ހެލްތް މިނިސްޓަރު ކަމުގެ މަގާމަށް އަހުމަދު ނަސީމް (ކެރަފާ ނަސީމް) އައްޔަން ކުރައްވައިފިއެވެ.
އެކަން ހާމަކުރައްވާފައި ވަނީ ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދެވެ.
ހޫދު ވިދާޅުވީ، އާ ހެލްތް މިނިސްޓަރު ކަމުގެ މަގާމަށް ކެރަފާ ނަސީމް އިސްކުރައްވައި، އެމަނިފާނާއި މަގާމުގެ ފަތްކޮޅު ދެއްވާފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ @ibusolih މިނިސްޓަރ އޮފް ހެލްތްގެ މަގާމަށް، ހެންވޭރު ހިކިފިނިފެންމާގެ، އަލްފާޟިލް އަޙްމަދު ނަސީމް.(@KerafaNaseem) އިސްކުރައްވައި، އެމަނިކުފާނަށް މަޤާމުގެ ފަތްކޮޅު މިއަދު ދެއްވައިފި.
— Miuvaan Mohamed (@MvSpokesperson) October 22, 2020
ހެލްތު މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި ކެރަފާ ނަސީމް މި ސަރުކާރުގައި މިހާތަނަށް ހުންނެވީ، ރައީސް އޮފީހުގެ މިނިސްޓަރެއްގެ މަގާމުގައެވެ.
ނަސީމަކީ އެމްޑީޕީގެ ފުރަތަމަ ސަރުކާރު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފޮރިން މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އަދި ރައީސް ނަޝީދުގެ އާއީލީ ބޭފުޅެކެވެ.
ހެލްތު މިނިސްޓަރު ކަމަށް ކެރަފާ ނަސީމް އައްޔަން ކުރެއްވީ، ކުރިން އެ މަގާމުގައި ހުންނެވި އަބްދުﷲ އަމީން މިދިޔަ އަންގާރަ ދުވަހުގެ ރޭ ދަންވަރު އިސްތިއުފާ ދެއްވުމުންނެވެ.
އަމީންެ މިނިސްޓަރު ކަމުގައި ހުންނެވީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައެވެ. އެހެންކަމުން އެ މަގާމަށް ދެން ވެސް އައްޔަން ކުރައްވާނީ އެ ޕާޓީގެ އިސް ބޭފުޅެއް ކަމަށް ބެލެވުނެވެ. އެކަމަކު ކެރަފާ ނަސީމްއާއެކު އެމްޑީޕީއަށް ކެބިނެޓްގައި އިތުރު ގޮނޑިއެއް ލިބުނީއެވެ.
ހެލްތު މިނިސްޓަރުގެ މަގާމުން އަމީން އިސްތިއުފާ ދެއްވީ، ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ ބައެއް މެންބަރުން ވެގެން އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަަޖިލީހަށް ވައްދާފައިވަނިކޮށެވެ.
އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް އެމްޑީޕީގެ ބައެއް މެންބަރުން ވެއްދީ، ކޮވިޑް-19ގެ ބަލީގެ ފަރުވާއަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި ހެލްތު މިނިސްޓްރީގެ ތެރެއިން ހިޔާނާތްތެރިވި މައްސަލާގައި އަމީން ވެސް ޒިންމާ ނަގަން ޖެހޭ ކަމަށް ބުނެއެވެ.
މި މައްސަލައާ ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމާ މެދު ގޮތެއް ނިންމަން ހުށަހެޅުއްވީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްއަށެވެ. 31 މެންބަރުންގެ ވޯޓުން ފާސްވީ މައްސަލަ ހުށަނާޅާ ގޮތަށެވެ.
މައްސަލަ ހުށަހަޅަން ވޯޓު ދެއްވި 27 މެންބަރުންގެ 24 މެންބަރުންގެ ސޮޔާއެކު އެ މައްސަލަ މަޖިލީހަށް ހަމަ އެ ދުވަހުގެ ރޭ ވެއްދީއެވެ. އެއީ މުޅިން ވެސް ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެންބަރުންނެވެ.
އަމީން މަގާމުން އިސްތިއުފާ ދެއްވިއިރު، ވެންޓިލޭޓަރުތަކުގެ ހިޔާނާތުގެ މައްސަލާގައި އަމީން ހިމެނޭ ގޮތަށް ހެލްތު މިނިސްޓްރީގެ 11 ބޭފުޅެއްގެ މައްޗަށް ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮނުވިއެވެ. އެކަމަކު އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ ޕްރޮސެކިއުޓާ ޖެނެރަލް ނިންމީ ދައުވާ ނުކުރުމަށެވެ.
އެހެންވީމަ ވިޝާމާ މިހާރުން މިހާރަށް ހައްޔަރުކުރަން ޖެހޭ. އެއީ ކުށްކުރިކަން މިހާރު ހާމަވެއްޖެ.
