ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ)ގެ މަގާމަށް މުވައްޒަފަކު ހޯދަން އިއުލާނުކޮށްފިއެވެ.

އެ މަގާމަށް މީހަކު ހޯދަން އިއުލާނުކޮށްފައި ވަނީ، އެ އެޖެންސީގެ ސީއީއޯ މަގާމުގައި ހުންނެނި ހުސެއިން ޝަހީލު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

ޝަހީލް އެ މަގާމުން އިސްތިއުފާދެއްވާފައި ވަނީ މަސްތުވާތަކެތި ބޭނުންކުރާ މީހުން މެދުވެރިކޮށް އިންޒާރު ދެމުންދާ ކަމުގެ ތުހުމަތުކޮށެވެ. އޭނާ އިސްތިއުފާ ދިންއިރު، ކޮރަޕްޝަންގެ ތުހުމަތުތަކެއްވެސް އޭނާގެ މައްޗަށް ބަޔަކު ކޮށްފައި ވެއެވެ.

އެންޑީއޭ ގެ ސީއީއޯ އަކަށް ޝަހީލް ހަމަޖައްސާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެ ވެރިކަމުގައި 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. ތިން އަހަރަށް އޭނާ އެ މަގާމަށް ހަމަޖެއްސެވިއިރު، އެ މަގާމުގައި އިތުރު އަހަރުތަކަކަަށް އޭނާ ބެހެއްޓީ މަސައްކަތަށް ރަނގަޅުކަމުން ކަމަށް ވެއެވެ.

އެންޑީއޭއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ، އެ ތަނުގެ ސީއީއޯގެ މަގާމަަށް ތިން އަހަރު ދުވަހަށް ބޭނުންވާ ކަމަށެވެ. އެ އިއުލާނުގައި ބުނެފައިވާގޮތުން، މުސާރައާ އިނާޔާތުގެ ގޮތުގައި އެ މަގާމަށް ހޮވޭ މީހަކަށް 20،000 ރުފިޔާ އަށްވުރެ ބޮޑު މުސާރައެއް ލިބޭނެއެވެ.

އެ މަގަމަށް ޝައުގުވެރިވާ، އައި ޝަރުތު ހަމަވާ ފަރާތްތަކުން އޮކްޓޫބަރު 27 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން ސިޓީ އެންޑީއެމްއޭގެ އޮފީހަށް ހުށަހަޅުމަށް އެދިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޖަޒީރާވަންތަ ކެހެރި ނުފަޅާ ޖަނަވާރު

    ކާކަށް މަގާމެއް ދޭން މިއުޅެނީ މިހާރު..

  2. ހަޔަސިންތް

    ތިކަމަށް އެއެްމެ ރަގަޅުވާނީ ރާޖާ އެކު ގެނައުން އެއިރުން ދެއޮނުގަހުގެ ހުންނަ ކާރިމިން ދެގަމު ދޭތެރޭގަހުންނީ ގިނަދުވަހު ގޮޑީގަ ތިބެވޭނެ ކިހާރަންގަޅުވެރިކަމެއް

  3. އަބޫ

    ކީކުރިން ތިތަން ބައްހަޓަނީ ސައްރުކާބައްބެ ބޭފުޅުނާއި ސިފައިން ނާއި ފުއްލުހުންގެބައްެއެބޭފުޅުން ނާއި ގުޅިގެން ރާއްޖެއަށް މަސްތުވާތަކެތި ގެންނަނީ އެކަންވަރައް ސާފް ކީވެގެން ބައްޑި އާއި ބޮން ނުގެނެވެނީ ފުލުހުންނާސިފައިން އެއްކަން ވިޔައްނުދެނީ އެކަން ވިޔައްދީފީޔާ އެމީހުނާއި އެމީހުންގެ އާއިލާގެ ޖައްމުކޮލާނެތީ އެހެންނޫނަމަ މިސްތުވާާތަކެތި ވެސް ނުގެނެވުނީސް މިވަބާއިން މިރާޖެއް ސައްލާމައް ކުރަށްވާށިއޭ އާމީ

  4. ބުރާންޗެއް

    ގެއްލިގެން އުޅޭ އެޗެއް އުތަ

  5. Anonymous

    އައްނި ރަނގަޅުވާނެކަމަށް މި ބަލަނީ!