އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުންގެ އިތުބާރެއް ނެތް ކަމަށް ވިދާޅުވެ، އެ ކޮމިޝަންގެ ފަސް މެމްބަރުން ވަކި ކުރަން ހުށަހަޅުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީގެ ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެއެވެ.

ވެންޓިލޭޓަރު ހޯދަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލު ކުރި މައްސަލައިގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ އިސް ބައެއްގެ މައްޗަށް ދައުވާކޮށްދޭން އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އޮފީހަށް ހުށަހެޅި މައްސަލަ އަނބުރާ ފޮނުވާލުމާ ގުޅިގެން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކައިލް އަހުމަދު ނަސީމް ވަނީ އޭސީސީ އަށް ފާޑު ވިދާޅުވެފައެވެ.

https://twitter.com/MickailNaseem/status/1318431901145690113?s=20

މީކާއިލް ވިދާޅުވީ އޭސީސީ އަށް އިތުބާރެއް ނެތް ކަމަށާއި އެ ކޮމިޝަންގެ މެމްބަރުން ވަކި ކުރައްވަން ހުށަހަޅުއްވާނެ ކަމަށެވެ.

"މަޖިލިސް ކޮމިޓީއަށް ހެނދުނު 11 ޖަހާ އިރަށް ހާޒިރުވާން އަންގާފައި ވަނިކޮށް ހެނދުނު އަށެއް ޖެހިއިރު، އަވަސް އަރުވާލާފާ، ދަށް ފެންވަރުގެ ތަހުގީގީ ރިޕޯޓެއް ޕީޖީ އޮފީހަށް ފޮނުވުގެ ނަތީޖާ،" މީކާއިލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ.

މަޖިލިހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އެމްޑީޕީގެ ހަސަން އަހުމަދު (ހަސަންޓޭ) ވިދާޅުވީ އޭސީސީގެ މެމްބަރުން ވަކި ކުރުމަށް މިއަދު އޮންނަ މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ހުށަހަޅުއްވާނެ ކަމަށެވެ.

މީކާއިލް "ވަގުތަށް" ވިދާޅުވީ އޭސީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިހަށް ވެއްދުމަށް ނިންމެވީ އޭސީސީން ފަރުވާ ކުޑަ ތަހުގީގެއް ކުރުމާ ގުޅިގެންނެވެ.

"މިނިވަން މުއައްސަސާއަށް ގެންނަން 11 ޖަހާއިރަށް ތާވަލް ކުރީމަ އެ ދުވަހު ހެނދުނު ތެޅިފޮޅިގެން ފޮނުވީ ދައުވާ ކުރަން. އެ ބޭފުޅުން އެހެން ކޮމިޓީގަވެސް ވިދާޅުވި ކުރިން ތަހުގީގު ނިމިފައޭވީ އެ ދުވަހު ކޮމިޓީ އަށް ހާޒިރުކުރަން ނިންމީމަ ފޮނުވީއޭ. އޮންރިކޯޑުގައި އަޅުގަނޑުމެން ސުވާލު ކުރީމަ ވިދާޅުވި ދައުވާ ކުރެވޭނެ ކަމަށް ޔަގީންކަން އެބައޮތޭ އޭސީސީގެ ރައީސް. ދަށް ފެންވަރުގެ ތަހުގީގެއް އަވަސްކޮށްލާފަ ފޮނުވީ." ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ނައިބު މުގައްރިރުކަން ވެސް ކުރައްވާ މީކާއިލް ވިދާޅުވިއެވެ.

އޭސީސީގައި ތިއްބެވި ފަސް މެމްބަރުންނަކީ އެ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އާއި ނައިބު ރައީސް ފާތުމަތު އަނޫލާ އާއި މެމްބަރު އަލީ އަޝްރަފާއި އިބްރާހިމް ޝަކީލާއި އައިޝަތު އަބްދުﷲއެވެ.

