ކޮވިޑް-19 ގެ ނުރައްކާތެރި ހާލަތަށް ތައްޔާރުވުމަށް ރާއްޖެ އިން ވެންޓިލޭޓަރުތައް ހޯދުމަށް ބައެއް ކުންފުނިތަކާ ހަވާލު ކުރި މައްސަލައިގައި ކޮރަޕްޝަންގެ އެކުލެވޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނަމުން އަންނަ މައްސަލައިގައި ރައްޔިތުންގެ މަޖިލިހުން ފާރަވެރިވެ، އެ ކަން ކުރި ބަޔަކު ފެންނަން ދެން މަސައްކަތް ކުރަން ޖެހޭ ކަމަށް މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ 24 މެންބަރުންގެ ސޮޔާއެކު، ހެލްތު މިނިސްޓަރުގެ މަގާމުގައި ހުންނެވި އަބްދުﷲ އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިހަށް ވެއްދި ފަހުން، މިނިސްޓަރުގެ މަގާމުން އަމީން ރޭ ވަނީ އިސްތިއުފާ ދެއްވައިފައެވެ. އަމީން އިސްތިއުފާ ދެއްވި އިރު، ވެންޓިލޭޓަރު މައްސަލައިގައި އެންމެ ބޮޑު ތުހުމަތެއް ކުރަނީ އަމީނަށެވެ. އަދި ހެލްތު މިނިސްޓްރީގެ 10 ބޭފުޅެއްގެ މައްޗަށް ވެސް ތުހުމަތު ކުރެއެވެ. އެކަމަކު، ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން ވަނީ އެބޭފުޅުންގެ މައްޗަށް މައްސަލަ ސާބިތު ކުރަން ހެކި ނެތް ކަމަށް ބުނެފައެވެ.

މަޖިލިހުގެ ޖަލްސާ ފައްޓަވައި ދެއްވުމަށް ފަހު، ނަޝީދު ވިދާޅުވީ އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމާ ގުޅިގެން، ރޭގެ އިޝާ ނަމާދަށް ފަހު މައްސަލައިގެ ނޯޓިސް އަމީނަށް ފޮނުއްވި ކަމަށެވެ. އަދި ރޭގެ ދަންވަރުގެ ވަގުތެއްގައި އަމީން އިސްތިއުފާ ދެއްވި ކަން މީޑިއާ އިން އެނގިވަޑައިގެންފައިވާތީ، އުސޫލެއްގެ ގޮތުން އެ މައްސަލަ ކުރިއަށް ނުގެންދަން ނިންމަވާފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ހެލްތު މިނިސްޓްރީން ވެންޓިލޭޓަރު ގަތުމާ ގުޅޭ ގޮތުން އޭސީސީ އާއި ފުލުހުން ހިންގި ތަހުގީގާ މެދު ޕްރޮސެކިއުޓަ ޖެނެރަލަށް ހިލާފު އުފެދިފައިވާ ކަމަށެވެ. މި ހިލާފު އުފެދިފައިވާތީ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީން އެ މައްސަލަ އިތުރަށް ބައްލަވައި ދެއްވުމަށް ނަޝީދު އެދިވަޑައިގެންނެވިއެވެ.

"ވެންޓިލޭޓަރުތައް ގަތުމުގެ ކޮރަޕްޝަންގައި ބައިވެރިވި ފަރާތްތައް ކަނޑައެޅިގެން ހޯދި އެ ފަރާތްތަކަށް ހައްގު އަދަބު ދެވި، އަދި ދައުލަތަށް ގެއްލުންވި ފައިސާ އަނބުރާ ދައުލަތަށް ހޯދުން، އެކަން ނިމެންދެން މަޖިލިސް ފާރަވެރިކަމާ އެކީގައި އޮތުމަކީ އަޅުގަނޑު ދެކޭ ގޮތުގައި މި މަޖިލިހުގެ ގާނޫނީ ވާޖިބެއް،" މަޖިލިހުގެ މަންޗަންގޮޅި މެދު ދާއިރާގެ މެމްބަރު ކަން ކުރައްވާ ނަޝީދު ވިދާޅުވިއެވެ.

ވައްކަމާއި ހިޔާނާތުގެ ކަންކަން ދައުލަތުގެ އެއްވެސް މުއައްސަސާއެއްގައި އަށަގަނެ ހިނގަމުން ނުދިއުމަށް މެމްބަރުން އަބަދުވެސް ތިއްބަވަނީ "ކަމަރު ބަންނަވައިގެން" ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވި ގޮތުގައި އެއީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އުފަލެކެވެ.

ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީ އަމަލު ކުރި ގޮތާ ބެހޭ ގޮތުން އޮޑިޓަ ޖެނެރަލް އޮފީހުން ހެދި އޮޑިޓް ރިޕޯޓުގައި ވެންޓިލޭޓަރުތައް ބަޔަކާ ހަވާލު ކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ކަންކަން ފާހަގަވެފައިވާ ކަމަށް ވަނީ ބުނެފައެވެ. އަދި އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރުމަށް ފަހު އަމީން ހިމެނިވަޑައިގަންނަވާ ގޮތަށް ހެލްތު މިނިސްޓްރީގެ އިސް 10 ބޭފުޅެއްގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދިފައިވެއެވެ.

