ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ދައުލަތުގެ އެހެން ވަޒީފާއަކާ ހަވާލުވެވިއްޖެނަމަ އެ ވަޒީފާ ދޫކޮށްލައި މެންބަރު ކަމުގައި ދެމިހުންނެވުމުގެ ފުރުސަތު އެ މެންބަރަކަށް ލިބިދޭން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲގެ ގާނޫނީ ވަކީލުން ސުޕްރީމް ކޯޓުގެ އަޑުއެހުމުގައި މިއަދު ވިދާޅުވެއްޖެއެވެ.
އޮންލައިންކޮށް މިއަދު ކުރިއަށް ދިޔަ އަޑުއެހުމުގައި ޔައުގޫބްގެ ވަކީލް މަހްފޫޒް ސައީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދައުލަތުގެ އެހެން ވަޒީފާއެއް އަދާނުކުރެވޭނެ ކަމަށް ގާނޫނު އަސާސީގައި ބަޔާން ކުރާ ސަބަބު ޔަގީން ކުރުމަށް ގާނޫނު އަސާސީ ޑްރާފްޓް ކުރި މަޖިލީހުގެ އޭރުގެ ކޮމިޓީގާއި މަޖިލީހުގެ ތަޅުމުގައި މެންބަރުން ދެއްކެވި ވާހަކަތައް މުހިއްމު ކަމަށެވެ.
މިހާރު އަމަލު ކުރަމުންދާ ފެހި ގާނޫނު އަސާސީ އެކުލަވާލި މަޖިލީހާއި މަޖިލީހުގެ ކޮމިޓީގައި ބައެއް މެންބަރުން ދެއްކެވި ވާޙަކަތައް ފާހަގަ ކުރައްވައި ވަކީލް މަހްފޫޒް ވިދާޅުވީ އޭގެ ސަބަބަކީ މަޖިލީހުގެ މެންބަރުންގެ ގިނަ ވަގުތު މަޖިލީހުގެ މަސްއޫލިއްޔަތު އަދާ ކުރެއްވުމުގައި ހޭދަކުރެއްވުމަށާއި ފަސޭހަ އުސޫލެއްގައި މެންބަރުކަމުން ވަކިނުކުރެވޭ ގޮތެއް ކަނޑައެޅުން ކަމަށެވެ.
ޔައުގޫބްގެ ވަކީލުން މީގެ އިތުރަށް ފަހަގަކުރައްވާފައި ވަނީ ދުނިޔޭގެ އެހެން ޑިމޮކްރަސީތަކުގައި އެފަދަ ހާލަތްތަކުގައި އަމަލު ކުރާ އުސޫލުތަކަށާއި ރާއްޖޭގެ ގާނޫނު އަސާސީގައި ވެސް ސުޕްރީމް ކޯޓުން ކަނޑައެޅުމަށް އެ ކޯޓުގެ އިހްތިސާސްގައިވާ ކަންކަމަށެވެ.
ރާއްޖޭގެ ގާނޫނު އަސާސީއަކީ ރިޔާސީ ނިޒާމެއްގެ މައްޗަށް އެކުލެވިފައިވާ ގާނޫނު އަސާސީއަކަށް ވުމުން ރިޔާސީ ނިޒާމު އޮންނަ ކޮންމެ ގައުމެއްގައި ވެސް އަމަލު ކުރާ އުސޫލަކީ މެންބަރުކަމުގެ ވަޒީފާއާއި ދެން އަދާ ކުރާ ވަޒީފާގެ ތެރެއިން މެންބަރަކު އަދާ ކުރައްވާނެ ވަޒީފާ އިހްތިޔާރު ކުރައްވަން މެންބަރަށް ފުރުސަތެއް ދެއްވުން ކަން ވަކީލުން ފާހަގަކުރެއްވިއެވެ.
ވަކީލް މަހްފޫޒު ވިދާޅުވި ގޮތުގައި، މިފަދަ މައްސަލައެއްގައި ސުޕްރީމް ކޯޓަށް ކަނޑައެޅޭނެ ކަމަކީ މަޖިލީހުގެ މެންބަރަކު އެހެން ވަޒީފާއެއް އަދާ ކުރާނަމަ އެ އަދާ ކުރާ ވަޒީފާއިން ވަކިވެވަޑައިގަތުމަށް އެ މެންބަރެއްގެ މައްޗަަށް އަމުރު ކުރުމަށެވެ. މެންބަރު ކަމުގެ މަގާމު ގެއްލޭނެ ކަމަށް ކަނޑައެޅޭނެ އުސޫލެއް ޑިމޮކްރެޓިކް ހަމަތަކުގައި ނެތް ކަމަށް ވިދާޅުވިއެވެ.
