ގއ. ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އިބްރާހިމް މުނީރު ފަރުވާކުޑަކުރި މައްސަލައެއް ސާބިތުވެ ނަސޭހަތް ދޭން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.

ޖޭއެސްސީން އޭނާގެ ސުލޫކީ މައްސަލައެއް ބަލަން ނިންމާފައި ވަނީ، އެރަށު ރުއްދޮށުގޭގެ މިލްކުވެރިކަން ސާބިތު ކުރުމަށް ހިންގި، ޤަޟިއްޔާގައި ޙުކުމްކުރި ގޮތާ ޚިލާފަށް، އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު އެކުލަވާލާފައިވާ ކަމަށެވެ.

އެގޮތުން ރުއްދޮށުގެއާއި އެންމެހާ އިމާރާތްތަކާއި ރުއްގަހުގެ މިލްކުވެރި ފަރާތުގެ ނަމުގެ ބަދަލުގައި، ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުން ފެށިގެން ޙުކުމާހަމައަށް ބަޔާންކޮށްފައިވަނީ އެހެން މީހެއްގެ ނަންކަމަށްވީއިރު، އެއީ ފާޅުކަން ބޮޑުކޮށް އެ ރިޕޯޓުގައި އޮތް ލިޔުމުގެ ކުށެއްކަމަކަށްވީއިރު އެކުށް ފާހަގަނުވެ އަދި އެކުށް ހުރިކަން ނޭނގި ރިޕޯޓުގައި މުނީރުއާ ސޮއިކޮށްފައިވާ ކަމަށް ޖޭއެސްސީން ބުނެފައި ވެއެވެ.

އަދި އެ ފަރާތްތަކަށް ރިޕޯޓު ދޫކުރުމަކީ، ގަސްތުގައި ކޮށްފައިވާ ކަމެއް ކަމުގައި ނުވިނަމަވެސް، އެ ކަމަކީ މުނީރު ފަރުވާކުޑަކުރުމުގެ ސަބަބުން ހިނގާފައިވާ ކަމެއްކަން ސާބިތުވާ ކަމަށާއި، އެހެންކަމުން މުނީރުއަށް ނަސޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރުމަށް އެންގުމަށް އަންގާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު