އައްޑޫ ސިޓީ ހިތަދޫގައި އާދީއްތަ ދުވަހުގެ ރޭ ތޫނު އެއްޗެއްހިން ހަމަލާދީ ޒަހަމް ކޮށްލާފައިވާ ޒުވާނާއަށް ހަމަލާ ދީފައިވަނީ އޭނާގެ ރަހުމަތްތެރިއެއްގެ ގެއަށް ގޮސް އުޅެނިކޮށް ކަމަށް މައުލޫމާތު ލިބިއްޖެއެވެ. ޒަހަމްވި ޒުވާނާގެ ރަހުމަތްތެރިޔަކު ނަން ހާމަނުކުރަން އެދި "ވަގުތު" އަށް މައުލޫމާތު ދެމުން ބުނެފައިވަނީ އެ ޒުވާނާއަށް ހަމަލާ ދީފައިވަނީ އޭނާގެ ގޭގައި ހުއްޓާ ކަމަށާއި ޒަހަމްވި ޒުވާނާ ވަރަށް ގިނައިން އެގެއަށް ގޮސް އުޅޭ ކަމަށެވެ.

“އޭނާ އަކީ އަހަރެންނާއި ކުޑައިރުއްސުރެ ދިމާވެފައިވާ، އެއްކޮށް އުޅެމުން އައި މީހެއް. އޭނާ ކޮންމެ ރެއަކު ކަހަލަ ގޮތަކަށް އެގެއަށްދޭ. އޭނާއަށް ހަމަލާ ދީފައިވަނީ އޭނާ އެގޭގެ ޖޯލީގައި އޮވެފައި ބޭރަށް ނިކުތް ގަޑީގައި." އަނިޔާ ލިބުނު ޒުވާނާގެ ރަހުމަތްތެރިޔާ ބުންޏެވެ.

މާރާމާރީގައި އެ ޒުވާނާއަށް ލިބުނު އަނިޔާތަކަށް ބަލާއިރު، މޫނުގެ ދެތަން ވަނީ ކަފައިގެން ގޮސްފައެވެ. އަދި ކަނާތް ފަޅީގެ ކޮނޑުހުޅު ކައިރިން ވަނީ ފުންކޮށް ކަފައިގެން ގޮސްފައެވެ. ބަނޑާއި ދިމާލުންވެސް ފޫޓެއް ނުވަތަ އެއަށްވުރެ ކުޑަ ތަންކޮޅެއްވެސް ވަނީ ފުންކޮށް ކަފައިގެން ގޮސްފައެވެ. އަދި ވާއަތުގެ ބޮޑުވާ އިނގިއްޔާއި ޝަހާދަތް އިނގިލި ވަނީ މުޅީން ވަކިވެފައެވެ. މީގެ އިތުރުން ވާއަތް ފައިގެ ފަލަމަސްގަނޑާއި ދިމާލަށް ތޫނު އެއްޗެއް ހެރުމުގެ ސަބަބުން ވަނީ މައި ނާރަށް ގެއްލުން ލިބިފައެވެ.

ޑޮކްޓަރާއި ހަވަލާދީ ރަހުމަތްތެރިޔާ ބުނެފައިވަނީ ޒުވާނާއަށް ލިބުނު އަނިޔާތަކުގެ ތެރެއިން ސީރިއަސް އަނިޔާއެއް ގޮތަށް ބެލެވިފައިވަނީ ފަލަމަސްގަނޑާ ދިލާމަށް ލިބިފައިވާ ގެއްލުމަށެވެ. "އެތަނަށް ތޫނު އެއްޗެއް ހެރުމުގެ ސަބަބުން ވަނީ މައި ނާރަށް ގެއްލުން ވެފައި ކަމަށް ޑޮކްޓަރު ބުނީ" އޭނާ ކިޔައިދިނެވެ.

