ކުރީގެ ސަރުކާރުން ހިންގާފައިވާ ހިޔާނާތާއި ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ވެރިކަމުގެ ފުރަތަމަ ދުވަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނަކީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށް ކަމުދާ ކޮމިޝަނެއް ނޫންކަން ހާމަވެއްޖެއެވެ.

މިކަން ހާމަވެގެން ދިޔައީ ވެންޓިލޭޓަރު މައްސަލާގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނު މަގާމުން ވަކި ކުރުމަށް ހުށަހެޅުނު މައްސަލައާ ގުޅޭ ގޮތުން ބޭއްވި އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ބައްދަލުވުމުގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ދެއްކެވި ވާހަކައިންނެވެ.

އީވާ ވަނީ އަމީނު މަގާމުން ވަކި ކުރަން ޖެހޭ ކަމަށް ފާޅުކަން ބޮޑު ގޮތެއްގައި ވިދާޅުވެފައެވެ. އީވާ ވިދާޅުވީ އެމްޑީޕީގެ ވިސްނުމާއި ކަނޑައެޅިގެން މިނިސްޓަރު އަމީނު ހިލާފުވެވަޑައިގެންފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މިފަދަ ކަމެއް ކުރެއްވި ބޭފުޅަކު މަގާމުން ވަކިކުރަން ޖެހޭ ކަމަށް ވިދާޅުވާން އެމްޑީޕީގެ ޕީޖީ އަށް ނުކެރިއްޖެ ނަމަ މިހާރުގެ އެންޓި ކޮރަޕްޝަން ކޮމިޝަނާއި އެސެޓް ރިކަވަރީ ކޮމިޝަނާއި އެއްވެސް ތަފާތެއް ނެތް ކަމަށެވެ.

"އަޅުގަނޑުމެން އެކޭ މިއަދުގެ އެންޓި ކޮރަޕްޝަން ކޮމިޝަން އެކޭ އެއްވަރު. އަޅުގަނޑުމެން އެކޭ މިހާރު އެއޮތް އެސެޓް ޑެކްލަރޭޝަން ކޮމިޝަން އެކޭ އެއްވަރު. ނުވަތަ އެހެން މުއައްސަސާއެކޭ އެއްވަރު. އަޅުގަނޑުމެން މިތާ ތިބެގެން އިނގިލި ދިއްކުރާ އެހެން ހުރިހާ މުއައްސަސާއެކޭ އެއްވަރުވީ،" އީވާ ވިދާޅުވިއެވެ.

"އެމްޑީޕީ އާއްމު މެންބަރުން 65 ގޮނޑި ދީފައިވާއިރު ގައުމުގައި ބޮޑު ހިޔާނާތެއް ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ނިސްބަތްވާ ވަޒީރަކު ކުރުމުން ސާބިތުކަމާއެކު އެފަދަ ބޭފުޅެއް މަގާމުން ވަކިކުރަން ވިދާޅުވާން ނުކެރިއްޖެ ނަމަ ރައްޔިތުންނަށް ދައްކާނެ މޫނެއް ނެތް ކަމަށް އީވާ ވިދާޅުވިއެވެ.

"އޭނަ ބޭރުކޮށްލަން ވެއްޖޭ ސާބިތުކަމާއެކު ބުނަން ނުކެރިއްޖިއްޔާ ދެން ރައްޔިތުން ވަންނަންވީ ކޮންތާކަށް. ރަށު ތެރެއަށް ނިކުމެ އަޅުގަނޑުމެން ދެން ކާކަށް މޫނު ދައްކާލާނީ. މިދައްކަނީ ގަލޮޅު ވާހަކަ އެކަންޏެއް ނޫން،" އީވާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ 24 މެންބަރުންގެ ސޮޔާއެކު ހެލްތު މިނިސްޓަރ އަބްދުﷲ އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވަނީ ވައްދާފައެވެ. އެ މައްސަލަ މަޖިލީހަށް ވެއްދި ނަމަވެސް އެކަން ކޮށްފައި ވަނީ އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ނިންމުމާއި ހިލާފަށެވެ.

އެ މައްސަލާގައި ބޭއްވި އެމްޑީޕީ ޕީޖީ ގްރޫޕުގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންނެވީ 58 މެންބަރުންނެވެ. އޭގެ ތެރެއިން އަމީން ވަކިކުރަން މަޖިލީހަށް ހުށަހަޅަން ވޯޓު ދެއްވީ 27 މެންބަރުންނެވެ. އިތުބާރު އޮތް ކަމަށް ވޯޓު ދެއްވީ 31 މެންބަރުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. މުހައްމަދު އަންޖުމް

  ނުދާނެ ހަމައެއްކަމެއްވެސް ރަގަޅެއްނުވާނެ މިތިބަ ހާމާނުގެ އަތްދަށު ގުއިވާކަހަލަ މީހުން ނަން ކަމުދާނީ މިމީހުންބޭނުން ގޮތަކަށް ބޭނުންވާރަހައެއް ލައްވާލެވޭޒާތުގެބަޖިޔާމަސްގަނޑެއް ހީވާކަހަލަ މިމީހުންނޫނީ ބަޔަކުނެތޭ ކިހާދުވަހަކު ތިޔަކުޅި ގަނޑު ދަމަހައްޓަން ކަމަށް ހީކުރޭބާ ތިކަމުގެ ހިތި ފިސާރި ހުތުރުކޮށް އަރުތެރޭލާނެކަން ދަންނާތި

 2. އީތޭން

  އީވާޔަކީ އަންނިގެ އާއިލީ ޕަޕެޓެއް... އެމްޑީޕީ އަކީ އަންނި އާއިލާގެ މިލްކިއްޔާތެއްތަ؟ ބަލަ ތިއުޅޭ ގޮތަކީ ތިކިއާ ޑިމޮކްރެސީއާ ހިލާފް ގޮތެއް!!!! އަންނި އާ އީވާ އުޅެނީ އާއިލީ ވެރިކަމެއް ނުފެށިގެން... ޑިމޮކްރެޓިކް ޕާރޓީއަކަށް ވުރެން އަންނި ފެމިލީ ޕާރޓީ އަކަށް އެމްޑީޕީ ނުހެދިގެން އީވާ މޮޔަވަނީ....

  13
  1
 3. މާމީ

  ސާބަހޭ ކަމަނާ ވެންޓިލޭޓރު ވަގުންތައް ބޭރުކުރޭ ހުސް ގާސިމްބެގެ މީހުންތީ.. ބޭތިއްޔާ އަދިވެސް ކުރާނީ ވައްކަން ....

  5
  2
 4. މުލުވަގު

  އޮރިޔާން ފިލްމްކުޅޭމީހުން އެފެކްޝަނަށް ކަމުދާނީ

  6
  1
 5. ޒަބީބު

  ވަގުންގެ ފޮށި ބާރަށް ބަންނާނެ. އެހެންވީމަ ފުލުހުން ގެޔަށް ވަންނަ އިރު ފެންނާނީ މަންމަގެ ބާ އައިޕެޑް އެކަނި ދެއްތޮ؟