ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މަގާމުން މިރޭ އިސްތިއުފާ ދެއްވައިފިއެވެ.

މިނިސްޓަރު އަމީން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި ސިޓީއެއްގައި ވަނީ ރާއްޖެއަކީ ސިޔާސީ ގޮތުން ހަލަބޮލި، ވާދަވެރިކަން ބޮޑު ގައުމަކަށްވާ އިރު، ޒަމާނުއްސުރެ އުފެދިފައިވާ ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން ގައުމަށް ލިބެން ޖެހޭ ހަގީގީ ކުރިއެރުމަށް އެތައް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

އަދި ރައީސްގެ ވެރިކަމުގެ އުންމީދު ގުޅިފައި ވަނީ އަންނަން އޮތް ޖީލުތަކަށް ކަމަށްވީ ނަމަވެސް މިކަމަށް ހުރަސް އެޅުމަށާއި އުންމީދު ނެތިކޮށްލައި މަނިކުފާނު ބަލިކޮށްލުމަށް ރޭވުންތެރި މަސައްކަތްތަކެއް އަމާޒުވަމުންދާ ކަމަށް އަމީން ވިދާޅުވިއެވެ.

"ހަގީގަތެއް އަދި އަސާސެއް ނެތް ކަންކަމުގެ ވަސްވާހުގައި ސަރުކާރު ބަލިކޮށްލުމަށް މަސައްކަތް ހިނގައެވެ،" އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވި ގޮތުގައި ހެލްތު މިނިސްޓަރުގެ މަގާމުން ދުރު ކުރުމަށް ވާން ކުރުމަކީ ކޮންމެހެން އޭނާ އަށް އަމާޒުވާ އެތިފަހަރެއް ކަމަކަށް ދެކިވަޑައެއް ނުގަންނަވައެވެ. އަދި މި ހާލަތާ ގުޅިގެން މަނިކުފާނާ ކުރެވުނު މަޝްވަރާ އިން ހާލަތު ވަޒަން ކުރެއްވޭ ކަމަށް އަމީން ވިދާޅުވިއެވެ.

"އެހެންކަމުން މި ހާލަތުގައި މަސްލަހަތު އެންމެ ރަނގަޅު ގޮތަކީ އަޅުގަނޑު މަގާމުން އިސްތިއުފާ ދިނުން ކަމަށް ގަބޫލު ކުރެވޭތޯ މިއަދުން ފެށިގެން މިނިސްޓަ އޮފް ހެލްތުގެ މަގާމުން އަޅުގަނޑު އިސްތިއުފާ ދީފީމެވެ،" ރައީސް ސޯލިހަށް ފޮނުއްވި ސިޓީގައި އަމީން ވިދާޅުވިއެވެ.

އަމީންގެ ސިޓީގައި ވަނީ ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީކޮށް ހެޔޮ ބަދަލު ގެނައުމަށް މަސައްކަތް ކުރެއްވުމުގެ ފުރުސަތު ދެއްވި ކަމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޝުކުރު ދަންނަވައިފައެވެ. ވަކިން ހާއްސަކޮށް އަތޮޅުތެރޭގެ ރައްޔިތުންނަށް އެ ބަޔަކު ދިރިއުޅޭ ސަރަހައްދަކުން ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ފެށި މަސައްކަތަށާއި ހިދުމަތް ލާމަރުކަޒީ ކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބެމުންދާ ކުރިއެރުން އަމީން ފާހަގަ ކުރެއްވިއެވެ.

މީގެއިތުރުން މުޅި އިންސާނިއްޔަތަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމުން ގައުމާއި ރައްޔިތުން ސަލާމަތް ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަކީ ތައުރީފް ހައްގު މަސައްކަތްތަކެއް ކަމަށް އަމީން ވިދާޅުވިއެވެ. އަދި އެ މަސައްކަތުގައި އިސް ދައުރެއް އަދާކޮށް ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރަން މަސައްކަތް ކުރެއްވުނީތީ އެކަމާ ފަހުރުވެރިވާ ކަމަށް ވެސް އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވި ގޮތުގައި ހެލްތު މިނިސްޓްރީގެ މުވައްޒަފުންނާއި ސިއްހީ ހިދުމަތް ތެރިން ކުރައްވަނީ ބުރަ، އަދި ޝުކުރު ހައްގު މަސައްކަތެކެވެ. އަދި ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުމުން އަރައިގަތުމަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް އަމީން ވިދާޅުވިއެވެ.