ހަމަލާ ދިނީ ކިހިނެތް؟

ފުރާނައަށް ގެއްލުން ވާ ވަރުގެ އަނިޔާ ލިބިފައިވާ އުމުރުން 22 އަހަރުގެ ޒުވާނާ އޭރު ހުރީ ހިތަދޫ ފްލެޓް ސަރަހައްދަށް ދާ މަގުގައި ހުންނަ ރަހުމަތްތެރިއެއްގެ ގޭގައެވެ. އޭނާ އެގޭގެ ޖޯލީގައި އިންދާ އެކްސިޑެންޓެއް ވެގެން އުޅޭ ކަހަލަ އަޑެއް އިވިގެން ދުވެފައި ބޭރަށް ނުކުތެވެ. އޭރު އެގޭގެ ކަންމައްޗަށް ސައިކަލެއް ވެއްޓިފައި އޮތް މަންޒަރު އޭނާއަށް ފެނުނެވެ. ކުއްލި ގޮތަކަށް އެމީހުން "ކަތިވަޅި" ފަދަ ތަކެތި ހޫރަމުން އޭނާއާއި ދިމާލަށް ދުއްވައިގަތެވެ.

"އެވަގުތު އޭނާވެސް ދުއްވައިގަތީ. ދުއްވައިގަނެގެން ގޮސް އޭނައަށް ވަދެވުނީ ޖެހިގެން ވިނަ ހެދިފައި އޮތް ތަންކޮޅަކަށް. އެތަން އޮތީ ވިއްސާރަވެ ޗަކަވެފައި. އެވަގުތު އޭނާ ވެއްޓުނީ. އެގަޑީ ފޮނުވާލި ހަމަލާ އަމާޒުވީ އަރިކައްޓަށް. އެހިސާބުން ދުއްވައިގަންނަން އުޅުނީމަވެސް އެކަމެއް ނުވި. އޭގެ ފަހުން އެމީހުން އިތުރަށް ހަމަލާދިނީ." އެމީހާ ކިޔައިދިނެވެ.

ޒުވާނާ ވެއްޓުނު ސަރަހައްދު-- ފޮޓޯ: ވަގުތު އިމޭޖެސް

ހަމަލާދިން މީހުންގެ އަމާޒަކީ ޒުވާނާ މަރާލުމަށްތަ؟

މިފަދަ ނުރައްކާތެރި މާރާމާރީ ގްރޫޕުތަކުން ހިންގަމުން އަންނަނީ ފުރާނަ ނަގާލުމަށެވެ. މިއީ އެއްވެސް ހާލެއްގައި މީހާގެ ހަމަ ބުއްދީގައި ތިބެގެން އެއްވެސް އިންސާނަކަށް ކުރަން ކެރޭނެ ކަމެއް ނޫނެވެ. އައްޑޫގައި ހިނގި މާރާމާރީގައި އެ މީހުން ތިބީ މަސްތުގެ ހާލުގައި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އައްޑޫއިން އެ ޒުވާނާއަށް ހަމަލާދިން މީހުން އުޅުނީ އޭނާގެ ފުރާނަ ނަގާލަންށެވެ. "އެތަނުން އެކަކު ބުނީ ބޮލުގައި ޖަހާށޭ މަރަން" އަނިޔާ ލިބުނު ޒުވާނާއާއި ހަވާލާދީ މީހަކު ބުންޏެވެ. އޭނާގެ ބޮލަށް ފޮނުވާލި ހަމަލާ ދިފާއުކުރަން އަތް ހިއްލާލި ގަޑީ ވާތުގެ އިނގިލިތައް ބުރިވެގެން ދިޔައީއެވެ.

ހަމަލާ ދިން ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ-- ފޮޓޯ: ވަގުތު އިމޭޖެސް

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ އައިސީޔޫގައި އެ ޒުވާނާއަށް ފަރުވާ ދެމުން އަންނަނީ 5 ގަޑިއިރަށްވުރެ ދިގު އޮޕަރޭޝަނަކަށް ފަހުއެވެ. އެ ހޮސްޕިޓަލުން ބުނެފައިވަނީ ޒުވާނާގެ ހާލު މިހާރު ސްޓޭބަލް ކަމަށާއި އޭނާގެ އިނގިލިތައް އަލުން ގުޅޭގޮތެއް ނުވީ، އިނގިލި ހޮސްޕިޓަލަށް ގެނެވުން ލަސްވުމާއި ގުޅިގެން ކަމަށެވެ. އަދި އިތުރު ފަރުވާއަށް މާލެ ގެންދިއުމުގެ ވިސްނުމެއް އަދި ނެތް ކަމަށްވެސް ބުންޏެވެ.

