23:39

އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީ އާއި އެސްޓްރާ ޒެނެކާ ގުޅިގެން ކޮވިޑް-19 އަށް އުފެއްދި ވެކްސިން ޓެސްޓް ކުރުމަށް ވެކްސިން ދިން ވޮލެންޓިއަރަކު މަރުވެއްޖެ.

22:20

ކުޅުދުއްފުށީގެ މުޖުތަމައުގެ ތެރޭގައި ކޮވިޑް-19 ފެތުރެމުންދޭތޯ ބެލުމަށް ވަކި ތަރުތީބެއް ނެގި 120 ސުންކު (ސާމްޕަލް) ވެސް ވަނީ ނައްސި (ނެގެޓިވް) ވެފައި ކަމަށް އެޗްއީއޯސީ އިން ވިދާޅުވެއްޖެ.

22:09

ރާއްޖެ އިން އިތުރު 45 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

20:26

ވިލާތުގެ 10 ގައުމަކުން ރެކޯޑް އަދަދަކަށް މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެ.

19:57

ގދ. ތިނަދޫގައި އެޅުމަށް ނިންމި ކޮވިޑް-19 ފެސިލިޓީގެ މަސައްކަތް ނިންމާ، އެ އިމާރާތް ސަރުކާރާއި ހަވާލުކޮށްފި،

19:19

ހުޅުމާލޭގައި ހުންނަ ފިިޔަވަތިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން 11 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ވިދާޅުވެއްޖެ.

15:43

ސްރީލަންކާގެ ޕެލިޔަގޮޑާގެ މަސް މާރުކޭޓަކުން 49 މީހަކު ކޮވިޑް-19 އަށް ފައްސިވުމުން އެ މާރުކޭޓް ބަންދުކޮށްފި،

15:15

ޗައިނާ އިން އިތުރު 11 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު 85,715 އަށް އަރައިފި. މިހާތަނަށް މަރުވީ 4,634 މީހުން.

15:15

ހޮންޑޫރާސް އިން އިތުރު 851 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު 90,232 އަށް އަރައިފި. އަދި އިތުރު 6 މީހަކު މަރުވެ މަރުވި މީހުންގެ އަދަދު ވަނީ 2,582 އަށް އަރާފައި.

15:14

ކަޒަކިސްތާންގައި އިތުރު 143 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު 109,766 އަށް އަރައިފި. މިހާތަނަށް މަރުވީ 1,796 މީހުން.

15:13

ބޮލީވިއާ އިން އިތުރު 147 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު 140,037 އަށް އަރައިފި. އަދި އިތުރު 24 މީހަކު މަރުވެ މަރުވި މީހުންގެ އަދަދު ވަނީ 8,526 އަށް އަރާފައި.

15:12

ބެލްޖިއަމުން އިތުރު 9,679 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު 240,159 އަށް އަރައިފި. އަދި އިތުރު 46 މީހަކު މަރުވެ މަރުވި މީހުންގެ އަދަދު ވަނީ 10,489 އަށް އަރާފައި.

15:12

އިސްރާއީލުން އިތުރު 341 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު 306,503 އަށް އަރައިފި. މިހާތަނަށް މަރުވީ 2,278 މީހުން.

15:10

ޔޫކްރެއިނުން އިތުރު 6,719 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު 315,826 އަށް އަރައިފި. އަދި އިތުރު 141 މީހަކު މަރުވެ މަރުވި މީހުންގެ އަދަދު ވަނީ 5,927 އަށް އަރާފައި.

14:59

ޕޮލޭންޑުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ދެ ލައްކައަށް އަރައިފި.

14:43

ޕާކިސްތާނުން އިތުރު 667 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު 324,744 އަށް އަރައިފި. އަދި އިތުރު 19 މީހަކު މަރުވެ މަރުވި މީހުންގެ އަދަދު ވަނީ 6,692 އަށް އަރާފައި.

14:40

ފިލިޕީންސުން އިތުރު 1,509 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު 362,243 އަށް އަރައިފި. އަދި އިތުރު 60 މީހަކު މަރުވެ މަރުވި މީހުންގެ އަދަދު ވަނީ 6,747 އަށް އަރާފައި.

14:39

އިންޑޮނޭޝިއާ އިން އިތުރު 4,267 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު 373,109 އަށް އަރައިފި. އަދި އިތުރު 123 މީހަކު މަރުވެ މަރުވި މީހުންގެ އަދަދު ވަނީ 12,857 އަށް އަރާފައި.

14:38

މެކްސިކޯ އިން އިތުރު 5,788 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު 860,714 އަށް އަރައިފި. އަދި އިތުރު 555 މީހަކު މަރުވެ މަރުވި މީހުންގެ އަދަދު ވަނީ 86,893 އަށް އަރާފައި.

14:35

ރަޝިއާ އިން އިތުރު 15,700 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު 1,447,335 އަށް އަރައިފި. އަދި އިތުރު 317 މީހަކު މަރުވެ މަރުވި މީހުންގެ އަދަދު ވަނީ 24,952 އަށް އަރާފައި.

14:34

އިންޑިއާ އިން އިތުރު 1,949 މީހަކު ފައްސިވެ، ބަލި ޖެހުނު މީހުންގެ އަދަދު 7,651,107 އަށް އަރައިފި. މިހާތަނަށް މަރުވީ 115,950 މީހުން.

14:32

އެމެރިކާ އިން އިތުރު 515 މީހަކު ކޮވިޑް-19 އަށް ފައްސިވެ، ބަލި ޖެހުނު މީހުންގެ އަދަދު 8,521,465 އަށް އަރައިފި. އަދި އިތުރު 20 މީހަކު މަރުވެ މަރުވި މީހުންގެ އަދަދު ވަނީ 226,204 އަށް އަރާފައި.

14:09

މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން ރަޝިއާއިން ރެކޯޑް އަދަދަކަށް މީހުން މަރުވެއްޖެ.

13:17

އޮކްޓޯބަރު މަހުގެ ފުރަތަމަ 15 ދުވަހުގެ ތެރޭގައި ރާއްޖެއަށް 8،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް އިމިގްރޭޝަނުގެ ތަފާސް ހިސާބުތަކުން ދައްކައިފި.

11:58

ސްރީލަންކާގައި ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ދެހިވަލަ ސަރަހައްދުން މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

09:43

ކޮވިޑް-19 އާއި ގުޅިގެން ގިނަ ކަންކަން ޓެކްނޮލޮޖީގެ އެހީގައި ކުރަން ފެށުމުން ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި 85 މިލިއަން ވަޒީފާ ގެއްލޭނެ ކަމަށް ކަމާގުޅޭ ރިޕޯޓެއްގައި ބުނެފި.

08:57

އަޔަލޭންޑުން ރެކޯޑް އަދަދަކަށް މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެ. އެގައުމުން އިއްޔެ 1269 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައި. އިއްޔެ އަޔަލޭންޑުން ވަނީ ކޮވިޑް-19 ޖެހިގެން 13 މީހަކު މަރުވެފައި. އިއްޔެ އަކީ މެއި މަހުގެ ފަހުން އެންމެ ގިނަ މީހުން އެގައުމުން މަރުވި ދުވަސް.

08:51

5900 މުވައްޒަފުން ވަޒީފާ އިން ވަކިކުރަން ނިންމާފައިވާ ކަމަށް ހޮންކޮންގް އަށް ނިސްބަތްވާ ކެތީ ޕެސިފިކް އިން ބުނެފި. ކެތީ ޕެސިފިކް އިން ބުނީ އެއާލައިންތަކުން އެކި ގައުމުތަކުގައި ހުޅުވާފައި ހުރި އޮފީސްތަކުން ވެސް މުވައްޒަފުން ވަކިކުރާނެ ކަމަށް. ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާ އިން ވަކިކުރަން ނިންމީ ކޮވިޑް-19 އާއި ގުޅިގެން އެއާލައިނަށް ކުރިމަތިވަމުން އަންނަ އިޤުތިޞާދީ ގެއްލުންތައް ކުޑަ ކުރުމަށް.


ކޮވިޑް-19 އަށް ޔޫރަޕްގެ ގައުމުތަކުން ފައްސިވާ މީހުންގެ އަދަދު އަނެއްކާވެސް އަންނަނީ އިތުރުވަމުންނެވެ. ޔޫރަޕްގެ ގިނަ ގައުމުތަކުގެ ހާލަތު ދުވަހުން ދުވަހަށް ގޯސްވަމުން އަންނައިރު މިހާރު ބައެއް ގައުމުތަކުން މަރުވާ މީހުންގެ އަދަދު ވެސް ވަނީ އިތުރުވާން ފަށާފައެވެ.

މިއަދު ރަޝިއާ އިން 16,319 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވާއިރު އެގައުމުން މިއަދު 269 މީހަކު ވަނީ މަރުވެފައެވެ. ސްޕޭނުން މިއަދު 13,873 މީހަކު ކޮވިޑް-19 އަށް ފައްސިވެ 218 މީހަކު ވަނީ މަރުވެފައެވެ. ފްރާންސުން މިއަދު 20,468 މީހަކު ކޮވިޑް-19 އަށް ފައްސިވެ 262 މީހަކު ވަނީ މަރުވެފައެވެ. އިނގިރޭސިވިލާތުން މިއަދު 21,331 މީހަކު ކޮވިޑް-19 އަށް ފައްސިވެ 241 މީހަކު މަރުވެފައި ވެއެވެ.

ޔޫރަޕްގެ ގައުމުތަކުގެ ހާލަތު ގޯސްވަމުން އަންނާތީ ގިނަ ގައުމުތަކުގައި މިހާރު ވަނީ އިތުރު ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ.

ރާއްޖޭގެ މިއަދުގެ ހާލަތައް ބަލާއިރު މިއަދު ރާއްޖެ އިން 39 މީހަކު ކޮވިޑް-19 އަށް ފައްސިވިއެވެ. މިއަދަކީ މިދިޔަ ހުކުރު ދުވަހަށް ފަހު ރާއްޖެ އިން އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.