ރާއްޖޭގެ ޖަލުތަކުގައި މިހާރު ވެސް ގައިދީން ބައިތިއްބާފައި ތިބީ އެކަށީގެންވާ ވަރަށް ވުރެ ގިނަ އިން ކަމަށާއި އިތުރު 400 އެއްހާ މީހުން ޖަލަށްލާން ހުކުމް ކުރިއަސް ގައިދީން ބަލަހައްޓާނެ ގޮތެއް ނެތް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާ އަށް އިމްރާން ހާޒިރުވެވަޑައިގެންނެވުމުން މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ ވަނީ މަޖިލީހުގައި މިހާރު ކޯޓުގައި ހުރި ޖިނާއީ މައްސަލަތަކުގައި ހުކުމް އިއްވައިފި ނަމަ ޖަލުތަކަށް ނުތަކާ ވަރަށް މީހުން އިތުރުވާނެ ކަމާއި ގައިދީން ބަލަހައްޓަން ބޮޑު ޚަރަދެއް ކުރަން ޖެހޭނެ ކަން ފާހަގަ ކުރައްވައިފައެވެ.

ނަމަވެސް ޖަލަށް ލުން ފިޔަވާ މުޖުތަމައު އަށް ޚިދުމަތް ކުރުމާއި ޕްރޮބޭޝަން ފަދަ އަދަބުތައް ފަނޑިޔާރުންނަށް ނުދެވެނީ އެކަންކަން ތަންފީޒު ކުރެވޭނެ އުސޫލެއް ނެތުމުން ކަމަށް އިމްތިޔާޒް ވިދަޅުވިއެވެ. އެ ގައިޑްލައިންތައް ހެދުމަށް މިނިސްޓްރީން ކުރާ މަސައްކަތަކީ ކޮބައިތޯ އޭނާ ސުވާލު ކުރެއްވިއެވެ.

އިމްރާން ވިދާޅުވީ ގައިދީން ބެލެހެއްޓުމުގެ ނިޒާމަކީ އެންމެން އެކުވެގެން ކުރިއަށް ގެންދަން ޖެހޭ ނިޒާމެއް ކަމަށެވެ.

މިހާރުވެސް ޖަލުގައި 1700 ގައިދީން ތިބި އިރު ކަރެކްޝަނަލް ސާވިސްގައި ޖާގަ ހުރީ 1360 ގައިދީން ގެންގުޅޭ ވަރަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން މިހާރު ވެސް ކަރެކްޝަނުން ދަނީ އެކަށީގެންވާ ވަރަށް ވުރެ 30 އިންސައްތަ އިތުރަށް ގައިދީން ބަލަހައްޓަމުން ކަމަށާއި އިތުރު 400އެއްހާ މީހުންނަށް ހުކުމް ކުރިއަސް ކަރެކްޝަނަލް ސަވިސް އިން އެ ގައިދީން ބަލަހައްޓާނެ ގޮތެއް ނެތް ކަމަށް އިމްރާން ވިދާޅުވިއެވެ.

" ނޮން ކަސްޓޯޑިއަލް މެޝާސް އެއީ އަޅުގަނޑުމެން ކޮންމެހެން ބޭނުންވާ ކަމެއް. މުހިންމު ކަމަށް ގަބޫލު ކުރަން. މި ވިސްނުމުގެ ތެރެއިން އިންޓިމިޑޭޝަން ގައިޑްލައިން ހެދުމުގެ މަސައްކަތް އަޅުގަނޑުމެންނަށް އަދި އެ ހިސާބަށް ދެވިފައި ނެތްކަމުގައިވީ ނަމަވެސް ވަރަށް މަސައްކަތް އެބަ ކުރަން މިހާރުވެސް ގައިދީންގެ ތެރެއިން ޕެރޯލް ވީހާވެސް ފަސޭހައިން ދެވި އެ މީހުން އަނބުރާ މުޖުތައަށް ގެނައުމަށް ވަރަށް މަސައްކަތް ކުރަން،" އިމްރާން ވިދާޅުވިއެވެ.

ޖަލަށް ލުން ފިޔަވައި އެހެން އަދަބުތައް ދިނުމާ ގުޅޭ އުސޫލު އެކުލަވާލާ ނިންމާ އަންނަ އަހަރު އެ އުސޫލަށް އަމަލުކުރަން ފަށާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ބެއްޔާ

    ސަރުކާރު ކަޑައީދޯ. އަދިވެސް ރަނުން ރަނަށް ކަންކަން އެބަކުރވޭކިޔާ ހަޅޭލަވާއަދިވެސް. ހުސްފޮނި އަނގައެރުވުން ނޫންކަމެއް މިސަރުކާރަކަށް ނުކުރެވޭ.

