22:00

ރާއްޖެ އިން އިތުރު 39 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

19:19

ހދ. ކުޅުދުއްފުށި ސިޓީގައި ކޮވިޑް-19 ފެތުރޭތީ ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓާރ (އެޗްއީއޯސީ)ގެ ހާއްސަ ޓީމެެއް އެރަށަށް ދާ ގޮތަށް ހަމަޖައްސައިފި.

17:52

އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ޓެކްސަސްއަށް ނިސްބަތްވާ އަންހެނަކު ކޮވިޑް-19 ޖެހިގެން ފްލައިޓެއް ތެރޭ މަރުވެއްޖެ.

15:46

ކޮވިޑް-19 ޖެހިގެން ބަލިން ރަނގަޅުވާ މީހުންނަށް ދިގު މުއްދަތަކަށް ހިތުގެ މައްސަލަ ދިމާވާ ކަމަށް އެމެރިކާގެ ޑޮކްޓަރުންގެ ޓީމަކުން ބުނެފި.

12:35

އަންނަ އަހަރުގެ ފެބްރުއަރީއާ ހަމައަށް އިންޑިއާގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުން ކޮވިޑް-19 އަށް ފައްސިވެދާނެ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފި.

 

11:43

އިންޑޮނޭޝިއާގައި ފުރަތަމަ ފިޔަވަހީގެ ދަށުން 9.1 މިލިއަން މީހުންނަށް ކޮވިޑް-19 ގެ ވެކްސިން ދޭނެ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުނެފި.

10:33

ވެންޓިލޭޓަރ މައްސަލަ ފުލުހުންނާއި އެކު ދިރާސާކުރުމަށް ފަހު ގޮތެއް ނިންމާނަން: އޭސީސީ

 

09:51

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އެންމެ އިސްކޮށް މަސައްކަތް ކުރާ އެމެރިކާގެ ސައިންސްވެރިޔާ ޑރ.އެންތަނީ ފައުޗީ އަކީ "ގަމާރެއް" ކަމަށާއި އަދި އޭނާގެ ސަބަބުން އެމެރިކާ އަށް ބޮޑު "މުސީބާތެއް" ކުރިމަތިވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފި.

08:51

ކޮވިޑް-19 އަށް ފައްސިވާ މީހުން ބަލިން ރަނގަޅު ކުރެވިދާނެ ކަމަށް ބެލެވޭ ފަރުވާއެއް އެމެރިކާގެ އުމުރުން އެންމެ 14 އަހަރުގެ އަންހެން ކުއްޖަކު ހޯދައިފި.

05:07

04:57

04:38

04:18

03:27

03:22

އިންޑިއާ އިން އިތުރު 4606 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 593 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 7594284 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 115235 މީހަކު ވަނީ މަރުވެފައި.

03:22

އެމެރިކާއިން އިތުރު 43579 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 372 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 8441680 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 225146 މީހަކު ވަނީ މަރުވެފައި.

03:21

އިނގިރޭސިވިލާތުން އިތުރު 18804 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 80 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 741212 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 43726 މީހަކު ވަނީ މަރުވެފައި.

03:21

ރަޝިޔާ އިން އިތުރު 15982 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 179 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 1415316 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 24366 މީހަކު ވަނީ މަރުވެފައި.

03:21

ބްރެޒިލް އިން އިތުރު 15383 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 271 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 5250727 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 154176 މީހަކު ވަނީ މަރުވެފައި.

03:20

ފްރާންސުން އިތުރު 13243 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 146 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 910277 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 33623 މީހަކު ވަނީ މަރުވެފައި.

03:20

ސްޕެއިން އިން އިތުރު 12214 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 73 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 1015795 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 33992 މީހަކު ވަނީ މަރުވެފައި.

03:20

އިޓަލީން އިތުރު 9338 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 73 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 423578 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 36616 މީހަކު ވަނީ މަރުވެފައި.

03:19

ބެލްޖިއަމް އިން އިތުރު 9138 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 21 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 222253 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 10413 މީހަކު ވަނީ މަރުވެފައި.

03:19

ސްވިޒަލޭންޑުން އިތުރު 8737 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 15 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 83159 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 2138 މީހަކު ވަނީ މަރުވެފައި.

