ޓީއެމްއޭގެ މަތިންދާބޯޓެއް މެދުފުށީ ކައިރިން އެކްސިޑެންޓްވެއްޖެ އެވެ.

އެކްސިޑެންޓް ވެފައި ވަނީ ޓީއެމްއޭގެ ޑީއެޗްސީ-6 މަރުކާގެ މަތިންދާ ބޯޓެކެވެ.

އެކަން ހާމަކޮށް މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނީ، މި ބޯޓު އެކްސިޑެންޓްވީ މެދުފުށި ވޯޓަރ އޭރޯޑްރޯމް ގެ ވޯޓަރ ރަންވޭއަށް ޖެއްސުމަށްފަހު ފަޅުގައި އަޅާފައި އޮތް އުޅަނދެއްގައި ބޯޓުގެ ވާތް ފަރާތު ފިޔަގަނޑު ޖެހިގެން ކަމަށެވެ.

މިއަދު ހެނދުނު 11:18 ހާއިރު މި އެކްސިޑެންޓް ހިނގިއިރު އެ ބޯޓުގައި 14 ފަސެންޖަރުންނާއި، ކްރޫން ތިއްބެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނީ، އެ ހާދިސާގައި ބޯޓުން ދަތުރުކުރި އެއްވެސް ފަސެންޖަރަކަށްވެސް، ކުރޫއިންގެ ތެރެއިން މީހަކަށްވެސް އަދި އިތުރު އެއްވެސް މީހަކަށްވެސް އަނިޔާ ލިބިފައިނުވާ ކަމަށެވެ.

ނަމަވެސް މި ހާދިސާގައި ބޯޓުގެ ވަތް ފަރާތު ފިޔަގަނޑަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުންޏެވެ.

އެކްސިޑެންޓް އިންވެސްޓިގޭޝަން ކޯޑިނޭޓިންގ ކޮމިޓީ އާއި ސިވިލް އޭވިއޭޝަން އޮތޯރިޓީން މި ހާދިސާ މިހާރު ވަނީ ތަހުގީގު ކުރަން ފަށާފައެވެ. ސިވިލް އޭވިއޭޝަނުން މިކަން ހާމަކޮށްފައި ވަނީ ވައިގެ ދަތުރުފަތުރުގެ ހާދިސާއެއް ހިނގިކަން އެންގުމަށްޓަކައި ނެރުނު ބްލެޓިންގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޕާން

    ޖަޒީރާ ރާއްޖެ ވީމަ ރައްޔިތުންނަށް ޖެހޭނީ ބަލާވެރިކަމާއި މުސީބާތް

    26
    16
    • ބުރާނތި

      ޖަޒީރާ ރާއްޖެއާއި ހުރި ގުޅުމަކީ ކޮބާ ކޮންމެކަމެއް ސިޔާސީ ކުރަމުން ގޮސް އަމިއްލަ މީހާ ސިޔާސަ ތިވެވެނީ

  2. ފަހުދު

    ބުލި ކެންޱޭނީ ކެޔޮލުން އަތުން.........

    33
    1
  3. ނަސީދު

    ކަމެއް ހިގާފާނެ