އައިލެންޑު އޭވިއޭޝަން ސާވިސަސް (އައިއޭއެސް)ގެ މުވައްޒަފުންނަށް ދިން ޕްރޮމޯޝަންތައް އުސޫލާ ހިލާފުވުމުން އެކަން ހަމައަކަށް އެޅުވުމަށް ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމެޓީ އިން އެކުންފުންޏަށް އެންގުމަށް ނިންމައިފިއެވެ.

އައިލެންޑް އޭވިއޭޝަންގެ ހުރި މައްސަލަތަކާ ގުޅޭގޮތުން އެސްއޯއީ ކޮމެޓީ އިން ފާސްކޮށްފައިވާ ރިޕޯޓުގައި ބުނެފައި ވަނީ ޕްރޮމޯޝަން ދިން މުވައްޒަފުންގެ ޕާފޯމަންސް ވަޒަންކުރިކަން އެނގެން ނެތް ކަމަށެވެ. 18 މަސް ދުވަސް ތެރޭ 46 މުވައްޒަފަކަށް ދެ ފަހަރަށް ޕްރޮމޯޝަން ދީފައިވާ ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

އެއްފަހަރާ ގިނަ އަދަދެއްގެ މުވައްޒަފުންނަށް ޕްރޮމޯޝަން ދީފައިވާ ކަމަށާއި އެ ޕްރޮމޯޝަންތަކަކީ މަގާމެއް ހުސްވުމުން އެމަގާމަށް މުވައްޒަފުން ޕްރޮމޯޓު ކުރުމުގެ ބަދަލުގައި އުސޫލާއި ހިލާފަށް ދީފައިވާ ޕްރޮމޯޝަންތަކެއް ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ. ޕްރޮމޯޝަން ދިފައިވާ މުވައްޒަފުންނަށް މުސާރަ އާއި މަގާމުގެ ކުރިއެރުން ދީފައިވާއިރު ޕްރޮމޯޝަން ނުވަތަ މަގާމުގެ ކުރިއެރުން ދިން މުވައްޒަފުން އަދާ ކުރާ މަސައްކަތަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށްވެސް ކޮމެޓީ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

ޕްރޮމޯޝަން ދީފައިވާ ބައެއް މުވައްޒަފުންގެ މުސާރަ 10،000 ރުފިޔާ އިން 25،000 ރުފިޔާއާ ދެމެދުގެ މިންވަރަކަށް ބޮޑުކޮށްފައިވާއިރު އެއީ، މާކެޓުގައި މުސާރަ ބޮޑުކުރާ ނިސްބަތަށް ވުރެން ވަރަށް ބޮޑު އަދަދެއް ކަމަށް ވެސް ކޮމެޓީ ރިޕޯޓުގައިވެއެވެ.

އެސްއޯއީ ކޮމެޓީ އިން ވަނީ ފިނޭންސް މިނިސްޓްރީން ފާސްކޮށްފައިވާ މުސާރައާ އިނާޔަތްތަކުގެ އިތުރުން އެއްވެސް އެލެވަންސެއް ހަމަޖައްސައި ނުދިނުމަށް އެ ކުންފުންޏަށް އެންގުމަށް ނިންމާފައެވެ. މުސާރައަށް ގެނެސްފައިވާ ބަދަލުގެ ގޮތުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މުސާރައަށް 81950 ރުފިޔާއަށް އަދި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މުސާރަ 67630 ރުފިޔާއަށް އަރައެވެ.

އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑަށް މިނިސްޓްރީ އޮފް ފިނޭންސްއިން އެކުލަވާލާފައިވާ އުސޫލުތަކާއި، ފާސްކޮށްފައިވާ މުސާރައާއި ޢިނާޔަތްތަކުގެ ބޭރުން އިތުރު އެއްވެސް އެލެވެންސެއް ބޯޑު މެންބަރުންނާއި، ސީނިއާ މެނޭޖުމަންޓްގެ ބޭފުޅުންނާއި، އަދި ކުންފުނީގެ ޓެކްނިކަލް އަދި އިދާރީ މުވައްޒަފުން ހަމަޖައްސައި ނުނެގުމަށް ކޮމެޓީ އިން ވަނީ އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މަބޭ

    އަދިތަންކޮޅެއް އަވަސްތިޔަކަންބަލަން ސްލޯލިހް ސަރުކާރު

    13
    2
    • މަޑާ

      ހަލޯ މައި ފުރެންޑް ހައު އިޒް ލައިފް އެންޑް އަދާރ ތިންގްސް. ޔޫ ނޯ ވަޓް އައި މީން !

