ކޮވިޑް-19 އާ ގުޅިގެން ނުރައްކާތެރި ހާލަތަށް ތައްޔާރުވުމަށް ރާއްޖެ އަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލު ކުރި މައްސަލައިގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހިމެނޭ ކަމަށް ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން 11 ބޭފުޅެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި މައްސަލަ އަނބުރާ ފޮނުވާލައިފިއެވެ.

މި މައްސަލައިގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ހިމެނިވަޑައިގަންނަވާ ގޮތަށް ހެލްތު މިނިސްޓްރީގެ އެކިއެކި މަގާމުތަކުގައި ތިއްބެވި 10 ބޭފުޅެއްގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި ޕީޖީ އަށް މައްސަލަ ފޮނުވީ މިދިޔަ ހަފްތާގެ ތެރޭގައެވެ.

އެކަމަކު، ޕީޖީ އޮފީހުން މައްސަލަ ދިރާސާ ކުރުމަށް ފަހު، އެ ތަނުން ނިންމީ މައްސަލަ އަނބުރާ އޭސީސީ އަށް ފޮނުވުމަށެވެ. އެއީ 11 ބޭފުޅުންގެ މައްޗަށް ދައުވާ ކުރެވޭ ވަރުގެ ހެއްކާއި ގަރީނާ ނެތް ކަމަށް ބުނެއެވެ.

އެކަމުގެ ތަފްސީލް މިއަދު މެންދުރު ފަހު ބާއްވާ ޕްރެސް ކޮންފަރެންސްގައި ހާމަކުރާނެ ޕީޖީ އޮފީހުން ވަނީ ނިންމައިފައެވެ.

އޭސީސީން ނެރުނު ބަޔާނުގައި ވަނީ ވަނީ ވެންޓިލޭޓަރު ހޯދުމާ ގުޅޭ މައްސަލައަކީ އެ ކޮމިޝަނުން މިހާތަނަށް ތަހުގީގު ކުރި އެންމެ ބޮޑު އެއް ކޮރަޕްޝަންގެ މައްސަލަ ކަމަށެވެ. އޭސީސީގެ ބަޔާނުގައިވާ ގޮތުގައި އެންމެ ބޮޑު މައްސަލައެއްގެ ފާހަގަކޮށްފައި އޮތީ 75 ވެންޓިލޭޓަރު ހޯދުމަށް ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓާ ޖެނެރަލް ޓްރޭޑިންއާ ހަވާލު ކުރި ގޮތެވެ.

އޭސީސީން ފާހަގަ ކުރި ގޮތުގައި 75 ވެންޓިލޭޓަރު ހޯދަން ދުބާއީގެ އެގްޒެކިއުޓާސްއާ ހަވާލު ކުރުމުގެ މަސައްކަތް ފެށީ އަމީން ކަމަށާއި މިކަންކަމުގެ ނަތީޖާއެއްގެ ގޮތުން އެ ކުންފުންޏަކީ ޑަބްލިއުއެޗްއޯ މެދުވެރިކޮށް އައި ކުންފުންޏެއް ކަމަށް ބަލައި އެކަމަށް ކޮންސިޑަކޮށް އެ ކުންފުނީގެ ޑިއުޑިލިޖެންސްއެއް ނަހަދައި، އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރުމަށް ބިޑް ކޮމިޓީން ނިންމާފައިވާކަން ބިޑް ކޮމިޓީގެ މެމްބަރުންގެ ބަހުން އެނގޭތީއާއި، އެއީ އަމީން ދީފައިވާ މައުލޫމާތުގެ މައްޗަށް ބުރަވެ ނިންމާފައިވާ ނިންމުމެއްކަން އެނގޭ ކަމަށް ބަޔާނުގައިވެއެވެ.

މީގެއިތުރުން ބިޑް ކޮމިޓީގައި އެ ދުވަސްވަރު ބައިވެރިނުވާ ދެ މެމްބަރަކު ބައިވެރި ކުރުވުމާއި ޕޭމަންޓް ދެއްކުން އަވަސްކުރުމަށް އަމީން މަސައްކަތް ކުރެއްވުމާއި ވެންޓިލޭޓަރުތަކާ ގުޅިގެން ހެލްތު މިނިސްޓްރީން ހިންގާފައިވާ ޕްރޮކިއުމަންޓުގެ ކަންތަކާއި ޕޭމަންޓަށް ރިކުއެސްޓް ކުރުމުގެ މަސައްކަތް އަމީނަށް އެނގިފައިވާ އިރު، އެކަންކަމަށް މަޝްވަރާ ދެއްވާފައިވާ ކަން ތަހުގީގަށް އެނގިފައިވާ ކަމަށް ބަޔާނުގައިވެއެވެ.

