ކުރިއަށް އޮތް ކައުންސިލް އިންތިޚާބު އެމްޑީޕީ އަށް ފަސޭހަ ނުވާނެ ކަމަށާއި ނަމަވެސް އެމްޑީޕީގެ ގައުމީ މަޖިލީހަކީ ރާއްޖޭގައި މި ވަގުތު އޮތް އެންމެ ބޮޑު ސިޔާސީ އެއް މުއައްސަސާ ކަމަށް ވާތީ ގައުމީ މަޖިލީހުގެ އެހީތެރިކަމާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ކާމިޔާބު ލިބޭނެ ކަމަށް އެމްޑީޕީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.
ތާޖުއްދީން ސްކޫލްގައި ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީން އެންމެ އަވަހަށް ކުޔރިމަތިލާން އޮތް އެންމެ ބޮޑު އިމްތިހާނަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކަމަށެވެ. ސަރުކާރުގެ ދައުރުގެ މެދު ތެރެއިން ކުރިމަތިލާން ޖެހޭ އެއްވެސް އިންތިހާބަކީ ފަސޭހަ އިންތިހާބެއް ނޫން ކަމަށް ވިދާޅުވިއެވެ.
ދައުރުގެ މެދު ތެރެއިން އިންތިހާބަކާ އެމްޑީޕީ އިން ކުރިމަތިލާފައިވާއިރު އެމްޑީޕީގެ މި ސަރުކާރުގައި ދެން ކުރިމަތިވެފައިވާ އެންމެ ބޮޑު ދަތިކަމަކީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން އިގްތިސާދަށް ކުރިމަތިވެފައިވާ ހީނާރުކަން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ދަތި ދަނޑިވަޅު ކުރިމަތިވެފައިވާ އިރު ކުރިއަށް އޮތް އަހަރުތަކުގައި ދިވެހި ދައުލަތުން ދައްކަން ޖެހިފައިވާ ދަރަނީގެ ނިސްބަތްވެސް ބޮޑު ކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. އެކަމަކު ރައީސް ސޯލިހްގެ ސަރުކާރުން ޒިންމާދާރު ކަމާއެކު އެ މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އިހްތިސާދުގެ މުގުލުގައި ރައީސުލްޖުމްހޫރިއްޔާ [ސޯލިހް] ހުންނަވައިގެން އަދި ފިނޭންސް މިނިސްޓަރ [އިބްރާހިމް އަމީރު] ހިންގުމުގައި އެ ކުރައްވާ މަސައްކަތަކީ އަޅުގަނޑު ހަމަ ގައިމު ވެސް ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ނުހަނު ބޮޑަށް ބަލައިގަންނަ މަސައްކަތެއް،" އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ރައީސް ނަޝީދު ވިދާޅުވިއެވެ.
އިގްތިސާދު ދަށަށް ގޮސްފައިވާ ހާލަތުގެ ސަބަބުން ދައުލަތުގެ ދަރަނިތައް ކުޑަ ކުރުމަކީ ދަތި ކަމެއް ކަމަށާއި ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމަކީ އެއްވެސް ސަރުކާރެއްގައި ފަސޭހަ ކަމެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންވިޔަސް އެމްޑީޕީގެ ގައުމީ މަޖިލީހުގެ އެހީތެރިކަން ލިބިގެން ސަރުކާރަށް ދިވެހި ރައްޔިތުންނަށް ހިމާޔަތް ދެވޭނެ ކަމަށް ވިދާޅުވިއެވެ.
"މި ޕާޓީގެ ގައުމީ މަޖިލީހަކީ މުޅި ރާއްޖޭގެ އެކި އެކި ކަންކޮޅުތަކުގައިވާ އެމްޑީޕީގެ ގޮފިތަކާއި އާންމު މެންބަރުންނާއި ގުޅިލާމެހިފައިވާ މަޖިލީހެއް، ކޮންމެ އާއިލާއެއްގެ ތެރޭގައި ވަމުންދާ ގޮތް ސާފުކޮށް އެނގޭނެ. ތި ބޭފުޅުންގެ އެހީތެރިކަމާ އެކީގައި [އެމްޑީޕީގެ] މި އޮޑި ސަލާމަތުގެ އައްސޭރިއަކަށް ގެނެސްދެވޭނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ އެހީތެރިކަމާ އެކު ސަރުކާރަށް ކާމިޔާބުގެ މިސްރާބަށް ދެވޭނެ ކަމަަށް ރައީސް ނަޝީދު ވިދާޅުވިއިރު، މިރޭ ބޭއްވި އެ މަޖިލީހުގެ ބައްދަލުވުމަކީ އެ މަޖިލީހުގައި ތިއްބަވާ ރާއްޖޭގެ އިދާރީ ދާއިރާތައް ތަމްސީލް ކުރައްވާ އެމްޑީޕީގެ ދާއިރާ ރައީސުންގެ ދައުރު ހަމަވާތީ އެ އިންތިހާބާ މެދު މަޝްވަރާ ކުރަން ބޭއްވި ބައްދަލުވުމެކެވެ.