ހަމަލާއާއި ގުޅިގެން މިހާތަނަށް އެނގޭ ބައެއް ކަންކަން!

މި މާރާމާރީގައި އިސްކޮށް ހަރަކާތްތެރިވީ 4 މީހުން ކަމަށް މަންޒަރު ފެނުނު ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ. އަދި އަނިޔާ ލިބުނު ޒުވާނާވެސް ވަނީ އެހެން ބުނެފައެވެ. އެމީހުން އެތަނުން ދުއްވައިގަތީ، އެތަނަށް މީހުން އެއްވާން ފެށުމުން އެމީހުންނާއި ދިމާލަށްވެސް ތޫނު ހަތިޔާރުތައް ދިއްކުރުމަށް ފަހުގައި ކަމަށް މައުލޫމާތު ލިބެއެވެ.

ހިތަދޫގައި ގްރޫޕްހަދައިގެން އުޅޭ މި މީހުންނަކީ މީގެ ކުރިންވެސް މިފަދަ ގިނަ މައްސަލަތަކުގައި ޝާމިލުވާ ބައެއްކަމަށް ގިނަ ބަޔަކު ބުނެއެވެ. މާރާމާރީ އާއި މަސްތުވާތަކެތީގެ މައްސަލަތަކާއި ފޭރުމާއި ވައްކަންފަދަ މައްސަލަތަކުގައި މި ގްރޫޕަށް ނިސްބަތްވާ މީހުން މީގެ ކުރިން އެތައް ފަހަރެއްގެ މަތީން ހައްޔަރުވެސް ކުރެވިފައި ވެއެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް ތަހުޤީޤަށްފަހު މިނިވަންވެގެން އެމީހުންއެފަދަ ކުށްތައް ތަކުރާރުކުރަމުންދާ ދިއުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ.

މި ގްރޫޕަށް ނިސްބަތްވާ މީހުންނަކީ އާންމު ގޮތެއްގައިވެސް މަސްތުގެ ހާލަތުގައި އައްޑޫސިޓީ ހިތަދޫގައި އާންމުންނަށް އުނދަގޫތައް ކުރިމަތިކުރާ ބައެއް ކަމަށް ގިނަ ބަޔަކު ބުނެއެވެ. އަދި އެކަން ފުލުހުންނަށް ވެސް އެނގޭ ކަމަށް އެފަރާތްތަކުން ޤަބޫލުކުރެއެވެ. އެހެންކަމުން މި މީހުންނާއި މެދު މިހާތަނަށް އެކަށީގެންވާ ފިޔަވަޅެއް އެޅިފައި ނެތުމުންނާއި އަދިވެސް މި ގްރޫޕުގެ ބައިވެރިންނާއި އެންމެ ފަހުން ހިނގި މާރާމާރީގެ ބައިވެރިން މިނިވަންކަމާއެކު އަދިވެސް އުޅޭތީ ގިނަ ބަޔަކު ކަންބޮޑުވެއެވެ.

އެންމެ ފަހުން ހިގި މާރާމާރީއާއި ގުޅިގެން ފުލުހުން ބުނެފައިވަނީ 25 އަހަރުގެ ދިވެއްސަކު ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް މި ހާދިސާގެ އިތުރު ބައިވެރިން ހޯދާކަމެއް ނޭނގެއެވެ. އޭގެތެރެއިން ބައެއް މީހުން އަދިވެސް ރަށުތެރޭގައި އެބައުޅެއެވެ.