އެހެންވެ، ގާނޫނުލްއުގޫބާތުގެ 512 ވަނަ މާއްދާގެ (ހ) އާއި 513 ވަނަ މާއްދާގެ (ށ) އާއި 313 ވަނަ މާއްދާގެ (ހ) ގެ ދަށުން އަމީންގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާފައިވާ ކަމަށް ވެސް އޭސީސީގެ ބަޔާނުގައިވެއެވެ.

ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީން ހަރަދު ކުރި ގޮތާ ބެހޭ ގޮތުން އޮޑިޓަ ޖެނެރަލް އޮފީހުން ނެރުނު ރިޕޯޓުގައި ވަނީ އެގްޒެކިއުޓާސްއަކީ ޑަބްލިއުއެޗްއޯގެ މަޝްވަރާގެ މަތިން ހޮވި ކުންފުންޏެއް ނޫން ކަމަށެވެ. އެކަމަކު މިނިސްޓަރު އަމީން މާލިއްޔަތު ކޮމިޓީގައި ވިދާޅުވެފައި ވަނީ ވެންޓިލޭޓަރުތައް ބޭނުންވެ، ނުލިބި ލަސްވުމުގެ ހާސްކަމުގައި އެހީއަށް އެދި ޑަބްލިއުއެޗްއޯގެ ކަންޓްރީ ރެޕްރެޒެންޓެޓިވް އަރުވިންދު މާތުރާ މަޝްވަރާ ކުރެއްވި ކަަމަށެވެ. އަދި އޭނާއާ އެކު ބޭއްވެވީ ރަސްމީ މުއާމަލާތްތަކެއް ކަމަށް އަމީން ވިދާޅުވިއެވެ.

އެގްޒެކިއުޓާސްގެ ކޮންޓެކްޓް ލިބުނީ ޑަބްލިއުއެޗްއޯގެ އޮފީހުން ކަަމަށާއި އެ ކުންފުންޏާ މަސައްކަތް ހަވާލު ކުރުމުގައި ކޮރަޕްޝަނެއް އަދި ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށް ވެސް އަމީން ވިދާޅުވިއެވެ.

އަމީންގެ އިތުރުން، އޭސީސީން ދައުވާ ކުރަން ޕީޖީ އަށް ފޮނުވި ބޭފުޅުންގެ ތެރޭގައި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިޔާމާ މުހައްމަދާއި ހެލްތު މިނިސްޓްރީގެ ލީގަލް އޮފިސަރު އަލީ ޝިހާމާއި ހެލްތު މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރު އަބްދުﷲ ހަފީޒާއި ހެލްތު މިނިސްޓްރީގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރު ހުސެއިން ނިޔާޒްގެ ހެލްތުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޢަބްދުﷲ ޝަރީފް ހިމެނިވަޑައިގަންނަވައެވެ.

އޭސީސީން ވަނީ ހެލްތު މިނިސްޓްރީގެ ޑިރެކްޓަރު އަހުމަދު އަސްލަމާއި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދާއި ހެލްތު މިނިސްޓްރީގެ ޑިރެކްޓަރު ނައުޝާދު އަލީ އާއި ހެލްތުގެ ބިޑް ކޮމިޓީގެ މެމްބަރު އައިމިނަތު ޝައުފާ އާއި ހެލްތުގެ އެސިސްޓެންޓް ޑިރެކްޓަރު އަދި ބިޑް ކޮމިޓީ މެމްބަރު ފާތުމަތު ލިމްޔާގެ މައްޗަށް ވެސް ދައުވާ ކުރަން ޕީޖީ އަށް ފޮނުވައިފައެވެ.

ވެންޓިލޭޓަރު މައްސަލައިގައި މި ހުރިހާ ބޭފުޅުންގެ މައްޗަށް އޭސީސީން ތުހުމަތުތައް ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

38 ކޮމެންޓް

  1. ބޮލި މުލައް

    ޕީޖީ ސަމީމު، އެމްސީ ހަމީދު އަޑީގަ ތިބެގެން ރައްޔަތުންނަށް އޮޅުވާލާ އޮޅުވާލުން

    58
    • ކިނބޫ

      ވެންޓިލޭޓަރު ވައްކަމަކީ ބަޔަކު ކުރި ގައުމީ މަސައްކަތެކޭ.