"ސިއްހީ ދާއިރާ އިން މަނިކުފާނު ކޮށްދެއްވާ ހިދުމަތާއި ރާއްޖެ އަށް ހެޔޮ ބަދަލުތައް ގެނައުމަށް ކުރައްވާ މަސައްކަތަށް ޝުކުރު ދަންނަވަމެވެ،" ސިޓީ ނިންމަވާލައްވަމުން އަމީން ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީ އަމަލު ކުރި ގޮތާ ބެހޭ ގޮތުން އޮޑިޓަ ޖެނެރަލް އޮފީހުން ހެދި އޮޑިޓް ރިޕޯޓުގައި ވެންޓިލޭޓަރުތައް ބަޔަކާ ހަވާލު ކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ކަންކަން ފާހަގަވެފައިވާ ކަމަށް ވަނީ ބުނެފައެވެ. އަދި އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރުމަށް ފަހު އަމީން ހިމެނިވަޑައިގަންނަވާ ގޮތަށް ހެލްތު މިނިސްޓްރީގެ އިސް 10 ބޭފުޅެއްގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދިފައިވެއެވެ.

އޭސީސީން ކުރި ތަހުގީގުގައި އެންމެ ބޮޑު މައްސަލައަކަށްވީ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ 75 ހަވާލު ކުރުމުގައި ހެލްތު މިނިސްޓްރީން އަމަލު ކުރި ގޮތެވެ. އެކަމަކު، އެ މައްސަލަ އޭސީސީން ޕްރޮސެކިއުޓަ ޖެނެރަލް އޮފީހަށް ފޮނުވި އިރު، މައްސަލަ ކޯޓަށް ސާބިތު ކުރެވޭ ވަރުގެ ކަމެއް އޭސީސީން ފޮނުވާފައި ނުވާ ކަމަށް ޕީޖީ ހުސެއިން ޝަމީމް މިއަދު ވަނީ ވިދާޅުވެފައެވެ. އެކަމަކު، އޭސީސީން ފަހުން އެކަން ދޮގު ކުރިއެވެ.

ހެލްތު މިނިސްޓަރުގެ މަގާމުން އަމީން އިސްތިއުފާ ދެއްވާފައި މިވަނީ، އޭނާގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލިހަށް ފޮނުވާފައި ވަނިކޮށެވެ. އެ މައްސަލައިގައި 24 މެމްބަރަކު ސޮއިކުރެއްވިއެވެ. ނަމަވެސް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގައި އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދުމާ ގުޅޭ ގޮތުން ނެގި ވޯޓުގައި އަމީނަށް ވަނީ ކާމިޔާބު ލިބިވަޑައިގެންފައެވެ.

އަމީންގެ މައްސަލަ މަޖިލިހަށް ވެއްދީ، ބެލެވޭ ގޮތުގައި އެ ވޯޓު ނާކާމިޔާބުވުމުން، ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުންނެވެ. ނަޝީދު ވަނީ ފާޅުގައި އަމީންއާ ދެކޮޅަށް ނުކުންނެވި ކަން ވެސް އިއުލާން ކުރައްވައިފައެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ވަޒީރު ކަމަށް ވަޑައިގެންނެވި އަމީނަކީ، މި ސަރުކާރުގައި އިސްތިއުފާ ދެއްވި ދެވަނަ ވަޒީރެވެ.މީގެ ކުރިން ވަނީ އަދާލަތު ޕާޓީގެ އިސް މެމްބަރު ޝިދާތާ ޝަރީފު ޖެންޑާ މިނިސްޓަރުކަމުން އިސްތިއުފާ ދެއްވައިފައެވެ. އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ މަގާމުން ވަކިކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. އެން ޑީ

    ކާނެވަރަށް ކެވުނީމަ

    15
    3
  2. ޑރ. ރާމީ ހަސަން މަނިކު (އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް-ސެއިންޓްމޭރީހޮސްޕިޓަލް/އެމެރިކާ)