ޔައުގޫބްގެ ވަކީލުން ފާހަގަކުރެއްވި ނުކުތާތަކަށް މައްސަލަ ހުށަހެޅުއްވި ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމްއާއި އޭނާގެ ވަކީލުން ރައްދު ދެއްވިއެވެ. ވަކީލް ޝާހް ވިދާޅުވި ގޮތުގައި ގާނޫނު އަސާސީގައި މެންބަރަކު ކުރައްވަން ނުޖެހޭ ކަމެއް ކުރެއްވުމުން އޭނާގެ ގޮނޑި ގެއްލެން ޖެހޭނެ ކަމަށެވެ.
އެހެން ނޫންނަމަ މަޖިލީހުގެ މެންބަރުންނަށް ދައުލަތުގެ އެހެން ބާރުތަކުގެ ތެރެއަށް އަތްގަދަ ކުރުމުގެ ފުރުސަތެއް ހުޅުވިގެން ދާނެ ކަމަށް ވަކީލް ޝާހް ވިދާޅުވިއެވެ. ދައުލަތުގެ މުސްތަގިއްލު ކޮންމެ މަގާމަކަށް ކިތަންމެ ކުޑަ ވަގުތުކޮޅަކަށް ވެސް މެންބަރަކު ހަވާލުވެއްޖެނަމަ އެ މެންބަރަކު ވަގުތުން ގޮނޑި ދޫކުރައްވަން ޖެހޭނެ ކަމަށް އެ ވަކީލް ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުގެ މިއަދުގެ އެ އަޑުއެހުމުގައި އެ ޝަރީއަތް ނިމެންދެން ޔައުގޫބް މަޖިލީހަށް ހާޒިރުވުން މަނާކުރުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް މައްސަލަ ހުށަހެޅުއްވި ފަރާތުން އެދިވަޑައިގަތެވެ.
އެކަމަކު މަޖިލީހުގެ ގޮނޑި ގެއްލޭ ކަމަށް ކޯޓުން ކަނޑަނާޅާހާ ހިނދަކު، މެންބަރުގެ ހައްގުތައް އުނި ކުރެވެން ނެތް ކަމަށް ވިދާޅުވެ އެ އަމުރު ނެރެދެވެން ނެތް ކަމަށް މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ނިންމެވިއެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ހުސްނުއްސުއޫދެވެ. ދެން ތިއްބެވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްއާއި، ފަނޑިޔާރު އަލީ ރަޝީދާއި، ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.
މިއަދުގެ އަޑުއެހުމުގައި ދެ ފަރާތުން ފާހަގަކުރައްވާ ނުކުތާކަށް ފުރުސަތު ދެއްވުމަށް ފަހު، މައްސަލާގައި ހިމެނޭ ދެ ފަރާތަށް ވެސް ފަނޑިޔާރުންެގ ބެންޗުން ސުވާލުތަކެއް ކުރެއްވިއެވެ. ދެން އޮންނަ އަޑުއެހުމެއްގައި އެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ތައްޔާރުވާން އަންގަވައި މިއަދުގެ އަޑުއެހުންް ނިންމާލިއެވެ.
މި ގޮތުން ފަނޑިޔާރުން އަމާޒު ކުރެއްވި ސުވާލުތަކުގެ ތެރޭގައި ދައުލަތުގެ ބާރުތައް ވަކިކުރުމުގެ މަފްހޫމްއާއި ޔައުގޫބްގެ މި މައްސަލައާ އޮންނަ ގުޅުމަކީ ކޮބައި ކަމާއި، ޔައުގޫބް އާ މަގާމަށް އައްޔަން ކުރެއްވީ ކާކު ކަމާއި އެ މަގާމަކީ ކޮބައި ކަމާއި އެ މަގާމުން ދައުލަތުގެ ބަޖެޓުން އިނާޔަތް ލިބޭތޯއާއި ލިބިފައިވޭތޯ ފަދަ ސުވާލުތައް ހިމެނެއެވެ.
