އައްޑޫ ސިޓީގެ ހިތަދޫން ދެމަސް ދުވަހުގެ މުއްދަތައް ދެ ގެ ނުވަތަ ދެ އެޕާޓްމަންޓް ކުއްޔަށް ހިފަން "ވަގުތު" އިން މިއަދު އިއުލާން ކޮށްފިއެވެ.

"ވަގުތު" އިން ކުރި އިއުލާނެއްގައި ބުނީ ނޮވެމްބަރ މަހުގެ 10 ވަނަ ދުވަހުން ފެށިގެން ދެމަސް ދުވަހަށް ކުއްޔަށް ހިފަން ބޭނުން ވަނީ ތިން ކޮޓަރީގެ ދެ ގެ ނުވަތަ ދެ އެޕާޓްމަންޓް ކަމަށެވެ.

"ކުއްޔަށް ދޭ އިމާރާތުގައި ކައްކާ ކެވޭ ގޮތައް ހުންނަން ޖެހޭނެއެވެ. އިމާރާތް ކުއްޔަށް ދޭން ބޭނުންވާ ފަރާތްތަކުން އަގު ހުށަހެޅުމުގެ ފުރުސަތު ވަނީ މިމަހުގެ 23 ވަނަ ދުވަހުގެ މެންދުރު 13:00 އާއި ހަމައަށް ހުޅުވާލާފައެވެ." އިއުލާނުގައި ބުނެފައި ވެއެވެ.

އިއުލާނުގައި ބުނެފައިވާ ގޮތުގައި އިމާރާތް ކުއްޔަށް ދޭން ބޭނުންވާ ފަރާތްތަކަށް 7999681 ނަމްބަރު ފޯނުން އިތުރު މައުލޫމާތު ސާފުވާނެއެވެ.

އިއުލާނުގައި އިތުރަށް ބުނެފައި ވަނީ ދެމަސް ދުވަހުގެ މުއްދަތައް ވުރެ އިމާރާތް ކުއްޔަށް ހިފާ މުއްދަތު އިތުރު ވެސް ކުރަން ޖެހިދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގައުމީ ލޯބި

    އިންޑިޔާ ސިފައިން ބައިތިއްބަން ދޯ؟

    ދައުލަތުން ޚަރަދު ކޮށްގެން އިންޑިޔާ ސިފައިން އައްޑޫގައި ބައިތިއްބަނީ.. މީ ދެން ކިހާ ބޮޑުވެއްޖެ ކަމެއް ހުއްޓާލާ ނޫނީ ފައިބާ

    #އިންޑިޔާ އައުޓު

    4
    1