މިއުޒިކް ދާއިރާއިން ރާއްޖޭގެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދުމަށް ފަހު، އިސްލާމް ދީނަށްޓަކައި މިއުޒިކްގެ ދާއިރާއިން ދުރަށް ދިޔަ އަލީ ރަމީޒްގެ މިއުޒިކް ދާއިރާގައި ކިޔާފައި ހުރި ލަވަތަކާއި، ވީޑިއޯތައް އަދި ފޮޓޯތައް ބޭނުން ނުކުރުމަށް އޭނާ އެދުނުފަހުން، ދައުލަތުގެ ޓީވީން އޭނާއަށް ހާއްސަ ޕްރޮގްރާމެއް ފޮނުވަން ފަށައިފިއެވެ.

މިއަދު 13:05 ގައި ޓީވީއެމްއިން ގެނެސްދިން ޕްރޮގްރާމް "މެންދުރުފަސް" ވަނީ އަލީ ރަމީޒު އަށް ހާއްސަކޮށްފައެވެ. އަލީ ރަމީޒްގެ ލަވަތައް، އަދި އޭރުގެ ވީޑިއޯތަކާއި ފޮޓޯތައް ބޭނުން ނުކުރުމަށް އާންމުންގެ ކިބައިން އޭނާ އެދުނީ އިއްޔެގެ ވަގުތެއްގައެވެ.

މިކަމާއި ގުޅިގެން "ވަގުތު"އަށް މައުލޫމާތު ދެއްވަމުން ޓީވީއެމް ހިންގަމުން އަންނަ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރ އަލީ ޚާލިދް ވިދާޅުވީ ކޮންމެ ދުވަހަކުވެސް "މެންދުރުފަސް" ޕްރޮގްރާމްގައި ދައްކަނީ އެކި ލަވަކިއުންތެރިންގެ ލަވަ ކަމަށާއި، މިއަދުގެ މެންދުރުފަސް އަލީ ރަމީޒު އަށް ހާއްސަކޮށްފައި ވަނީ އޭނާ އަށް ގޮންޖެހުމަށް ނޫން ކަމަށެވެ.

"ވަކި ބޭފުޅެއްގެ ލަވަ ދައްކާފަ ނުދައްކާކަށް ނޫން އޮންނަނީ" ޚާލިދު ވިދާޅުވިއެވެ.

އަލީ ރަމީޒް އިއްޔެ އޭނާގެ ފޭސްބުކް އެކައުންޓުގައި ޖަހާފައިވާ ދިގު ސްޓޭޓަސްއެއްގައި ވަނީ، އޭނާ އަކީ އިސްލާމް ދީނަށްޓަކައި މިއުޒިކްގެ ދާއިރާއިން ދުރަށް ގޮސް ހުރި މީހެއް ކަމަށް ވިދާޅުވެ، އެއްވެސް ވިޔަފާރިއަކަށް އަދި އަމިއްލަ ބޭނުމަކަށްވެސް އޭނާގެ ލަވަތައް ބޭނުން ނުކުރުމަށް އެދިފައެވެ.

އަލީ ރަމީޒް ވަނީ އޭނާގެ ލަވަތައް އަޑުއެހުން ހުއްޓާލުމަކީ އޭނާގެ ވަސިއްޔަތެއް ކަމަށް ވިދާޅުވެފައެވެ.

އަލީ ރަމީޒް އަކީ މީގެ ކުރިން ދިވެހި އެތައް ލަވައެއް ކިޔާފައިވާ، އޭރު ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައިވާ މަޝްހޫރު ލަވަކިއުންތެރިއެކެވެ.

ކިޔުންތެރިންގެ ހިޔާލު

54 ކޮމެންޓް

 1. ޖަމަލު ފޮޑި

  ފިތުނަ އުފައްދާ ސަރުކާރު...

  208
  10
 2. Anonymous

  ތިއަށްދެން ކީކޭބާ ކިޔާނީ ގޮންޖެހުން ނޫނީ.
  ދީނީ ޢިލްމު ވެރިންނަށް ކޮންމެވެސް އިޙްތިރާމެއް ކޮށްލިއްޔާ ކީއްތޯ ވަނީ.
  ޢަލީ ރަމީޒްގެ ހިތްވަރަށް ހަމަ ސާބަސް.
  ޢަދާވާތްތެރިން ބަލިކުރައްވާށި އާމީން

  176
  7
 3. ސަމްސިއްޔާ

  މީހުންނަށް ޖެއްސުންކޮށް، ފުރައްސާރަކޮށް، ނޮހޮރުއްޕާން ކުރުމުގައި މިސަރުކާރު ހަމަ އެއްވަނަ. ހަމަ ކަނޑައެޅިގެން އިނގޭނެ އަލިރަމީޒުގެ ލަވަދައް ނުދެއްކުމަށް އެދުނުކަން. އިއްޔެ އަލީ ރަމީޒް އެވާހަކަ ފެސްބުކުގައި ލިއުނީމަ މިއަދު އަލީ ރަމީޒްގެ ލަވަތަކަށް ޚައްސަކޮށްގެން ޕްރޮގްރާމް ގެއައުން އެއީ އިއްތިފާގެއްނޫން. ތިޔައީ ބްލީކުރުން ނުނީ ހައްގާކުރިކަމަށް ބަލާ މައްސަލަ ބަލަން ޖެހޭވަރުގެ ކަމެއް.

