ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ޔައުގޫބް އަބްދުﷲ ގެ މެންބަރު ކަން ގެއްލިފައިވާ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ކޯޓުން ވަކި ގޮތެއް ކަނޑައަޅަން ދެން ހާޒިރުވާން މަނާ ކުރުމުގެ ވަގުތީ އަމުރެއް ނެރެ ދޭން އެދިފައިވިޔަސް އެ އުމަރު ނެރެދެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ބުނެފިއެވެ.

ސުޕްރީމް ކޯޓުން އޮންލައިންކޮށް ކުރިއަށްދާ އަޑުއެހުމުގައި މި މައްސަލަ ހުށަހެޅުއްވި ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމްއާއި އާދަމް ޝަރީފް އެފަދަ އަމުރަކަށް އެދިވަޑައިގަތުމުން މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވީ އެފަދަ އުމަރެއް ނެރެދެވެން ނެތް ކަމަށާއި އެއީ ޔައުގޫބްގެ މެންބަރު ކަމުގެ ހައްގު ހަނިކުރެވޭތީ ކަމަށެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ހުސްނުއްސުއޫދެވެ. ދެން ތިއްބެވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްއާއި، ފަނޑިޔާރު އަލީ ރަޝީދާއި، ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.

ޔައުގޫބު މަޖިލީހުގެ މެންބަރުކަމުން ވަކިވެފައިވާ ކަމަށް ނިންމައިދިނުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ، އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ އިންތިޤާލީ ކައުންސިލުގެ މެންބަރުކަމާ އޭނާ ހަވާލުވެވަޑައިގަތުމާ ގުޅިގެންނެވެ. މަގާމުގެ ފަތްކޮޅާ ވެސް ހަވާލުވެވަޑައިގެންނެވި ފަހުން މެންބަރުކަމުގެ ސައްހަ ކަމާ މެދު ގާނޫނީ ބައެއް ބޭފުޅުން ސުވާލު އުފައްދަވަން ފެށްޓެވުން ފަހުން ޔައުގޫބް ވަނީ ފަހުން ކައުންސިލުން އިސްތިއުފާ ދެއްވައިފައެވެ.

މިއީ 19 ވަނަ ރައްޔިތުން މަޖިލީހުގެ މެންބަރެއްގެ މެންބަރުކަމާއި މެދު ސުވާލު އުފެދުނު ފުރަތަމަ ފަހަރެވެ. މިހާތަނަށް މި މަޖިލީހުގެ އެއްވެސް މެންބަރެއްގެ މެންބަރު ކަމުގެ މަގާމު ގެއްލިފައެއް ނުވެއެވެ.

އެންމެ ފަހުން ނިމިގެން ދިޔަ 18 ވަނަ ރައްޔިތުން މަޖިލީހުގެ ވަރަށް ގިނަ މެންބަރުންގެ މެންބަރުކަމާއި މެދު ސުވާލު އުފައްދައި ބައެއް މެންބަރުން މެންބަރުކަމުން ވަކިވެފައިވާ ކަމަށް ވެސް ނިންމިއެވެ. ސަތާރަ ވަނަ މަޖިލީހުގައި ވެސް ބައެއް މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި ބައި އިލެކްޝަން ވެސް ބާއްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ރައްޔިތުން

    ޔައުޤޫބުގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައިދިނުމަށް ހުށަހަޅާފައިވާ މައްސަލަ ވަކި ގޮތަކަށް ނުނިމެނީސް އޭނާ މަޖިލީހަށް ނުކުތުން މަނާ ކުރާ އަމުރެއް ނެރެދެވޭނެ ގާނޫނީ ހަމައެއް ނޯންނާނެ.

  2. ޑރ. ރާމީ ހަސަން މަނިކު (އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް-ސެއިންޓްމޭރީހޮސްޕިޓަލް/އެމެރިކާ)

    އެއް "ބްރޯ" އަނެއް "ބްރޯ" އާއި ލާމެހި ގުޅިފައި. ލީނިއޭޖު (ނުވަތަ މައިގުޅުން) ގުޅިފައިވަނީ އެންމެ އިސް "ބްރޯ" ކަމަށްވާ އިބޫ އާއި ހަމައިން.

  3. ގައުމީ ލޯބި

    މި މީހުންގެ ބައިގަނޑު ސަލާމަތް ކުރުމަށް ކޯޓު ތައް ފަންޝަންކުރަނީ.

    އެނޫން ގޮތަކަށް ނިންމާފިނަމަ ޖޭ.އސް.ސީން މައްސަލަބަލާނެ.. ފަނޑިޔާރުކަން ގެއްލޭނެ.

    މީ އަދު ލު އިންސާފަށް ސީދާގޮންޖަހާ ބައިގަނޑެއް

  4. ޅަބޭ

    ހިތުން އޮޑިއްޓަ ރު. އަމަލުން ބަކަ ރި ފޮޑި.

    15
  5. އައްޑޫ މީހާ

    މާއްކޫ މީބޫ އޮޑި ބޮއެގެން ވޮންނާމީހެއް މަކޭވޫ އޮޑި ބޮނެގޮތާއި ބޮއިގެން ވެނެގޮތާއި ވަގުންނަށްކޫ މަ ޕާޓީއެ ތެއިހެއި މެމްބަރުން މަޓަ ނުއެނގީ އެހެން މުއައްސަސާކު މަސްއޫލިއްޔަތެ ބޮލެ އޮޑީގެން މަގެ މަގާމާ މިކަލަވޫ ގެއްލީގޮހޮ މާއްކޫ މިކަލެ މެންބަރެކެނޫން މަގެ މަގާމާ ގެއްލީގެ

    13
  6. ބޯހަލާކު

    ސަދޫމްގަ ތިބޭނީ މުރުތައްދު ފަނޑިޔާރުން...ހެހެ
    ސަދޫމްގަ ހުކުންކުރާގޮތް އެއްމެނަވެސް އިނގޭނުން.!؟

    13
    1
  7. ޝާހިދު

    ކޮންމެ ތާކުގަވެސް ތިބޭނީ ތިމީހުންގެ މީހުން