ފައިސާއިން ޖުވާކުޅެގެން މުއްސަނދި ވެވޭތޯ

    11
  3. ވައްﷲ އައުލަމް

    ސާބަޙޭ ދޮންކަލޯމެންނަށް، ތިޔަކުރާ ހިތްވަރަށް، އެންމެން މރާލާފަތަ ތިކަން ހުއްޓާލާނީ، ހެޔޮނުވާނެ ތިފަދަ އަމަލުތަކުން ދުރުހެލިވޭ، މިނޫނަސް ދުވަހެއްވާކަން ހަނދުމަކުރޭ، މިމީހުންނަށް ހިދާޔަތް ދައްކަވާ، މުޖުތަމައު މިނުބައި ވަބާއިން ސަލާމަތްކޮށްދެންވާނދޭވޭ! ޢާމީން.

  4. މަޒް

    ތި ދެ މާރާމާރީ ވާނީ ރަނގަޅަށްވެސް ގުޅިފައި..