ޢެއްކަމެއްވެސް ދެން ފަސޭހައެއްނޫން ސަބަބަކީ ރައްއިތުންނައްވެސް އެހާފަސޭހައެއްނޫން ތިވެރިކަންކޮއްދޭގޮތަކުން
ކައުންސިލްގައި އެމްޑީޕީ ބަލިވުމަކީ ގައުމު ދެކޭނެ އެންމެ ރަގަނޅު ގޮތް.
އަޅުގަނޑަކީ އެމްޑީޕީއަށް މަރު ދިން މީހެއް. މަނިކުފާނުގެ ނުބާ ރޭވުމުގެ ރަހަ 2 ފަހަރު މަތިން ކަރުބުޑުގަ ނިކަން ރަނގަޅަށް ލާފި އެކަމަކު ދެން ސަލާމް. އަޅުގަނޑާއި އަޅުގަނޑުގެ ބަސް އެހި ބަޔަކުވެސް މަނިކުފާނު ނިސްބަތްވާ ބަޔަކަށް ދެން ވޯޓް ނުދޭނެ.
މިފަހަރު ވަގަށް ނަގަން ފަސޭހަވެ ފަހިވެފަ އޮތްވަރުން އެހެން އެބުނީ. އެއްއިރަކުވެސް ވޯޓަކުން ކާމިޔާބުވި ބައެއް ނޫންވިއްޔަ.
ދެން އެއްވެސް އިންތިޚާބެއް އެމްޑީޕީއަކަށދެން ފަސޭހައެއް ނުވާނެއެވެ. ސަބަބަކީ އިންތިޚާބުތައް ކާމިޔާބު ކުރެވުނީމާ އެމްޑީޕީން ކޮންމެ ފަހަރަކުވެސް ޤައުމު ދަވާލަނީއެވެ
މޑޕ އަށް ކައުންސިލް ދީފިނމަ ދިވެހިންނަކީ 100 % މޮޔައިން
މަމީ އެމްޑީޕީ މީހެއް! ނަސީދު ރޯބުހުތާން ދޮގު ކޮރޮޕްސަންގެ ތުހުމަތު ފުރަހަނި ސުއައިބު ގެ ބޮލުގައި އެޅުވި ފަހުން ނަސީދު އަކީ ފުރިހަމަ ޑިކްޓޭޓަރެއް! ނޯގޯތި ނޯ ވޯޓް.
މާތްﷲގެ އުރާދަފުޅާ މިއްވަރު ފުޅުން އެންޑީޕީއާ ތި ބާގަޑު ބޮޑުތަނަކުން ބަލިކުރއްވާ ފާންދޭވެ
ބޮޑުތަނުން ބަލި މަވެސް ބުނެގެން މިއުޅެނީ އައްޕަ ކައިރީ އެކަމާ ދެން މިފަހަރު ނޫޅެން
މަށަކީ މަގޭ އުމުރުން ވޯރޓް ހައްޤވީންސުރެ އެންޑީޕީއަށް ވޯރޓް ދިން މީހެއް އަދި އެއްޑޯޕީގެ ރަޖްސްޓަރީގަވެސް ހިމެނޭ މީހެއް އަދި އެންޑީޕީގެ މުޒާހަރާތަކަންވެސް ދާމީހެއް އެކަމު ދެއް އެންޑީޕީއަސް ހަތަރެސް ފައިން ޓާޓާ ސަބަބު އިންޑިޔާއަށް ޤައުމު ވިއްކާލަން ތިކުރާ މަސައްކަތް ލާދީނީ މީހުން ހިމާޔަތުގައި ކުރާ މަސައްކަތް އަދި ރޯމާދުވާލު ކުރަމުންދާ ވައްކަން
އެމް.ޑީ.ޕީ އަކީ ވަރަށްހެޔޮވަރު އޮޑިއެއްހިތްވަރުކުރޭ
އިންޝާ ﷲ މިފަހަރު ނާކާމިޔާބުވާނީ
ކަލޭމެނަށް ވޯޓުދިނުމަށްވުރެ ރަނގަޅުވާނެ ވޯޓުލާދުވަހު އާޓިފިޝަލް ބީޗަށް ގޮސް ދެކަމު ހާޖަތްކުރިއަސް.. ވައުދު ނުފުއްދާ ވަގު ސަރުކާރު އިސްތިއުފާ
ގައުމު ދަވާލުން ނޫން ކޮންކަމެއް ކުރެވުނީ މި ސަރުކާރަށް. އިންޓަނެޓު އަގުހެޔޮކަމުން ރައްޔިތުން މިހާރު އުޅެނީ
މި މީހުނަށް ނާކާމިޔާބީ މިންވަރުކުރައްވާށި އާމީން.
