ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި މޯލްޑިވްސް ޕީއާރު އެންޑް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ޙިޔާނާތާ ގުޅިގެން އެސެޓް ރިކަވަރީ ކޮމިޝަނުން ތަޙުޤީޤު ކުރަމުންދާ މައްސަލަތަކުގެ ތެރެއިން މިނިސްޓްރީ އޮފް ޓޫރިޒަމްގެ ތެރެއިން ހިންގާފައިވާ "ސްކޭމް" ނުވަތަ ޚިޔާނާތުގެ އިތުރު މައްސަލަތަކެއް ފެންމަތިވެފައިވާ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ވިދާޅުވެއްޖެ އެވެ.

މިއަދު މަޖިލީހުގެ މިނިވަން މުޢައްސަސާތަކުގެ ކޮމިޓީގައި ވާހަކަަދައްކަވަމުން އެ ކޮމިޝަނުގެ ރައީސް އަހުމަދު އައްސަދު ވިދާޅުވީ އެމްއެމްޕީއާރުސީ އާއި ގުޅުން ހުރި ބައެއް މައްސަލަތަކުގައި ވަރަށް އަވަހަށް ދައުވާ ކުރައްވަން ފޮނުއްވާނެ ކަމަށެވެ.

މި މައްސަލައިގައި ދައުވާ ނުކުރެވިވާ ސަބަބާއި މެދު ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، ބައެއް މައްސަލަތަކުގެ ތަހުގީގު ކުރިއަށްދާ ވަރަކަށް އެނގޭ ކަންކަމުގެ ސަބަބުން މުޅި ވޭދަނަ (ކޭސް)ގެ މިސްރާބު މުޅިން ބަދަލުވާ ފަދަ ކަންކަންވެސް ފެންމަތިވެގެންދާ ކަމަށެވެ.

" އަޅުގަނޑުމެންނަށް ޓޫރިޒަމް މިނިސްޓްރީ ތެރެއިން ދާދިފަހުން މެއިލް ސާރވަރ އަށް އެކްސެސް ލިބިގެން ހޯދި ހޯދުމުގައި އޭގެ ތެރެއިން އެއް ކޭސްގެ މުޅި ޑައިރެކްޝަން ބަދަލު ކުރަން އެބަޖެހޭ. އަޅުގަނޑުމެން ދައުވާކުރަން ގަސްތުކުރި މީހާއަށް ދައުވާ ކުރެވޭނެ. ނަމަވެސް އަޅުގަނޑުމެންނަށް ދެން ފެނުނީ އެއަށްވުރެ މާ ބޮޑު ސްކީމެކޭ އޭގެ ތެރެއިން." އޭނާ ވިދާޅުވިއެވެ.

އައްސަދު ވަނީ އަވަސްއަރުވާލައިގެން މައްސަލަތައް ތަހުގީގުުކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ޤަބޫލު ނުކުރައްވާކަމަށް ވެސް ވިދާޅުވެފައެވެ.

މިއަދު އެ ކޮމިޓީގައި އައްސަދު ވަނީ ބޭންކިންގ ނިޒާމުގައި ހުރި މައްސަލަތައް ކަމާއި ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމުގެ އިތުރުން، މައުލޫމާތު ރައްކާކުރުމުގައި ސަރުކާރު ކުންފުނިތައް މިހާތަށް ޒިންމާދާރު ކުރުމަށް ކަމާއި ބެހޭ ފަރާތްތަކަށް ބާރުއަޅާކަން ހާމަކުރައްވާފައެވެ.

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އައްސަދު ވިދާޅުވި ގޮތުގައި އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު މީހުންގެ އަދަދު މިހާރު 300 އަށް ވަނީ އަރާފައެވެ. އޭގެތެރެއިން ފަސް މީހެއްގެ މައްސަލަ ދައުވާ ކުރުމަށްޓަކައި ކޯޓަށް ވަރަށް އަވަހަށް ފޮނުވާނެ ކަމަށް އޭރުވެސް އައްސަދު ވިދާޅުވިއެވެ. އެމީހުންގެ ތަފްސީލެއް ހާމައެއް ނުކުރައްވައެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން ބަލަން ފަށާފައި ވަނީ 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހަށް ހިންގާފައިވާ ހިޔާނާތުގެ މައްސަލަތަކެވެ. އަދި ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ މައްސަލަތަކުގެ ތެރެއިންވެސް އެކަށީގެންވާ މިންވަރަށް މިހާތަނަށް ތަހުގީގު ނުކުރެވި ހުރި މައްސަލަތައްވެސް ހިމެނެއެވެ.