  2. ހުސޭނުބޭ

    އުސޫލުތަކާއި ޤަވާޢިދުތަކާ އެއްގޮތަށް ކަރަޕްޝަން

    58
  3. ސސސ

    ދައުވާ ނުކުރި ސަބަބު ތަފްސީލު ކޮށް ރައްޔުތުންނަށް ސާފް ވާންޖެހޭ. ތަހުގީގު އިދާރާއިން ތަހުގީގިކޮށް މައްސަލަ ދައުވާ ކުރަން ފޮނުވީމަ ހަމަ އެކަނި ދައުވާ ނުކުރެވޭނެޔޭ ބުނުމަކުން ނުފުދޭ. ޕޖ އަށް ގާނޫނުން ލިބިދީފަޮއވާ ބާރުވެސް ބޭނުން ކުރަ ްްޖެހޭނީ އިމުގެ ތެރެއިން. ދަުވާ ނުކުރީ ކިއްވެ ކަން ތަފްސީލްކޮށް އިނގެންޖެހޭ.

    50
    1
    • މާނިއު

      ސަބަބަކީ ކޮރޮޕްޝަން ނެތުން.ވަރަށް ސާފު. ކްރޮޕްޝަން އޮތްނަމަ ރ.ސޯލިހު.ފމ އަމީރަށްވެސް ދައުވާކުރަންޖެހޭނެ.. ނޮޓް އޮންލީ ހެލްތްގެ މުވައްޒަފުން. .ބޭފުޅާ ސިސޓަމް ދަސްކުރައްވާ

      11
      29
      • ހ

        އެހާ ސާފެއް ނުން. އެހެންވެ މިއަދު ޕްރެސް އެއް ބޭއްވުމައް ނިންމީ. ދައުވާނުކުރަން ނިންމުމަކީ އަދި ކޮރަޕްޝަން ނެތުމެއް ނޫން. ސިސްޓަމްނދަސްކުރޭ ވ ރަގަޅަށް

        16
        1
  4. އިންސާފު

    ހަހަހަހަ...ހަމަ ހިނިއަންނަނީ..

    34
    2
  5. ހުސޭނު

    ޢެބޭފުޅުންގެ މަގާމް ގެ ކުރިއެރުން ވެސް ދޭން ވީ އަވަހައް!ގައުމައް އެވަރުގެ ފައިދާ ކޮއްދިނީމަ.... މީވާ ސަރުކާރެއް! އެއްވެސް މުސްތަގްބަލެއް އޮތް ގައުމެ ނޫން މީކީ!

    41
    1
  6. ވަގުންނޭ

    ސަރުކާރުން ކުރާ ހުރިހާ ވައްކަން ތައް ފޮރުވަން ވެގެން ލާފައި ހުރި މީހެއް ޕީޖީ އަކީ ޕީޖީ އަކީ އެއްގޮތަކަށް ވެސް މިނިވަން މުވައްސަސާ އެއް ނޫނޭ އެއީ އެމްޑީޕީގެ ޖަގަހައެކޭ މިހާރުން މިހާރަށް ޕީޖީ ޝަމީމު އިސްތިއުފާ ދޭންވީއޭ ބްރޯ އާއި އެކު ޑީލް ހަދައިގެން އޭނާ ދައުލަތަށް ޚިޔާނާތް ތެރިވި ފައިސާ ވެސް ދައުލަތަށް ނުލިބޭ ގޮތް ހެދީ އެއީ ސީދާ ޕީޖީ އަށް ވެސް އެމްއެމްޕީއާރުސީގެ ފައިސާ އިން ބައި އަޅާފައިވާތީއޭ މިސަރުކާރުން ކޮވިޑް ވެންޓިލޭޓަރުގެ 34 މިލިއަން ރުފިޔާގެ ބައިއެޅީ އެބައި އެޅި މަޖްލީހުގެ ރައީސް ކެނެރީގެ ނަޝީދަށް ވެސް އަދި ފޮރިންގް މިނިސްޓަރު ޝާހިދު އަށް ވެސް އަދި ރައީސް އިބޫ އަށް ވެސް ދެން ތިޔާ ކޮވިޑް ވަގު ވެންޓިލޭޓަރު މައްސަލަ ނުބެލޭނެއޭ ކޮވިޑް ވަގު ދޯ...

