އެމްޑީޕީއަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގޯސްވެގެން މި އުކެނީ އެ ކޮމިޝަނުން ބެލި މައްސަލައެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް 444 ރުފިޔާ ދައްކަވަން އެންގެވުމުން ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ އަހުމަދު ހައިލަން ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު 444 ރުފިޔާ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ދެއްކުމަށް އޭސީސީން އަންގާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެއީ ނަޝީދު ކުރެއްވި ދަތުރުފުޅަކަށް ހަރަދު ކުރެއްވި 444 ރުފިޔާއެވެ.
އެމްޑީޕީގެ ގިނަ އިސް ބޭފުޅުންގެ ފާޑު ކިޔުން އޭސީސީއަށް އަމާޒުވެފައިވަނީ، ރައީސް ނަޝީދަށް އެ ފައިސާ ދެއްކެވުމަށް އެންގުވުމުގެ ފަހުން މާލެ ސިޓީ ކައުންސިލްގެ މޭޔަރު ސިފާ މުހައްމަދުގެ މައްސަލައެއް އެކޮމިޝަނުން ތަހުގީގު ކުރުމަށްފަހު އެ މައްސަލާގައި ދައުވާ ކޮށްދިނުމަށް ޕީޖީ އަށް ހުށަހެޅި ހިސާބުންނެވެ.
އަދި އޭސީސީ އިން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކޮށްފައިވާ ކޮރަޕްޝަންގެ މައްސަލަތައް ނުބަލާ ފަރުވާ ކުޑަކޮށްފައިވާ ކަަމަށް އެމްޑީޕީ މެންބަރުން ދަނީ ބުނަމުންނެވެ.
މީގެ އިތުރުން މިހާރު ތަހުގީގު ކުރަމުންދާ ވެންޓިލޭޓަރުގެ މައްސަލައިގައިވެސް އެކޮމިޝަނުން ފަރުވާ ކުޑަކޮށްފައިވާ ކަމަށް ބުނެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީ އަށް އޭސީސީގެ މެންބަރުން ވަކި ކުރަން ވަނީ ހުށަހަޅާފައެވެ.
މިކަމާއި ގުޅިގެން ހައިލަމް ކުރެއްވި ޓުވިޓުގައި ވިދާޅުވީ، އޭސީސީ ގޯސްވެގެން އުޅެނީ މަޖިލީހުގެ ރައީސް ދައުލަތުގެ މާލިއްޔަތުން ބޭނުންކުރެއްވި 444 ރުފިޔާ ދެއްކުމަށް އެންގި ހިސާބުން ކަމަށެވެ. އަދި މާލެ ސިޓީގެ މޭޔަރުގެ މައްޗަށް ދަޢުވާކުރަން ފޮނުވުމުން ޕާޓީގެ އިތުބާރު އޭސީސީގެ މައްޗަށް އެއްކޮށް ގެއްލިފައިވާ ކަމަށްވެސް ހައިލަމް ވިދާޅުވިއެވެ.
އޭސީސީ ގޯސްވެގެން މިއުޅެނީ މަޖިލީހުގެ ރައީސް ދައުލަތުގެ މާލިއްޔަތުން ބޭނުންކުރެއްވި 444ރ ދެއްކުމަށް އެންގި ހިސާބުން. އަދި މާލެ ސިޓީގެ މޭޔަރުގެ މައްޗަށް ދަޢުވާކުރަން ފޮނުވުމުން ޕާޓީގެ އިތުބާރުވަނީ އެއްކޮށް ގެއްލިފައި. https://t.co/YYm8m9NA6u
— Ahmed Hailam (@AhmedHailam) October 20, 2020
އޭސީސީގެ ތަހުގީގުތައް ގޮސްފައިވާ ގޮތާއި ގުޅިގެން އޭސީސީގެ މެންބަރުން ވަކި ކުރަން މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީއަށް ހުށަހެޅީ އިނގުރައިދޫ ދާއިރާގެ މެންބަރު އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) އެވެ.
ކޮމިޓީ ބައްދަލުވުމުގައި ހަސަންޓެ ވިދާޅުވި ގޮތުގައި، އޭސީސީގެ ފަސް މެންބަރުން ވަކި ކުރަން އޭނާ ހުށަހެޅުއްވި ސަބަބަކީ އެ ކޮމިޝަންގެ މެންބަރުން މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ހިނގި ކޮރަޕްޝަންގެ މައްސަލަތައް ވެސް ތަހުގީގު ނުކުރެވޭތީ ކަމަށެވެ.