    އިބޫ ހީކުރީ އިބޫ ގެ ކުލާސް ޓީޗަރު ޢާއިޝަތު މުޙައްމަދު ދީދީ އަށް ޖެންޑަރ މިނިސްޓަރ ކަން ދީގެން ޖަހާހާ ސަކަރާތެއް ޖަހާތަން ބަލަން އަހަރުމެން ތިބޭނެއޭ. އިބޫ ހީކުރީ އިބޫ ނުކިޔަވާ ހުރީމާ ޤައުމުގައި ދެންވެސް ތިބީ ހުސް ކޮހުންނެވެ. މިސަރުކާރު ގެ ހުރިހާ ބޮޑެތި ވައްކަމަކަށް، "އިމްޕްލައިޑް ކޮންސެންޓް" ނުވަތަ ހުއްދަ ދެނީ އިބޫ. އަމީން ނެގި މުސާރަ އަނބުރާ ދޭންޖެހޭ. އެއީ ރައްޔިތުން ގެ ފައިސާ.

    29
    7
    • ޝައްފަ

      އަދެ ކުލާސް ޓީޗަރަށްދޯ ދީގެން މިއުޅެނީ. ފަޅާއަރުވާލެއްވީ ތިޔަ. ޝާޙް މާހިރު ވެސް ސަލާމަތް ކުރީ އިބޫ. މައުމޫނަށް ކާފަ ކިޔާ ދަރިއެއް ޝާޙް ގެ ހުންނަނީ. މައުމޫނު އާއި އިބޫ އަކީ ދޯސްތީ އެއްނު.

    • އަޙްމަދު މުޙައްމަދު އދ. ރަސްދޫ.

      ޢަލީ ވަހީދު އަށް ގޭގަ ހުރެގެން ކަމެއްނުކޮށް މުސާރަ ދޭގޮތަކަށް އިބޫ ނަހަދާ. މީގާ ގޯހެއް އެބައުޅޭ.

  3. އެކްޓަރ

    އަމީން ލަވަހަދަންހުރޭ. މަޤާމްގެ ޒިންމާ އަދާނުވީމަ އެއީ އަމީނުގެ ނާގާބިލްކަން. މިހާރު ދެން ދޭތެެރެ ޖައްސަން އުޅުނަސް އެމްޑީޕީގެ އަސްލު މެންބަރުން ގަބޫލެއްނުކުރާނެ.... އަމީނަށް ހެލްތް މިނިސްޓަރ ކަންފަދަ މަގާމް ދިނުމީވެސް ގޯހެއް. ޑަބްލިއު އެޗް އޯ އަކީ ވިޔަފާރި ކުރާ ކުންފުންޏެއްތޯ... ކޮބާތަ ވިންޓިލޭޓަރތައް. އެއީ ރައްޔިތުންގެ ފައިސާ.

    16
    5
  4. މާމީ

    ވައްކަން ކުރިއިރު ފިސާރި އަސާސް ހުރިކަމައްވަނީ . ޢެހެންވެ ބުނަނީ ބޮޑު ކޮޓަރިހަދާގެން ތިމާ ގެ މިލްކެއް ކަމައްދެކިގެން ނުއުޅޭށޭ.

    16
    3
  5. ޖާބިރު

    ކޯލިޝަން މަޑުމަޑުން ދުއްވާލަނީ ....އަޑީގައި ހުރީ ކެނެރީގެ ރައްޔިތުންގެ ހަލާކު . ރަށު ތެރޭގައި އެބަ ކިޔާ ދެން ވަޒީރު ކަމުން ބޭރު ކުރާ ލިސްޓްގައި އޮތީ އިމްރާން / ޒަޙާ / މަލީ ހު / ބުރުމާ ގާސިމް ގެ މެދު އަނބި ނަ ހުލާ.

    22
    2
  6. ސާބަސް ދަރިޔާ

    ހަގީގަތެއް ނެތީމާތޯ ވެންޓިލޭޓާރު ގަންނަން ފައިސާ ޖަމާކުރަން ފުރަމަ 30 މިލިއަން ޖަމާކުރަން އުލުނީ އަމިއްލަ މީހެއްގެ އެކައުންޓައް.. އެކަން ނުކުރެވޭނޭ ފައިނޭޝަން ކޮންޓްރޯލަރ ބުނީމާ.. ކަރުދާސް ހަދާ ކުންޏެއް ހޯދައިގެން ހެލްތް މިނިސްޓްރީ އާއި ފިނޭންސް މިމިސްޓްރީ އާއި ސެންޓްރަލް ބޭންކާއި ރައީސް އޮފީސް މުވައްޒަފުން ހޭލާ ބައިތިއްބައިގެން ފައިސާ ފޮނުވީ