    23
  7. ވަގުންނޭ

    ކޮވިޑް ވެންޓިލޭޓަރު ގަތުމުން ވަނީ ވައްކަން ކޮށްފައޭ ދައުވާ ކުރުމާއި ނުކުރުން އެއީ މަމެން ބަލަން ބޭނުންވާ އެއްޗެއް ނޫނޭ ދިވެހި ކުންފުނި ތަކުން ވެންޓިލޭޓަރު ސަޕްލައި ކުރަން ތިއްބާ ދުބާއީގެ ކުންފުންނަކަށް ވެންޓިލޭޓަރު ގަންނަން ދިނީ މިނިސްޓަރު އަމީން ދިން ކުންފުންނަކަށޭ މިނިސްޓަރު އަމީން އަށް އެކުންފުނީގެ ނަން ދިނީ ފޮރިންގް މިނިސްޓަރު ޝާހިދުއޭ މީ މަމެން ނުދަންނަ ކަމެއް ނޫނޭ މިހާރުން މިހާރަށް މިމައްސަލަ ބަލަން ޖެހޭނެއޭ މީސީދާ ރަތްލާޖެހި ބޮޑެތި ވައްކަންތަކޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ

    23
    1
  8. މަ

    އެބޭފުޅުންނަށް ޤައުމީ އިނާމުވެސް ދޭން ފެނޭ

    29
  9. ދިރާސާ މުޙައްމަދު

    ޝުކުރިއްޔާ ވައްކަން ހުއްޓުވަން ވައުދުވެގެން އައި މިސަރުކާރުން މިދަނީ އެކަމުގަ އޮތް އެއްމެ ރަގަނޅަށް ވައްކަންތައް ހޯދައި އެވައްކަން މަތީ ފަސް އަޅާ ފޮރުވަމުން މިސާލަކަށް އުފަން ދަރި ދޮންފުތު ކުރުން މީ މިހާރު މިފެންނަ މަންޒްރުން ތަފާތެއް އޮތްކަމެށް ނޫން

    16
  10. ވަގާވަގާ

    ކޮވިޑް ވަގު ކޮވިޑްވަގުގެ ވެންޓިލޭޓަރު ވަގުގެ މުގުލުގައި ހުރީ ފޮރިންގް މިނިސްޓަރު ޝާހިދުއޭ ސަބަބަކީ ތިޔާ ދުބާއީ ކުންފުންނަކީ އެއީ ޝާހިދު ދިން ކުންފުންނެކޭ މިނިސްޓަރު އަމީން އަތަށް ސަރުކާރުގެ ބަޖެޓުން 34 މިިލިއަން ރުފިޔާ އެއްވެސް ސެކިއުރިޓީ އެއް ނެތި ދުބާއީ ކުންފުންނަށް ދިނީ އެއީ މިނިސްޓަރު އަމީންގެ ކޮއްކޮ އަށް ޖަޕާނުގެ އެމްބަސީގެ މަތީ މަގާމެއް ދޭތީއޭ އެކަން އެވަނީ ހިނގާފައޭ ތިޔާ ކޮވިޑް ވެންޓިލޭޓަރުން ބައި ވަނީ އަޅާފައޭ ފޮރިންގް މިނިސްޓަރު ޝާހިދު އަށް ފިނޭންސް މިނިސްޓަރު އަމީން އަށް ރައީސް އޮފީހުގައި ކޮވިޑް ކަންތައް ހޭންޑްްލް ކުރަން އުޅުނު 3 މިނިސްޓަރަކަށް މިހުރިހާ ވައްކަމެއް ދައުލަތުގެ ޚަޒާނާއިން މިކުރަނީ ސީދާ ރައީސް އޮފީހުގައި ތިބޭ މިނިސްޓަރުން އަޑީގައި ތިބެގެންނޭ މީ ސީދާ އެމެން ކުރާ ވައްކަން ތަކޭ އެއާރޕޯރޓްގެ ސީޕްލޭން ޓާރމިނަލް އިންޑިއާގެ ބަންގުރޫޓް ވެފައިވާ ކުންފުންނަކަށް ވިއްކާލީ އެއީ ސީދާ ކެނެރީގެ ނަޝީދު އަޑީގައި ހުރެގެން ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ ލައްވާ ކުރުވި ބޮޑު ވައްކަމެކޭ

    10
  11. ބެއްޔާ

    މިސަރުކާރުގެ އެއްވެސް ބޭފުޅަކަށް ދުވަހަކުވެސް ދައުވާނުކުރެވޭ ގޮތަށް ޤާނޫނުއަސާސީއަށް މާއްދާއެއް އިތުރުކުރަންފެނޭ. މިސަރުކާރުން ކުރާ ވައްކަމާއި ކޮރަޕްޝަން ޢަމަލުތަކަށް ރައީސް ޔާމީނަށް އަދަބުދެއްވާ. މިއީވެސް ރައީސް ޔާމީނުގެ ދައުރު އެހެންވީމާ ހުރިހާ ޒިންމަ ނަގަންޖެހޭނީ ޔާމީނު.