ޥަަހަކަ ވަރައް ސާފް ދައުލަތުގަ ވޯޓް ގަނެލަން ލާރި ނެއްވާހަކަ ، އެހެންވީމާ ވޯޓް ކާމިޔާބޮކުރަން ދަތިވާނެކަމައް ،
. އެންމެ ވައުދެއްވެސް ފުއްދުނީކީއެއްނޫން. ހުސް މަކަރާ ދޮގު... ރައީސް ޔާމީން ކުރިކަމަށް ބުނާ ވައްކަންތައް އެބަހުރި ފެންނަން.. އޭގެތެރޭ ބޮޑު ބުރިޖެއް ފެނޭ.. 25 ބުރީގެ ފެންވަރު ރަނގަޅު ހޮސްޕިޓަލެއްވެސް އެބަހުރި ފެންނަން... ޒީރޯ ޓޮލަރެންސް ވީމަ ދޯ ނުފެންނަނީ ތަރައްގީގެ ކަންފުޅެއްވެސް.. ހުސް ހައްގު މިންވަރު
ބޯ ހަމަޖެހޭ މީހަކު މި މީހުނަކަށް ވޯޓެއް ނުލާނެ.. ވައުދު ނުފުއްދާ ލަދެއް ނުގަނޭތަ ވޯޓޭ ކިޔަން
ރާއްޖޭގައި ބޯހަމަނުޖެހޭ މީހުން ގިނަވީމާ އެމްޑީޕީ 2018 ގައި އިންތިހާބުވެ 2019ގެ ރައްޔިތުންގެ މަޖްލީހުގެ މެޖޯރިޓީ މިލިބުނީ. ކައުންސިލްގައިވެސް ބޮޑުތަނުން އެމްޑީޕީ ހޮވޭނެ. ކިތަންމެ ވަރަކަށް މިސަރުކާރުން ވައްކަން ކުރިޔަސް ބޯހަމަ ނުޖެހޭ ރައްޔިތުންނަކަށް ނުފެންނާނެ އެކަމެއް. އަބަދުވެސް ކުރީގެ ސަރުކާރުގެ ވައްކަން މިބައިގަނޑަށް މިފެންނަނީ. ވަރިހަމަ ކުރީގެ ސަރުކާރުގެ ވައްކަން މިސަރުކާރަށް ވުރެ މަދުވިޔަސް.
ލޮކުޑައުން އެއްކުރީވެސް ރައްޔިތުންނަށް ދުއްޕާންކުރަން.. ވޯޓޭ ކިޔަން މި މީހުން ލަދު ނުގަންނަކަން.. ނުދޭނަން ވޯޓެއް އެނާރޖީ ޑްރިންކް އަގުބޮޑުކޮށް އަހަރުމެން ޒުވާނުން ޖޫރިމަނާކޮށްފަ...