  2. މާމީ

    ޖެހުނު ތަނަކުން އެކިނަންތައް ކިއާފަ ކަޅާކޮއްލަނީ މީހަމަ 0 ޓޮލަރެސް ގެ ދަށުން ހިނގާކަންތައް.

    15
    2
  3. ދިދަ ދަނޑި

    ކޮންމެ ތަނެއްގަވެސް ޕްރޮމޯޝަން ލިބޭ މީހަކަށް ލިބޭ ހަފްތާއަކު 2 ފަހަރުވެސް.. ގަޑިއަށް ފަރުވާތެރި މަސައްކަތައް ރަނގަޅު މީހާއަށް 15 އަހަރު ވާއިރުވެސް ޕްރޮމޯޝަނެއް ނުލިބެ.. ވެރިންގެ ހިތް ރުހެންޏާ ކުރިއަށް ދާނެ.. މީ ހަޤީޤަތް

    17
    1
  4. އަހުމަދު

    މޯލްޑިވްއަންގެ އެމް ޑީ ހެދި ދޮގުތައް ފަޅާ އެރީ ކުންފުނި ދަނީ ބަނގުރޫޓް ވަމުުން ކުރިން ވެސް ތިޔަ ރިޒްވީ ހުރެގެން ވީ ފައިދާ އެއް ނެތް

    1
    1
  5. ރެއްކާ

    ދެން މާދަމާ ބުނާނެ ރައްޔިތުންގެ އެއާލައިނުން ޓިކެޓް އަގުބޮޑުކުރަނީ ހަރަދު ދެކޮޅު ނުޖެހިގެންނޭ. ސަރުކާރާއި އަދި ސަރުކާރުގުޅިފައިވާ ކުންފުނިތަކުގެ އެޑްމިނިސްޓްރޭޝަން މިއޮތީ ފެއިލްވެފައި. ކުރީގެ ސަރުކާރުން ބައިތުލްމާލުވަގަށްނެގި އިރު މިސަރުކާރުން ބައިތުލްމާލު ހުސްކޮށްލީ ގާނޫނުގައި ހުންނަ ލޫޕްހޯލްކޮޅުން ދެމިގެންތިބެ އެކިނަންނަން ކިޔައިގެން އެންމެންނަށް ބަހާލައިގެން.
    ދެން އަވަހަށް ޓިކެޓް އަގުބޮޑުކޮށްލާފައި ދެންބުނޭ ކޮވިޑާއި ޖެހިގެން އެއާލައިން ބަނގުރޫޓްވަނީއޭ އިތުރު އެހެންގޮތެއްނެތޭ. މިތިބީ ރައްޔިތުންގެ ހިދުމަތުގައޭ.

  6. އަލީ

    ކޮބާހޭ އަގުހެޔޮކުރި ޓިކެޓް. މި ވާހަކަ ދައްކާނެ މީޑިއާއެއް މި ރާއްޖޭގައި ނެތް. ކޮމިޓީގެ އިޚްލާސްތެރިކަން ހުރިއްޔާ މިކަންވެސް ބަލާބަލަ.

  7. ނަައީމް

    ހެއްވާކަމެއްނު މިވެރިން ބޯޑު މެންބަރުން ނަގާފަ އެމީހުނަށް ބާރުދީފާ މިބުނަނީ ކަލޭމެނައް ފެންނަގޮތެއް ހަދާށޭ މިހާރުމިހުރާކަމަކީ ރައްޔިތުން ގުބޯ ހައްދަނީ