ސަރުކާރުގެ އެކި އިދާރާތަކުގައި ގާއިމްކޮށްފައިވާ ބިޑް ކޮމެޓީތަކަށް ސިޔާސީ ފަރާތްތަކުން އައްޔަން ނުކުރުމަށް ނިންމައިފިއެވެ.
ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މާލިއްޔަތު ގަވައިދުގައިވާ ގޮތުގެ މަތިން އިދާރާތަކުގައި ގާއިމްކޮށްފައިވާ ބިޑް ކޮމެޓީތަކަށް ސިޔާސީ ގޮތުން އަންޔަން ކުރާ ފަރާތްތަކާއި އިންތިހާބީ މަގާމުތަކުގައި ތިއްބަވާ ފަރާތްތަކަށް ބިޑް ކޮމެޓީތަކައި ނުތިބެވޭނެ ގޮތަށް ޕްރޮކިއުމަންޓު ބޯޑުން މިހާރު ވަނީ ނިންމައިފައެވެ.
ބިޑް ކޮމެޓީތަކަށް ސިޔާސީ ފަރާތްތަކުން އައްޔަން ނުކުރުމަށް މިހާރު ނިންމާފައިވާއިރު، މި ސަރުކާރު ވެރިކަމަށް އައި ފަހުން ވަނީ ބިޑް ކޮމެޓީތަކުގެ ސަބަބުން ބޮޑެތި މައްސަލަތަކެއް ފެންމަތިވެފައެވެ.
އެގޮތުން މިހާރު ހޫނުވެފައިވާ ހެލްތު މިނިސްޓްރީގެ ވެންޓިލޭޓަރު މައްސަލައިގައި ވެސް އިހުމާލެއް އޮތް ކަމަށް ފިނޭންސް މިނިސްޓްރީން ކުށްވެރިކޮށްފައި ވަނީ ހެލްތު މިނިސްޓްރީގެ ބިޑް ކޮމެޓީއެވެ.
މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމެއްގައި ދާދި ފަހުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައިވާ ގޮތުގައި، މިނިސްޓްރީގެ މާލީ މުއާމަލާތެއް ނިޒާމުގެ ތެރެއަށް ރެކޯޑްކޮށް ދޫކުރެވޭ ފައިސާގެ އެންމެހާ ޒިންމާއެއް ނަގަން ޖެހޭނީ އެ މުއާމަލާތެއް ނިޒާމުގެ ތެރެއަށް ރެކޯޑް ކުރި މުވައްޒަފާއި ފައިސާ ދޫކުރި މުވައްޒަފެވެ. އަމީރު އިޝާރާތް ކުރައްވަނީ ވެސް މާލީ ޒިންމާދާރުވެރިޔާ އާއި ބިޑް ކޮމިޓީގެ މަސްއޫލިއްޔަތުތައް އޮންނަ ގަވާއިދުގެ މާއްދާތަކަށެވެ.
ވެންޓިލޭޓަރުތައް ގެނައުމަށް ދުބާއީގެ ކުންފުންޏާ ހަވާލު ކުރަން ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީން ނިންމީ އެ ކުންފުނީ ޑިއުޑިލިޖެންސްއެއް ނުހަދައި، އެ ކުންފުނީ މާލީ ގާބިލްކަން އަދި ޓެކްނިކަލް ކެޕޭސިޓީއަށް ނުބަލާކަން ތަހުގީގަށް އެނގިފައިވާ ކަމަށް އޭސީސީ އިން ވަނީ ބުނެފައެވެ.
ކައުންސިލް ތަކުގައި މެމަބްރުން ބިޑްކޮމިޓީގައި ނުހިމަނާ ކިހިނެތް ހަދާނީ
ކައުންސިލް ތަކުގައި ތިބެނީ 4 އިދާރީ މުވައްޒަފުން އެ ހަތަރު މުވައްޒަފުންގެ ތެރެއިން ޕޮރޮކިއުމަންޓް މަސައްކަތުގައި 2 މުވައްޒަފުން ތިބޭއިރު ބާކީ ތިބޭނީ 2 މުވައްޒަފުން ބިޑްކޮމިޓީގައި ތިބެންޖެހޭ މަދުވެގެން 5 ނުވަތަ 7
ކޯޓުތަކުގެ ފަޑިޔާރުންވެސް އެއީ ސިޔާސީ ބައެއް ނޫންކަމަށް ގާނޫނު އަސާސީގަ ލިޔެފަ އޮވޭ. އެކަމަކު ލިޔާ ހުކުމްތައް ފެންނަނީ އެގޮތަކަށް ނޫން
ސިޔާސީ މީހުން އައްޔަން ނުކުރަން ނިންމީމަ ނިމުނީތަ؟ސިޔާސީ ނުފޫޒް ފޯރުވިޔަސް އޯކޭ ދޯ.މިހާރުވެސް ބިޑު ކޮމިޓީތަކަށް ސިޔާސީމީހުން ނުފޫޒު އެބަފޯރުވާ.ކާޑެއްދޫ ކެންޓީންވެސް ގަވާއިދާއި ޚިލާފަށް ތިނަދޫ އުތުރު ދާއިރާގެ މެމްބަރުގެ ނުފޫޒުން ވަކި ބަޔަކަށް ދޭން މަސައްކަތް އެބަކުރޭ.ބިޑަކަށް ބެލުމެއްނެތި.މިކަން ބެލުމަށް އަމީރު އަރިހުން އެދެން.
އެހެންވީމާ ސިޔާސީ މީހުންނަކީ ވަގުންނޭ ތިވިދާޅުވެލައްވަނީ އަމިއްލަޔައް ދެއްތޮ
ގޯހެއްނޫން
ސިޔާސީ މީހުން ބުނާހާގޮތެއްހަދާ އެމީހުން ކުޅެން ގެންގުޅޭ ބޯޅައެއްހެން އުޅޭ މީހުން ފިނޭންސް މިނިސްޓަރުންނަށް އައްޔަން ނުކުރުމަށް ރައްޔިތުން އެދެނީ!
ތަންކޮޅެއް އަވަސް ހޭވެރިކަން ވީވަރު. މި ދައުރު ވެސް ނިމިގެން ތި ބަދަލު ގެންނަންވީ.