އެ މައްސަލަތަކުގެ ތެރޭގައި އެ ކޮމިޝަނުގެ އަމިއްލަ އިސްނެގުމުގެ މަތިން ބަލާ މައްސަލަތަކާއި އާއްމުން ހުށަހަޅާ މައްސަލަތައް ވެސް ހިމެނޭނެއެވެ.

އެ ކޮމިޝަނުން ބަލާ އެންމެ ބޮޑު އެއްމައްސަލައަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަކަމަށް ވާއިރު އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ސިޔާސީ މީހުންނަށާއި، މިނިވަން މުއައްސަސާތަކުގެ އިސްވެރިންނާއި ބައެއް ނޫސްވެރިންނަށްވެސް ލިބުމުނު ކަމަށް ތުހުމަތުކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. އާން

    ކޮބައިތަ ކާކުތަ މީނާގެ މައްސަލަތައް ބަލަނީ...

    21
  2. މމ

    މީނާގެ ބޭބެ ސަރުކާރުން ވަގައް ނެގިކަމައް އޮޑިޓު ރިޕޯޓުގަ ހުރިފައިސާތައް ހޯދާލަދީބަލަ؟؟//

    25
    2
  3. ވެރިން

    ކޮންހާ ހާސަރު ތަކެއް ދަމާކަށް ކުރުކޮށް ފޮނިކޮށް ބުނެލަބަލް ރައީސް ޔާމީނާ އަރިސް މީހުން ޖަލުގޮޅިއަށް ފައްތާލާނެ ގޮތެއް ރާވާނުނިމެތީއޭ ދައުވާ ކުރަން ނުފޮނުވިގެން މި އުޅެނީ

    13
  4. ވެރިން

    ޓޫރިޒަމް މިނިސްޓްރީތެރެއިން ހިނގިހާ ޖަރީމާ އެއްގެ މޭސްތިރީ އަކީ ކެނެރީގޭ މުހައްމަދު ނަޝީދު،

    33
    1
  5. ގުއިދައިތަ

    ތީހަމަ ޖަމަލު ފޮޑި. އިތުބާރެއް ނެތް. ލިބޭ އެލަވަންސް ކޮޅު ނަގަން ވެގެން އެއްޗެކޭ ކިޔައިގެން މައްސަލަތައް ދިގުދަންމަނީ. ވާނެ ހަމަ އެއްކަމެއް ވެސް ނެތް. ކޮރަޕްޝަނާއި ކަންކަން ބަލަން ލާފަ މިތިބެނީ ކޮރަޕްޝަންގެ މާހިރުން.

  6. ސަމްސިއްޔާ

    ހަމަ ހުސް ހޮޅިވާހަކަ. 2 އަހަރުވީއިރު ވީ އެއްކަމެއްވެސް ނެތް. މުޅި ސަރުކާރާ މަޖުލިސް މިމީހުންނަށްދީގެންވެސް ވާކަމެއް ހަރާން

    25
    1
  7. މުހައްމަދު އަންޖުމް

    ތިދެން މާކުރިންވެސް އެނގޭކަމެއް މިސަރުކާރު ނިމިދާއިރު ރައީސްޔާމިންގެ ބޮލުގަ ވީހާވެސް ގިނަތުހުމަތެއް އަޅުވައިގެން އިދިކޮޅަށް ހަމަލާތައްބާލާނެކަން އަނެއްކާ އެހައްދުވަހުބިއްލޫރި ކަށިމަތި އެބުނީނު ލާހިކެއް ނޫނޭ ރައީސްޔާމިނަކަށް ދެން ސިޔާސީވާކަށް އަނެއްކާ މަޖިލިސްމެންބަރު ދުއްރާސްއެބުނީނު ރައީސްޔާމިނުގެ ގެވެސް ނީލަންކިޔާވާހަކަ މީމާކުރިން ލިޔެ ނިމިފައޮތް އެސް އޯޕީއެއް މިގޮތަށް މައުމޫނުގެ ގެވެސް މަގު މަތީ ކޯޓަކުން އަތުލައި ނީލަމަށް ލީކަން ދެނެހުރިން ކިހާދުވަހަކު ތިގޮތަށް ގޮށްމުށުން ވެރިކަމުގަ ތިބޭނަން ފިރު އައުނުވެސް ތިގޮތަށް ގަދަބާރުގަ ވެރިކަންކުރި ދޯ މިއަދުކޮބާ ހަމައެގޮތަށް ތިޔަ ޖައްބާރު ވެރިކަންވެސް ނެތިކުރައްވާނެ

