ރާއްޖެ އަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި ހެލްތު މިނިސްޓްރީން ހިންގާފައިވާ ކަމަށް ތުހުމަަތުކުރެވޭ ކޮރަޕްޝަންގެ މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގުކޮށް ޕްރޮސެކިއުޓަ ޖެނެރަލް އޮފީހަށް ފޮނުވި އިރު، އެ މައްސަލަ ކޯޓަށް ސާބިތު ކުރެވޭ ވަރުގެ ކަމެއް އޭސީސީން ފޮނުވާފައި ނުވާ ކަމަށް ޕީޖީ ހުސެއިން ޝަމީމް މިއަދު ވިދާޅުވެއްޖެއެވެ.

ވެންޓިލޭޓަރުތައް ގެނައުމަށް އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލު ކުރުމުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ކަނޑައަޅައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ހިމެނިވަޑައިގަންނަވާ ގޮތަށް ހެލްތު މިނިސްޓްރީގެ އެކިއެކި މަގާމުތަކުގައި ތިއްބެވި 10 ބޭފުޅެއްގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި ޕީޖީ އަށް މައްސަލަ ފޮނުވީ މިދިޔަ ހަފްތާގެ ތެރޭގައެވެ. އޭސީސީން ކުރި ތަހުގީގުގައި އެންމެ ބޮޑު މައްސަލައަކަށްވީ އެގްޒެކިއުޓާސްއާ 75 ހަވާލު ކުރުމުގައި ހެލްތު މިނިސްޓްރީން އަމަލު ކުރި ގޮތެވެ.

ޕީޖީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީމް ވިދާޅުވީ އޭސީސީން ކުރި ތަހުގީގުގައި 12 ތުހުމަތެއް ކުރި ނަމަވެސް ތުހުމަތައް ބިނާވެފައި އޮތީ ދެ މުއާމަލާތަކަށް ބިނާކޮށްފައި ކަމަށެވެ. އެކަމަކު އެގްޒެކިއުޓާސްއާ ހަވާލު ކުރުމުގައި ވަކި މީހަކަށް ފައިދާއެއްވާ ގޮތަށް ކަމެއްކޮށްފައި އޮތް ކަން ކަނޑައެޅިގެން ސާފުކޮށް ފެންނަން ނެތް ކަމަށް އޭސީސީގެ ރިޕޯޓުން އެނގެން އޮންނަ ކަމަށެވެ.

ޝަމީމް ވިދާޅުވީ، މީހަކަށް ފައިދާވެފައި އޮތުން ނުވަތަ އެމީހެއްގެ ގާތް މީހަކަށް ފައިދާއެއް ވެފައި އޮތްކަން ތަހުގީގަށް ހޯދިފައި އޮތް ނަމަ އެއީ ހަރުދަނާ ހެއްކެއް ގޮތަށް އެމައްސަލަ ސާބިތު ކުރުމަށް ބޭނުން ކުރެވޭނެ ކަމަށެވެ.

އޭސީސީގެ މެމްބަރުން ކޮމިޓީގައި. --- ފޮޓޯ: މަޖިލިސް

"އެކަހަލަ ކަމެއް މި މައްސަލައިން ލިބިފައި ނެތްކަމަށް އޭސީސީން ވިދާޅުވެފައި މިއޮތީ." ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ވެންޓިލޭޓަރު ބަޔަކާ ހަވާލު ކުރުމުގައި މާލިއްޔަތު ގަވައިދުގައި ބުނާ ބައެއް ކަންކަމަށް އަމަލު ކުރުން ކޮންމެހެން ލާޒިމް ނޫން ކަން އެޓާނީ ޖެނެރަލް އޮފީހުން ހެލްތު މިނިސްޓްރީ އަށް ފޮނުވި ލިޔެކިޔުންތަކުން އެނގެން އޮންނަ ކަމަށެވެ. އަދި މަސައްކަތް ހަވާލު ކުރީ އެޓާނީ ޖެނެރަލް އޮފީހުން ދީފައި އޮތް ހުއްދައެއްގެ ދަށުން ކަމަށް ބުނެފައިވާ ކަން ވެސް ޝަމީމް ފާހަގަ ކުރެއްވިއެވެ.