    18
  7. އައިސާ

    ވައްކަން ކުރަން މަގުފަހި ކޮށްދެއްވީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ

    15
    1
  8. މޫސަ

    ކޮންއިރަކުން އަމީރާ އަސްލަމް އިސްތިއުފާ ދެނީ. 444 މައްސަލައިގަަައި ނަޝީދު އިސްތިއުފާދެނީ

    19
  9. ތރސ

    ނާޝީދުގެ އިތުބާރު ނެތއކަމަށް މަޖުލީހިން ނިންމަންޖެހޭ. ގަދަބާރުން ބަސްބުނެ ތިމާއަށްވުރެ ގަދަ މީހެއް ނެތްކަމަށް ނެހެދޭނެ. ބެ

    22
  10. ރާނީ

    ސަރުކާރުން މި ކުޅެލީ ކޯވިޑްގެ މޮޅު ސަޅި ފިލްމެކެވެ. މައިރޯލު އިބްރާހީމް މުޙައްމަދު ޞާލިޙް ކުޅެ ރޮޒޭނާ ޑައިރެކްޓްކުރި މިފިލްމު އަދި ނުނިމެއެވެ. ކުޑަކުއްޖެއްގެރޯލުން އަމީން ފެނިގެންދިޔަ މި ފިލްމުން މިހާތަނަށް ލިބުނު ނަފާ 31 ބަޔަކަށް ބެހިގެންދިޔަ ފިލްމުގެ އަޞްލު އެޕިސޮޑް އަންނާނީ 2023 ގެ ފަހުންނެވެ.

    16
    4
  11. ޢަހޫ

    ދެންއަވަ ހައް މިއުޅޭ އަފީފްއާ ހަވާލުކުރޭ. އޭރުން ޢޭނަގެ ކުންފުނިތަކުން ހެލްތްދާއިރާއަށް ބޭނުންވާ ސާމާނު ހޯދީމަ ރަގަޅުވާނެ.

  12. Anonymous

    ތި ބުއްޅަބޭ ޤައުމު ހިނގިއަށް ނުދޭނެ

    13
  13. އަހުމަދު

    ސޭޓު މިކަމާ ބުނަނީ ކީކޭބާ؟

  14. ބެއްޔާ

    މަޤާމުން އިސްތިއުފާދިނަސް ކުރި ވައްކަންތަކަށް އަދަބު ލިބެންޖެހޭ. އެކަމުން ބަރީއަނުވެވޭނެ. ފަހަރެއްގަ ޝަމީމްގެ ޕީޖީކަމުގަ ތިކަންވެދާނެ. ޝަމީމްވެސް މަގާމުގެ ބޭރުން ކަމެއްކޮށްފަ އޮތިއްޔާ އެކަން އަރާހަމަކުރާނެ.

    14
    2
  15. ޒޒ

    ކޮން ހެޔޮބަދަލެއް ގެނެވުނީ ކަލެއަށް. ގައުމު އެންމެ ހާލުގަ ޖެހުނު ދުވަހު ކަލޭ އުޅުނީ އެކަމުންވެސް ނާޖާއިޒް މަންފާ ނެގޭތޯ. ނަގައިފި. މިބުނަނީ ދައުލަތުގެ މިނިވަން މުއައްސަސާއަކުން ކަލޭމެންގެ ތަހުގީގުކޮށްފަ ހެއްކާއި ގަރީނަ ހުރިކަމަށް ބުނާތީ،

    އިސްތިއުފާ ނުދީ މިއޮތްހާ ދުވަހުން އަމިއްލައަށް އެކަހެރިވެގެންހުރެވެސް ދައުލަތުގެ މުސާރަ ކެއީ. ސިއްހީ ދާއިރާއަށް ގެނައި އެންމެ ހެޔޮ ބަދަލެއްވެސް ބުނެބަލަ. ސިއްހީ ދާއިރާއާ ކުރިމަތިވި ބޮޑު އިމްތިހާނުންވެސް ފެއިލްވީ،