ކިޔުންތެރިންގެ ހިޔާލު

35 ކޮމެންޓް

  1. ވެރިން

    ހައްލަކީ ހުރިހާ ރައްޔިތުން އެކައްޗެއްކިޔާފަ ތިމާގެ ކަމެއް ރަހުމެއްތެރިކަމެއް އެއްބަނދޑެއް ނުބަލާ ހުރިހާ ރައްޔިތުންގެ ހައްގުގަ ތިމީހުން ރަށުން ބާލުވަން ވީ.

    157
  2. ހހ

    ތިގްރޫޕް ތައް ނައްތަލަން ރަގަޅު ގްރޫޕެއް ނެރެންވީ

    126
    3
  3. ކަނބިލި

    ޑިމޮކްރަސީ ހިއުމަން ރައިޓްސް ވޯޓް

    62
  4. ޢަންވަރު

    ފުލުހުންނަށް އެގުނަސް ހައްޔަރެއް ނުކުރާނެ... ތި ވާނީ ތިކުއްޖާ މަސްތުވާތަކެތީގެ މައުލޫމާތު ފުލުހުންނަށް ދިނީ ހެން ހީވެގެން ކުރިކަމެއްހެން..... ބޮޑުން ހޯދާށޭ ފުލުހުން ..

    80
    2
  5. މިޓޭ

    ވަރަ ދެރަ

    46
    1
  6. ޓަކަފިރޯށި

    ދެންކިނެއްތޯ އައްޑޫ ތަރަށްގީކުރެވޭނީ އަމާން ކަމެއްނެތް ތާކަށް ކޮންއިންވެސްޓަރެއްތޯ ދާނީ؟ މިފަދަކަންކަން ތަނެއްގައި މިހާބޮޑަށް މޫލައި ވަރުގަދަވަނީ އެތަނެއގެގިނަބަޔަކު އެގޮތަށް ބޭނުންވުމުންނެވެ.

    74
    11
    • ސ

      މާލޭގަ ހިންގާ ޖަރީމާތަށް ވަރަށް މަދު އެހެންވީމަ މާލެ ތަރައްގީ ކުރަންޖެހޭނީ

      26
      42
      • މާލެ މީހާ

        ތީ އައްޑޫ ކުއްޖެއް ދޯ؟

        14
    • Anonymous

      އަލަށްދޯ މުޅި ރާއްގޭގަ ވެސް މިކަހަލަ ކަމެއް މި ހިނގީ!!!! އައްޑޫ ނޫން ތަނެއްގަ ދުވަހަކުވެސް ނުހިނގާ ނުވެސް ހިނގާނެ ކަންތައް މި. މާލޭގަ އަހަރުން މި އުޅެނީ ހާދަ އަރާމުގައޭ. ހުސް ސޯލިހު އަޅުން. އަނެއްކާ މި ރާއްޖޭގެ ދެން ހުރި އަތޮޅުތަކުގަ މީހުން މިސްކިތުން ވެސް ނުފައިބާ އެ ތިބެނީ

      11
      3
  7. ހާސިންޖީ

    ފުލުހުންގެ ފަރާތުން ތިމީހުނަށް ދެރަ އެއްގޮތެއް ނުހެދޭނެ ގިނަ ފުލުހުން މިހާރު އުޅެނީ ތިމީހުންގެ ނިވާފަތްގަނޑަކަށް ވެގެން މިހާރު ރަށްފުށުގައި ގޭންގުތައް ކޮންޓްރޯލް ކުރަނީ ޕްލިހުން މީ ހިތާމަހުރިކަމެއް މިކަން ހުއްޓުވޭނީ މުޅި ޕްލިސް ސްޓޭސަން ތައް މަހުން މަހަށް އެއްކޮށް ދުރު ހިސާބުތަކަށް ބަދަލުކޮށްގެން އަތޮޅު ތެރެއަށް ބަދަލުކުރީމާ އެމީހުންގެ ނުފޫޒު އަލަށް އަންނަ ޕޮލިހުންމަށް ފޯރާ ޓާރމަށް ކައިރި ރަށްތަކަށް ފޮނުވުމަކީ ހެދޭ ބޮޑު ގޯހެެއް