ޔައުގޫބު މަޖިލީހުގެ މެންބަރުކަމުން ވަކިވެފައިވާ ކަމަށް ނިންމައިދިނުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ، އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ އިންތިޤާލީ ކައުންސިލުގެ މެންބަރުކަމާ އޭނާ ހަވާލުވެވަޑައިގަތުމާ ގުޅިގެންނެވެ.
މަގާމުގެ ފަތްކޮޅާ ވެސް ހަވާލުވެވަޑައިގެންނެވި ފަހުން މެންބަރުކަމުގެ ސައްހަ ކަމާ މެދު ގާނޫނީ ބައެއް ބޭފުޅުން ސުވާލު އުފައްދަވަން ފެށްޓެވުން ޔައުގޫބް ވަނީ ފަހުން ކައުންސިލުން އިސްތިއުފާ ދެއްވައިފައެވެ.
މިއީ 19 ވަނަ ރައްޔިތުން މަޖިލީހުގެ މެންބަރެއްގެ މެންބަރުކަމާއި މެދު ސުވާލު އުފެދުނު ފުރަތަމަ ފަހަރެވެ. މިހާތަނަށް މި މަޖިލީހުގެ އެއްވެސް މެންބަރެއްގެ މެންބަރު ކަމުގެ މަގާމު ގެއްލިފައެއް ނުވެއެވެ.
އަށާރަވަނަ ރައްޔިތުން މަޖިލީހުގައި 12 މެންބަރެއްގެ ގޮނޑިއާ މެދު ސުވާލު އުފައްދަވައި ގޮނޑި ގެއްލުނު ކަމަށް އީސީން ކަނޑައަޅާފައިވެސް ވެއެވެ. އެއީ ހައި ކޯޓުން ނެރުނު އަމުރެއްގެ މައްޗަށް ބިނާކޮށެވެ. އެއީ ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ގާނޫނެއް ކަނޑއެޅުމަށް ކުރި އަމުރެކެވެ. ފަހުން ސުޕްރީމް ކޯޓުން ކަނޑައެޅީ ގޮނޑި ނުގެއްލޭ ކަމަށެވެ.
ސަތާރަ ވަނަ މަޖިލީހުގައި ވެސް ބައެއް މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި ބައި އިލެކްޝަން ވެސް ބާއްވާފައިވެއެވެ.
ކަލޭ ބުނާ ގޮތަކަށްތަ ގާނޫނު އޮންނަނީ. ކަލޭބުނާހާގިތަޖަސށް ކަލެއަށް ދައިދާވާގޮތަށްތަ ގާނޫނު މާނަކުރަންވީ. ގާނޫނު ހަދާމަޖިލީހުގަ ދަންދޮރު ނުދަން މީހުން ތިބީމަ ތިޔަކަހަލަަ ކަނޑުކޮސްކަންކަން ދިމަވަނެ
ބޭކާރު ވަހަކަ ނުދައްކާ. މާއްކު އޮޑިޓރެކރ
ކަލޭ އެހެން ވަޒީފާއަކާއި ހަވާލެއް ނުވެވޭނެ ފުރަތަމަ ކަމަކަށް މެމްބަރުނކަމުގައިހުރެ. ބޯގޯސް ވާހަކަ ނުދައްކާ!!
އަސްލު މައްސަލާގައި އޮތީ ލިބުނު ވަޒީފާ ދޫކޮށްލުމެއްނޫން! އެހެން ވަޒީފާއަކާ ހަވާލުވޮއްޔާ އެ ފަޒީފާ ދޫކޮށްލިޔަސް ހާޒިރުނުވިޔަސް ހަވާލުވީތީ މެމްބަރުކަން ގެއްލޭނެ!
ހެޔޮނުވާނެ އެސޮރު މެމްބަރުކަމުގަ ބަހައްޓާ.
