ހުޅުމާލޭގައި ހުންނަ ފިިޔަވަތިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން 11 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށް ޖެންޑާ މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ.

ފިޔަވަތިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 35 އަށް އަރާފައިވާއިރު، އެންމެ ފުރަތަމަ އެތަނުން ވޭދަނައެއް ފެނިފައިވަނީ މިމަހުގެ ހަތް ވަނަ ދުވަހުއެވެ.

ޖެންޑަރ މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު "ވަގުތު" އަށް ވިދާޅުވީ، ހުޅުމާލޭގައި ހުންނަ ފިޔަވަތިން ރަނގަޅުވެފައިވާ 11 މީހުންގެ ތެރޭގައި ހިމެނެނީ ހަތް ކުޑަކުއްޖަކާއި ހަ މުވައްޒަފެއް ކަމަށެވެ.

ޖެންޑަރ މިނިސްޓްރީން ވަނީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއިން ދެ ކުދިން ފައްސިވެފައިވާ ކަންވެސް ހާމަކޮށްފައެެވެ.

ފިޔަވަތިން 11 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، އެންމެ ފުރަތަމަ އެތަނުން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ އެތަނުގައި މަސައްކަތް ކުރަމުން ދިޔަ މުވައްޒަފަކެވެ.