އެހެންވެ، ބިޑް ކޮމިޓީން މަސައްކަތް ކުރީ ގާނޫނާ ހިލާފު ކަމެކޭ ބުނަން އުނދަަގޫވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ގާނޫނާއި ހިލާފު ކަމަކޭ ބުނަން އުނދަގޫވަނީ. އެކަން އަޅުގަނޑުމެންނަށް ކޯޓުގައި ސާބިތުކޮށް ދޭންވެސް ފަސޭހަ ނުވަނީ. ގާނޫނާއި ގަވައިދާ ހިލާފު ކޮންމެ ކަމެއް އެއީ ކޮރަޕްޝަނެއް ނޫން. ކޮރަޕްޝަނަކަށް މިވަނީ އޭގެސަބަބުން މީހަކަށް ފައިދާއެއް ވުން، މީހަކަށް މަންފާއެއް ވުން. ގަވައިދާއި ހިލާފަށް ކުރާ ކަމެއްގެ ސަބަބުން މީހަކަށް ފައިދާއެއްވުން، މަންފާއެއް ވުން ނުވަތަ ވުމުގެ ފުރުސަތު ފަހިވެގެން ދިއުން" ޝަމީމް ވިދާޅުވިއެވެ.

ޕީޖީ އޮފީހުން ބަލަނީ ޖިނާއީ ދައުވާއެއް ކޮށްގެން ސާބިތު ކުރެވިދާނެތޯ ނުވަތަ ނޫންތޯ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޖިނާއީ ދައުވާއެއް ކުރާވަރަށް ބަލާއިރު، ބިޑް ކޮމިޓީގެ މަސައްކަތަކުން ކަނޑައެޅިގެން ގާނޫނާއި ހިލާފަށް ވަކި ކަމެއްގެ ކޮށްފަ އޮތް ކަމަށް ނިންމައި މިވެނި މީހަކަށް ނުވަތަ ބަޔަކަށް ފައިދާ ވާން މަގުފަހިވެފައި އޮތް ކަން ސާބިތު ކޮށްދެވެން ނެތް ކަމަށް ޝަމީމް ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން. --- ވަގުތު އިމޭޖަސް: އަހުމަދު އަލީ

އޭސީސީގެ ތަހުގީގައި އެންމެ ބޮޑު ތުހުމަތެއް ކުރެއްވި އެއް ބޭފުޅަކީ މިނިސްޓަރު އަމީނަށެވެ.

އޭސީސީން ފާހަގަ ކުރި ގޮތުގައި 75 ވެންޓިލޭޓަރު ހޯދަން ދުބާއީގެ އެގްޒެކިއުޓާސްއާ ހަވާލު ކުރުމުގެ މަސައްކަތް ފެށީ އަމީން ކަމަށާއި މިކަންކަމުގެ ނަތީޖާއެއްގެ ގޮތުން އެ ކުންފުންޏަކީ ޑަބްލިއުއެޗްއޯ މެދުވެރިކޮށް އައި ކުންފުންޏެއް ކަމަށް ބަލައި އެކަމަށް ކޮންސިޑަކޮށް އެ ކުންފުނީގެ ޑިއުޑިލިޖެންސްއެއް ނަހަދައި، އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރުމަށް ބިޑް ކޮމިޓީން ނިންމާފައިވާކަން ބިޑް ކޮމިޓީގެ މެމްބަރުންގެ ބަހުން އެނގޭތީއާއި، އެއީ އަމީން ދީފައިވާ މައުލޫމާތުގެ މައްޗަށް ބުރަވެ ނިންމާފައިވާ ނިންމުމެއްކަން އެނގޭ ކަމަށް ބަޔާނުގައިވެއެވެ.

މީގެއިތުރުން ބިޑް ކޮމިޓީގައި އެ ދުވަސްވަރު ބައިވެރިނުވާ ދެ މެމްބަރަކު ބައިވެރި ކުރުވުމާއި ޕޭމަންޓް ދެއްކުން އަވަސްކުރުމަށް އަމީން މަސައްކަތް ކުރެއްވުމާއި ވެންޓިލޭޓަރުތަކާ ގުޅިގެން ހެލްތު މިނިސްޓްރީން ހިންގާފައިވާ ޕްރޮކިއުމަންޓުގެ ކަންތަކާއި ޕޭމަންޓަށް ރިކުއެސްޓް ކުރުމުގެ މަސައްކަތް އަމީނަށް އެނގިފައިވާ އިރު، އެކަންކަމަށް މަޝްވަރާ ދެއްވާފައިވާ ކަން ތަހުގީގަށް އެނގިފައިވާ ކަމަށް އޭސީސީގެ ބަޔާނުގައިވެއެވެ.