  132
  105
  • ނަރެލް

   އަލީރަމީޒުގެ އަޑުން ކިޔަސް އޭގެރައިޓްސް އަކީ އެހެންބައެއްގެ އެއްޗެއް އެމީހުންނަށް ވިޔަފާރިއުސޫލުންވެސް ބޭނުންކުރެވޭނެ ކޮޕީރައިޓްސް ގާނޫނުން އެކަން ނުވެސް ހުއްޓުވޭނެ މިޖީލުގެ މީހުން ވިސްނުން ތިހުރީީ މާއިހުގެ ގޮތަކަށް

   9
   6
   • ސަމްސިއްޔާ

    މީގައި މައްސަލައީ ކީރާގެއް ނުވަތަ ލިރިކްސް އެއް ކޮޕީރައިޓެއް ނޫން. މައްސަލައަކީ އެތިކްސް. ހަމަ އެހެންޏާވެސް ލަވަ ދައްކާ އުސޫލުން އެކަން ކުރެވޭނެދޯ. އަލީ ރަމީޒްގެ ލަވަތައް ގެނެސްނުދިނުމަށް އެދި ޕޯސްޓްކުރީމަ އަނެއްދުވަހު އަލީ ރަމީޒް ސްޕެޝިއަލް ކިޔާފަހުސް އަލީ ރަމީޒްގެ ލަވަ.

    4
    3
 4. ޢަލީ

  އަލީރަމީޒު ޖެހޭނެ ގަނެފަ ހުރިއެއްޗަކައް ބަދަލުދޭން މިސާލަކައް ތާކުން ވަގައްނަގައިގެން އައިސް އެއެއްޗެއް ވިއްކާލާފަ ތިމަންނާ ތައުބާވެއްޖައީމޭ އެވަނި އެއްޗެއް އެއްލާލާށޭ އެއީ ވަގައް ނަގައިގެން ވިއްކި އެއްޗެކޭ އެބޭނުން ނުކުރާށޭ ބުނުމަކުން ނުފުދޭނެ ބައިވަރު ފިލްމުތައްވެސް އެހުރީ ލަވަތައް ލައިގެން ހަދާފަ އެއީ އިބުރަތްތެރި ފަހުގެ ޖީލުތަކައް ބޭނުންވާނެ އެތައް ފޮޓޮޔަކާ ބައިވަރު ފިކުރީމުދާ މިޔައް އަގު އަދާކުރޭ އަލީރަމީޒު އެހެންނޫނަސް ބަޔަކު ކުރާ ކަމަކުން ތިމާޔައް ގެއްލުމެއްނެތް ތައުބާވެ ﷲ އައް ހިތްހަލާސްކޮއް އަޅާނުލުމުން ނިމުނީ

  15
  101
  • ހަންނާން

   ދީނުގަ އޮންނަ ގޮތް ރަނގަޅަށް ބަލާފަ ބަސްބުނާނީ. ނޭގެންނާ ހަނު ހުންނާނީ. އެނގޭ މީހުން ބުނާދެން.
   މިސާލަކަށް ރާ ވިިއްކައިގެން މުއްސަނދި ވެފައިވާ މީހަކު އިސްލާމްދީނަށް ރުޖޫއަވެ ތައުބާވުމަށް ހުރިހާ މުދަލެއް ދޫކޮށްލަންޖެހެންނާ އެމީހުން އިސްލާމް ދީނަކަށް ނާންނާނެ.

   42
   6
 5. ޒަރާނާ

  އަލީރަމީޒު ޖެހޭނެ ގަނެފަ ހުރިއެއްޗަކައް ބަދަލުދޭން މިސާލަކައް ތާކުން ވަގައްނަގައިގެން އައިސް އެއެއްޗެއް ވިއްކާލާފަ ތިމަންނާ ތައުބާވެއްޖައީމޭ އެވަނި އެއްޗެއް އެއްލާލާށޭ އެއީ ވަގައް ނަގައިގެން ވިއްކި އެއްޗެކޭ އެބޭނުން ނުކުރާށޭ ބުނުމަކުން ނުފުދޭނެ ބައިވަރު ފިލްމުތައްވެސް އެހުރީ ލަވަތައް ލައިގެން ހަދާފަ އެއީ އިބުރަތްތެރި ފަހުގެ ޖީލުތަކައް ބޭނުންވާނެ އެތައް ފޮޓޮޔަކާ ބައިވަރު ފިކުރީމުދާ މިޔައް އަގު އަދާކުރޭ އަލީރަމީޒު އެހެންނޫނަސް ބަޔަކު ކުރާ ކަމަކުން ތިމާޔައް ގެއްލުމެއްނެތް ތައުބާވެ ﷲ އައް ހިތްހަލާސްކޮއް އަޅާނުލުމުން ނިމުނީ