އޭސީސީގެ ތަހުގީގުތައް ލަސްވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގައި އެމްޑީޕީގެ މެމްބަރުން މީގެކުރިން އެ ކޮމިޝަންގެ މެމްބަރުންނަށް ފާޑު ވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ބުއްޅަ

    ހަހަހަ.. ސަރު ކާރުގެ ވައް ކަންތައް ފަޅާއަރުވާތީ ހިތަށް ކެތް ނުވީދޯ. ވަގު ސަރު ކާރު. ނަމުން ޒީރޯ ޓޮލެރެންސް، ކަމުން ވައް ކަން.

    28
    1
  2. ސާރާ

    ސަބާސް! ލޮލުކުރިމަތިން ކަޝްފްވަމުން މިދާ ކަންތައްތަކަށް ދިވެހިން ހޭއަރާ

    25
  3. ހ

    އިތުބާރެއް ނ ޯޯންނާނެތާ. މިނިވަންކަމާއެކު މަސައްކަތްކުރަންޏާ

    21
    • ރައޫފު

      4 ވަޒީފާ އިތުރު ކޮއްލާފަ ބަހައްޓާ

  4. މެކް

    ތިމާމެން ބުނާގޮތް ނެހެދީ ދެއްތޯ

    23
  5. ފާތުން

    ޢިތުބާރު ނެތް ސަބަބު ރައްޔިތުންނައް ބުނެދީބަލަ.

    19
  6. ޒާ

    މީ ނުބައި ވެރިކަމެއް. ﷲ އަށް ބިރުވެތިނުވެ ހިތުހުރި ގޮތަކަށް އަދުވެރިކަން މާނަކޮށް އުޅެން ހަދައިގެން ބޮޑު މުސީބާތެއް ޖެހެންދެން ތިހެން އުޅޭ.

    19
  7. ކާފަބޭ2020

    އެމްޑީޕީގެ އަދުލުއިންސާފުކޯދުލާއަރާމަންޒަރު މިފެންނަނީ! ޢެބޭޅާބޭނުންނުވާގޮތަކަށް އިންސާފެއްނޯންނާނެ! އެމީހުން ތަހުގީގުކުރީހެޔޮނިޔަތުގަ ޕީޖީމައްސަލައަނބުރާފޮނުވާލީހެޔޮ ނިޔަތުގަ ވެޓިލޭޓަރުތަކުގެފައިސާތައްކާލީހެޔޮނިޔަތުގަ ދެން އެހެންމީހުންކޮންމައްސަލަ؟ އަދިވެސްއެކިނަންނަމުގަތަންތަން ހަދާފަ ގުނބޯ ހައްދަންނޫޅެއިސްތިއުފާދީ! އިސްތިއުފާދީ ! ސަމޫދުގެޝަރީއަތްކުރުވަން މިސަރުކާރުގެންނަންއުޅުނު ހުރިހާ ޝޭޚުންނާ މައުމޫނު އިމްރާން ކާސިމުގެބޭނުންމިހާރުފުދިއްޖެތޯ ތިޔަމީހުންގެ ޙަޔާތުގެކަންފުޅެއްވެސްހުރިނަމަ " އޮރިޔާން " ނިވާކުރަންއުޅުއްވާށެވެ. ތިޔަމީހުންބޭނުންވިއިންސާފަކީމިއީތޯ؟؟

  8. ޙާލަތު

    ތިޔަ ބުނާ މިނިވަން މުއައްސަސާތަކުގެ ކޮމެޓީ މިނިވަނީ ކިހާ މިންވަރަކަށްބާ ދޯ؟؟؟!!! މިނިވަން ކިޔާފަ ނަން ދިނީމަ މިނިވަންވޭތަ؟؟؟!!!