03:18

ނެދަލޭންޑްސް އިން އިތުރު 7992 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 17 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 236226 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 6768 މީހަކު ވަނީ މަރުވެފައި.

03:18

ޕޮލޭންޑުން އިތުރު 7482 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 41 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 183248 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 3614 މީހަކު ވަނީ މަރުވެފައި.

03:17

ޖަރުމަންވިލާތުން އިތުރު 6840 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 30 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 373821 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 9896 މީހަކު ވަނީ މަރުވެފައި.

03:17

ޔޫކްރޭނުން އިތުރު 4766 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 66 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 303638 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 5673 މީހަކު ވަނީ މަރުވެފައި.

03:16

އީރާނުން އިތުރު 4251 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 337 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 534631 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 30712 މީހަކު ވަނީ މަރުވެފައި.

03:16

މެކްސިކޯ އިން އިތުރު 4119 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 108 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 851227 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 86167 މީހަކު ވަނީ މަރުވެފައި.

03:16

ޗެކް ރިޕަބްލިކުން އިތުރު 4089 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 79 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 177974 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 1501 މީހަކު ވަނީ މަރުވެފައި.

03:15

އިރާގުން އިތުރު 4044 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 63 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 430678 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 10317 މީހަކު ވަނީ މަރުވެފައި.

02:58

01:33

00:42


ރާއްޖޭގައި ކޮވިޑް-19 އަށް ފައްސިވެފައި މިހާރު ތިބި މީހުން ނުވަތަ އެކްޓިވް ކޭސްތަކުގެ އަދަދު މިއަދު 987 އަށް މަދުވެއްޖެއެވެ. މިއީ ޖުލައި މަހު ރާއްޖޭގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފަށައި، އެކްޓިވް ކޭސްތަކުގެ އަދަދު ޖުލައި މަހުގެ 30 ވަނަ ދުވަހު ހާހަކަށްވުރެ މައްޗަށް ދިޔަ ފަހުން މިއަދަދު މިހައި ދަށްވި ފުރަތަމަ ފަހަރެވެ.

ނަމަވެސް އޭޕްރީލް މަހު އެޅި ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން އެކްޓިވް ކޭސްތަކުގެ އަދަދު މަދުވި ވަރަށް އެކްޓިވް ކޭސްތަކުގެ އަދަދު މަދުވާން އަދި ދުވަސްތަކެއް ނަގާނެ ކަމަށް ބެލެވެއެވެ. ޖުލައި މަހު ރާއްޖޭގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފެށީ ޖުލައި 08 ވަނަ ދުވަހު އެކްޓިވް ކޭސްތަކުގެ އަދަދު 324 އަށް މަދުވުމަށް ފަހު އެވެ.

މިއަދު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވީ 22 މީހުންނެވެ. މިއަދަކީ ޖުލައި މަހުގެ 17 ވަނަ ދުވަހަށް ފަހު އެންމެ މަދު އަދަދެއްގެ މީހުން ފައްސިވި ދުވަހެވެ. ނަމަވެސް ރާއްޖެ އަށް އޮތް ނުރައްކާ އަދިވެސް ވަރަށް ބޮޑެވެ. މިހާރު ވެސް ކުޅުދުއްފުށި މޮނިޓަރިންގެ ހާލަތުގައި އޮތްއިރު އެރަށުގައި ނުވަތަ އެރަށް މެދުވެގެން ކޮވިޑް-19 އަށް ގިނަ ބަޔަކު ފައްސިވެގެން ދިއުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ. ކުޅުދުއްފުށީގެ ހާލަތު ބަލައި، އިތުރު މީހުންގެ ޓެސްޓްތައް ހެދުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށް އެބަދެއެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖަޒީރާވަންތަ ކެހެރި ނުފަޅާ ޖަނަވާރު

    ދެން ތީގެން މަށަށް ވަނީ ކޮން ފައިދާއެއް. މަށަށް ހަމަ ގެއަށް ވަންނަންޖެހޭ ރޭގަނޑު 11 ޖަހާ އިރަށް. ބޮޑު އަގުގަ މާސްކުގަނެގެން އަޅަންޖެހޭ.. މި ގެރިސަރުކާރު މީ ޖެހިފައޮތް ބޮޑު ބަލާވެރިކަމެއް