    10
    3
  16. ސިއްތި

    ތެދެއްބުނަން މަމީ އަމީނުނަމަވެސް ކަންކުރާނީ ހަމަ އެގޮތަށް ވަރަށް ބަދުނަމުކޮށްފި ވެންޓިލޭޓަރ ގަންނަން މަޝްވަރާކުރިބަޔަކާ ލާރިދިންބައެއް ކުށްވެރިނުވެ. ހެލްތުމިނިސްޓްރީ ކުއްވެރިވުން މައްސަލައެއް ދޯ ކޮވިޑްވައްކަން ބޮޑު އަޖައިބު

    11
  17. ހަޑިމިލޭރު

    ﷲއަށް ޙަމްދުކުރަން. ތިޔަކަހަލަ ބޮޑާ ކިބުރުވެރި ދެއްކުންތެރި މީހަކު މިނިސްޓަރަކަށް ހުރުމަކުން ސިއްޙީދާއިރާއަށް ކުރާނެ އެއްވެސް ފައިދާއެއް ނޯންނާނެ. މުޅިން ބޭކާރު ޚަރަދުތައް ކުރަމުން ދިޔައީ. ދެއްކުންތެރިކަމާއިއެކު ބޮޑެތި ހެޑްލައިންތައް ނޫސްތަކަށް އަރުވަމުންދިޔައީ. އަބަދުވެސް ކުރީސަފުކާރު ޔާމީން ސަރުކާރު ގޮވާގޮވާ ކޮންމެޕޯޑިއަމަކަށް އަރާވެސް. ރައީސްޔާމީން ކުރިވަރާގާތަށްވެސް އެއްކަމެއްވެސް ނުކުރެވޭ. ތިމާމީހާ އިޝްތިހާރުވުންކުރިކަމަކީ. ﷲއީ މޮޅަށްދެނެވޮޑިގަންނނަވާ ރަސްކަލާނގެ. މިނުބައިމީހުންގެކިބައިން މިގައުމު ސަލާމަތްކުރައްވާނދޭވެ. އާމީން.

    12
    3
  18. ޑައެލޯގް

    މިސަރުކާރު ވައްކަންވެސްކުރާނެ ތަރައްގީއަށް ކަމެއްވެސްނުކުރެވޭނެއެވެ. ޔާމީނުގެ ސަރުކާރުން އަދީބު، މެމްބަރު ނާޒިމް، ގެވައްކަމުގެ ވާހަކަދެއްކީ ރީދޫކުދިން ދެން އެމީހުން ޔާމީނު އަިރުގައި ކޯޓުން ބަންދުކުރީމަ ޔާމީނު ވަގަކަށްވެ ނުހައްގުން ޖައްލަށްލައިފަވަނީ އެކަމު ޔާމީނުގެ ސަރުކާރުން ގެނައި ތަރައްގީއެއްގެ %0.1 ޕަސަންޓްވެސް މިސަރުކާރަށްނުވެއެވެ. ވައްކަމާއި ޕާޓީކުދިންނަށް ބަދަލުދެނީއެވެ.

    14
    2
  19. ހެހެހެ

    ދެ މިނިސްޓަރުން ޑރ.ސީނާ އާއި ހަވާލުކުރޭ. އޭނާވިއްޔާ ކޮވިޑް ޖެހޭވަރު ކުރިން އަންގަމުންދަނީ

  20. ނުޢައިމު

    ކޮންމެ ގޮލަޔަކުވެސް މި ނިމެނީ ވައްކަމާ އިހްމާލުގެތެރެއިންނެވެ.
    1. ބެޑްޝީޓް ކަމަނަ
    2. ކަރާ ބޮޑުބެ
    3. ވެންޓިލޭޓަރު ވަގު

  21. ނަޗީދު

    ވައް ކަން ކުރި މީހުން ގެ ކަންތައްތައް ބެލޭނީ ބޮޑުވަޒީރަކު ހޮވުނީމާ

    1
    4
  22. ޢަލީ

    ކެނެރީގޭ ނަޝީދަކީ މި ގައުމަށް ޖެހިފައިވާ ބޮޑު މުސީބާތެއް. މީނާ ހުންނަހާ ހިނދަކު މި ގައުމަށް ހަމަނޭވާ ނުލެވޭނެ. ރައްޔިތުންނަށް ހެޔޮ އެދޭނަމަ އެމްޑީޕީ މެންބަރުން އެބަޖެހޭ މީނނާއަށް ނޫނެކޭ ބުނަން. ވަރަށް ނާތަހުޒީބު ދަށުދަރަޖައިގެ ބޯދާ ވިސްނުމުގެ މީހެއް މީނާއަކީ