    13
  12. ސައިބޯނި

    ވަގުއެހެރީ ޖަލުގަ އެހެންވީމާ ހުރިހާ ވައްކަމެއް ޔާމީނަށް. ޔާމީނު ޖަލަށްލީމީހާއަށް ޕްރޮމޯޝަންދީފަ ސްޕްރީމްކޯޓަށް.

    8
    1
  13. ޠަގިއްޔު

    ޝަމީމަކީ ވިކިފަ ހުރިމީހެއް. ޕީ.ޖީ. ވަކީލުންގެ ޑިޔުޓީ ޕްރޮސެކިއުޝަންް ނިނަމާފަ ކޭސް ފޮނުވީމަ ވެސް ދައުވާ ނުކުރުން ތިއީ ވަރަށް ހިތާމަވެރި ކަމެއް

  14. ކުއްލިޚަބަރޭ

    މީގައޮތީ ކޮންކުއްލިއެއް. ރެޑްވޭވް ގުދަނަށް ބޮލުގަހުޅިޖެހި ގުންޑާއިން ވަދެ މުޅިތަން ތަޅާފުނޑުކޮށް އެތައްބަޔަކަށް އަނިޔާކޮށް ހިސާބުގަނޑު މީހުން ބިރުވެރިކަމެއްގެތެރެއަށް ވައްޓާލާފަދިޔައިރު ނޫސްވެރިންނަށް ކުއްލި ޚަބަރަކަށްނުވޭ.

    10
  15. ސަލްމާ

    ބޮޑަތި ވައްކަންކޮށް ބާރު އޮތަތީވެ މިއަދު ސަލާމަތްވެވުނަސް ރައްޔިތުންގެ ހައްޤުތަކަށް އަރައިގަތްމީހުން ﷲގެ ހަޟުރތުގައި ޖަވާބުދާރީވަންޖެހޭނެ! އެދުވަހުން ނުބެޗޭނެ!

    15
  16. ފާޟިލް

    " އިމަށް ސާބިތުވި މަކަރާ ޙީލަތަށް އަދަބެއް ނުލިބި ނިމުނަސް
    އިހަށް ހުންނެވި މަޤާމް އަނބުރާ ލިބުން ވާނީ ޔަޤީން ބިރަކަށް "

  17. މުލުވަގުއައްޕަ

    ކޮންމެހެން ނުޖެހޭނެ ވިލުފުށީ އަފީފަށް ދޭކަށެއް.. ހަސަނަށްހީވާނެ ފުޅަށް ބުޑުން ދަންޏާ ކެޔޮގަނޑު ކަނޑާލާނެޔޭ..އެހެން ތިބޭފުޅާއަށްވެސް ހިވަނީ.... މީހުންނަށް ވަގަށް ގޮވާނީ އެއަށްވުރެ ބޮޑެތި ވަގުން. ވަރަށް ސަލާމް.. ޝަމީމް ބަރާބަރު އެބޭފުޅާއަށް އެނގޭ ޙާލަތު އޭރު ގައުމު އޮތް

    1
    7
  18. ޖަމަލު ފޮޑި

    މި ސަރުކާރުން ދަޢްވާ ނުކުރިޔަސް ހަމަ ބަދަލުވާއިރަށް ދަޢްވާ ކުރެވޭނެ..

    14
  19. އަލީމޫސާ

    މިދުވަސްވެސް ހިގައިދާނެ. ކުދިންނޭ ފަހަށް ރައްކާކުރޭ. ތިޔާހުރިހާކަމެއް ބަލޭނެދުވަހެއް ވާނެ.

  20. ބޯގޯސް

    ޢަލީވަހީދު ވެސް ސަލާމަތްވާނެތާ ތިޔަވީގޮތުން މިހުންނަނީ ރީނދޫ އިންސާފު ކެކިގަތީމަ ހުންނަގޮތް

  21. ލައިލާ

    ތިހާހިސާބުން ތިޔާ ނިމުނީކަމުގައި ނުދެކޭތި!

  22. ޒާ

    އަދުލު ވެރި ވެރިކަން މިވަނީ 7 އުޑުފަޅާ މައްޗަށް އަރާފައި.