  15
  71
 6. ނަޢީމް

  އަޅުގަނޑަކީ މި ސަރުކާރުގެ ސިޔާސީ ވަޒީފާއެއްގައި ހުރި މީހަކީމެވެ. އަދި މި ސަރުކާރަށް ވަރަށް އިތުބާރު ކުރާ މީހަކީމެވެ. އަދި ސީދާ އެމްޑީޕީ މީހަކީމެވެ. ނަމަވެސް މިއަދު ޓީވީ މޯލްޑިވްސް އިން ތި ކަންތައް ކުރި ގޮތުން އަޅުގަނޑު ވަރަށްބޮޑަށް ހިތުގައި ޖެހިއްޖެއެވެ. އަލީރަމީޒުގެ ލަވަތަކަށް

  70
  13
 7. ނަސީދު

  އަލީ ގެ ލަވަދެއްކުން މަނަލެއްނުކުރެވޭނެ ސަބަބަކީ އެލަވަތައް ގަނެފައި ވާތީ ، އަލީ އައްހެދިދާނެ ގޮތަކީ ލަވަތައް އެމީހުންބުނާ އަގަކައް ގަތުން އެނޫން އެއްގޮތެއްދެން ނޯންނާނެ

  28
  74
 8. މުހައްމަދު

  އަޅުގަނޑަކީ ފެށުނީއްސުރެ އެމްޑީޕީ މީހެކެވެ. މި ސަރުކާރުގެ ސިޔާސީ މަޤާމެއްގައި ހުރި މީހަކީމެވެ. އަދި މި ސަރުކާރަށް ވަރަށް ސަޕޯޓު ކުރާމީހެކެވެ. ނަމަވެސް މިއަދު ޓީވީ މޯލްޑިވްސް އިން ތިކަންތައް ކުރިގޮތުން ވަރަށް ހިތުގައި ޖެހިއްޖެ. އަލީ ރަމީޒުގެ ވަސިއްޔަތަށް 24 ގަޑިއިރުވެސް ނުވަނީސް ތިގޮތަށް އޭނައަށް ޖެއްސުން ކުރުން ބަލައެއް ނުގަނެވޭނެ. އޭނައަކީވެސް ދިވެހި ރައްޔިތެއް. އޭނަގެ ވެސް މި ޤައުމުގަ ހިއްސާއެއް އޮންނާނެ. ހައްގުތަކެއް އޮންނާނެ. ތިގޮތަށް މީހުންނަށް ޖެއްސުން ކުރާކަމަށްވަންޏާ ރައްޔިތުންގެ އިތުބާރު އެއްކޮށް ބީވެގެން ހިނގައިދާނެ. ތިގޮތަށް ޖެއްސުން ކުރުން ހުއްޓާލުމަށް ހަރުކަށި އިބާރާތުން ދަންނަވަން.

  47
  3
  • ނަރެލް

   އެއްކަލަ ވައްތަރުވަނިދޯ ބަލަ އެއީ ބައެއްގެ އަމިއްލަ އެއްޗެކެ އޭގެވެރިންނަށް އޭގެބޭނުންކުރެވެން ޖެހޭނެ ވިޔަފާރި އުސޫލުން ކޮށްފަހުރި ކަމެއް ބަދަލު ދީގެން ނޫންގޮތަކަށް ތިކަމެއް ނުވާނެއްނު

   5
   1
 9. ޢެޑްމުންޑޯ

  އަސްލު އަލީޚާލިދުގެ ތިއަމަލަކީ ވަރަށް ގޮތްކުޑަ އަމަލެއް

  122
  11
 10. ފަޓަސް

  އަހަރުން އޭނަލައްވާ ލަވަކިއުއްވީ އޭނަ ބުނިވަރަކަށް އަގު ދީގެން.... ވިޔަފާރިކުރަން ދެން.....

  20
  76
 11. ރުންޑ

  ޓީވީ އެމްގެ ހުރިހާ ސްޓާފުންނާއި އަދި ތނުގެ އަގު ވެއްޓިފައި އޮތްއޮތުންވެސް ރީތިވެ އަގުއެރީސް އެވަސިއްޔަތަށް އިހްތިރާމް ކުރމުގެ ގޮތުން އެކަން ހުއްޓާަލަން ނިންމިނަމަ.
  ނަމަވެސް ޖެއްސުން ކުރުމުން އިތުރަށް އަގުވެއްޓުނީ.

  48
  4
  • ހާލުފޮޅި

   ތަނާ ބެހުނަސް ސްޓާފުންނާ ނުބެހޭތި!!!

   5
   18
 12. ސަމްސާދފ

  ދައްކާނެ އިތުރު އެހާ ކުޅަދާނަ މީހަކު ހޯދިފައި ނެތް. ދެން ކީއްކުރާނީ

  49
  7
 13. Anonymous

  އެހެންވިއްޔާ ޢަލީ ރަމީޒަށް ކެރޭނެތަ އަލުން ހުރިހާ ލަވަތަކެއްގެ ރައިޓްސް އަނބުރާ ފައިސާދައްކާފައި ގަންނަން....

  ނުވާނެ ކަންކަންވެސް ހުންނާނެ... ވިޔަފާރިއަށް އެއިރު އޭނާ ލަވަކީ.... ހިލޭސާބަހަކަށް ނޫން.... ތިއީ ވިޔަފާރި މުޢާމަލާތެއް...

  20
  45
 14. ުހަނި

  މިހުން ރުޅިއަނަގޮތަށް ކަންތަަންކު ރުމަކީ މިސަ ރުކާ ރުގެހޮބީއެތް

  80
  5
 15. ހައްޤު

  ޔާ ﷲ އިބަ ﷲ ހުރިހާކަމަކަށް ކުޅަދުންވަންތައެވެ. ތިބައިމީހުން ފަޟީހަތް ކުރައްވާފާދޭވެ

  86
  5
 16. ޙކޑ

  ޢަލީ ހާލިދު ކަލޭތި ގޮންޖަހަނީ އަލީ ރަމީޒަކާ ނުން.

  84
  6
 17. ފިޔާޒް

  ބަލަ އަލީ ޚާލިދު. މިއުޒިކާއި، ނެށުމާއި ލަވަ ނޫން އެއްޗެއް ދައްކަން ނޭގެނީބާ. ތީކީ ހިތަށް ފިނިކަމާއި އަރާމު ދޭ އެއްޗެއް ނޫން. ކުރީގައިވެސް، މިހާރުވެސް އަދި ފަހުންވެސް މިކަން ކުރުމަކީ އަޅުގަނޑު ރުހޭ ކަމެއް ނޫން. ތިޔަ ބުނާ ވަގުތުގައި ހަމަ ރަނގަޅު ގެނެސްދޭން ކީރިތި ރަސޫލާގެ ހަޔާތްޕުޅާއި ގުޅޭ ވާހަކަތަކާއި، ދީނީގޮތުން އޮޅުން އަރާފައި ހުންނަ ކަންކަން އޮޅުފިލުވާދޭ ކަންކަމާއި، މި ގައުމުގެ ތާރީޚީ ވާހަކަތަކާއި، ދުނިޔެއަށް އުފަންވި ވަރުގަދަ ލީޑަރުންގެ އިބުރަތްތެރި ވާހަކަތައް ފަދަ މައުލޫމާތު މުއްސަނދި ކަންކަން. ލާދީނީ ކަންކަން ފެތުރުމަށް ބާރުދޭގޮތަށް ލަވަ ފޮނުވާކަށް ގޭގެ ސިޓިންގރޫމްތަކަށް ފޮނުވަން ނުޖެހޭ.

  35
  3
 18. ނަށާ

  އޭނަ ލައްވާ އެތައް ރުފިޔާއެއް ދީފަ ކިޔުއްވާފަ ހުރި ލަވަތަކެއް. އޭނަޔަކަށް ބާރެއް ނުފޯރުވެވޭނެ.

  22
  76
 19. ޚަލީލާ

  މިއާ ޚަލީފާ، ސަނީ ލިއޮން އަލީ ރަމީޒުމެން ކުރިން އުޅެވުނުގޮތް މިޒަމާނުގެ މީހުން ބަލާނެ.

  17
  44
  • އަހުމަދު

   މީހުން ބެލުން ނުހުއްޓުވޭނެ. އެކަމަކު ދައުލަތެއްގެ ޓީވީ ޗެނަލަކުން ފޮނުވުން ހުއްޓާލެވިދާނެ.

   8
   1
 20. ޢަބްދުﷲ

  ތިތަހެން އަތުގަބާރުއޮންނައިރު، ބޮޑާވެކުބުރުވެރިވި އެތައްބަޔަކަށް ވެގެންދިޔަގޮތް އަދި ހަނދާންނެތޭހާ ދުވަހެއްނުވޭ.

  41
  1
 21. ސައިފް ބިން ޒީއަޒަން

  އަލީ ގެ އެނިންމުމައް މިއިސްލާމީ ދައުލަތުގެ މީޑިއާއިން އިހުތިރާމް ކުރެވެން ވާނެ ނޫންނަމަ ދެން އުފެދޭނީ ހަރުކަށި ވިސްނުން ގޮތް ހުސް ވީމަ ދެން އެމީހަކު ކުރާކަށް ވަކިކަމެއް ނޯންނާނެ ދެއްތޯ

  19
  1
 22. ބޮއިކޮޓް

  ދައުލަތުގެ ޓީވީ ބޮއިކޮޓް ކުރަންވީ އެންމެން

  39
  7
  • ހާލުފޮޅި

   ނުކުރެވޭނެ... ލަވަތަކުގެ ވެރިފަރާތުން މަނާ ނުކުރަންޏާ އަލީ ރަމީޒު ކީއްކުރަން ކާސިމްގެ ލަވަތައްވެސް ދެއްކޭނެ..