ޝަމީމް ވިދާޅުވީ ކުންފުނީގެ މައުލޫމާތު ދިން ކަމުގައި ވިޔަސް، އެއީ ބިޑް ކޮމިޓީން ކުރަން ވާނެ ކަމެއް ނޫން ކަމަށެވެ. އަދި ބިޑް ހަވާލު ކުރީ މިނިސްޓަރު އަންގަވައިގެން ކަން ކޯޓުގައި ސާބިތު ކުރެވޭ ވަރަށް މައުލޫމާތު ނެތް ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ބިޑް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ދެ މެމްބަރުން ކޮމިޓީގައި ބައިވެރިވި ކަމަށް ބުނި ނަމަވެސް ބިޑް ކޮމިޓީގައި ހިމެނިވަޑައިނުގަންނަވާ ދެ މެމްބަރަކު ބައިވެރިވި ކަމަށް ބުނާ ނަމަ، އެއީ ވަކި ބަޔަކަށް މަންފާ ހޯދަން ކުރި ކަމެއް ގޮތުގައި ބުނެވިދާނެ ކަމަށެވެ.

"މި ދައްކަނީ ބިޑް ކޮމިޓީގެ މެމްބަރުންތަކެއް ޖަލްސާ އަށް ހާޒިރު ނުވާތީ ގުޅުއްވާފައި ވިދާޅުވަނީ ކޯރަމް ހަމަ ކުރަން އެ ތަނަށް ދާށޭ. ނުވަތަ އެ ތަނަށް ވަޑައިގަންނަވަން އަންގަނީ. އެއީ މިނިސްޓަރެއްގެ ހައިސިއްޔަތުން ކުރައްވަން ޖެހޭ ކަމެއް. އެބޭފުޅާގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެއް އެއީ ބިޑް ކޮމިޓީ ބަރާބަރަށް ރަން ކުރުމާއި މި ހުރިހާ ކަމެއް ފެސިލިޓޭޓް ކުރުމަކީ. އެހެންވީމަ އެއީކީ ވެސް އޭގެ ޒާތުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަމެއް ކަމަށް އަޅުގަނޑުމެން ކޯޓަކަށް ގެންގޮސްގެން ސާބިތު ކުރެވިދާނެ ކަމަށް ނުފެނުނީ،" ޝަމީމް ވިދާޅުވިއެވެ.

އޭސީސީގެ ރިޕޯޓުގައި، އަމީން "އަޕްޑޭޓް ހޯއްދަވަން" އުޅުއްވި ކަމަށް ބުނާތީ އެކަމާ ގުޅިގެން ޝަމީމް ވިދާޅުވީ އޭރުގެ ހާލަތުން އަޕްޑޭޓް ހޯއްދަވަން ގުޅުއްވާނެ ކަމަށް ބެލެވޭ ކަމަށެވެ.

"މި ދައްކަނީ އެތައް ބައިވަރު މީހުންތަކެއް މަރުވަނީ ވެންޓިލޭޓަރުތައް ނުގެނެވިއްޖެ ނަމަ ވަރަށް ބޮޑެތި ކާރިސާއެއް ކުރިމަތިވަނީ. ކޮންމެ ދުވަހަކު މި އިންނަވަނީ ތަފާތު ބައްދަލުވުންތަކުގައި. ތިޔަބޭފުޅުން ކުރައްވާ ސުވާލުތަކަކީ ވެސް މިއީ. އެހެންވީމަ އެކަމާ ބެހޭ އަޕްޑޭޓް ހޯއްދަވާނެތާ. އެއީ ތަބީއީ ގޮތުން ވެސް ކުރައްވާނެ ކަމެއް. އެހެންވީމަ އަޕްޑޭޓް ހޯދުން އެއީ ވަކި މީހަކަށް ކަމެއް ކޮށްދޭން ކުރި ކަމެއް ކަން ކިހިނެއް އަޅުގަނޑުމެން ގުޅުވާނީ؟ އެކަމަށް ގުޅުވޭ ގޮތަށް އަޅުގަނޑުމެންނަށް ލިބިފައި ހުރި ލިޔެކިޔުންތަކުގައި ނެތް،" ޝަމީމް ވިދާޅުވިއެވެ.

ނަމަވެސް ޝަމީމް ވިދާޅުވީ މިކަމުގެ ސަބަބުން ދައުލަތަށް ގެއްލުންވުމުގެ ފުރުސަތު ވެސް އެބައޮތެވެ. އެކަމަކު އޭނާ ބައްލަވަނީ، މިކަމުގައި ޖިނާއީ ކަމެއް ހިމެނޭތޯ ނުވަތަ ނޫންތޯ ކަމަށް ޝަމީމް ވިދާޅުވިއެވެ. މިކަމުގައި އިދާރީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތަކެއް އޮތް ނަމަ، އެބައި ކުރިއަށް ގެންދިއުމުގެ ހައްގު އޮތީ އެޓާނީ ޖެނެރަލް އޮފީހަށް ކަމަށް ޝަމީމް ވިދާޅުވިއެވެ.

"ދައުވާއެއް ކުރެވޭ ވަރުގެ ކަމެއް އޮވެގެންތާ އަޅުގަނޑުމެން އެއްޗެއް ހިފައިގެން ކޯޓަށް ދެވޭނީ. އަޅުގަނޑު މި ބުނަނީ ޕޯސްޓް އޮފީސް ގޮތަށް ހުރިހާ މައްސަލައެއް ކޯޓަށް ފޮނުވާކަށް ނޫން. އަޅުގަނޑުމެންނަށް ކޮންމެވެސް އެއްޗެއް ކިޔައިގެން، ކޮންމެވެސް ރަނގަޅު ވާހަކައެއް ދައްކައިގެން ކުށެއް ސާބިތުކޮށްދެވޭ ވަރުގެ ޕޮސިބިލިޓީއެއް ނުވަތަ ދައުވާއެއް ކުރެވޭ ވަރުގެ ޕޮސިބިލިޓީއެއް އޮވެގެންތާއޭ ކޯޓާ ހަމައަށް ދެވޭނީ. ކަނޑައެޅިގެން ގަވައިދުން ހުއްދަ ކުރާ ކަމެއް ގަވައިދާ އެއްގޮތަށްކޮށްގެން ދެން އެ މައްސަލަ ހިފައިގެން ކޯޓަށް ދިއައީމަ ކަމަކު ނުދާނެ،" ޝަމީމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. ހުސެން5

    ކައޭ އިސްތިއުފާދީފައި ގެއަށްދޭ. މިލިޔަނުން ލާރި ހަރަދު ކޮށްފި. ވެންޓިލޭޓަރު ނުލިބޭ. ދެން ކޮން އިތުރު ހެއްކެއް...

    28
    2
  2. ވަގާވަގާ

    އޭސީސީ މެމްބަރުން އެމްޑީޕީގެ އެމްޕީން ވަކިކުރާނީ އެއީ ކޮވިޑް އިން ސަރުކާރުން ކުރި ވައްކަން ތައް ފަޅާ އަރުވާލާނެ ކަން އެމެންނަށް ޔަގީންވާތީއޭ އޭސީސީ މެމްބަރުން ނޫން ވަކިކުރަންވީ އެމްޑީޕީން ކެބިނެޓަށް އައްޔަން ކޮށްފައިވާ ކެބިނެޓް ވަޒީރުންނޭ ވަކިކުރަންވީއޭ ތަމެންގެ ބްރޯ ކުރާ ވައްކަން ތައް އަދި ހާމަވާނެއޭ ތިން މަސް ދުވަސް ފަހުން އެދުވަހަކުން އަލިފާނޯއި އޭ ކިޔާ ނުދުވާތި އިނގޭތޭ...

    15
  3. ކޮސްބެ

    ޕީއެސް ސާމިޔާ ދެން ލަލަލަލަލަލަލަލަލަލަލަލަލަލަލަލަލަލާ..ރަނގަޅުވާނެ ޔޯގާ ކްލާސް ހިންގެވިއްޔާ
    އިންޝާﷲ މުވައްޒަފުންނަށް ރައްކާތެރިކަން ދެއްވާށި..އާމީން

    11
  4. ގާސިމް

    ﷲއަށް ހަމްދާ ޝުކުރުކުރަން

    10
    1
  5. ޒީރޯޓޮލެރެންސް

    ބަލަ ކަލޭތަ މިހާރު ކޯޓުތަކުގެ ފަނޑިޔާރުކަންވެސް ކުރަނީ ކަލެއަކައް ނުޖެހޭ ސާބިތުކުރާކައް ކަލެއައްޖެހޭނީ ހުށައަޅަން

    18
    1
  6. ސަމްކުޅިބޭ

    ކާޅުގެ ދަރި ކާޅަށް ދޮންފުތު. މީ މިސަރުކާރުގެ އުސޫލަކީ.

    18
  7. ރޯނު އެދުރު

    އެގްޒެކިއުޓާސް ޖެނެރަލް ވި ފައިދާ ޝަމީމުއަށް އެނގި ނުލައްވަނީތޯ. މިހާތަނަށް ޝަމީމްގެ ނިންމުންތަކަށް ވަރަށް ތަޢުރީފް ކޮށް އިތުބާރުކުރިން. އެކަމަކު މިކަމާ ގުޅިގެން ވަރަށް ބޮޑަށް މަނިކުފާނުގެ އިޚްލާސްތެރިކަމާމެދު ޝައްކާއި ވަހުމް އުފެދެން ފަށައިފި. ކުއްސާބިތުވާކަން ނޫނީ ނުވާކަމަށް ފައިސަލާ ކުރާނީ ފަނޑިޔާރުގެއިން. މަނިކުފާގު ޒިންމާއަކީ ދަޢުވާ އުފުލުން. ގަސްތަކާލައިގެން ނުވަތަ ގަސްތަކާ ނުލައިވިޔަސް ހެލްތު މިނިންޓްރީން މިފަހަރު ވެންޓިލޭޓަރ ކަންތަކުގަ ވަނީ ވަރަށް ބޮޑެތި ގޯސްތަކެއް ހަދާފައި. އަޅުގަނޑުގެ ހަނދާން ގޯސްކަމަށް ނުވާނަމަ ފޯއްމުލަކު ކަތީބަކު ބަދަލުދޭންޖެހޭ ގަހެއްގެ ވަށަމިން ގަހުގެ އަގު ކަނޑައެޅުމައްޓަކައި ނެގި ގޮތް ގޯސްވެގެން އަރުވާލަން ހުކުން ކޮށްފަވޭ. ކުށެއްވާނީ ކުށަކަށް ބޮޑަސް ކުޑަޔަސް، މިނިސްޓަރަކު ކުރިޔަސް ޕިޔޯނަކު ކުރިޔަސް.

    14
    1
  8. ޡަރާނާ

    2 ބިލިޔަން ރުފިޔާ ބޭ ރުގެ ހިލޭއެހީ ކައިކައި ބަނޑުގޮސް ބިމުގަ ޖެހޭއި ރުވެސް ނުފެންނަ ކަމައް ތިޔަބުނަނީ

    11
  9. ޢަފްލާ

    ޢެހެންވީމަ ދެން ޕީޖީ ޝަމީމް ދާންވީ ބޮލިހިލަން އަވަހަށް ފަށާ

  10. ނަފީސާ

    ވގ ވގ ވގ ވގ ވގ ވގ ވގ ވގ ވގ ވގ ވގ ވގ ވގ ވގ ވގ ވގ ވގ ވގ ވގ ވގ ވގ ވގ ވގ ވގ ވގ ވގ ވގ ވގ ވގ ވގ ވގ ވގ ވގ ވގ ވގ ވގ ވގ ވގ ވގ ވގ ވގ ވގ ވގ ވގ ވގ ވގ ވގ ވގ ވގ ވގ ވގ ވގ ހުސް ވގ.