  23. Anonymous

    އިބޫ މަތިމައްޗަށް ޒީރޯ ޓޮލަރެންސް އަރާނިމެނީ...

  24. ގަމާރު

    ކުއްވެރިވީ ވެންޓިލޭޓަރު ދޯ....

  25. އަހްމަދު

    ބަލަ އޭސީސީއަކަށްނޭގޭބާ މިއީހެޔޮނިޔަތުގަކުރި ވައްކަމެއްކަން މިބާވަތުގެ ކަންކަމުގައި ދަޢުވާކުރުމަކީ 0 ޓޮލެރަންސްގެދަށުން މަނާކަމެއް އަވަހައް އޭސީސީ ދޮވެސާފުކުރޭ އެހެންނޫނީ އަނެއްކާވެސް މިއައްވުރެބޮޑުކަމެްްވެސް ހިގައިފާނެ

  26. ބަބޫ

    މިދެން ބޮޑުވެއްޖެ ކަމެއް. ކޮއްމެ މީހަކުވެސް ބިލިޔަނުން ކާލީމަ މަގާމުން ވަކި ކޮށްފަ ގެޔަށް. އެލާރިގަނޑުން އެމީހަކަށް އުމުރުދުވަހު އުޅެވޭ. އެހޯދާކަށް ނޫޅޭ. އެމީހުންގެ ގެދޮރާ މުދާ ވިއްކައިގެންވެސް އަހަރެމެން ރައްޔިތުންގެ ލާރި ހޯދަން އެބަޖެހޭ. މިހެން މިކަން ދަންޔާ ދުވަހަކުވެސް ސަލާމަތެއް ނެތް

  27. ސިކުރާ

    މިއީ ވައްކަން ކުރާ ފަރާތްތަކަށް ހިތްވަރު ދިނުމަށް ކުރިކަމެއް. މުޅިދައުލަތް އިންޑިޔާއާއި ގުޅިގެން ހުސްކުރަނީ...ރާއްޖެއެއް ނެތް

  28. ކޮބާ

    ވަގިސްތާންގެ ބައިވެރިން

  29. ދިޔާނާ

    ޒީރޯ ޓޮލެރެންސް ވެ ނިމިފަ، 2023 ގަ ރައްޔިތުން ދޭނެ ރަނގަޅު ފިލާވަޅެެއް

  30. ސަނީ

    ތިކަންވާނީ ތިހެންކަން ނޭނގޭ، ކިރުބޯ ކުއްޖެއްވެސް ނޫޅޭ

  31. ބާބޫ

    ވައްކަން އޯކޭ- މަގޭ ޕާޓީން ކުރާނަމަ
    ރޭޕް އޯކޭ- މަގޭ މީހުން ކުރާނަމަ
    ކުއް އޯކޭ- މަމެން ކުރާނަމަ
    މީ ދިވެހިރާއްޖޭގައި މިވަގުތު ކަން ހިންގާ ގޮތް..............
    މިތާކު އިންސާފެއް، ޢަދުލެއް އުޞޫލެއް ނެތް............މިތާ އޮތީ ކަނޑުގެ ޙުކުމް..........
    ވައްސަލާމް!