    59
    3
  8. ހާސިންޖީހާ

    ފުލުހުންގެ ފަރާތުން ތިމީހުނަށް ދެރަ އެއްގޮތެއް ނުހެދޭނެ ގިނަ ފުލުހުން މިހާރު އުޅެނީ ތިމީހުންގެ ނިވާފަތްގަނޑަކަށް ވެގެން މިހާރު ރަށްފުށުގައި ގޭންގުތައް ކޮންޓްރޯލް ކުރަނީ ޕްލިހުން މީ ހިތާމަހުރިކަމެއް މިކަން ހުއްޓުވޭނީ މުޅި ޕްލިސް ސްޓޭސަން ތައް މަހުން މަހަށް އެއްކޮށް ދުރު ހިސާބުތަކަށް ބަދަލުކޮށްގެން އަތޮޅު ތެރެއަށް ބަދަލުކުރީމާ އެމީހުންގެ ނުފޫޒު އަލަށް އަންނަ ޕޮލިހުންމަށް ފޯރާ ޓާރމަށް ކައިރި ރަށްތަކަށް ފޮނުވުމަކީ ހެދޭ ބޮޑު ގޯހެެއް

    29
  9. އަލިމަނިކުފާނު

    މިފަދަ މީހުންނަށްވެސް އެނގޭ މިހާރު ހައްޔަރުވިޔަސް އަނެއްކާ ކުޑަ ދުވަސްކޮޅަކުން ދޫކޮށްލާކަން. އެހެންވެ މާ ކަންބޮޑެއްނުވޭ. އުތުރު ރަށެއްގެ ޒުވާނަކު މަސްތުވާތަކެތު ބޭނުންކުރާތާ މިހާރު 20 ވަރަކަށް އަހަރު. އެތައްފަހަރަކު އަތުލައިފި. ޖަލަށް ވެސްލީ އަދަދު ނޭނގޭ. އެކަމަކު ކުޑަ ދުވަސްކޮޅަކުން ފެންނަނީ އަނެއްކާވެސް ރަށުތެރޭގައި އެކަންކުރަމުން ދުވާތަން. އަނގައިން ބޮކިއަރުވާތަން. އެކަމަކު ހަމަ އެއްކަމެއްނުވޭ.

    47
    1
  10. ޕީސީ ހުސޭނު

    ފުލުހުންގެ އިދާރާ މުޅިން ފެއިލްވެފަ..މިކުޑަކުޑަ ރާއްޖޭގައި ކޮންކަމެއްތޯ ހޯދާ ކުށްވެރިންނަށް އަދުދެވޭތޯ؟ ޚޮދު ފުލުހުންވެސް މިކަން ޤަބޫލުކޮށް ލަދުގަންނާނެ..މުޅިމުވައްސަސާ އިސްތުފާ ދޭންޖެހޭ ދިވެހިރައްޔިތުންގެ ހައްގުގަ...

    41
    4
  11. ރައްޔިތު މީހާ

    މި ރާއްޖޭގައި މި ވާގޮތަކީ ޖިނާޢީ އިޖުރާޢަތުގައި ތަހުޤީޤުކުރަން ވަކި މުއްދަތެއް އޮވޭ. ދަޢުވާކުރަން ވަކި މުއްދަތެއް އޮވޭ. އެހެނަސް ޝަރީޢަތް ކުރަން ޢިއްޒަތްތެރި ޤާޟީންނަށް ވަކި މުއްދަތެއް ނެތް. މައްސަލަތައް ދަނީ ބަރަވެލި ސްޕީޑްގައި. އެހެނަސް ކިޔަވައިގެން ތިބި ޒުވާން ޤާޟީން ވަރަށް ބާރަށް ޝަރީއަތްތައް ގެންދާކަންވެސް ފާހަގަކުރަން. ކުރަންވީ ކަމަކީ ތަހުޤީޤަށްފަހު ދޫކުރާ ދޫކުރުން ވަގުތުން ވަގުތަށް ހުއްޓާލަންވީ. ކޮންމެ މީހަކުވެސް ބޮޑެތި މައްސަލަ ތަކުގައި ބަންދުން ވީއްލެއްވީ ކޮންމެވެސް އެއްގޮތަކަށް ނިމިގެން. ޖިނާޢީ އިޖުރާޢަތުގައި ބަޔާންކުރާ އަވަސް ނިޔާގެ ކަންކަން ވަގުތުން ވަގުތައް އޮޕަރޭޓްކުރަންވީ. މި ފަހުންވެސް ކޮވިޑާއި ގުޅިގެންކަމަށް ބުނެ ޑްރަގް ޓްރެފިކިންގެ އެތައް މައްސަލަތަކެއްގައި ހިމެނޭ އެތައް ބަޔަކު ޕީޖީގެ އެދުމަށް ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ނުބަހައްޓަންވެގެން ދޫކޮށްފި. ނަމަވެސް ހަޤީޤަތަކީ ކޮވިޑާއި ގުޅިގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރިޢަތްތައް ހިންގަން ފެށުމުން، ކޯޓުތަކުގެ ސްޕީޑް ބޮޑުތަނުން އަވަސް ވެއްޖެ. ނަމަވެސް މި ޤައުމުގައި އުޅޭ 18 ވަނަ ޤަރުނުގެ މީހުން މި ކުރިއެރުން ބަލައިގަންނަން ބޭނުން ނުވޭ.