   7
   17
 23. އޭނާ މިރޭ ދިމާ ވުނުން

  މީނާގެ ލަވަތައް އެންމެ ގިނަ އިން ބަލާ އުޅެނީ މޭޔަރު އަލިހާނު

  21
  3
 24. ާއަފްލާ

  އެއްވެސްމީހެއްގެ ޙައްގަކަށް އުނިކަމެއް ލިބޭފަދަ އެއްވެސް ޢަމަލެއް އަނެކާ ކުރުމަކީ ވ ޖާހިލު ސިފައެއް އިރެއްގަ ޢަލިރަމީޒް މިއުޒިކް ކުޅުނަކަސް މިހާރު އެއީ ހަމަﷲ އަށްޓަކައި މަސައްކަތްކުރާ ސާލިހު އަޅެއް އިސްލާމްދީނުގެ ކަންތަށްތަށް އޮންނަ ގޮތް މީސްތަކުންނަށް އަންގަވައި ދެއްވުމަށް ޢަލީ އެކުރައްވާ މަސައްކަތަކީ ހަމަ ޖިހާދެއް އަލީރަމީޒް އެގޮތަށް އެދުމުން އެކަން ކޮއްދިނުމަކީ އެލަވަތަށް ނުދެއްކުމަކީ އަހަރެމެން ކުރަން ޖެހޭކަމެއް ބޮޑާވެފަ އެވީޑިއޯ މީހުނަށް ދެއްކުމަކުން އިރާދަ ކުރެއްވިއްޔާ އަލީއަށް އެކަމުގެ ގެއްލުމެއްނެތް އަލީގެ ވާޖިބް އަލީ އަދާކޮށްފި ރައްޔިތުން ކިބައިން އެލަވަ ނުދެއްކުމަށާއި އަޑު ނޭހުމަށް އެދެފި ދެންއޮތީ ތިއެންމެ ބޭފުޅުންގެ އިޚްލާސްތެރިކަން އަލީއަށް ބާއްޖަވެރި ދުވަސްތަކަކަށް އެދެން އިންޝާﷲ ފަހުން ރަނގަޅުވާނެ

  37
  1
 25. ރަށްފުށު މާމަ

  ތިޔާ ދަޢުލަތުގެ ޓީވީގެ ފެންވަރޭ😏😏😏 އެމީހުންނަށް ހެޔޮގޮތް ބުނެދިނަސް ނޫޅެޔޭ އިސްލާހުވާކަށް🙄 ކުރީގަ ރޭޑިއޯއިން ބާއްޖަވެރި ހެނދުނުގައިވެސް ހުކުރުދުވަހު ގެންނާނީ މަދަހަ މިހާރު މަދަހަ އެއީ ދަންނަ އެއްޗެއް ކަމަށްވެސް ނުހަދާލާ😔😓 ހުކުރުދުވަހެކޭ އެހެން ދުވަސް ތަކެކޭ އެއްވަރު😢 ގެނެސްދެނީ މިއުޒިކް ހުންނަ ލަވަތައް😢 މެންދުރުފަހު ވެސް ޕްރޮގަރާމެއް ހުށައަޅައިދޭން ވާތީ ތޯއްޗެ🙄🙄😏😏😪 ނުގެންނާށޭ ބުނާ މީހާ ގޯސްވާނީ😞 ބޮޑުކަމެކޭ ޓީވީތަކުން ބޭކާރު ލަވަބޮނޑި ގެންނާތީ😠😠😠

  46
  7
  • ހާލުފޮޅި

   ދެން ތިހާ އިނގެންޏާ ރަށްފުށު މާމަ ދާންވީނު އެތަން ހިންގަން.. މާމަ އޮވެބަލަ އަނގަ މަޑުންލައިގެން ގޭގަ.. ހުރިހާ ކަމަކާ ބެހޭނެ މި މާމަ ވެސް

   7
   6
   • ރަށްފުށު މާމަ

    މީހުން ހެޔޮ އެއްޗެއް ކިޔަސް ތިކަހަލަ ހާލުފޮޅިންނަކަށް ނުވިސްނޭނެ🙄 މާމަ އަށް އެތަން ހިންގޭނަމަ ހިންގާނެތާ ކިތަންމެ ދުވަހެއް😇 މާމަ އޮންނަނީ ގޭގަ އަބަދުވެސް🤗 މާމަ ގޭގަ އޮތަސް މާމަ ބެހޭނަން ގޯސް ކަންކަން ރަނގަޅު ކުރަންޏާ🤗😇❤️