  32. ވަގުސަރުކާރު

    އޭސީސީގެ މެމްބަރުން ވަކި ކުރަން އެމްޑީޕީން މިހުށައަޅަނީ އެއީ ވަރަށް ޚުދު މުޚުތާރު އުސޫލުންނޭ އެއީ އެމްޑީޕީގެ ވެރިކަމުގައި ސަރުކާރުން ހިންގާ ކޮރަޕްޝަނާއި ފަސާދަ އޭސީސީން ނުފޮރުވާތީއޭ މިރާއްޖޭގައި މިހާރު މިހިނގަނީ އެއީ އެމްޑީޕީ އަށް މަޖްލީހުގެ މެޖޯރިޓީ ދިނުމުން ޒިންމްބާބްވޭ ގައި މުގާބޭ ހިންގި ޒާތުގެ ޚުދު މުޚުތާރު ގައުމުގެ ޚަޒާނާ ލޫޓުވާލާ ސަރުކާރެކޭ މިސަރުކާރުން ކޮވިޑް އިން ވެންޓިލޭޓަރު ތައް ގަތުމުންނާއި އަދި ހަކުރު ކިލޯ އެއް އެންޑީއެމްއޭ އަށް ގަތުމުން ކޮށްފައި ހުރީ ބޮޑެތި ވައްކަމޭ ރައީސް އޮފީހުގައި ސިޔާސީ މަގާމް ތަކުގައި ބޮޑެތި ވަގުން ތިބެެގެން ގައުމު ދަވާލާ މީހުން ސަލާމަތް ކުރަނީއޭ ކޮވިޑް ވަގު ސަރުކާރު ސީޕްލޭން ޓާރމިނަލް ވިއްކާލި ވަގު ސަރުކާރު ކޮވިޑް ވަގު ސަރުކާރު ސީޕްލޭން ޓާރމިނަލް ވިއްކާލި ވަގު ސަރުކާރު ކޮވިޑް ވަގު ސަރުކާރު ސީޕްލޭން ޓާރމިނަލް ވިއްކާލި ވަގު ސަރުކާރު ކޮވިޑް ވަގު ސަރުކާރު ސީޕްލޭން ޓާރމިނަލް ވިއްކާލި ވަގު ސަރުކާރު ކޮވިޑް ވަގު ސަރުކާރު ސީޕްލޭން ޓާރމިނަލް ވިއްކާލި ވަގު ސަރުކާރު ކޮވިޑް ވަގު ސަރުކާރު ސީޕްލޭން ޓާރމިނަލް ވިއްކާލި ވަގު ސަރުކާރު ކޮވިޑް ވަގު ސަރުކާރު ސީޕްލޭން ޓާރމިނަލް ވިއްކާލި ވަގު ސަރުކާރު ކޮވިޑް ވަގު ސަރުކާރު ސީޕްލޭން ޓާރމިނަލް ވިއްކާލި ވަގު ސަރުކާރު ކޮވިޑް ވަގު ސަރުކާރު ސީޕްލޭން ޓާރމިނަލް ވިއްކާލި ވަގު ސަރުކާރު ކޮވިޑް ވަގު ސަރުކާރު ސީޕްލޭން ޓާރމިނަލް ވިއްކާލި ވަގު ސަރުކާރު ކޮވިޑް ވަގު ސަރުކާރު ސީޕްލޭން ޓާރމިނަލް ވިއްކާލި ވަގު ސަރުކާރު ކޮވިޑް ވަގު ސަރުކާރު ސީޕްލޭން ޓާރމިނަލް ވިއްކާލި ވަގު ސަރުކާރު ކޮވިޑް ވަގު ސަރުކާރު ސީޕްލޭން ޓާރމިނަލް ވިއްކާލި ވަގު ސަރުކާރު ކޮވިޑް ވަގު ސަރުކާރު ސީޕްލޭން ޓާރމިނަލް ވިއްކާލި ވަގު ސަރުކާރު ކޮވިޑް ވަގު ސަރުކާރު ސީޕްލޭން ޓާރމިނަލް ވިއްކާލި ވަގު ސަރުކާރު