  9. ރަނާ

    އާނ، ހުރިހާ ތަނަކަށް އަތްބާނާތި، މިނިވަން މުއައްސަސާއެއް އޮތަނުދީ ހުރިހާ ތަނެއް މުށުތެރެއަށްލާ ބަގުޑި ބެއްދިއަސް ކަލޭމެންނަކަށް ވެރިކަމެއް ނުކުރެވޭނެ، ވެރިކަންވެސް ކުރެވޭނީ އެކަން ކުރަން އެނގޭބަޔަކަށް، ތި އެމް ޑީ ޕީގަ ނެތް ކަމެއްކުރަންް އެނގޭ އެކަކުވެސް، އިސްތިޢުފާ ދީފަ ފައިބަން ވެއްޖެންނު.
    އޮޅުވާލައިގެން ހުރިހާކަމެއްކުރަން ތި ބައިގަނޑު ދިމާކޮށްފަ ތި ތިބީ، އެކަންތައް ސާފުކުރުމަށް ރައްޔިތުން އެދެނީި އޭސީސީއިން، އެހެންވީމާ އޭސީސީން ބަލާނެ ހަވާފަހުރި ހަޑިތައް، އެހެންވެގެން އެމީހުން ދުއްވާލެވޭތޯ މިހާރު ތި އުޅެނީ، ތިކަހަލަ ކަންތައް ކުރުން ނޫންކަމެއް ނުކުރެވޭނެ ކަލޭމެންނަކަށް، މިހާތަނާ ޖެހުނު އިރު ރަނގަޅަށްކުރި އެއްކަމެއްވެސްނެތް،

  10. މިއަދު

    ހަޖަމުނިޒާމު އެއްކޮށްފެއިލްވެފަ ބައިކުދިންގެ އެއްމެ މައްސަލައެއް އޭސީސީން ހުށައެޅީމަ އެއްފަހަރުން ރަތައް ތިކަމުގައި ފޭލިވާނީ އޭސީސީ ކަމެއް ޕީޖީ ކަމެއް އަދިނުއެގެ މައްސަލަ ޝަރީޢަތަށް ފޮނުވާލަދީބަލަ އެއިރުންދޯ ދައްފެންވަރުގަ މަސައްކަތް ކުރި ބައެއް އެނގޭނީވެސް

  11. ޢަފްލާ

    ބަރަބޮލުގަ އޮށް ހުއްޓަކަސް އިބޫ ބޮލުގަ ސިކުނޑިއެއްވެސްނެތް

    11
  12. ސާމިޔާ އަހުމަދު

    ސްޕްރިމްކޯޓުގެފުރާޅުން ޓިނެއްޓީ އުއްތަމަފަނޑިޔާރުގޯސްވެގެން .. މިފަހަރު ކިހިނެއްބާހަދަންތިޔައުޅެނީ ؟؟

  13. ނުބެލޭ މައްސަލަ

    އެހެންތާވާނީ އަހަރެމެންނަކީ ވައްކަންކުރާބައެއްނޫން ވަގައް ދަވާލާބައެއް ގާނޫނުއަސާސީގަވެސް އޮންނާނީ ވައްކަން ކުރާމީހުންގެ ވާހަކަ ވަގައް ދަވާލާ މީހުންގެ ވާހަކައެއް ނޯންނާނެ އެހެންވީމާ އޭސީސީއަކައްވެސް އަހަރެމެންގެ މައްސަލައެއް ނުބެލޭނެ ވަކިކުރާނަން މިފަހަރު ބަލައިގެން

  14. ރައްޔިތު

    މި މައިކާލޯ ނަސީމަކީ ހާދަ ހިފި ނުކުރެވިގެން އުޅޭ "ގުއި ނުދެކޭ ކާޅެކޭ" ދޯ؟ މީނާއަށް ހީވާ ކަހަލަ މަޖިލިސް މެނަބަރަކަށް އުޅެނީ މީނާ އެކަންޏޭ..!

  15. ރައޫފު

    އަމީނައް އަދި 4 މަގާމުދީފާބަހައްޓާ

  16. ރައޫފު

    ސާބަސް

  17. ކޮކީ

    ޖަހާ ކޮބާ ކިހިނެއްިވަނީ ޒީރޯޓޮލެރެސްގެ ބައިގަނޑު ކިހިނެއް މިވަނީ ތިބައިގަނޑު ބައިތިއްބާ ލާރިއާ ވަޒީފާގަ އެއްކޮށް މަކަރުވެރި ހީލައްތެރި ސަރުކާރު ކިހާމުޑުދާ ކަންތަ ކުރައްވާ ބައިގަނޑެއް ތޯ ރައްޔިތުންދަވާލި ސަރުކާރު.