    26
    2
  12. މީހާ

    އަޖައިބެއް ނުވާނެ ކޮންމެ ޕާޓީއެއްގެ ސިޔާސަތަކީ.... ވެރިކަމުގެ ގޮނޑި.... މިފަދަ ޒުވާނުންގެ ބޭނުން ހިފަނީ ވޯޓާކައިރިވުމުން... ގާނޫން އަސާސީގެ ލޯވަޅުތަށް އެހާމެ ގިނަ ހާއްސަކޮށް ކުއްވެރިންގެ ހިމާޔަތުގައި ވާ ލޯވަޅުތައް ބޮޑުވަމުންދަނީ.... ސިޔާސީ ބޮޑުންގެ އަމިއްލަ މަސްލަހަތަށްޓަކައި އާއްމު ރައްޔިތުންނަށް ހުރިހާ ގެއްލުމެއް.... ވައްކަން އިންތިހާއަށް މިނިވަން ކަމެއް ނެތް..... ޒުވާން ޖީލް ހަލާކުވެދަނީ......ދީނާއި ބީރައްޓެހިވެ ދަނީ

    27
  13. އަޖައިބުހީވޭ

    ފުލުހުންނަށް އެތިވަރު ގޮވަނީ ލަދު ޙަޔާތެއް ނެތް، ނުވަތަ ވިސްނުން ކޮށި ބައެއެވެ. އެފަދަ ނުބައި އަނިޔާވެރި ޖަރީމާ ހިންގާ މީހުންގެ، މައިންބަފައިން ނުވަތަ ބެލެނިވެރިން ކޮބާ ހެއްޔެވެ؟ އިސްލާމް ދީނުގައި ވެސް އޮންނަނީ ރަނގަޅު ގޮތުގައި ދަރިން ތަރުބިއްޔަތު ނުކުރެވިއްޖެ ނަމަ، ފަހުން އެ ދަރިންނަކީ ތިމާ އާއި އެހެން މީހުންނަށް ހުރި މުޞީބާތަކަށް ވެދާނެ ކަމަށެވެ. ނުބައި ޖަރީމާ ހިންގާ އެންމެންނަކީ ވެސް އެފަދަ ދަރިންނެވެ.

    22
    7
    • 🤦‍♀️

      ތިކަން ތިހެން އޮތަސް ފުލުހުންގެ ޒިންމާއެއް ނުކެނޑެއެއްނު

      10
  14. އަލީ

    ފުލުހުން އަދި ކޯޓް ތަށް ތި ގުރޫޕް ތަށް ދެކެ ބިރުގަނޭ ، ދެން އަދި އާންމުން ކިހާ ވަރެއް ވާނެ. އަހަރެން އައްޑު އަށް ނުގޮސް މި ހުންނަނީ އެހެންވެ. މި ރާއްޖެ އަށް އަމާން ކަން ދެއް ވާށި. އާމީން