  33. ކޮވިޑްވަގު

    ކޮވިޑް އިން ކުރި ކޮރަޕްޝަންގެ ބޮޑެތި ވައްކަން ފޮރުވަން ހާދަ ބޮޑަށް ތަމެން އެބައުޅެއޭ ތިޔާ ކަން ނުފޮރުވޭނެއޭ މަމެން ތިޔާ ކަން ބަލާނަމޭ ތަމެންގެ ވެރިކަން ބަދަލު ވުމުން ތަމެން ލިޔެ ކިޔުން ތަައް އަންދާލި ނަމަވެސް ތިޔާ ކަން ބެލޭވަރަށް މިހާރު މަމެން ލިޔެ ކިޔުން ތަކުން ހެކި ހޯދައިފީމޭ ތަމެން ދެން ހަމަ ކޮވިޑް އިން ވައްކަން ނުކުރާ ކަމަށް ދައްކަން ކުރާ މަސައްކަތް އިރާދަފުޅުން ދާނީ ނާކާމިޔާބުގެ މަގުންނޭ މަމެންގެ ހުރިހާ ވެސް ދުއާ އަކީ ކޮވިޑް އިން ތަމެން ތިޔާއީ ކޮވިޑް ވަގުންނޭ ކޮވިޑް ވަގު ވެންޓިލޭޓަރު ވަގު ކޮވިޑް ވަގު ވެންޓިލޭޓަރު ވަގު ކޮވިޑް ވަގު ވެންޓިލޭޓަރު ވަގު ކޮވިޑް ވަގު ވެންޓިލޭޓަރު ވަގު ކޮވިޑް ވަގު ވެންޓިލޭޓަރު ވަގު ކޮވިޑް ވަގު ވެންޓިލޭޓަރު ވަގު ކޮވިޑް ވަގު ވެންޓިލޭޓަރު ވަގު ކޮވިޑް ވަގު ވެންޓިލޭޓަރު ވަގު ކޮވިޑް ވަގު ވެންޓިލޭޓަރު ވަގު ކޮވިޑް ވަގު ވެންޓިލޭޓަރު ވަގު ކޮވިޑް ވަގު ވެންޓިލޭޓަރު ވަގު ކޮވިޑް ވަގު ވެންޓިލޭޓަރު ވަގު ކޮވިޑް ވަގު ވެންޓިލޭޓަރު ވަގު ކޮވިޑް ވަގު ވެންޓިލޭޓަރު ވަގު ކޮވިޑް ވަގު ވެންޓިލޭޓަރު ވަގު ކޮވިޑް ވަގު ވެންޓިލޭޓަރު ވަގު ކޮވިޑް ވަގު ވެންޓިލޭޓަރު ވަގު ކޮވިޑް ވަގު ވެންޓިލޭޓަރު ވަގު ކޮވިޑް ވަގު ވެންޓިލޭޓަރު ވަގު ކޮވިޑް ވަގު ވެންޓިލޭޓަރު ވަގު ކޮވިޑް ވަގު ވެންޓިލޭޓަރު ވަގު ކޮވިޑް ވަގު ވެންޓިލޭޓަރު ވަގު ކޮވިޑް ވަގު ވެންޓިލޭޓަރު ވަގު ކޮވިޑް ވަގު ވެންޓިލޭޓަރު ވަގު ކޮވިޑް ވަގު ވެންޓިލޭޓަރު ވަގު ކޮވިޑް ވަގު ވެންޓިލޭޓަރު ވަގު ކޮވިޑް ވަގު ވެންޓިލޭޓަރު ވަގު ކޮވިޑް ވަގު ވެންޓިލޭޓަރު ވަގު ކޮވިޑް ވަގު ވެންޓިލޭޓަރު ވަގު ކޮވިޑް ވަގު ވެންޓިލޭޓަރު ވަގު ކޮވިޑް ވަގު ވެންޓިލޭޓަރު ވަގު ކޮވިޑް ވަގު ވެންޓިލޭޓަރު ވަގު ކޮވިޑް ވަގު ވެންޓިލޭޓަރު ވަގު ކޮވިޑް ވަގު ވެންޓިލޭޓަރު ވަގު ކޮވިޑް ވަގު ވެންޓިލޭޓަރު ވަގު ކޮވިޑް ވަގު ވެންޓިލޭޓަރު ވަގު ކޮވިޑް ވަގު ވެންޓިލޭޓަރު ވަގު ކޮވިޑް ވަގު ވެންޓިލޭޓަރު ވަގު ކޮވިޑް ވަގު ވެންޓިލޭޓަރު ވަގު ކޮވިޑް ވަގު ވެންޓިލޭޓަރު ވަގު ކޮވިޑް ވަގު ވެންޓިލޭޓަރު ވަގު ކޮވިޑް ވަގު ވެންޓިލޭޓަރު ވަގު

  34. ވަގުންނޭވަގުންނޭ

    ހެޔޮނުވާނެއޭ ތަމެންގެ ވެރިކަމުގައި ވެލާނާ އެއާރޕޯރޓްގެ ސީޕްލޭން ޓާރމިނަލް އިންޑިއާގެ ކުންފުންނެއްގެ ހިއްސާ އޮންނަ ކުންފުންނަށް ވިއްކާލީ ނުއަގުގައޭ ރައްޔިތުން އެގޮތަށް އެކަން ނުކުރާށޭ ސަރުކާރު ގާތު ރޮއި އާދޭސް ކުރިއޭ އެކަމަކު ރައްޔިތުންގެ ރުއިމަށް އަޑުނާހާ ސަރުކާރުގެ ބޮޑުންނަށް ކަޓެއް ލިބޭތީވެ އެކަން ކުރީ އެގޮތަށޭ ނާސްތާ ޕްރޮގްރާމް ސްކޫލް ތަކުގައި ނުދީ އެފައިސާއިން ޓީޗަރުންގެ މުސާރަ ބޮޑުކޮށްދޭން ބެލެނިވެރިން ރޮއި އާދޭސް ކޮށްކޮށް ތިއްބާ އެކަމަށް ވެސް ދިނީ ބީރުކަންފަތެކޭ

  35. ރަބަރޭ

    ސާބަހޭ ޒީރޯޓޮލަރެންސް
    އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް