ހެލްތު މިނިސްޓަރ އަބްދުﷲ އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ނުވައްދަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕް އިން ފާސްކުރި ނަމަވެސް އެ ނިންމުމާ ހިލާފަށް އެ މަސައްކަތް ކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މިއަދު ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގެ ކުރިންނާއި ބައްދަލުވުމުގެ ފަހުން ވެސް އެމްޑީޕީގެ މެންބަރުންގެ މެދުގައި ހޫނު ބަހުސްތަކެއް ކުރިއަށް ދިޔަ ކަން އެނގިފައިވެއެވެ.

އެމްޑީޕީ ޕީޖީ ގްރޫޕްގެ ވަޓްސްއެޕް ގްރޫޕަށް ފޮނުވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ "ޕާޓީގެ ވިޕްލައިނުން ބޭރުންވެސް މި ވޯޓު އަޅުގަނޑު ލާނަން،" ކަމަށެވެ.

ރައީސް ނަޝީދު މި ގޮތަށް ވިދާޅުވިއިރު، މިނިސްޓަރ އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް ތާއީދު ކުރައްވައި ޓްވީޓާގައި ވާހަކަ ދައްކަވާފައިވަނީ ވެސް އެމަނިކުފާނަށް ތާއީދު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެންބރުންނެވެ.

އެހެންކަމުން އަމީންގެ އިތުބާރު އޮތް ކަމަށް ވޯޓު ދެއްވި ކަމަށް ބެލެވެނީ އެމްޑީޕީގެ އެންމެ އިސް ލީޑަރު، ރައީސް އިބްރާހިމް ސޯލިހްއަށް ތާއީދު ކުރައްވާ މެންބަރުން ކަމަށެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ 58 މެންބަރުންނެވެ. އަމީންގެ މައްސަލަ ހުށަހަޅަން ވޯޓު ދެއްވީ 27 މެންބަރުންނެވެ. އަމީންއަށް އިތުބާރު އޮތް ކަމަށް 31 މެްބަރުންގެ ވޯޓުންނެވެ. މަޖިލީހުގައި އެމްޑީޕީގެ 65 މެންބަރުން ތިއްބަވައެވެ.

ގާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ވަޒީރެއްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު މަޖިލިހަށް ހުށަހެޅޭނީ 10 މެމްބަރުންގެ ސޮއި ލިބިގެންނެވެ.

އެހެންކަމުން އަމީން ވަކިކުރަން ބޭނުންވާ ކަމަށް ޕާލިމެންޓްރީ ގްރޫޕްގައި ވޯޓު ދެއްވި 27 މެންބަރުންގެ ސޮޔާއެކު ވެސް އެ މައްސަލަ މަޖިލީހަށް ހުށަހެޅޭނެއެވެ. އެކަމަކު މަޖިލީހުން ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ފާސްވާނީ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އެއީ މިހާރު 87 މެންބަރުން ތިއްބަވާ ނަވާރަވަނަ މަޖިލީހުގެ 44 މެންބަރުންނެވެ.

އަމީން ވަކިކުރުމާ މެދު ގޮތެއް ނިންމަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕް މިއަދު ބައްދަލުވިއިރު، އަމީން ހިމެނޭ ގޮތަށް ހެލްތު މިނިސްޓްރީގެ 11 ބޭފުޅަކުގެ މައްޗަށް ދައުވާ ކުރަން ފޮނުވި މައްސަލާގައި ދައުވާ ނުކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް ވަނީ ނިންމައިފަައެވެ.

އަމީން ހިމެނޭ ގޮތަށް އެ 11 ބޭފުޅަކުގެ މައްޗަށް ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން އިން ފޮނުވީ ކޮވިޑް-19 ގެ ބަލީގެ ފަރުވާއަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލު ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ.

އެކަމަކު އެއިން އެއްވެސް ބޭފުޅެއްގެ މައްޗަށް ދައުވާާ ނުކުރަން ނިންމި ސަބަބަކީ ޝަރީއަތުގައި ދައުވާ ސާބިތު ކުރެވޭޭ މިންވަރަށް އޭސީސީއަށް ހެކި ދެއްކިފައި ނުވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވިއެވެ.

މި މައްސަލާގައި އޭސީސީއަށް ވެސް އެމްޑީޕީގެ ބައެއް މެންބަރުން ދަނީ ފާޑުވިދާޅުވަމުންނެވެ. މި ގޮތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އޭސީސީގެ މެންބަރުން ވަކިކުރުމުގެ މައްސަލަ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު ހަސަންޓެ ހުށަހެޅުއްވިއެވެ. މާާދަމާގެ ކޮމިޓީއަށް ވަނީ އެ މައްސަލަ އެޖެންޑާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އާދަމް

    އެމްޑީޕީއަށް ވަންނަ ހިތްވެއްޖެ.. ނަޝީދު ސޯޓު ބޭލިއްޖެ

    19
    5
  2. މޫސަ

    ބޮޑުވަޒީރު ރަނގަޅަށް ބަރަ ހަނާ ވެއްޖެދޯ

  3. ކަމަނަ

    ސޯޓް ބޭލުނަސް، ބޮލާފޮށާ ޢެޅުނަސް ތި ލާދީނީ ކަލޭގެ ހިނދުކޮޅުގަ ހުރުން ހުއްޓައެއް ނުލާނެ.

  4. ހާލަތު

    ނަޝީދަށް ވެގެންވާނަމަ މި ސަރުކާރު މިހާރުން މިހާރަށް ބަދަލު ކުރާނެއެވެ. ރައީސް ސޯލިހާއި އެމްޑީޕީގެ އާންމު މެމްބަރުން ނަޝީދުގެ މަޅީގަ ނުޖެހި މި ރާއްޖެ ސަލާމަތް ކުރާށެވެ.

    5
    1
  5. ގައުމީ ލޯބި

    ދެން ކޮބައިތޯ ޑިމޮކްރަސީ.. ޕީޖީން ގޮތް ނިންމީމަ ގަބޫލު ނުކުރާނަމަ ޑިސިޕްލިނަރީ ފިޔަވަޅު އަޅަން ޖެހޭ ދޯ.

    މީ ކޮންކަހަލަ ޑިމޮކްރަސީއެއް.. އަޑުގަދަ މީހާގެ ރުއްގިނަވާ އުސޫލު ދޯ މިމީހުންގެ މިޑިމަކްރަސީ އަކީ؟

    ވަކީ ބޭފުޅެއްގެ ޑިކްޓޭޓާރ ކަން މިފެންނަނީ..؟ ނޫނީ ގޮތްދޫނުކުރުން ތޯ؟

    ކީކޭ ބާ މިޔަށް ކިޔާނީ.. ނޫނީ ވެރިކަމުގެ ބޫތު ގަ ވާނުވާގަ ތޯ؟

  6. ހ

    ރައިސް ސޯލިހު އަކީ ރައިސް، ދެން މި އަންނި މިއުޅޭ ގޮތް ވަރަށް ހަޑި....

  7. މުހައްމަދު އަންޖުމް

    ތިވާނީ ހަމަތިޔަށް މުޅިގައުމު ބަނޑުދަށުލާންވެގެން އުޅޭ ފިރުއައުނެއް ހަމަ ތިޔާއެކު އުޅޭނީ އަދި ތިޔަށްގުޅޭނީ ހާމާން ބާގައިގެ އައުވާނުން މިކަލޭގެ ހުންނަކޮންމެތަނެއް ފިތުނަޔާ ފަސާދައެކުލެވިގެންވޭ ރާއްޖެ އިންޑިޔާއަށް ވިއްކާލުމުގެ ޑީލްވެސް މިހާރު އޮންނާނީ ހަދާނިމިފަ އެވަރުގެ ނުލަފާ ޖާހިލެއްތީ

    1
    1
  8. އަލިބެއްޔާ

    މީހަކު އޮރިޔާން ވެ ފަޟީޙަތް ވާނީ ތިހާވަރަށެވެ. ލަދުޙަޔާތްވެސް ނެތީ ތޯ އެވެ.

  9. Mahujanu

    މާ ފުއްޕަންޏާ ކަންފަތުގަ ހިފާ ހޫރާލާ، އެމްޑީޕީ އަކީ ވަކިމީ ހެއްގެ މުދާގަނޑެއްނޫން.

  10. .........

    މީސްތަކުންގެ މޮޔަކަމާއެވެ. އެމީހުން އެފަދަ ސަކަރާތެއް ޖަހާ ފުރަތަމަ ފަހަރު ބާއެވެ! އެމީހުންގެ ހީލަތްތެރިކަމުގެ ޑްރާމާތައް އަދިވެސް ދަހެއް ނުވޭހެއްޔެވެ!

    3
    1
  11. އައި

    އަނދުން އަޅުވާފަ މާދަމާ ދެބުރާންތި ކުރު ސޯޓާ އެކުސެލްފީ ޢާއްމު ކުރާނެ..

  12. ރައްްޔިތުން

    ތިޔަކުރަނީ ޕާޓީގެ ނިންމުމާ ޚިލާފު ކަމެއް ޕާޓީ އިން ނަޝީދު ވަކި ކުރެވޭނެ.