މާލެ އިން ފުރައިގެން، ގއ. ދެއްވަދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ކަނޑުމައްޗަށް ހުއްޓިގެން ސިފައިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އެ ދޯންޏަކީ ހަތް މީހުންނާއެކު ދަތުރުކުރަމުންދިޔަ ދޯންޏެއް ކަމަށެވެ.

"އިރު އަލިމަސް" ނަމަކަށް ކިޔާ އެ ދޯނީގެ އިންޖީނު ހުއްޓިފައި ވަނީ މ. އަތޮޅު ތެރެއިންނެވެ.

އެމްްއެންޑީއެފް އިން ވިދާޅުވީ، އެ ދޯނީގެ އިންޖީނު ހުއްޓި ދޯންޏަށް ދިޔަވަމުންދާ ކަމަށެވެ. އަދި އެ ދޯނި މިހާރު މ. ކޮޅުފުށި ބަނދަރަށް ވައްދާފައިވާ ކަމަށާއި، އެ ދޯނީގައި ތިބި އެއްވެސް މީހަކަށް އަނިޔާވެފައިނުވާ ކަމަށް އެެމްއެންޑީއެފް އިން ވިދާޅުވިއެވެ.