ހެލްތު މިނިސްޓަރ އަބްދުﷲ އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވައި މެންބަރުން ކުރެއްވި މަސައްކަތް ނާކާމިޔާބުވެ އަނެއްކާވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރި ހޯއްދަވައިފިއެވެ.

އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ތާއީދު ކުރައްވައި ޓްވީޓާގައި ވާހަކަ ދެއްކެވީ، ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެންބަރުންނެވެ. އެހެންކަމުން ބެލެވޭ ގޮތުގައި އަމީންގެ އިތުބާރު އޮތް ކަމަށް ފާސްވީ ރައީސް ސޯލިހްއަށް ތާއީދު ކުރައްވާ މެންބަރުންގެ ވޯޓުންނެވެ.

މިއަދު ބޭއްވި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ 58 މެންބަރުންނެވެ. އަމީން ވަކިކުރަން ހުށަހަޅަން ވޯޓު ދެއްވީ 27 މެންބަރުންނެވެ. އަމީންގެ އިތުބާރު އޮތް ކަމަށް ފާސްވީ 31 މެންބަރުންގެ ވޯޓުންނެވެ.

މި ނަތީޖާ ދައްކާ ގޮތުން ރައީސް ނަޝީދުގެ ފެކްޝަންއަށް ގުޅިވަޑައިގެންނެވި މެންބަރުން އިތުރުވެއްޖެ ކަމަށް ބެލެވެއެވެ. އެއީ މި ފަހަރު ރައީސް ސޯލިހް ބޭނުންވާ ގޮތަށް އެމްޑީޕީގެ އެތެރެއިން ފާސްވީ އެންމެ ތިން މެންބަރުންގެ ވޯޓުގެ ތަފާތުން ކަމުގައިވާތީއެވެ.

މީގެ ކުރިން އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދު ކުރައްވާ މަޖިލިސް މެންބަރުން މަސައްކަތް ކުރެއްވިއެވެ.

އެކަމަކު ފައްޔާޒަށް އިތުބާރު އޮތް ކަމަށް ރައީސް ސޯލިހް ވަނީ މީޑިއާ މެދުވެރިކޮށް ހާމަކުރައްވައިފައެވެ. އަދި ފައްޔާޒުގެ ދިފާއުގައި ރައީސް ސޯލިހްއަށް ތާއީދު ކުރައްވާ ގިނަ މެންބަރުން ނުކުންނެވިއެވެ.

ފައްޔާޒުގެ މައްސަލަ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ތެރެއިން ނާކާމިޔާބުވާނެ ކަން އެނގިވަޑައިގަތުމުން ރައީސް ނަޝީދު ދެން އެ މައްސަލަ ހުށަހެޅުއްވީ އެމްޑީޕީގެ ގައުމީ މަޖިލީހަށެވެ. އެމްޑީޕީގެ އެތެެރޭގައި އެ މަސައްކަތް އަދިވެސް ހިނގާ ކަމަށް ރައީސް ނަޝީދު ދާދި ފަހަކުން ނޫސްވެރިންނާ ބައްދަލު ކުރައްވައި ވެސް ވިދާޅުވެފައިވެއެވެ.

އެކަމަކު، ފައްޔާޒު ވަކި ކުރުމުގެ މަސައްކަތް އަދިވެސް ކާމިޔާބުވެފައި ނުވާ ކަން އެނގެއެވެ. މި މަސައްކަތުގައި ވެސް އަދި ފެންނަނީ ރައީސް ސޯލިހް ކުރީގައި އުޅުއްވާ ތަނެވެ.

މީގެ ކުރިން ރައްޔިތުންގެ މަޖިލީގުގެ ރައީސް ކަނޑައެޅުމަށް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވެސް ރައީސް ނަޝީދު އިހްތިޔާރު ކުރެއްވި މެންބަރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމްއަށް ކާމިޔާބުވާ ވަރަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ އެތެރެއިން ތާއީދެއް ނުލިބުނެވެ. އެ ފަހަރު ރައީސް ސޯލިހް ތާއީދު ކުރެއްވީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފަށެވެ.

އެކަމަކު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގައި ހިޔާލުތައް ދެކަފިވެ ބައިބައިވެދާނެ ކަމުގެ ހިރާސް އޮތުމުން އެމްޑީޕީގެ ހުރިހާ މެންބަރުން ފަހުން އެއްބަސްވެވަޑައިގަތީ މަޖިލީހުގެ ރައީސްގެ މަގާމު ރައީސް ނަޝީދަށް ދެއްވުމަށެވެ.

އެމްޑީޕީގެ އިސް ދެ ލީޑަރުންގެ މެދުގައި "ޕަވަ ސްޓްރަގަލް" ނޫނީ ބާރު ހޯދުމުގެ ވާދަވެރިކަމެއް އުފެދިފައިވާ ކަމުގެ އަޑުތައް ނަވާރަވަނަ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ ބޮޑު މެޖޯރިޓީއެއް ލިބުނުއިރުއްސުރެން ފެށިގެން ގަދައެވެ. އެކަމަކު ދެ ލީޑަރުން ވެސް މި ވާހަކަތައް ދޮގު ކުރައްވައި ވާހަކަ ދައްކަވައެވެ.

ތަފްސީލް އަންނަނީ..

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ލުޓޭރުންގެ ސަރުކާރު

    ނަޝީދާ ސޯލި ހުގެ ޗަރުކޭ ހުގެ ބަލިވަމުންދަނީ ދިވެ ހިރައްޔިތުން...ނަޝީދާ ސޯލި ހުގެ ދައްކަންބޭނުންވާ މަންޒަރު ދެއްކުމަށްފަ ހު ދެން ފެންނަނީ މުލިއާގޭގަ ދެމީ ހުން ބައްދަލުވެ ސެލްފީއެއްނަގާ ރައްޔިތުންގެ ކޯތާފަތުގެ ފިރުމާތަން..މިއީ ވަޙުޝީ ނުބައި ހީލަތްތެރި މަކަރުވެރި ޖާ ހިލު ގަބީލާގެ ޒަމާނުގަވެސް އޭރުގެވެރިން ކަންކުރާނެގޮތް..

    11
  2. ޅަބޭ

    ނަސީދު، ކަލޭ އަދިވެސް މަހައް ނުގޮސް މަޖިލިސް ތެރެއައް ސަވަރާރުވެގެން ތިއިންނަނީ ލަދެއް ނެތިގެންތަ؟؟!

    40
    4
    • ނަކް

      ހައްހާ މީނާގެ ބޯއީސްކޮޅު މިއަދު ފާޅުވެ އެނގިއްޖެ.. ދިއްދޫ ވައްޑޭމެން ލަދެއް ނުގަނޭދޯ ރައީސް ސޯލިހާ ދެކޮޅަށް އުޅެން ދާއިރާއަށް ކަމެއް ނުވެގެން އުޅޭއިރު ތިހިރީ ތެޅޭ ވައްތަރު.. ޗޮކުންދާނިހަމަ. ފައްޔާޒު ބޭރުކުރަން އަދި އުޅުނެއްނު އެމްޑީޕީން ބޭރު މެންބަރަކާ ޖެހި ތި މެޅުނީ ފައްޔާޒު ބަލި ކުރާނި ކިހިނެއް.. ނަޝީދު ދެންވެސް ސައިޒްވޭ..

      6
      1
  3. ޑެރަ

    ނަޝީދުގެ ފިޔަ ބިދިއްޖެ.

    9
    2
  4. ސީޑީ

    ޑްރާމާ!

    14
    3
    • ޕުތުރީ

      ޙަމަ ފައްކާ ދެބޯގެރި. ކޮންމެވެސް ތަނެއް ވިއްކާލާ ލާރި ތަކެއް ނަގާނެ މިފަ ހަރު

  5. ޣ

    ރައިސް ސޯލިހު ރަގަޅު.. . . އަންނި މައިތިރިވޭ

    9
    7
  6. ކަނީރު

    މައްސަލައަކީ ރައީސް ނަޝީދަށް އޮންނަ ތާއީދު ބޮޑުކަން

    6
    14
  7. ކޮވިޑް

    އަނެއްކާ އަނެއް ޑްރާމާ.... މިފަހަރު ގައުމަށް ކީއްކުރަންބާ މި އުޅެނީ؟ ހާދަ ނުލަފާ ސިންގުނަލް އެއް އަޅާހެން ހީވެޔޭ!!!!!!!!!!!!!!!!! ބޯހަލާކު

    14
    1
  8. ޏ

    ނަސީދު ފެކްޝަން ރޫޅި ބައިބައިވުމަކީ ގައުމަށް ލިބޭނެ
    ވަރަށް ބޮޑު ފައިދާއެކެވެ.