  2. ސށށށ ށ

    ދެން އެހެންވީމާ ޔާމީނުމެންކަހަލަ ބޭފުޅުން ނެެރެންވީނުން. ޖާގަ ހުސްކުރެވޭނެ ނުން؟ އެގޮޅީގަވެސް ހަމަ ގައިމު 5 މީހުންނަށް އެކޮމަޑޭޓް ކުރެވޭނެ.
    ދައުލަތުން ރައްޔިތުންކާރީގަ ކުށް ނުކުރާށޭ ބުނާއިރު ދައުލަތުގެ މުއައްސަސާގަ ތިބި މީހުންވެސް ޖިނާއީ ކުށްތައް ކުރުން ހުއްޓަންޖެހޭ ފުރަތަަމަ.

  3. އ

    އިމުރާނުމެން މޭޑޭ ކަހަލަ ދުވަސްދުވަހު ހޭބޯ ނަރައިގެން ގޮސް ރައްޔިތުން ބޮލަށް އަރާ، ހަޅޭއްލެވިއިރު ހަނދާނެއް ނެތް ދޯ މިހާރު، ތިޔަ ކަހަލަ މަޤާމުގަ ތިބެންޖެހޭނީ ފަސްބައި ރަގަޅު ސާފް މީހުން

  4. ދިދަ ދަނޑި

    މިހާރު ޖަލުގަ ތިބި މީހުން ނެރެންވިނު.. އެމީހުނަށް މިހާރު ފުދޭވަރަކަށް ގިނަ ދުވަހު ތިބެވިފަ ހުންނާނީ.. އެމީހުން މިނިވަންކޮށްފަ އާމީހުން ވައްދާނީ.. ގޮތް ހުހެއް ނުވާނެ.. ތިޔަ އުޅެނީ މިސަރުކާރުގެ ބޮޑެތި ވަގުން ކުއްވެރިން ޖަލަށް ނުލާ ވޭތޯއެންނު..

  5. އަލީ

    މިމީހުން ބޭނުންވާ މީހުން ތަކެއް ޖަލަށް ނުލަ ބަހައްޓަން ރާވާ ރޭވުމެއް މިއީ.

  6. މުހައްމަދު ޝާހް، ރ.ވާދޫ

    ތިެޮތީ ރައްޔިތުން ގުބޯހައްދައިގެން ގެނޭ ކަލޭމެންގެ ވެރިކަން ކަލޭމެންގެ ސުޕަމެޖޯރިޓީ. ދެން ބެލެހެއްޓޭނެގޮތް ހަދާބަލަ. އެކަން ކުރާކަށްނޫންތަ ބޯގޅާލއިގެން ތިތިބީ. ދެން މިހާރު ކޮންހާ ފާފަޅޮލެކޭކިޔާކަށް. ލަދުހަޔާތުގެ ކުޑަވެސް މިންވަރެއް ނެތީ މީއްޗިހިން ގައިގަ.

    10
  7. ހުސޭނުބޭ

    އެހެންވިއްޔާ ޖތިމަންނާ މި ޖަލުގެ ހާލާތު ރަގަޚުކުރަނިއްޔޭ ކިޔައިގެން ދެ ވޭވާ ދޭތެރެއިން ފޮނިކެނޑީ ކީއްކުރަން! އިސްތިޢުފާ ދީފައި ގޭގެައި އޮވޭ!

  8. އައްޑޫ ލެއި

    ދެން ކަލޭމެން ކީއްކުރަން ތި އުޅެނީ އަމިއްލަ ގެދޮރުގަ ރައްކާތެރި ކަމެއްނެއް. މަގުމަތީގަ ރައްކާތެރި ކަމެއްނެއް. ޒުވާނުން މަސްތުވެގެން ހޭބަލިވަމުން ރެޔާ ދުވާލު

  9. ޖަލުގެ ވޮޗްޑޯގް

    ކޮވިޑް ޖެހޭ މީހުންގެ އަދަދު ގިނަ ވާނެތީ ފެސިލިޓީތައް ވަރަށް އަވަހަށްހެދި. ހަމަ އެގޮތަށް އިތުރު ޖަލުތައް ހަދަންވީ ނޫންތޯ؟ މިދުވަސްކޮޅު ވަރަށް ފަސޭހަވާނެ އިންޑިޔާގެ އެހީގެ ދަށުން އެކަންކުރަން. ސުދީރު ކައިރީ ބުނެލާ އިރަށް 800މިލިއަން ޑޮލަރު ހަމަޖައްސާދޭނެ. އިމްރާނުމެންނަށް އަދިވެސް ވެހޭތާ ފެން ނަގާކަށް ނޭގޭ. އެހާވެސް ގަމާރު. އަނގަ އަރުވަނީ ކަމެއް ނުކުރެވޭ.

  10. ޖަމަލު ފޮޑި

    މިސަރުކާރަކީ ވަގުންގެ ސަރުކާރު..

  11. ބުއްޅަބޭ

    މިގައުމުގައި ގިނައީ ވަގުންނާއި، ޕާޓޭމެން.
    ގިނަބަޔަކު ބަދަލުކުރަން މަދުވަބަޔަކު އުޅުމުގެ ބަދަލުގައި ރަނގަޅުމީހުންކޮޅު ފެންސް ޖަހާފައި ހުރިތަނަކަށް ވަދެތިބީމަ އެނިމުނީ.