    6
    4
    • ހާލުފޮޅި

     މާމަ އަށް ރަނގަޅަކަށް މިހެން މިބުނީ.. ހަނޑޫ ހަކުރު ފުށް މައްޗަށް ގޮއްސިޔާ މާމައަށް ހާލުފޮޅިއެއްވެސް ނުކެވޭނެ

     2
     2
     • ރަށްފުށު މާމަ

      މާމަ ހާލުފޮޅިއެއް ނުކާތާވެސް ދިހަ ވަރަކަށް އަހަރުުވެދާނެ😬😔😎 އެހެންތާ ވާނީ ތި ހާލުފޮޅި އަކަށް ނުކެރޭވިއްޔާ ހާލުފޮޅިއެއްހާ ހަމަވެސް ގެނެސްދޭކަށް😏

      4
      1
 26. ޙާކިމާ

  މިކަމުން އެގުނީ އަލި ޚާލިދުގެ ހަޔާތްކުދށަކަމާއި ލާދީނީކަން

  21
  3
 27. ހާލުފޮޅި

  މި ފަހުންވެސް އަލީ ރަމީޒް ސްޕެޝަލް ލަވަތައް ގެނެސްދިން.. އެކި ދުވަހު އެކި ލަވަކިއުންތެރިންނަށް ހާއްސަކޮށްގެން ލަވަތައް ގެނެސްދޭ.. މަވެސް މީ އަލީ ޒަމީޒްގެ ފޭންއެއް.. މިހާރު ދެން އަލީ ރަމީޒްގެ ކުޅިވަރު މާ ބޮޑުވެއްޖެ.. ލަވަ ކިޔާ އެ ވިއްކީމަ ދެން އެނުވާނެ އަލީ ރަމީޒްގެ އެއްޗަކަށް.. ވެރި މީހާ މަނާ ނުކުރާހާ ހިދަނކު އެލަވަތައް ދެއްކޭނެ...އެހެންނޫނީ އެއަށް ބަދަލުދީ

  9
  15
 28. އެހެންވެ ބުނަނީ.....

  ފަހުން ދެރަވެދާނެ ކަންކަން ނުކުރާށޭ ބުނަނީ އެހެންވެގެންނެވެ.

  15
 29. ސީމާ

  ޗީޑި

 30. ނަޝާތް

  ދައުލަތުގެ ޓީވީއިން ވަނީ އަލީ ރަމީޒުގެ ހުރިހާ ލަވަތަކެއް ގަނެ މިލްކިއްޔާތު ހޯދާފަ..... ކޮންމެ ބަޔަކަށްވެސް އެބަޔަކު ގަނެފަ އޮތް އެއްޗެއް ބޭނުންކުރެވިދާނެ އެބަޔަކު ބޭނުން ގޮތަކަށް. އަލީ ރަމީޒަށް ނޫނީ އެހެން މީހަކަށްވެސް މައްސަލައަކަށް ވަންޏާ ދާން ޖެހެނީ ކޯޓަށް.....
  ލަވަފޮށި ކިޔާ އެޕެއްގަވެސް އަދިވެސް އެބަހުރި އަލީގަ ލަވަތައް. ކޮންމެ ގޮތެއްވިޔަސް އަލީގެ އަޑު ރިޕްލޭސްކުރެވޭ މީހަކު އަދި ނާދޭ މިއުޒިކް އިންޑަސްޓްރީއަށް.

  9
  8
 31. ޒީރޯ ޓޮލަރަންސް

  މިހެން މީހުންނަށް ގޮންޖަހާ، ފުއްޕާފަ ނުކުންނަ ކިތަންމެ ބަޔަކުވަނީ ގެއްލިގޮސްފަ. ޖަވާބުދޭންޖެހޭ ދުވަހެއްވާކަން އެމީހުނަށް ހަމަނެގެނީބާ؟

  22
  2
 32. ައަލީ

  އަލީ ރަމީޒު އަތުން ބަދަލު ހޯދަން ބައެއް މީހުން މި ބުނަނީ، އޭނާގެ ލަވަ އަޑު އެހުން އެއްވެސް ހާލެއްގަ މަނާ ކުރި ކަމަށް ނުބުނެ ދޯ. އަލީ ރަމީޒު އެދުނީ ރީތި ގޮތުގަ އެލަވަތައް އަޑު ނާހަން. އޭނާ އަށް ހެޔޮ އެދޭ މީހުން އެލަވަތައް އަޑު ނޭހީމަ ނިމުނީ. ކޮންމެ ހެން އަލީ ރަމީޒު އެއް އިރެއްގަ ހޯދި ފައިސާތައް އަގު ކޮށްގެން އެ ހޯދާނީ އޭ ނުގޮވަ.

