ރިސޯޓްތަކުގެ މުވައްޒަފުން އެ ރިސޯޓެއްގައި މުޒާހަރާ ކުރެވޭ ގޮތަށް އެއްވެ އުޅުމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމުގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

މި ގާނޫނަށް އިސްލާހު ގެންނަން ކޮމިޓީން ފާސްކުރި ގޮތަކީ ރިސޯޓްތަކުގައި މުވައްޒަފުން ދިރިއުޅޭ ސަރަހައްދުގެ ގޮތުގައި ކޮންމެ ރިސޯޓެެއްގައި ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާ ސަރަހައްދުގައި ސުލްހަވެރިކަމާއެކު އިޖްތިޖާޖްކޮށް ޝުއޫރު ފާޅުކުރެވޭ ގޮތަށެވެ.

މި ކޮމިޓީގެ ނައިބު މުގައްިރިރު، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ހުށަހެޅުއްވި އެ އިސްލާހު ފާސްކުރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

އީސަ ހުށަހެޅުއްވި އިސްލާހުގައި އިތުރަށް ވަނީ ރިސޯޓްތަކުގައި މުވައްޒަފުން ދިރިއުޅޭ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި މުޒާހަރާ ނުކުރެވޭ ކަމަށެވެ.

މިއީ ކުރީގެ ސަރުކާރުގައި، އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގައި އެއްވެ އުޅުމުގެ ހައްގު ހަނިކުރެވޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހު އުވާލަން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ބިލް ދިރާސާކުރުމުގެ ތެރެއިން ކޮމިޓީ އިން ގެނައި އިސްލާހެެކެވެ.

މި ބިލަކީ ނަވާރަވަނަ ރައްޔިތުންގެ މަޖިލިސް ފެށުމާއެކު ޑީއާރުޕީގެ ލީޑަރު ކަން ވެސް ކުރައްވާ ޖާބިރު ހުށަހެޅުއްވި ބިލެކެވެ. މަޖިލީހުގެ ތަޅުމަށް ބަލައިގަނެ ކޮމިޓީއަށް ދިރާސާ ކުރުމަށް ފޮނުވި ފަހުން ކޮމިޓީގައި އޮންނަތާ ކިތަންމެ ދުވަހެއް ވެއްޖެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ބުރުގާ

    ހެހެހެ... ދެން ރައީސް އޮފީސްތެރޭވެސް މުޒާހަރާ ކުރެވޭގޮތައް ގަވަދު ފާސްކުރޭ.

    22
  2. ޖަމަލު ފޮޑި

    ގޭގޭގަ މުޒާހަރާ ކުރެވޭ ގޮތަށް ވެސް މި ބައިގަނޑު ބިލު ފާސް ކުރާނެ..

    18
  3. ޏަމްބެ

    އަނބިދަރިން މައިންބަފައިންގެ ކުރިމަތީ މުޒާހަރާ ކުރެވޭގޮތް މިސަރުކާރުން އަދި ހަދާނެ ......!

    17
  4. ސަރީ

    ކޮބާ ހީވެއްޖެ ކަމެއްހެން ގާސިމް ޗަންޕާ، ކޮލި އާއިލާ ޖަނާ ކަލޭމެންނާ ދެކޮޅަށް އިންޑިޔާއިން ދެން ކުޅޭނީ ކަލޭމެން އަމިއްލަ އެސެޓަށް ނަގާފަހުރި ރިސޯޓްތަކުގައި

  5. އިންސާފު

    ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ކުރެވޭ ކަމެއް ގޮތުގައި ދެކެނީ. ރިސޯޓް މުވައްޒަފުން މިކާ ވިސްނާނެ ކަމަށް ހީކުރަން.

    12
  6. ާއަހުމަދު

    ރިސޯޓުގައި މުޒާހަރާ ކުރެވެންޏާ މަޖިލިސް އިދާރާ ކާރީގައިވެސް މުޒާހަރާކުރެވެން ޖެހޭނެ

  7. ނ

    ޢިގްތިސާދަށް ވާ ގެއް. .. ގެއްލުމަށް.. .ނުބަލާތަ
    އަމިއްލައަތުން...ކަރު ...ތިޔަ ބުރި ކުރަނީ

  8. ޢަންސާރު

    މިތިބަ ޖަނަވާ ރުންނަޡް 2023 ގަ އަނދަގޮނޑި ނޫން ގޮތެއް ނެތް..

  9. ކަމަނަ

    ދިވެހި ރައްޔިތުންގެ ނޭވާހޮޅިން ވައްކަންކުރި ވެންޓިލޭޓަރ ވަގުން ކޮބާ..!!