އޭސީސީން ކުރި ތަހުގީގުގައި އެންމެ ބޮޑު މައްސަލައަކަށްވީ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ 75 ހަވާލު ކުރުމުގައި ހެލްތު މިނިސްޓްރީން އަމަލު ކުރި ގޮތެވެ. އެ މައްސަލަ އޭސީސީން ޕްރޮސެކިއުޓަ ޖެނެރަލް އޮފީހަށް ފޮނުވި އިރު، މައްސަލަ ކޯޓަށް ސާބިތު ކުރެވޭ ވަރުގެ ކަމެއް އޭސީސީން ފޮނުވާފައި ނުވާ ކަމަށް ޕީޖީ ހުސެއިން ޝަމީމް މިއަދު ވަނީ ވިދާޅުވެފައެވެ. އެކަމަކު، އޭސީސީން ފަހުން އެކަން ދޮގު ކުރިއެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގައި އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދުމާ ގުޅޭ ގޮތުން ނެގި ވޯޓުގައި އަމީނަށް ވަނީ ކާމިޔާބު ލިބިވަޑައިގެންފައެވެ. އަމީންގެ މައްސަލަ މަޖިލިހަށް ވެއްދީ، ބެލެވޭ ގޮތުގައި އެ ވޯޓު ނާކާމިޔާބުވުމުން، ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުންނެވެ. ނަޝީދު ވަނީ ފާޅުގައި އަމީންއާ ދެކޮޅަށް ނުކުންނެވި ކަން ވެސް އިއުލާން ކުރައްވައިފައެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ވަޒީރު ކަމަށް ވަޑައިގެންނެވި އަމީނަކީ، މި ސަރުކާރުގައި އިސްތިއުފާ ދެއްވި ދެވަނަ ވަޒީރެވެ.މީގެ ކުރިން ވަނީ އަދާލަތު ޕާޓީގެ އިސް މެމްބަރު ޝިދާތާ ޝަރީފު ޖެންޑާ މިނިސްޓަރުކަމުން އިސްތިއުފާ ދެއްވައިފައެވެ. އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ މަގާމުން ވަކިކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ނޫނު

    ދޫދެއްވަންޖެހޭނީ.ނޫންނަމަޝަރީިއަތްނިންމަންޖެހޭނީ އަމީންސަލާމަތްވާގޮތަށްކަމަށްމީހުން ކިޔާއަޑުއިވޭ.

    16
  2. ހަވާސާ އިބޫ

    2010ގައި މާލެއާއި އައްޑޫގައި ހުޅުޖެހިމީހުން ހޯދައި އެމީހުންނަށް އަދަބުދޭންވީނޫންތޯ؟ މާރަގަޅުވާނެ ބޮޑު ހުޅުޖަހައި ކޯޓުތައް އަންދައި މުޅިގައުމު ފަސާދަ ކުރި މީހުންނަށް އަދަބުދޭއްވަންވީނޫންތޯ؟

    30
    2
  3. ގުބޯ

    އެމް.ޑީ.ޕީގެ މަތިންތިރިއަށް ކުޅޭނީ ހުސް ޑޮރާމާ ބަތޮލަކީ ނަޝީދު ބަތޮލާއަކީ ރޮޒޭނާ މިއީ ހަޤީޤަތް؛ ބުނެފަވެސް ވަނީ ޚިޔާލްތަފާތުވިއަސް ފަހުގަޑީގް އެންމެން އެކުވާނެ ކަމަށް. ދެން ކޮންޖުވާބެއް ކުރާކަށް. ދޮގެއް ހެދެން އޮއްވަކާ ތެދެއް ނަހަދާނެ ރައްޔިތުން ލައްވާ ގުބޯލާ ނުކުޅެވޭނެ މިއީ 2020 އެގޭތޯ

    28
    1
  4. މުހައްމަދު ޝާހް، ރ.ވާދޫ

    ދުލެއް ނުދެއްވާނެ. މިގައުމުގަ ވެރިކަންކުރަނީ މިމޮޔަކަލޭގެ. ދޭން މީނަގެ ފަހަތުން އެނބުރެނީ އެއަށްވުރެ މޮޔަ ކުދިންކޮޅެއް. ޕާޓީގަ ނަމަށް ހަތަރު ފަހަރަށް އަދި ޑިކޮކްރަޓިކް އެޑުކޮށްލަން ފެނޭ.

  5. މުލުވަގު

    ބޮލުރޮދި ކެނޑިފަ ހުރި ބޭފުޅަކު ދެކެ އެމޑިޕީ ކުދިން މާލޯބިވަނީ...

    8
    1
  6. ހަޑިމިލޭރު

    ބައްލަވާ ބޮނޑުވަޒީރު ޕްރިޕެއޑް ޝިއުނާ މިނިސްޓްރީ އޮފްހެލްތަށް ބޭސް ގެންނަންދިން ލާރި ކޮބައިތޯ. އެވާހަކަ ދައްކަނީ ކާކު. އެހެންނޫނަސް ތިޔައީ ގަބުޅިބާދަލާގެ ރިމޭކެއް.

  7. ގަލަން ތުނޑު

    ނަޝީދުގެ ދޫ މިމައްސަލައިގައި ދޭކަށްނުޖެހޭ...އަދި ކަކޫވެސް ދެއްވާކަށް ނުޖެހޭ..ވ ރަނގަޅުވާހަކައެއް.