  8
  1
 33. އަޙްމަދް

  އަލީ ރަމީޒް އިއްޔެ އޭނާގެ ފޭސްބުކް އެކައުންޓުގައި ޖަހާފައިވާ ދިގު ސްޓޭޓަސްއެއްގައި ވަނީ، އޭނާ އަކީ އިސްލާމް ދީނަށްޓަކައި މިއުޒިކްގެ ދާއިރާއިން ދުރަށް ގޮސް ހުރި މީހެއް ކަމަށް ވިދާޅުވެ، އެއްވެސް ވިޔަފާރިއަކަށް އަދި އަމިއްލަ ބޭނުމަކަށްވެސް އޭނާގެ ލަވަތައް ބޭނުން ނުކުރުމަށް އެދިފައެވެ.
  —————————————————————
  ރަމީޒު އިސްލާމްދީނަށްޓަކަޢި މިއުޒިކުގެ ދާއިރާއިން ދުރަށްގޮސް ލަވަކިޔުން ހުއްޓާލާފައި ދެން ކުރަން ފެށި އެއަށްވުރެނުބައި ކަމެކެވެ.
  އެއީ އިސްލާމް ދީނުގައި އެކަމަށް އެއްވެސް ދަލީލެއް ހުއްޖަތެއްނެތް “މަދަހަކިޔުން”އެއީ ދީނީކަމަކަށް ހަދާ އެކަން އާލަކޮށް ދީރުވާފައެވެ.
  މިކަމަކީ އެއީ ލަވަކިޔުމަށްވުރެ ވަކި ނުބައިކަން ކުޑަކަމެއް ނޫނޭވެ.
  ސަބަބަކީ މަދަހަކިޔުމަކީ އެއީ މަގުފުރެދިފައިވާ ފިރުޤާއެއްކުގައިވާ (ސޫފީން) އަލަށްގެނެސަފައިވާ ކަމެކެވެ.
  އެބައިމީހުން ޤަބޫލުކުރާގޮތުގައި ލަވަކިޔުމާއި މިއުޒިކު ކުޅުމާއި މަދަހަ ކިޔުމަކީ ދީނޫގައި އަޅުކަންތަށްކެކެވެ.
  އެހެންވީމަ ރަމީޒު ފުރަތަމަ ދީނުގެ ޢިލްމު އުނގެނި އިސލާޙުވެ ސުއްނަތާއި އެއްގޮތަށް ޢަމަލުތު ސިދާކުރުން ކީއްތޯއެވެ؟
  އޭގެފަހުގައި އެހެން މީހުންނަށް ނަސޭހަތްދޭނީއެވެ.

  3
  8
  • ނަދާ

   ސޫފީންނަކީ ކޮން ބައެއްކަން ތިބޭފުޅާއަށް ނޭނގުމަކީ ތިބޭފުޅާގެ ޖާހިލުކަމެވެ. ސޫފީން ލަވަޔާއި މިއުޒިކު އެމީހުންގެ މިސްކިތްތަކުގައި ބޭނުން ކުރަނީ އެމީހުން އެކަމަށް އަޅުކަން ކުރާތީއެވެ. ނަމަވެސް ރާއްޖޭގައި މި ކިޔޭ މަދަހަ ތަކަކީ އެޔަށް އަޅުކަން ކުރާ އެއްޗެއްތޯއެވެ. ކަންކަމުގެ ހަގީގަތް ބަލާނުލާ މީހުންގެ ބޮލަށް ވަކި ފިރުގާއެއްކަމަށް ތިކަނޑާލަނީ ކަލޭގެ ޖާހިލު ކަމުންނެވެ. މީހުން ކާފަރު ކުރުމަކީ ތިޔަ ފިކުރުގެ މީހުންގެ އެންމެ އާއްމު ކަންތަކެވެ. ކަލޭމެންނާ ހެދީ ހެޔޮ މީހަކަށް މިދުނިޔޭގައި ނޫޅެވެއެވެ. ނަމަވެސް ހުރިހާ ނުބައި ނުލަފާ މީހުންނަށް އުޅެވެއެވެ.

   3
   1
  • އަޙްމަދު ނަޢީމް

   ނަބިއްޔާގެ ލޮބުވެތި ޞަޙާބީ ޙައްސާން ދަންނަންތޯ؟ އެއީ ޅެން ހައްދަވާ އުޅުއްވި ޞަޙާބީއެއް. އަދި ނަބިއްޔާގެ މިސްކިތްކޮޅުގައި ޅެން ކިޔުއްވިކަން އެނގިލައްވާތޯ. ނޭނގެންޏާ މީހުންނަށް ތިހެން ސޫފީންނޭ ކިޔައިގެން ބަދުނާމު ނާޅުއްވާ މަޑުން ހުންނަވާ. މަދަހަ ކިޔުމާއި، ﷲ ހޫ ހޫ ހޫ ހޫ ކިޔާފަ އަޅުކަމެއްގެ ގޮތުގައި މިސްކިތުގަ ބަނދިވަރު ކިޔާ ސޫފީންނާއިގެ ފަރަގު ދަސްކުރައްވާ. އެހެންނޫނީ މީހުންގެ ތެރޭގައި ފަލީހަތްވެދާނެ.