ކަލޭމެން ޒިންމާދާރުކަމާއި ހިންގުންތެރިކަމުގެ މޮޅުކަމުން ގައުމު ހާދަ ކުރިއަރައިފިއޭ މިހާރު.. މިހާރު މިތަން ނިޔުޔޯކް ސިޓީއަށް ވުރެ ތަރައްގީ މިހާރު.. މަގުތަކުގަ ދުއްވާލާއިރު ހީވާނެ ތަރައްގީކަމުން ސައިކަލްވެސް ރޫޅިދާނެހެން މަގުތައް މޮޅުކަމާއި އެއްވަރުކަމުން
ވޯޓު ނުލިބޭނެގޮތް މިންވަރު ކުރައްވާށި.. އާމީން
ބަނަވަގުން ރައްޔިތުންގެ ނޭވާ ހޮޅިން ދަވާލަފަ، ގައު މު ވިއްކާފަ ކޮވިޑޭ ނުކިޔާ. މަޑުން މިތިބެނީ ކޮވިޑާ ހެދި. ޕެކްއަޅާ ރެޑީވޭ. ކަލޭ މެންނަކަށް ނެތް މާފެއް
ކަލޭ އިސްތިއުފާދީފަ ރައްކާވޭ ބޮޑު ބަލާވެރިކަމެއްތި
ކަލޭގެ ބަލާ މާބޮޑުވީމަ ކިހިނެއް ކާމިޔާބުވާނީ. ކަލޭ ތީ އެމްޑީޕީ އަށާއި މުޅި ދިވެހި އުންމަތަށް ޖެހިފަ އޮށް ބޮޑު މުސީބާތެއް.
ކުރިޔައް އޮއްކަމައްބުނާ އިންތިހާބް ކަމިޔާބް ނުވާނޭ އެކިޔަޔީ ކަމެއްވެގެންކަން މިހާރު އެބައެނގޭ މާލޭސިޓީ ގޯތި ވައިބާގުރޫޕެއްގައި ނޯވޯޓް ނޯގޫތި އެވައިރަލްވެގެން އުޅޭތީ ގާނޫނުގަ އެބަބުނޭ ވަކިނަސްލަކައް ވަކިރަށަކައްވީތީ ތަފާތްކޮއްގެންނުވާނޭ އަދިކިރިޔާ މަލޭގެ ރައްޔިތުންނައް މިކަން އެނގުނީ އެނގުނު ހިސާބުން އެބުނަނީ މިރާއްޖޭގެ ހުރިހާ ރަށަކުން ގޯތި ދޫކުރާއިރު މިމާލޭގެ ރައްޔިތުންނައް ކީއްވެގެންތޯ ގޯތިނުދޭންވީ ކޮބާތޯ ގާނޫނުގަވާ ހަމަހަމަކަން ވޯޓްލާން އެކަނިހޭ އަހަރުމެން ބޭނުންވަނީ އަނެއްކޮޅުން ރިއާސީ އިންތިހާބާއި މަޖްއިންތިހާބް ކާމިޔާބްވީ ގޯތީގެ ހުވަފެން ދައްކައިގެން މާލޭގެ ރައްޔިތުންނައް ދޮގުހަދައިގެންކަން ދެން ކީކޭކިޔާފަތޯ މަލޭގެ ރައްޔިތުން ރުއްސަން ވޯޓްހޯދަން ކިޔާނީ މީވަރައްސާފް
ދެން އަތްޕުޅު ޖައްސަވާ !!!
މިފަހަރު ބަލިކުރަނަން ﷲ އިރާދަ ކުރެއްވިއްޔާ
`
އެމްޑީޕީ ކުއްރިން ވެސް ނުވާނެ ކަން ކުރިންވެސް އަސްލުކާމިޔާނުވޭ ވޯޓް ވައްކަންކޮގެން ވެރިކަމައް އަށްއީ އެމްޑީޕީ ވައްކަން ކޮއްގެން ނޫގޮތައް މިހާތައް އެވެސް އިންތިހާބެއް ކާމިޔާބެއް ނުވޭ މިހާރުން މިހާރައް އީސީސަރޭފް އާ ނަސީދު އެކަމުގައި ހިމެނޭާ އެމްމެން ހަޔަރުއްކުރަން ގޮވާލަން
މަކަރާއި ހީލަތް އެއީ އަބަދު ދެ މމ މެހެއްޓިދާނެ އެއްޗެއްކަ މަމށް ހީކުރަނީ ހެއްޔެވެ. ރައްޔިތުން ގުބޯ ހައްދައިގެން މަޖިލިސް
ހިތަކަށް ލިބުމުން ވީކަ މެއް ނެތެވެ. ރައްޔިތުން ހާލުގައި ޖެހި
ފަގީރުވީއެވެ އަތް މަތި ދަތިވެ ގޮތް ހުސްވީއެވެ ސަރުކާރުގެ
ދޯދިޔާ ކަ މުންނެވެ.
ނާ އެންޑީޕީ މަކަރާޖަހައިކައިގެންވެސް އިންޑިޔާއަތުން ދީނޭކިޔައިގެން ލާރިހޯދައި އުކާލަބަލަ ވޯޓްފޮށިތައް ނަގަފައި އަންދަލަބަލަ އޭރުން ކާމިޔަބުވީއެއްނު ކުރިންވެސް ކަންކުރީ އެގޮތަށް
މި ވެރިކަމަކީ ރައްޔިތުން ހަވާލްކުރި ވެރިކަމެއްނޫން ގަނެފަ އޮތް ވެރިކަމެއް ކޮންމެކަމެއްކުރިޔަސް ވެރިކަން ތިއޯތީ ލިބިފަ ކުރިޔަށް ދޭ މާދަމާ ރައްޔިތުން ހަދާނެއްނުހުންނާނެ ކިތަންމެ ޗިޕެއް ޖަހާލެވޭނެ ބޭނުމީ ކެރިގެން ލެއްވިހާ ދޮގެއްއް ހަދާލަންކެރޭ ވެރިޔަކާއި މަކަރުވެރި މަޖިލީހެއް ދެންނިމުނީ މިކަން މިއޯތީ ވެފައި ދެން ލަލަލަ
ބަހާނެފައިސާ އެބަހުރިތަ. އިންތިހާބު ކާމިޔާބުކުރާކަށް އުދަގުލެްނުވާނެ. ފައިސާ ނެތިއްޔާ ދުރާލާ އަވަހަށް ލޯނެއް ލިބޭތޯ މަސައްކަތްކުރޭ.
ﷲ އިރާދަފުޅުން ކަލޭމެންނަށް އެއްކަމެއްވެސް ފަސޭހަ ނުވާނެ!
ރިޔާސީ އިންތިޚާބާ މަޖްލިސް އިންތިޚާބު ކާމިޔާބުކުރިގޮތަށް ވޯޓުން ވައްކަންކޮށްގެންވެސް ފަސޭހައެއް ނުވާނެތަ؟
އެމް ޑީ ޕީ ގެ ނުބައިނުލަފާކަން ދިވެހިންނަން އިގިއްޖެ އަދި ގައުމު އިތުރަށް ހަލާކުކުރަން ފުރުސަތު ދެވޭކަންނެތް ވަރަށް ސަލާމް
ބަލަގަ އަދިކިރިޔާދޯ ކަލެއަށް އެކަންއެގުނީ އަހަރުމެން މާކުރިންވެސް އެކަން ދެނަހުރިން ރައީސް ސޯލިހު ރައީސްކަމަށް އައްޔަން ކުރިފަހުން ކަލޭހީކުރީ މީތިމަންނަގެ ވެރިކަމެކޭ ހިތާ ދައުލަތުގެ މުއައްސަސާގެ މައްޗަށް އިސްވެ އެތަންތަނަށް ނުފޫޒްފޯރުވާ ހަދަން ފެށިގޮތުން ރައްޔިތުން މިހާރު ކަލެޔަކީ ބޮބިގަޑަކަށްވެސް ބަލައެއްނުގަނޭ ޚޮދު އެމްޑީޕީ މީހުންވެސް ބަލައެއްނުގަނޭ
އެއްވެސް އިންތިޚާބެއް ދެން ކަލެއަކަށް ފަސޭހައެއް ނުވާނެ.. މީހުން ބަލައިގަންނަ މީހުއްނޫން މިހާރު ކަލެއަކީ..
ފަސޭހައެއް ނުވާނެ އެއްކަމެއްވެސް ދެނެއް ތިހުރީވާ ރައީސެއް ވެރިކަމަށް އަރުވާފައި ވައްކަން ކޮށްފައި އެހެން ކަމެެއް ކުރާނޭ ވަގުތެއް ނެއް ތިވެރިކަމަކަށް
ކަލޭ ކޯޗެކޭ ކިޔަންތަ ތިޔަ އުޅެނީ ފަސޭހައޭ ނުކިޔާ ވޯޓު ކަރުދާސް އޮޅުވާލުމުން އެކަން އެނިމުނީނުން.