    17
  15. އަންނި

    ތިއީ ފުލުހުން ކުރުވާ ކަމެއް..ހަމަރަނގަޅަށް ފުލުހުންނަށް ބައި އަޅައިގެން ހިންގާ ވިޔަފާރިއެއް....އިންޑިޔާގެ ގުންޑާ ސޮޓައިލަށް...އެކަމަކު ނަސީދު ބޭނުްންވަނީ ތިބައިގަނޑު ކުރިޔަށް ނެރެފަ ތުނބުޅިލާ ދީނީ ބައިގަނޑު ނެތިކޮއްލަން...މިއީ އެޖެންޑާ 19

    13
    4
  16. Anonymous

    ޙުސެނޫ ހަމަ ސާބަހޭ......

    5
    1
  17. ޢަލީ

    ޢަދުލުއިންސާފުނެތްތާ ކު މިފަދަ ހުރިހާ ކަމެއް ހިނގާނެ ކޮބާ ރައްޔިތުން ސަރުކާރައްދިން މެޖޯރިޓީ އާދޭހާއެ ކުބުނަން އުމަރުނަސީރު ފަދަ ގޭންގުތައް ފުނޑާލާނެ ވެރިޔަ ކު ހޮއްވަވާ

    8
    2
  18. އިސްލާމީ އުސޫލުން އިންސާފު ލިބެންޖެހޭ

    ހަމަލާ ދިންއިރު ތިބީ މަސްތުގެ ހާލަތުގައިތޯ ނޫންތޯ ބަލާކަށް ނުޖެހޭ. އެވިކްޓިމްއަށް ލިބިފައި ހުރި އަނިޔާގެ ކޮންމެ ބަދަލެއް އެމާރާމާރީގައި ބައިވެރިވި އެންމެންނަށް ހަމައަށް ލިބެންޖެހޭ. ދަތަކަށް ދަތެއް، ލޮލަކަށް ލޮލެއް...

    19
  19. ގައިދީ

    އޭނާ އަށް ހަމަލާ އަމާޒުވި ސަބަބު ތިޔަ ލިއުމަކުން ހާމަ ވާކައްނެތް. ކޮންމެ ކަމެއް ކުރެވިފަ އޮތަސް އެކަހަލަ ހަމަލާދީގެން ނުވާނެ.

  20. ޠީނާ

    އެރޭ އެމެޖެންސީ ގައި އޭނާ އަށް ފަރުވާ ދިން ނަރުސް ކުއްޖާ ހާދަ ހުށިޔާރައެވެ.

  21. ސައްތާރު

    މިފަދަ ލާއިންސާނީ ޖަރީމާތައް މިހާތަފްބީލްކޮށް ލިޔުމުގެ ބޭނުމަކީ ނޫހުގެ މަޝްހޫރުކަން ހޯދުންތޯ؟

    5
    1
  22. ޓައިޓަން

    ތި ހަމަލާ ލިބުނީ ވެސް ކޮންމެވެސް ސަބަބުތަކެއް ހުރީމަ، ތި ހަމަލާގައި ޒަހަމް ވި ކުއްޖާ އަކީ ވެސް މާރަ މާރި އަދި އައްޑޫގެ މަސްތު ވެގެން އާނމުން އަށް އުނދަގޫ ކުރަމުން އުޅޭ މީހެެއް. އެ ކުއްޖާ ވެސް ވަނީ ދަގަނޑު ބުރި ހިފައިގެން ގޮސް ކޮށާލި ގުރުޕް މީހުންގައިގަ ތަޅާފަ. ބަދަލު ހިފަން ކުރި ކަމެއް ތީ!! ޢަހަރުމެން ވެސް އުޅެނީ އައްޑޫގަ، ނާދޭ އަހަރުމެން އަށް އުނދަގޫ ކޮއްފަ އަހަރުމެން ގަޔަށް ބޮލަށް އަރާކަށެެއް. ނަމަވެސް އަހަރުމެން ވެސް ތީގެ އިން ކޮންމެ ބަޔަކާ ބެހިގަތަސް އެނމީހުން ވެސް އަހަރުމެން އާ ބެހޭނެ ދޯ!!