   4
   1
 34. މަގޭ އެ ހަނދާން

  އަހަރެންގެ ލަވަ ފޮނުވަންވާނީ ހަމަ އެކަނި 13 އިން@ އެހެން ޗެނެލަކުން މަގޭ ލަވަ ނުޖަހާތި އިނގޭ

 35. މަ

  ބަލަ ލަވަޔަށް އެކްޓްކޮށްފަވާ އެކްޓަރ ޖަލުބަންދުގަ ހުންނައިރު އެ ލަވަތައް ދައުލަތުގެ ޓީވީން ނުދައްކަނީ ކީއްވެ؟ ވީޑިއޯ އެ ގަނެފަހުންނަ އެއްޗެއް ނޫންތަ؟ގަންނަނީ އަޑު އެކަނިތަ؟ ގއރވ ކަހަލަ ވާހަކަނުދައްކާ

  6
  1
 36. ޞބޯގޯސް

  ދައުލަތު ޓީވީ އިން ޜައްޔިތުނަށް ޖެއްސުން ކު ރުމުން ދޭހަވަނީ .އެތާގަ ތިބީ ޖާހިލު ވެ ރިންކަން ..ޢަޙުލާގު ޏުކިޔަވާ ތިބި ޥަކަ ރުގެ ބައިގަނޑެކަން.....

  9
  2
 37. ޢަފްލާ

  ބައެއްމީހުން ލިޔާ ކޮމެންޓް ކިޔާލުމުން ދޭހަވަނީ އެބަޔަކު ލާރިދީފަ ގަނެފަ ހުރިއްޔާ ހަކުރުވެސް ބޯންޖެހޭނެޔޭ ހުސްވަންދެން މީ ވ ކަމުނުދާ ޚިޔާލެއް ފައިސާދީފަ މީހުން ކުރާ ޙަރާމްކަންތަށް އެއީ އަބަދު އޭގެއިން ބައަކު ފައިދާ ނަގަންޖެހޭ އެއްޗެއްތަ؟ވިސްނުނު ދުވަހަކުން ކޮންމެ މީހަކުވެސް ﷲގެ މަގައް ރުޖޫޢަ ވީމަ އެއޮތީ ރަނގަޅުވެފަ ދައްކާނެ ބަހަނާއެއް ނޮންނާނެ އަހައްތައުބާވެ ހެޔޮޢަމަލު ކުރުމުގަ ދެމިހުންނަންވީ ހަމަ ކޮންމެ މީހަކުވެސް އިންޝާﷲ

  2
  1
 38. ނިކް

  ބަލަ އަލީ ރަމީޒު ވިއްކާފަ ލާރި ހޯދައިފަ ހުރި ތަކެތި އެއީ އޭނާ ނުދައްކާށޭ ބުނާއިރަށް ޖެހޭތަ ނުދައްކަން.... ރަން ހަދާ ސޭޓަކު ވިއްކާ ރަން ނާޅާށޭ ބުންޏަސް ގަތްމީހާ ޖެހޭތަ އެއަށް ތަބާވާން

  3
  2
 39. ނަރެލް

  އަލީރަމީޒު ކިއަސް އެހެންމީހަކު ކިއަސް ބަޔަކު ލާރިދީގެން ކިއުއްވާފައޮންނަ އެއްޗެއްގެ ރައިޓްސްއަކީ އެލަވަ ކިޔާމީހެއްގެ އެއްޗަކަށްނުވާނެތާ އެހެންވީމަ އޭގެބޭނުންކުރާނެގޮތެއް އެނގޭނީ އޭގެވެރިންނަށް އެއީކީ ގޮންޖެހުމަކަށް ނުވާނެހެން ހީވަނި

  1
  3
 40. ކަނޑުފުރޭތަ

  ކިއެއްކުރާނި އަދި މިވީ ހާތަނައް އަލީރަމީޒު ނޫނިއްޔަ އަޑު އަހާލަން ކެރޭ ލަވައެއް މީހަކު ނުކިޔާ އެމިހުނައްވަސް އެލަވަތައް ދޫކޮއްލަން ނުކެރިގެން އެއުޅެނި... މިހާރު އެކިޔަނި ލަވަތަ؟ ލަވަޔޭކިޔައިގެން ހަޅޭ ލަވަނި

  1
  2
 41. ބާރީ

  ތިޔަމީހެއްގެ ލަވަ ދެއްކުމާ ނުދެއްކުން ހަމަހަމަ. ތިޔައީ ދެއްކުންތެރިއެއް. އޮންނަނީ މުދިންކަމުގެ ސަނަދު. ދޭންޖެހެނީ ދީނީ ނަސޭހަތް. ރޯނު އެދުރު

  1
  3