ފަހަކަށް އައިސް ރާއްޖޭގައި ހިނގާފައި ހުރި މާރާމާރީ އާއި ގުޅިފައި ވަނީ މަސްތުވާތަކެއްޗާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެއެެވެ.

ރާއްޖޭގައި ފަހަކަށް އައިސް މާރާމާރީ އިތުރުވެފައިވާތީ އެކަމާއި ގުޅިގެން އަޅުއްވާފައިވާ ފިޔަވަޅުތަަކަކީ ކޮބާތޯ މިއަދު މަޖިލީހުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އިމްރާން ވިދާޅުވީ މިދިޔަ ހަފްތާގައި ރާއްޖޭގައި މާރާމާރީ އިތުރުވެފައިވާކަން ފާހަގަ ކުރެއްވޭ ކަމަސެވެ.

އެފަދަ މާރާމާރީގެ މައްސަލަތައް ގުޅިފައި ހުރީ، މަސްތުވާތަކެތީގެ ޑީލްތަކާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

" މަސްތުވާތަކެތި އެތެރެކުރުމާއި ޑީލްތަކާއި އެތެރެކުރުމުގައި ދިމާވެފައި ހުރި މައްސަލަތަކުގެ ސަބަބުން މި ދިމާވެގެން އުޅޭ މާރާމާރީތަކާއި ވަރަށް ބޮޑަށް ގުޅުން ހުރި. އެކަން ބަލާ ދިރާސާކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ދާނީ،" އިމްރާން ވިދާޅުވިއެވެ.

މި ހަފްތާ ތެރޭގައި އައްޑޫ ސިޓީ ހިތަދޫގައި ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ "ކޮށާލި" މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެ މައްސަލައިގައި މިހާރު ފުލުހުން ވަނީ މީހަކު ހައްޔަރުވެސް ކޮށްފައެވެ.

ދެ ގްރޫޕެއް ދެމެދުގައި ހިންގި މަރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލި އިރު، އޭނާއަށް ސީރިއަސް އަނިޔާތަކެއް ލިބުނެވެ. އޭނާ އަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި އޭނާއަށް ފަރުވާދެމުންދާ އިރު، އޭނާގެ ހާލު ސީރިއަސް ނޫން ކަަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

މީގެ ދުވަސްތަކެއް ކުރިން ށ. ފޯކައިދޫގައި ބިދޭސީ އަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވެއެވެ. ފުލުހުން ވިދާޅުވި ގޮތުގައި ބިދޭސީ މީހާ އަށް ހަމަލާ ދީފައި ވަނީ ވެސް ބިދޭސީއެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބެއްޔާ

    ތިބުނީ ހޯމްމިނިސްތްރީން ކުރަންޖެހޭ ކަމެއްނެތޭތ؟. ކުރިން ދެމީހަކު މާރާމާރީ ހިންގައިފިނަމަ ހޯމްމިނިސްަރާއި ރައީސް އިސްތިއުފާދޭންޖެހޭކަމަށް ވަކާލާތުކުރި ކުދިން މިހާރުބުނާނީ ކީކޭބާ؟؟؟ އިމްރާން ޒިންމާނަގަންޖެހޭ ކަމެއްވާއިރަށް ދުއްވައިގަންނަނީ ރުގްޔާކިޔަވަން. މިމާރާމާރީތައް ގިނަވާތީ ރުގްޔާކުރަންވީނުން.

  2. ރރ

    ތިކަން އެނގޭއިރު މަސްތުވާތަކެތި ބެނުންކުރާމީހުނާއި އެވިއްކާމީހުނަށް ރާއްޖޭގަ އަދަބެއްނުދެވެނީކީއްވެ މައިންބަފައިންގެ އަންނައުނައި މުދާފަދަތަކެތިވިއްކަގެން މަސްތުވެގެން ތިބޭމީހުނަށް އަދަބުދީބަލަ މައިންބަފައިން ރޯއާދޭސްކުރަނީ އެމީހުންހައްޔަރުކުރުމަށްް އެކަމް ވކަމެއްހަރާން