އޭސީސީގެ މެންބަރުން ވަކިކުރަން ހުށަހެޅުމުން، ކޮމިޓީގެ މުގައްރިރު ރޮޒައިނާ އާދަމް ވިދާޅުވީ، މާދަމާ ބާއްވާ ކޮމިޓީ ބައްދަލުވުމަށް އެ މައްސަލަ އެޖެންޑާ ކުރާނެ ކަމަށެވެ. މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި އެ މައްސަލަ އެޖެންޑާ ކޮށްފައި ނެތުމުން އެ ހުށަހެޅުމަކަށް ވޯޓަކަށް މިއަދު ނަހާއެވެ.
ވައްކަންކުރިކަން ފަޅާއެރުމުން އަނބުރާ ފައިސާ ދެއްކީ އެކަންކުރިކަން އިއުތިރާފްވުން. ދައުވަކުރަންޖެހޭ. ވަކިމީހަކަށް ވަކިގޮތެއް ޕީޖީއަކަށް ނުހެދޭނެ.
އެމްޑީޕީގެ ޕާލަމެންޓަރީ މަޖިލީހަކީ މިހާރު ހުކުމް ޖަހާ ތަނަކަށް ވީ ބާވައެވެ. އެމަޖިލީހުގެ މެޖޯރިޓީން މީހެއްގެ މައްޗަށް ކަމެއް ނިންމައިފިނަމަ އެއީ އެމީހަކު ކުރިޔަސް ނުކުރިޔަސް އަދަބުލިބޭނެ ކަމަކަށް މިވަނީ ވެފައެވެ.
އެބައި މީހުންނަށް އެބައި މީހުން އަމިއްލަ އަތުން (ޔައުނީ ޕާޓީ ކުދިން) ކުރާ ކަންކަންވެސް ރަނގަޅު ނުވެގެން އުޅޭއިރު ދެން އެބައި މީހުންނަށް ރަނގަޅުވާނީ ފަހެ ކޮންކަމެއް ހެއްޔެވެ. ހަމަޔަޤީނުންވެސް އެއީ ޤާފިލު ކަމުގެ ގަދަ ނިދިން ނިދާފައި ތިބި ބަޔަކު ކަމުގައި ނޫނީ ނުވެއެވެ.
ކޮބާތަ ޝަމްސިްޔާ
މީ ހާދަހާ ސިޔާސީ ފަނޑިޔާރަ ކޭ ދޯ؟
ވައްކަންކުރުމަކީ ﷲ ނަހީކުރައްވާ އިސްލާމްދީނުގައި ވަރަށްބޮޑު ނުބައިކަމެއް ނަމަވެސް ރަސޫލާއާ ގުރްއާނަށް ހަޖޫޖަހާ ދީނާދެކޮޅުފަރާތަކުން މިކަންކުރުމުން އެއީގޯސްކަމަކަށްނުވެ
ވައްކަމަކަށްނުވެ އެމައްސަލަސާބިތުކުރެއްވިފަރާތްގޯސްވެއެފަރާތެއްދެކެ ރުޅިއައުމުގެ ހައްގު
އެއްވެސްފަރާތަކަށް ލިބިގެންވޭބާ ވައްކަންވާނީ ކޮންމެފަރާތަކުން ކުރިކަމުގައިވިއަސް
( ކިތަންމެނުފޫޒްގަދަޔަސް ގައުމެއްގެ ވެރިކަންކުރެއްވިއަސް އެވައްކަންކުރާއިރު ކިތަންމެބޮޑު
މަގާމެއްގައި ހުރިކަމުއިވިއަސް) ހަމަވައްކަމަކަށް އެއްވެސްބޭފުޅަކު އެބޭފުޅެއްގެ ހައްގަކުން ވައްކަންކުރާކަށްނޭދޭނެ ވީމާ، އަަހަރެންވެސް ހިއްސާވާފައިސާއިން ވައްކަމެއްކޮށްފިނަމަ އެކަށް
އަހަރެން މާފުކުރިއަސް އަަހަރެންފަދައިން އޭގައިހިއްސާވާ އެހެން އެތަށްފަރާތްތަކެއްވާނެ ވައްކަންކުރުމަކީވަރަށްނުބައިކަމެއްއަދިދީންވެސްހުއްދަނުކުރައްވާވަރަށްބޮޑަށްމަނާކުރައްވާފައިވާކަމެއް
ވީމާ، އަހަރެންހިއްސާވާއެއްޗަކުން ވައްކަންކުރިފަރާތަށް ދުވަހަކުވެސް މައާފެއްނުކުރާނަން އަދި
އެބައި ލިބުމަށްއެދި ވައްކަންކުރިފަރާތަށް ކުރިކުށުގެ ހައްގުއަދަބުދިނުމަށް އެދެން