    11
  8. ޖުޒަމްމް

    މީނާއަކީ މީހަކާ ދިމާކޮއްގެން ފުރައްސާރަކޮއްގަންނަން ވެއްޖިއްޔާމު ވަރަށް ހޔތ ކުޑަ މީހެކޭ މީހުންބުނެ އުޅޭޔޯލަ! އޭތެދެއްތޭ؟ ކޮންމެސްމީހަކު ބުނެބަ...

    20
  9. އަޙްމަދު

    އެމްއެމްޕީއާރްސީ ކިޔާވަރަކަށް އެމްޑިޕީ ކުދިންކޮޅު ވަރަށް އުފާވާނެ! އެއީވަރިހަމަ އަނގަޔާއި އަތާ ދިމާނުވިޔަސް!

    21
  10. ކިނބޫ

    ޚިޔާނާތާއި ވައްކަމުގެ އަހުލުވެރިއަކު ޚިޔާނާތުގެ ވާހަކަ ދެއްކީމާ އަންނަނީ ހިނި.

    11
  11. ގޮތްކުޑޭ

    މިކަހަލަ ލަދުހަޔާތްކުޑަ ކޮރަޕްޓްމީހުން މިތިބެނީ ކޮރަޕްޝަނުގެ މައްސަލަބަލާށޭ ކިޔާފަ މަތީމަގާމްތަކައްލާފަ މީވެސް މިސަރުކާރު އައުމާއެކު މައުސޫމްވެފަ ހުރިމީހެއް

  12. ވިސްނާލަބަލަ

    ދިވެހި ރައްޔިތުންގެ ނޭވާހޮޅިން ވައްކަންކުރި ވެންޓިލޭޓަރ ވަގުން ކޮބާ..!!

  13. ނޭނގޭ މީހާ

    ޤުރްެއާންތަރުޖަމާއިން ވައްކަންކުރި މީހަކު ދައްކާވާހަކަ މުސްލިމުން ގަބޫލްކުރާކަށް ނުވާނެ

  14. ދުންތަރި

    ޚިޔާނާތުގެ ބޮޑު މުއްލާއަކަށް ޚިޔާނާތްބެލޭތަ؟ ލާދީނީ އެމްޑީޕީއަށް މިއަށްވުރެ ނަޒާހަތްތެރިޔަކު ނުލިބުނީތަ ހިޔާނާތުގެ މައްސަލަތައް ބަލަން؟ ލަދުން ބޯ ހަލާކުވާވަރުވޭ

  15. އަބްދޫ

    އެމްއެމްޕީއާރުސީން ނިހާނަސް އެއްވެސް އެއްޗެއްދިންތަ ؟ ނުވަތަ ނިހާން އެމްއެމްޕިއަރުސިން ނިހާނު އެއްޗެއްނެގިތަ؟ އެސްއޮއެފް އަކި އެމްއެމްޕިއަރުސިގެ ގޮތްޕެއްތަ ؟ އެސްއޯއެފް އެކައުންޓްގަ ހުރި ފައިސަ އަކި އެމްއެމްޕިއަރުސިގެ ފައިސާކަމަށް ކަނޑަނާޅާ އެސްއޯއެފްގެ ހިއްސާދަރުން އެ،މްއެމްޕިއަރުސީ ގ ފައިސައަށް ހިޔާނަތް ވީކަމަށް ކަނޑަނަލަނީސް ނިހާނަ ސުވާލު ކުރެވެނި ކޮންގޮތަކުން.