    5
    5
  23. އިންސާފު

    ދިވެހި ސަރުކާރަށް ތިކަން ނުހުއްޓުވެންޏާ ކޮންމެ އާއިލާއަކަަށްް ބަޑިއެއް ގެންގުޅުމުގެ ހުއްދަ ދޭންވީ. އޭރުން ލޮލަކަށް ލޮލެއް ނަގާ ޤާނޫނު ރައްޔިތުން ތަންފީޒު ކުރާނެ.

    10
    1
  24. އަޅުގަނޑު

    މާތްﷲ އަޅަމެން އެންމެން ރައްކާތެރިކޮށްދެއްވަވާ އެމީހުންނާއި އެފަދަ މީހުނަށް ހެޔޮވިސްނުންދެއްވަވާށި އާމީން

    13
  25. ނަޖްވާ

    މިއޮތް ކުޑަކުޑަ އާބާދީ އޮތް ޤައުމުގައި ގޭންގު ހަދައިގެން މާރާމާރީ ހިންގަމުން ދާއިރު އެއީ ކޮންބަޔެއްކަން ނޭނގި ހުންނާނެއެކޭ ބުނާކަށް ނުކެރޭނެ! އަދި އަމްދުން ރަށްރަށުގަ! މި ފަދާ ގޭންގުތައް ހަމަ މުލުންލުހެލަންވީ! އެކަން ނުވަނީ ވޯޓު ހޯދަން އެމީހުންގެ ސަޕޯޓުވެސް ހޯދާތީ ކަމަށް ބެލެވެނީ!

  26. ނނ

    ވަރައް ދެރަކަމެން މިއާ

  27. ނރ

    ވަރައް ދެރަކަމެން މިއާ

  28. ާަިމަޑިކަށި

    މިރާއްޖޭން ދިވެހިން ކިތައްމެ ބޭނުންވިއަސް ނުވާނެ ދެކަމެއްވޭ އެއީ މަސްތުވާ ތަކެތިބޭނުން ކުރާމީހުންނާ ރާއްޖޭންބޭރު ބިދޭސީން ގެނައުން. މިދެ ކަމަކީ އިސްސަފުތަކުގައި އުޅޭމީހުންނާ މުއްސަނދި މަހުޖަނުންގެ ވިޔަފާރި މިކަން ހުއްޓުވަން ޖެހޭނީ ގައުމަށްޓަކާ ހަމައެކަނި އާންމު ދިވެހިންނިކުމެގެން

  29. ސީނުކަރަ

    އަމީތާބު މިފިލްމު މާކުރިންކުޅެފި
    އަންދާގާނޫނު އައިސް އަރާހަމަކުރަނީ އެމީހެއްގެ ޝަރީއައް އެމީހަކު

  30. ގެރިލޯބި

    މިއީ ކޮންމެ ސަރުކާރަކުންވެސް ގަސްދުގައި ކުރުވާ ތަރުހީބު ދޭ ކަންކަން.
    ނޫންނަމަ މިފަދަ ކުށްތައް ތަކުރާރު ކޮށް ކުރާމީހުން އިންސާނުން ތެރެއަށް ދޫކޮށްފައެއް ނުބައިތިއްބާނެ. އަދި އިސްލާމީ ޝަރީއަތް ގާއިމު ނުކޮށެއްވެސް ނުތިބޭނެ.

  31. ގެރިލޯބިން

    މިއީ ކޮންމެ ސަރުކާރަކުންވެސް ގަސްދުގައި ކުރުވާ ތަރުހީބު ދޭ ކަންކަން.
    ނޫންނަމަ މިފަދަ ކުށްތައް ތަކުރާރު ކޮށް ކުރާމީހުން އިންސާނުން ތެރެއަށް ދޫކޮށްފައެއް ނުބައިތިއްބާނެ. އަދި އިސްލާމީ ޝަރީއަތް ގާއިމު ނުކޮށެއްވެސް ނުތިބޭނެ.