  11. Anonymous

    ޕީޖީ ކަމުގެ މަޤާމަށް ކުފޫ ހަމަނުވާ މީހަކު ލުމުގެ ނަތީޖާ އަދި ޢާއިލީ މީހުންނާއި ހިމާޔަތް ކުރުމުގައި މަޤާމުގެ ނުފޫޒު ނަަހަމަގޮތުގައި ބޭނުންކުރަނީ

    13
    1
  12. ވަގާވަގާވަގާ

    ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ޖިނާއީ ދައުވާއެއް އެއްވެސް މީހަކަށް ކުރެވޭނެ ހެއްކެއް ނެތް ކަމަށް ޕީޖީ ބުނި ނަމަވެސް މަމެން އެކަމެއް ގަބޫލެއް ނުކުރާނަމޭ ތިޔާއީ ޖިނާއީ މައްސަލަ އެއް ނޫނޭ ތިޔާއީ މަދަނީ މައްސަލަ އެކޭ ދައުލަތުގެ ބަޖެޓުން 34 މިލިއަން ރުފިޔާ ދުބާއީގެ ވަގު ކުންފުންނަކަށް ހެލްތް މިނިސްޓްރީން ދޫކުރީ އެއީ ހެލްތް މިނިސްޓަރު ރިކޮމެންޑް ކުރި ކުންފުންނަކަށް އެކަން ދިވެހި ކުންފުނި ތަކުން ކޮށް ދޭން ތިއްބާ ދުބާއީ ކުންފުންނަށް ބޮޑު އަގުގައި ދިނީ އެއީ ސީދާ ކަޓް ކާން ވެގެންނޭ އެމްޑީޕީ ޕީޖީ ގްރޫޕަށް ވައްކަން ކުރާ މީހުން ސަލާމަތް ނުކުރެވޭނެއޭ ކުރާ ބަޔަކު ކުރަނީ އެއީ ސީދާ ދައުލަތުގެ ޚަޒާނާ ދަވާލަން ވެގެން ވަގުންގެ އަތް މައްޗަށް ދައުލަތުގެ ޚަޒާނާ ދޭން ވެގެންނޭ އެމްޑީޕީގެ ގައުމީ މަޖްލީހުގެ މެމްބަރުންނަށް ބްރޯ އާއި އަދި އަމީން އާއި ފޮރިންގް މިނިސްޓަރު ޝާހިދު މިތިން މީހުން ވެގެން އައިމާ އިން ނާއި އަދި އެހެން ކުންފުނި ތަކުން ކަޓް ނަގައިގެން އެމްޑީޕީ ގައުމީ މަޖްލީހުގެ މެމްބަރުން އަމީން ސަލާމަތް ކުރަން ވޯޓް ދޭ ކޮންމެ މެމްބަރަކަށް 1 މިލިއަން ރުފިޔާ ދޭން ވަނީ ނިންމާފައޭ މާލޭގައި ހުރި އިންޑިއާގެ އެމްއެމް އެކްސްޕޯރޓް އިން މިއަދުގެ ވޯޓަށް އެކަނި 15 މިލިއަން ރުފިޔާ ފޮރިންގް މިނިސްޓަރު ޝާހިދު އާއި ހަވާލު ކުރި ކަން ވެސް މަމެން ދަންނަމޭ...

  13. ހުސޭނުބޭ

    އެއްވަގު އަނެއްވަގުގެ ވައްކަން ސާބިތުކުރާކަށް ނޫޅޭނެ! ދެބައިމީހުންވެސް ބަލާނީ އެންމެ ގިނައިން ވައްކަންކުރެވޭނީ ކާކަށްތޯ! ތިޔައީ ޕީޖީއަކަށްހުރެ ވައްކަންކުރަނީ ޤަވާއިދުތަކާ އުސޫލުތަކާ އެއްގޮތައްކަމަށް ނިންމި މީހާ ނޫންހެއްޔެވެ.

  14. މުހައްމަދު އަންޖުމް

    ނުފެންނާނެތާ ހުވާކޮށްގެން މަގާމާއި އޮޅުތިލަނީ މޯދީ ދިން ޑޮލަރުބޮނޑީގެ ދަހިވެތި ކަމުގަވިއްޔަ ހަމަސަދޫމުގެ އިންސާފު ތިޔަކަލޭގެ ތިތަނާހަވާލުވީއިރުވެސް އިނގޭ މަސައްކަތް ކުރާނީ އެއްކަންފަތާ އެއްލޮލުންކަން ނޫނީ ހުވާކުރި ޑޮލަރު ބޮނޑިއެއް ނުލިބޭނެވިއްޔަ

  15. ޢަހުމަލް

    ޖަރީމާގެ އަހުލުވެރިންނަށް ޖަރީމާ ހިންގާމީހުންގެ ކުއް ފެނޭތަ. ނޫނީ ފެނުނަސް އެކަން ކުއްވެރިކުރާނެތަ

  16. ށަވީދު

    ޖަރީމާގެ އަހުލުވެރިންނަށް ޖަރީމާ ހިންގާމީހުންގެ ކުއް ފެނޭތަ. ނޫނީ ފެނުނަސް އެކަން ކުއްވެރިކުރާނެތަ

  17. ށަވީދު

    ޖަރީމާގެ އަހުލުވެރިންނަށް ޖަރީމާ ހިންގާމީހުންގެ ކުއް ފެނޭތަ. ނޫނީ ފެނުނަސް އެކަން ކުއްވެރިކުރާނެތަ.

  18. ސަމްސިއްޔާ

    ވެންޓިލޭޓަރުތައް ނުލިބެނީސް ތަކެތި ލިބުނުކަމަށް ސިސްޓަމަށް އަޅައި ފައިސާދެއްކިކަންވެސް ސާބިތު ނުވަނީ. އިހްލާސްތެރިކަމާއެކީ މަސައްކަތް ނުކުރެވެންޏާ ހަމަ މިހާރު އިސްތިއުފާދީ

  19. ސަމްސިއްޔާ

    ކޮފީޕެކެޓް ނެގިމީހާ ޖަލަށް. މިލިއަނުން ކައްވާލީމަ މިނިވަން

  20. ކެނެރީ

    ތިވެސް ނިކަމެތި އާދައިގެ މީހެއް ނަމަ މި ހާރު ހުނަނާނީ ބުރިން ހަންވެސް ނަގާފަ ލާދީނީ ސަރުކާރު

  21. ތުއްތުމަނިކެ

    އަހޭ! އޭސީސީއިން ނިންމިނިންމުން އެގޮތަށް ނިންމަންޖެހެނީ ވެންޓިލޭޓަރ ގަންނަން ފައިސާދިނީ ރައީސްގެ ކޮވިޑްކޮމެޓީގެ ނިންމުމްށް ފިނޭސްމިނިސްޓަރ ދެން ހެލްތުމިނިސްޓަރ ކުއްވެރިވާނެތަ

  22. ޢަލީ

    ޝަމީމު ކަލެއައް ތިޔަހުރެވެނީ ރަނގަޅުއެއްޗެއް ބޮވިފަ ކަލޭ ހޭވެރިކަން ވާނީ ކޮންދުވަހަކުންތޯ؟

  23. ަފކ

    ކޯޓުތަކީ މި ހާރު އަތިރި ހޮޅާށި!!!!!

  24. އަންނި

    އަހަރެމެން ބޭނުން އެއްޗެއް ހަދާލާނީ.

  25. އިންސާފު

    އޭނާ އެބުނީ ތެދެއް..މިތާވާ އެއްޗެއް މިތާނުވާ އެއްޗަކީކޮބާ؟. ޖަވާބަކީ....މިތާނުވިޔަސް އެއެްޗަކީ އެވެރިން ބޭނުން އެއްޗެއް ކަމުގައިވާނަމަ އެއެއްޗަކީ މިތާވާ އެއްޗެއް..އަދި މިތާވިޔަސް އެއެއްޗަކީ އެވެރިން ބޭނުންނުވާ އެއްޗެއްނަމަ އެއީ މިތާނުވާ އެއްޗެއް.. ރޯދަ މަ ހު އަންނާނެ މިބުނި ޑުރާ ސީރީސް.. ވަރަށް ސަލާމް..

  26. ސަނާ

    ރިޝްވަތު ޖާޑީ! އަދި ތިހެން ފުއްޕާފަ ނުހުރެވޭނޭކަން ދަންނާތި!

  27. ކޮވިޑު

    ހެކިނެތީއެއްނޫން ބޭރުކުރަން ބޭނުންވާތީ މިނިސްޓަރުކަމުނއ އިސްތިއުފާދީފިއްޔާ ދައުވާ ނުކުރަން ޢެއްބަސްވި އެއްބަސްވިމުގެދަށުން ދައުވާނުކުރީ