ސިޔާސީ ޕާޓީއެއްގެބެންޗެއްތިޔައޮތީ އެނގިދާނެތާވާގޮތެއް ގާނޫނުއަސާސީގަބުނަނީ އެއީހުއްދަކަމެއްތޯ ނުވަތަ ނޫންތޯ ބެލުމަކީ ކޯޓުގެކަމެއްނޫންތޯ ގާނޫނުއަސާސީގަ އެއީމަނާކޮށްފައޮތްކަމެއްނަމަ އެކަންކުރިމީހާގެ ގޮނޑިއެއޮތީ ގެއްލިފަ ގާނޫނުއަސާސީ މަނާނުކުރާނަމަ އެގޮނޑި ނުގެއްލޭނެ ކީއްވެތޯ ގޮތެއްނިންމަންނުކެރިގެން ތިއުޅެނީ ﷲގެހަޒްރަތައް ބިރުވެތިވެ އިންސާފާއެއްގޮތައްނިންމަވާދެއްވާ
މެމްބަރުކަމުގަ ހުރެފަ އެހެން ވަޒިފާ އެެއް އަދާކުރުމުން ގެެއްލޭގޮނޑި އިއާދަވާނެ ކަމަކަށް ގާނޫނުއަސާސީގާ ނެތީސް އިއާދަ ނުވާނެ.
ދެން ކީއްވެޔޯ އެވަޒީފާ ދޫކޮށްލީ ! އުޅޭނެ ދުވަހަކަށް އުޅެފަ އަނެއްކާވެސް މެމްބަރުކަމުގައޭ މިހިރީ ކިޔާފަ މަޖިލިހަށް އަންނަންވީ ވަރަށް ކާޓޫނު ކަމެއް ޤާނޫނުތައް ހުރީ ކަލޭމެން ބެނުންހާ ކުޅިސަމަސާ ކުރެވޭގޮތައް ވިއްޔާ މީދެން ކިހިނެއް އުޅޭ ބައެއްތަ! މިމީހުން ޤިޔާމަތް ދުވަސް މަތިންވެސް ކުޑަކޮށްވެސް ހަނދާނެއް ނުވާތީ ތިޔަގޮތައް ތެޅެނީ
ގާނޫނު އަސާސީ ޑްރާފްޓް ކުރި މަޖިލީހުގެ އޭރުގެ ކޮމިޓީގާއި މަޖިލީހުގެ ތަޅުމުގައި މެންބަރުން ދެއްކެވި ވާހަކަތައް މުހިއްމެއްނުވާނެ. ބަލަނީ ލިޔެފައި އޮންނަ އެއްޗަކަށް. މަޖްލިހުގައި ޑްރާފްޓްވެސް ޤާނޫނުން ބަޔަކަށް ހަދަނީތަ. އެކަމަކުވެސް ޔައުޤޫބުގެ ގޮނޑިއެއް ނުގެއްލޭނެ. އެހެންވަޒީފާތައްވެސް އަދާކުރެވޭ. އެމަޤާމުން އިސްތިއުފާދިނުން ކަޑައީ. ތަޅުމުގައި މަގާމާއި ހަވާލުވެފަ އިސްތިއުފާދޭގޮތަށް ވާހަކަ ދެކެވޭނެހެން ހީނުވޭ. ފަނޑިޔާރުްންނަށްތިބީ ޤާނޫނުއަސާސީ ބޮޑުކޮށް ޕްރިންޓްކުރިމީހުން ގިނަތަންތަންފެންނާނެ.
މެންބަރުކަމުގަހުރެގެން އެހެން ވަޒީފާއަކާ ހަވާލު ވެއްޖެއްޔާ މެންބަރުކަން ގެއްލެންވާނެ
ޔަޢްގޫބުގެ ވަކީލު ބުނެފިއްޔާ މިއަދަކީ ޢަރާތު ދުވަސް... ދެން އެންމެން ކިޔަންވީ މިއަދަކީ ޢަރަފާތު ދުވަހޭ... އެހެނެއް ނުހެދޭނެ..