    10
    2
  9. ބޮނޑަނަ

    މިނޫހަށް ކޮމެންޓް ކޮށްފަތިބި ޕީޕީއެމް މީހުނަށްއޯކޭވީތަ ކޮވިޑް ވެންޓިލޭޓަރުވަގުވެސް؟ ތިކޮމެންޓް ތަކުންވެސް އެބައެންގޭ އަންނީއަކީ ކޮރަޕްޝަނާ ދެކޮޅުމީހެއްކަން އަދިކަލޭމެންގެ ބޮސްކަހަލަ ވަގެއްކަން އިބޫއަކީ

  10. ފޮޓޯގެ ތަޢާރުފް

    ތި ތިބީ، ދެ މިތުރުންނެވެ. އަނގަގަދަ މިތުރާއި، އަނގަމަޑު މިތުރެވެ.

    • ހހ

      އަނގަގަދައީ ކާކުތޯ އެވެ

  11. މުރާދު

    ކުށްވެރިއަކު މަޖިލީހުގެ ރައީސްކަމުގައިހުންނަވައިގެން އެއްވެސްކަމެއް ރަަގަޅުވާނެކަމަށްނުދެކެން
    ރަގަޅުވުމުގެބަދަލު ދާނީގޯހުންގޯހަށް އެކަމުގެހެކި މިހާރުމިފެންނަނީ ސޯލިހުއަށްވެސް މިހާރުއެގިލައްވާނެ ނަޝީދުއެއީ ކޮންޒާތެއްގެ މީހެއްކަން ނަމަވެސް ސޯލިހުވިދާޅުވެލައްވާފައިވޭ
    ނަޝީދުއާ، ސޯލިހުގެ ޚިޔަލުތަފާތުނުވާނެކަން ވީމާ، ދެބޭފުޅުން ޗަރުކޭސްކުޅުއްވަންއުޅުއްވާކަން
    ވަރަށްބޮޑަށްބެލެވޭ މިކަމުގެ ހުރިހާގެއްލުމެއްލިބެމުންދަނީ ރަށްޔިތުންނަށް ވީމާ، ތިހެންނުހައްދަވާ
    ހަރުބަހެއްގައި ބުނެފައިވޭ ގޭދޮށަށްއަންނަކުއްތާއަށްވެސް ހެޔޮކޮށްހިތާކާންދިނުމުން ފަހުންއަތުގައި
    ދަތްއަޅާނޭ ސޯލިޙްއަށް މިހެންނުވާނެބާ ކުށްވެރިއެއްކަމަށްބެލެވޭ 13 އަހަރުގެ ޖަލުހުކުމެއް އައިސްފައިވާ ފަރާތެއް ކުށްވެރިއަކަށްވާނެ ވައްކަންކޮށްފައިވާފަރާތެއް

  12. ހުސާމް

    ތީ ދެބޭފުޅުން ގުޅިގެން ހިންގާ ޑްރާމާއެއް، ރައްޔަތުމީހާއަށް އޮޅުވާލުމަށް، އެއްވެސް ސިފައެއްގައި އެ ދެބޭފުޅުން ކަމެއްގަ ދެބަސްވަނީކީނޫން ދެބޭފުޅުންގެ ހިޔާލުވަގުތުކޮޅަކަށް ތަފާތުވެހިގައިދާނެ، މެންދުރުގެ ފަރިއްކޮޅަކަށް މުލީއާގޭގަ ބައްދަލް ވުމަކުން އެއްހިތެއްގަވާ ދެފުރާނައަށް ބަދަލްވެނިމިދާނެ

  13. ނަޖްވާ

    މި ހީވަނީ މީޑިޔާއިން ފަތުރާ ކަންތައްގަޑެއްހެން އިނގޭ!