ހދ. ކުޅުދުއްފުށި ސިޓީގައި ކޮވިޑް-19 ފެތުރޭތީ ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓާރ (އެޗްއީއޯސީ)ގެ ހާއްސަ ޓީމެެއް އެރަށަށް ދާ ގޮތަށް ހަމަޖައްސައިފިއެވެ.

ކުޅުދުއްފުށިން ފާއިތުވެދިޔަ ދުވަސްތަކުގައި ކޮވިޑް-19 ގެ ވޭދަނަތައް އިތުރުވަމުން އަންނާތީ އެރަށް އަރައި ފޭބުން މަނާކޮށް ރޭ ވަނީ މޮނީޓަރިންގެ ހާލަތަށްވެސް ގެނެސްފައެވެ. އެރަށުން ފައްސިވި ފުލުހުންތަކެއްގެ އިހާ (ކްލަސްޓާ)ގައި ހިމެނޭ މީހުންގެ އަދަދު ވަނީ 17 އަށް އިތުރުވެފައެވެ.

އެރަށުގައި ކޮވިޑް-19 ފެތުރޭތީ އެކަމާބެހޭ ކަންކަން ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ނިންމެވުމާ ގުޅިގެން އެކަމުގެ އަމަލީ މަސައްކަތް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވަނީ ފައްޓަވައިފިއެވެ.

އަދި މިހާރު އެކަމުގައި ޓީމް އެކުލަވާލައި މިއަދު ވަނީ ޓީމުގެ ބައްދަލުވުން ކުރިޔަށް ގެންގޮސްފައެވެ އަދި އެ ސިޓީއަށް އެޗްއޯއީސީގެ ޓެކްނިކަލް ބޭފުޅުން ހިމެނޭގޮތަށް ޓީމެއް ފޮނުއްވުމަށް ވެސް ވަނީ ނިންމާފައެވެ.

މިއަދު ހެނދުނު ބޭއްވި ބައްދަލުވުމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވަނީ އެ ޓީމުގެ މަސައްކަތްތައް ކުރިޔަށް ގެންދަވާއިރު ކުޅުދުއްފުށި ސިޓީގައި މުހިއްމު ކަންތައްތައް ނުހުއްޓި ކުރިއަށް ގެންދެވޭނެ ގޮތަކަށް މަސައްކަތްތައް ރޭއްވެވުމަށް އެދިވަޑައިގަންނަވާފައެވެ.

"ކުޅުދުއްފުށި ސިޓީއަކީ ހަތްދިހަ ހާސް މީހުންގެ އާބާދީއަކަށް ކޭޓަރ ކުރާ އެ ސަރަހައްދުގެ އިޤްތިޞާދީ ހަބް ކަމަށް ވާއިރު ކަންކަން އެކަށައެޅުއްވުމުގައި އިޤްތިޞާދީ ގޮތުން އަދި އިޖްތިމާއީގޮތުންވެސް މަސައްކަތްތައް ނުހުއްޓި ކުރިޔަށް ގެންދެވޭނެ ގޮތަކަށް ކަންކަން އިންތިޒާމް ކުރައްވާ، މިކަންކަން ކުރައްވާ އިރު ހަނދާނުގައި ބަހައްޓަވާތި ދިވެހި ދައުލަތަށް އެންމެ މުހިއްމީ ކޮންމެ ރައްޔިތެއްގެ ސިއްޙަތުކަން" ނައިބު ރައީސް ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުމުގައި އިދާރާތަކުން ވިދާޅުވީ، މިހާރުގެ ޙާލަތަށް ބަލާ އެކި އިދާރާތަކުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާއެކު، ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަމާއި ބޭސްފަރުވާއަށް އެއްވެސް ދަތިކަމެއް ނައިސް ކުރިޔަށް ގެންދެވޭނެ ކަމަށާއި، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ސަރުކާރުން ފުރިހަމައަށް އިޖާބަދެއްވާނެ ކަަަމަށެވެ.

މިއަދު ގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގައި ކުޅުދުއްފުށިސިޓީ ތަމްސީލްކުރައްވާ ދެ މެމްބަރުންނާއި ސިޓީ ކައުންސިލްގެ ރައީސާއި ހޮސްޕިޓަލުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކފސ

    ތިގޮތަށް ބަޔަކު ގޮސްގެނޭ ގޯސް ވެގެން މިއުޅެނީ.

    13
  2. ޜައްޔިތުމީޙާ

    ޙުރިހާވެސް މައްސަލައަކީ ޚާއްސަ ހުއްދަ
    މާސްކެއް ހިސާބްވެސް އަޅަން ނުޖެހޭތީ... ސަރަހައްހައްދުގެ ޜައްޔިތުން ތިބީ މިކަމާ ކަންތައް ބޮޑުވެފަަަ

  3. އިބްރާހީމް

    މިރަށަށް ކޮންމެހެން ބަޔަކު ފޮނުވާނެކަމަށް ނެތް.

  4. ޜއޔތއ

    ޙެޔޮ ނުވާނެ މިތަނަށް ނާދޭ. ާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާ އިތުރަށް ބަލި ފެތުރިދާނެ

  5. ރައްޔިތުމިހާ

    ހުރިހާވެސް މައްސަލައަކީ "ޚާއްސަ ހުއްދަ" ހާއްސަ ހުއްދައިގެ ސަބަބުން ސަރަހައްދު ރަށްތަކުގެ ރައްޔިތުންނަށް ހާއްސަ އުނދަގޫތަކެއް
    ހާއްސަ ހުއްދައިގެ ދަށުން މާސްކްވެސް އަޅަން ނުޖެހޭދޯ....
    ކިހާދެރަ،،،،

  6. ސަބާ

    ޞިއްހަތު ކަމެއް ނޭގެ އައްޑުގަެވސް މީހަކު ކޮށާލީ

  7. ބަޑިތަކުރު

    ކަލޯ ކުޅުދުއްފުށްޓަށް ކޮވިޑް އިހަލެއް ލައްގައި ފިޔޯ އެ އިހަލުގައި 17 އެތި އޮތީމާ އެ އިހާ ބަލާލަން ރައީސްސޯލިހު ބަޔަކު ފޮނުވައިފިޔޯ.