ތިޔަަ އަމުރު ނެރެނުދިނުމަކީ އޭނަގެ ގޮނޑި ނުވެއްލޭ ކަމަށް ނިޔާ އަންނާނެ ކަން ދޭހަވާ ކަމެއްނޫން
ޤާނޫނުއަސާސީގަ އެގޮތައް ބުނެފަ އެވަނީ އޭނަގެފަރާތުން ދެވަނަ ފަރާތަކައް ނުފޫޒު ފޯރުވިޔަ ނުދިނުމައް މަޖްލިސް މެމްބަރަކައްހުރެ އެހެން އެހެން މަގާމަކާ ހަވާލުނުވެވޭނެކަމައް ޤާނޫނުއަސާސީގަ ބުނެފައޮއްވާ އެހެން މަޤާމަކާ ހަވާލުވެއްޖެނަމަ އޭނާއެވަނީ ޤާނޫނާ ޚިލާފުވެފަ ދެވަނަ މަޤާމާ ހަވާލުވި ވަގުތުންފެށިގެން އޭނާގެ ގޮނޑި އެވަނީ ހުސްވެފަ
އޭނަގެ ވަކީލުވެސް އެބުނީނޫން އޭނަ އެހެން ވަޒީފާޔަކާ ހަވާލު ވީ ވާހަކަ އެހެން ވީމަ އެވަޒީފާޔާ ހަވާލު ވީދުވަހުން ފެށާއިގެން އޭނަގެ މެމްބަ ރުކަން އޮއްނާނީ ގެއްލިފަ
މާއްކޫ މީ އޮޑިޓަރެކެ. މާއްކޫ މީ ހުދެ ކައުޑެކެ. އޭ މަގެ ހުތޯ ކަޑުކޮހަކަށްޓައިޔަސް ނާތަހުޛީބު ޢަމަލެކެ ތިފަތާއި ޙަވާލުވުމައްކޫ. ބޮލެކެ ނެންދާ. މެލޭޝިޔައު ހުޓެ ބޮލު ބަރުބޮލަކަޓެ ބަރުބޮލެކެ ޖަހައިގެންދާ ހުތޯ ތިއާއު. ރައްކިވެގެން ނިކަން. ފެހި ޤާނޫނު އަސާސީ (2008) މި އުޑުދަޓު އޮތެފައި ތިގޮންޑާ ގެއްލެއްނެއި މިކަލެ. އިންޝާ ﷲ.
މީގެ 1 އަހަރު ދުވަސް ކުރިން ވަގުތު ނޫހުގައި 19 ޖޫން 2019 ގައި ލިޔެފައިވާ ޚަބަރެއްގައި ދާންދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ޔަޢުޤޫބު ޢަބްދުﷲ ވިދާޅުވެފައިވާ ޢިބާރާތް މިއަދު ކިޔުންތެރިން ހަނދާން ކުރަމާތޯއެވެ.
އާދޭހެވެ! އެޢިބާރާތަކީ "އަޅުގަނޑު ރާއްޖޭގެ އެއްވެސް ފަނޑިޔާރު ގެއަކަށް އިޙްތިރާމެއް ނުކުރަން - ޔައުޤޫބު"
މިޞުރުޚީގެ ދަށުން ލިޔެފައިވާ ޚަބަރެވެ. ޔަޤޫބު ޢަބްދުﷲ އެވެ. ވަގުންގެ ފޮށި ބާރަށް ބަންނާނެއޭ ބުނެ އުޅެއެވެ. ޤާނޫނުގެ ދިގު އަތް އަރާ ހަމަކުރާނެއެވެ. ޤާނޫނަށްވުރެ މަތީގައި ހަމަ އެކަކަށްވެސް ނުހުރެވޭނެއެވެ. ވަގުތު އައިސް ޖެހުނީއެވެ.
ދިވެހިރާއްޖޭގެ ޝަރްޢީ ކޯޓުތަކާއި ދިމާކުރައްވައި އެންމެ ފަހުން ދިވެހިރާއްޖޭގެ އެންމެ މަތީކޯޓުން ޔަޢުޤޫބުގެ ގޮނޑިއާއި މެދު ގޮތް ނިންމަން މިޖެހުނީއެވެ. އެކިމީސްމީހުންގެ އަތުން ނުޙައްޤުން ހޯއްދެވި ހުރިހާ ފައިސާތައް ޤާނޫނީ ވަކީލުންނަށް ޚަރަދު ކުރައްވަ ކުރައްވާ ހުންނަވާށެވެ! ގަދަބަސް ވިދާޅުވެ އަދިވެސް ހުންނަވާށެވެ! މާތްﷲ ގެ އިރާދަފުޅާއި މިންވަރުފުޅުން ތިޔަ ގޮނޑި ގެއްލޭނެއެވެ.
ގއ. ދާންދޫ ދާއިރާގެ (ގއ. މާމެންދޫ / ގއ. ނިލަންދޫ / ގއ. ދާންދޫ) ދާއިރާގެ ލޮބުވެތި ރައްޔިތުންނޭވެ! ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓުގައި މިހާރު ފަށާފައިވާ ތިޔަ މައްސަލާގައި ޢަދުލުވެރިކަމާއެކު ތިމައްސަލަ ބައްލައިފިނަމަ ދާންދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ކަމުން ޔަޢުޤޫބު ޢަބްދުﷲ ވަކިވާނެއެވެ.
ރައްޔިތުންގެ މަޖްލިސްގެ މެންބަރަކަށް އެހެން މަޤާމެއް އަދާނުކުރެވޭނޭކަމަށް ޤާނޫނުގައި އެއޮތީ އެއްވެސް އޮޅުމެއްނެތް މިންވަރަށް ސާފުކޮށް ބަޔާންކޮށްފައެވެ. އެންމެ ހިނދުކޮޅަކަށް މަޤާމާއި ޙަވާލުވެފައި ދެން އިސްތިއުފާ ދިންކަމުގައި ވިޔަސް ކުށެއް ވާނީ ހަމަކުށަކަށް ކަން ޔަޢުޤޫބު ޢަބްދުﷲ ޤަބޫލު ނުކުރައްވަގައި ދާންދޫ ދާއިރާގެ މަޖިލިސް ގޮނޑީގައި ބަގުޑި ބައްދައިގެން އޮވެ ބަހަނާ ތިޔަ ދައްކަވަނީ ކީއްވެގެން ބާވައޭ ހިތަށް އަރައެވެ.
ދެންފަހެ، ދާންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިއްޖެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅައިފިނަމަ، އާޚިރު ނަތީޖާއަކަށް ވެގެންދާނީ ޔަޢުޤޫބު ޢަބްދުﷲ ގެ މައްޗަށް ޤާނޫނަށް އަރައިގަތްކަމުގެ ދަޢުވާ އުފުލި އެދަޢުވާ އޭނާގެ މައްޗަށް ސާބިތު ވުމެވެ.
އުޑެއް ބުޑެއް ނުދަންނަ ގަމާރުން އޮޑިޓަރުންނަށް ވެގެން ޤާނޫނު ހަދާ މަޖިލީހަށް ވަނީމަ މިކަހަލަ ކިތަންމެ އުދަގުލެއްވެސް ކުރިމަތިވާނެއެވެ. ދާންދޫ ދާއިރާގައި ހިމެނޭ ތިން ރަށް ކަމުގައިވާ ގއ. ދާންދޫ އާއި ގއ. ނިލަންދޫ އާއި ގއ. މާމެންދޫގެ ރައްޔިތުންނަށާއި ނިސްބަތްވާ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ އަށް ވެސް ހުރި ބޮޑު ލަދެއްތާއެވެ. ޔަޢުޤޫބެވެ. ޔަޢުޤޫބުގެ މެންބަރުކަމުގެ ޞައްޙަ ކަމާއި ދޭތެރޭ ސުވާލުއުފެދުމުން މިވަގުތައް ރަނގަޅު މަޞްލަޙަތު ހުރި ގޮތަކަށްވާނީ މަޖިލިސް ޖަލްސާތަކުގައި ބައިވެރިވެވަޑައި ނުގަތުމެވެ. ޤަބޫލު ކުރިޔަސް ނުކުރިޔަސް ގޮނޑި މިހާރު ތިޔަވަނީ އަތުން ބީވެގެން ގޮސްފައެވެ. މިއީ ދައިތަގެ ހެޔޮ ނަޞޭޙަތެއް ކަމަށް ބަލައިގަންނާށެވެ!
މާތްﷲ ވެ ވާގިފުޅާއެކު ތިޔަ ޙުކުމް ނިމޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި އެއްގޮތަށް ގއ. ދާންދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ޔަޢުޤޫބު ޢަބްދުﷲ ގެ މެމްބަރު ކަމުގެ ގޮނޑި ގެއްލިގެންނެވެ. ޢަދުލުވެރިކަމާއެކު މައްސަލަ ބައްލަވާ ފަނޑިޔާރުގެއެއް ކަމުގައި ފަހުބަސްބުނާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް މިއަދު މިއޮތީ ފައްކާވެ ނިމިފައެވެ. އެކޯޓުގައި މިއަދި ތިއްބެވީ ޢަދުލުވެރި، ޢިލްމީ، ޤާބިލް، ފަނޑިޔާރުންކަން ރައްޔިތުންނަށް ދުވަހެއް ދުވަހަކަށް މިދަނީ ސާބިތުކޮށް ދެމުންނެވެ. މިސާލެއްގެ ގޮތުން ދަންނަވާނަމަ، ދިވެހިރާއްޖޭގެ ކުރީގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އެކައުންޓްތައް ކްރިމިނަލް ކޯޓުން ފްރީޒް ކުރި މައްސަލާގައި ދިވެހިރާއްޖޭގެ ހައިކޯޓްގެ ޙުކުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ތާޢީދުކޮށް ޙުކުމް ކުރި ބީދައިންނެވެ.
ޔަޢުޤޫބު ޢަބްދުﷲ އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ އިންތިޤާލީ ކައުންސިލުގެ މެންބަރުކަމާ ޙަވާލުވެވަޑައިގެން މަޤާމުގެ ފަތްކޮޅާވެސް ޙަވާލުވެ ވަޑައިގެންފަހުން، ދިވެހިރާއްޖޭގެ ފުންނާބު އުސް ޤާނޫނީ ވަކީލުން ދާންދޫ ދާއިރާގެ މެމްބަރު ކަމުގެ ގޮނޑި ގެއްލިފައިވާ ކަމާއިމެދު ސުވާލު އުފައްދަން ފެށުމުން އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ މަޤާމް ދޫކޮށްލެއްވީ ވެސް ޔަޢުޤޫބު ޢަބްދުﷲ އަމިއްލަފުޅަށް ވެސް ގޮނޑި ގެއްލިފައިވާކަން އިޙްސާސްވެ މާޔޫސްވެ ގޮތްހުސްވެގެންނެވެ.
ޔަޢުޤޫބޭ ތިޔަ އޮތީ ގުއިރޯނުގައި ޖެހިފައެވެ. ކޮންމެހެން ބޯދަމައި ގަންނަން ވެގެން ދައުލަތުގެ މަތީފަޑީގެ ވެރިންނަށް ވައިޖަހާ ކަމަށް ގޮތްދައްކައިގެން ތެތްގޯނި މަހަން އުޅޭނެ ކަމެއް ނެތެއް ނޫންތޯއެވެ. ތިޔައީ ޔައުޤޫބުގެ ކަޑުކޮސްކަމެއް ނޫންތޯއެވެ.
މެލޭޝިޔާއިން ކިޔަވާ ވިދާޅުވީ ކަނޑު ކޮސްކަންތޯއެވެ؟ ނުވަތަ އަޞްލުވެސް އޮޑިޓަރުކަންތޯއެވެ؟ ނާހަމަ ތެދެއް ހެއްޔެވެ؟ ކިޔަވައިގެން ހުރިކަމަށް ދައްކައިގެން ތިޔަ އުޅޭއިރު ތިޔައީ އެއްވެސް ޙިކުމަތެއް ނެތް ފުޅިމަދު އުނގުރިއެއްކަމާއި ބޮލެއް ނެތް ބަރުބޮލެއްކަން މިހާރު ދާންދޫ ދާއިރާގެ ރައްޔިތުންނަށް ކަށަވަރުވެ ޔަޤީންވެއްޖެއެވެ.
ޤާނޫނު ހަދާ މަޖިލިސްގެ މެމްބަރަކީ ޤާނޫނު ނަގަހައްޓަން ޖެހޭ މީހަކަށް ލާޒިމްވާ ހިނދު، ޤާނޫނު މުގުރާލާފައި ޔަޢުޤޫބު ތިޔަ ކުޅަ ހުތުރު ޢަމަލު ސަބަބުން މުޅި ދާންދޫ ދާއިރާއަށާއި އެންމެ ބޮޑުޕާޓީ، ސަރުކާރު ހިންގާ މައިޕާޓީ އަދި އެޕާޓީއަކަށް ޔައުޤޫބު ނިސްބަތްވާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަށާއި މުޅި ދިވެހި ޤައުމަށާއި ބައިނަލް އަޤްވާމީ މުޖުތަމަޢުއަށް ވެސް މިހާރު ހުރި ބޮޑު ލަދަކަށް ތިޔަ މުޑުދާރު ޢަމަލު ވެއްޖެއެވެ.
ޔައުޤޫބުގެ ތިޔަ ހުތުރު ޢަމަލުގެ ސަބަބުން އިރާދަކުރެއްވިއްޔާ ދެން ދާންދޫ ދާއިރާގެ ގޮނޑިއަށް އަލްވަދާޢު ކިޔާލުން ވަރަށް މުހިއްމެވެ. ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓް މިހާރު އެއޮތީ ތިޔަ ގޮނޑީގެ މައްސަލައަށް ފިސާރި ތައްޔާރުވެފައެވެ.
އޮޅުމަކުން ނަމަވެސް ކުށެއް ކުރެވިއްޖެނަމަ ވާނީ ކުށަކަށެވެ. އަދަބު ލިބޭނެއެވެ. އިތުރު ވަޒީފާއެއްގައި ހުރުމަކީ، ޢިއްޒަތްތެރި މެމްބަރުންގެ މުސްތަޤިއްލުކަން ގެއްލޭނެ ކަމެއްކަން ފާހަގަކުރެވެއެވެ.
ދާންދޫ ދާއިރާގެ ލޮބުވެތި ރައްޔިތުންނޭވެ!
> ތަޞްދީޤުކޮށް ދިވެހިރައްޔިތުންގެ ބޯލަނބަންޖެހޭ ދުސްތޫރުކަމުގައިވާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ (2008) ގެ 73 ވަނަ މާއްދާގައި ރައްޔިތުން މަޖިލީހުގެ މެންބަރުންގެ ޝަރުޠުތައް ބަޔާންކޮށްފައިވާއިރު، އެ މާއްދާގައި ބުނެފައިވަނީ ޤާނޫނުއަސާސީ ގައި ކަނޑައަޅައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އެމަޤާމުގައި ހުރެ ދައުލަތުގެ ވަޒީފާތަކުން ކުރެ ވަޒީފާއެއް އަދާކޮށްގެން ނުވާނެ ކަމަށެވެ.
> ދެންފަހެ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި ޚިލާފަށް އެތިލަ ޢިބާރާތުން 73 ގައި އެބުނާ ފަދައިން ގޮނޑި ގެއްލިފައިވާ ކަމަށް ނޫން ގޮތަކަށް ޙުކުމް ނުކުރައްވާނެ ކަމީ ކަށަވަރުވެ ޔަޤީންވާ ކަމެކެވެ.
> އެއްވެސް ސަބަބަކާއި ހުރެ ޙުކުމް މިނޫން ގޮތަކަށް ޙުކުމް ބަދަލުވެއްޖެނަމަ، ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ ގެ ގޮނޑީގެ މައްސަލާގައި އެކުރެވުނީ ނާއިންޞާފު ޙުކުމެކެވެ. އަދި ހަމައެހެންމެ، އެޙުކުމް ވެގެންދާނީ އަނދިރި ދޮރެއް ހުޅުވައިދިނުމަށް ކުރެވުނު ޣައިރު ޤާނޫނީ ޙުކުމަކަށެވެ. ވުމާއިއެކު، މިހާރު އެގޮތަށް ކޯޓުން ޙުކުމެއް ނުކުރާނެކަން ގައިމެވެ.
> ހަމަހަމަކަމާއި އިންޞާފަށް ލޯބިކުރައްވާ ޢަދުލުވެރި ޢިލްމުވެރި ފަނޑިޔާރުން ޙުކުމް ކުރައްވާނީ ޝަރްޢީ އަދި ޤާނޫނީ ހަމަތަކުގެ މަތީން ސީދާ އިންޞާފަށްކަމުގައި މެނުވީ ދެންނެވޭކަށް ނެތެވެ.
ތީ އެހެން ޕާޓީއެއްގެ މިހެއްނަމަ މިހާރު ތި ޑްރާމާ ނިމިދާނެ.އެމްޑީޕީ މީހެއްވީމަ ނޯންނާނެ ގާނޫނެއް ގަވާއިދެއް.އެހާލަތަކާއި ގުޅުވައިގެން ގާނޫނާއި ގަވާއިދާއި ހަދައިގެން ނަމަވެސް މީހާ ސަލާމަތް ކުރާނެ.ސަފާރީ ކޭސް އަށް ކިހިނެއްވީ.އެކަން އޮޅުވާލި ގޮތުންވެސް އެމީހުންގެ ހުނަރު އިނގޭ.ދިވެހި ރައްޔިތުންނަށް އިންސާފް ހޯދަ ދޭނެވަރު ވިސްނޭ.