ނަޝީދުގެ އާއިލާ މީހުން ހުސް ހޮވަނީ.... އާއިލީ ވެރިކަން ކުރިއަރުވަން އެމްޑީޕީން އުޅެނީ.... ދެން ތިބޭ މޮޔަ ދިވެހިން، ނިކަމެތި ހާލުގަ ވަޒީފާ، ގަޑެއްނެތި ތިބެ، ވަޒީފާ ގެއްލިފަ ތިބި ހާލުގަ، ދެފުތް ދެގޮތް އެމްޑީޕީން އެއްޗެކޭ ބުނާއިރަށް އަތްތިލަ ބަޑިޖަހަން ތިބޭނެ.. ހުރިހާ މޮޅެއް އަންނި އާއިލާ އަށް، ހުރިހާ ވަޒީފާއެއް މިއާއިލާގަ.. ކިޔަވައިގެން އައިސް ވަޒީފާ އެއް ނުލިބޭ.. ވަކިބަޔަކަށް ހުރިހާ ވަޒީފާ އެއް.. . . ވޯޓް ހޯދަން އަންނާނެ.. . އެމްޑީޕީ އަށް ރައްޔިތުން ފެންނާނީ ވޯޓް ހޯދަން ވީމަ
ބާގީއެއް
މީނަ ގިރާވަރު ރިސޯޓް ހިންގިއިރު އެތާއުޅުނު މީހަކައްވިއްޔާ އިނގޭނެ މީނަވަރުގު ފާހިސް، ދީނުގެ ކަންފުޅެއްވެސް، ކިރައްޕްޓް، އޭތިމީތިބުއިމުގަ އުޅޭ ދުވަސްވީމީހެއް އަހަރެމެން ނުދެކެން..!!! ވައިޔާބިﷲ...
ގައުމައްވާގޮތް ފެނިފަދެރަވޭ...އަމިއްލަ އަތުންކުރާކަންތައްތައް (ވޯޓް)
ޒުވާނުން ބާރުވެރި ވެއްޖެ.. ކާފަ އުމުރު މީހުނަށް ރަނގަޅު ވަޒީފާއެއް އޮތިއްޔާމުން
މި ބުރު މިކަލޭގެއަނެއްކާ ކޯޗެއްބާ ކާލާނީ
ހުރިހާ ހޮސްޕިޓަލް ތަކާއި އެތާ ތިބި ދިވެހި ޑޮކްޓަރުންނާއި ދިވެހި ނަރުހުން
ގައުމުގެ ކުރިއެރުމަށް ޒުވާނުންގެ ބޭނުން ބޮޑު ކަމަށް ބުނެފި. ޒުވާން މިނިސްޓަރު ނަގާ ގޮޑަށް އެއްލާލާފި. ގޮޑުން މުސްކުޅި ޒުވާނެއް ގެނެސް މިނިސްޓަރަކަށް.
މިކަހަލަ މީހުން ގައުމު ފަސާދަކުރަނީ... ކާފަ އުމުރަށް ދިޔައިމަވެސް ރައްޔިތުންނަށް ބަލާވެރިކަން ޖެއްސުމުގަ..
މި ސަރުކާރުގަ ގިނައީ ބާގީންނާ ވަގުން
އާއިލީ ވެރިކަން..
ގެރިގުއި ސަރުކާރު އިސްތިއުފާ
ރެޑީކޮއްފަ ދޯ އިނީ މާކުރިންވެސް . ގޭސް އެނބުރީ ތިކަން ނުވެގެން
މީނަ މީ ޔަހޫދީންނާ ވަރަށް ފްރެންޑް މީހެއްކަމަށް ވަރަށް ގިނަ މީހުން ބުނެ އުޅޭ. އެމްޑީޕީ ކުދިންނަށް ޕްރޮޖެކްޓްތައް ލިބޭނެ. ވިލުފުށީ ދާއިރާގެ ހަސަން އަފީފު އަދި ހިޔަލީމެން ވަރަށް އުފާވާނެ.
ނާސިރުގެވެރިކަމުގަ މިކަލޭގެ ޔަހޫ ދީންނާ ގުޅިގެން ރޭޑިއޯ މޯލްޑިވްސް އިން އެމީހުންގެ ޕްރޮގްރާމްވެސް ގެނެސް ދިން ކަމަށް ވަނީ ޔަހޫ ދީންނަށް ވަރަށްސަޕޯޓް ކުރާނެ ،ގައުމު ގެ ކުރިމަގަށް ޒުވާނުން ބޭނު މޭ ކިޔާފަ އެންމެ ޒުވާން މީހާޔަށް މި ދިނީ ހެލްތް މިނިސްޓަރ ކަން ، ދެން އެންމެ އަވަހަށް ވަކިކުރާނީ މަހިތުން މަލީހް ، އެހެންވެޔޭ މަމެން މިބުނަނީ އިބޫއަކީ އަންނިގެ ޕަޕެޓެކޭ މީނހަމަ ކަނޑައެޅިގެން ބުއްޅަބޭގެ ނިންމުމެއް
މިފަހަރު ދޮވެސާފު ކޮށްލާނެ...އިމާރާތް ކާނުލައިފީ ވިއްޔާ ކިތަންމެހާވެސް ރަނގަޅު
ދެންބަލާ ނަސީމް މާމަޔައް ހޯމްމިނިސް ޓްރީކަން ދެވޭނެގޮތެއް އޮތްތޯބަލާދީބަލަ ގުބޯސަރުކާރު
އަމީން ކޮރަޕްޝަން ކަމަށް ކިޔާ ބޭރުކޮށްފައި ޕީޖީ މޭޒުމަތީ އާއިލާ މީހެއް ވީމާ އަތްލަން ނުކެރި ހުޅުވަން ނުކެރި ބާއްވާފައި އޮތް ޝިފާގެ ލޮނުޒިޔާރަތް ޕާކުގެ ކޮރަޕްޝަން މައްސަލައިގެ ބައިވެރިއަކަށް ހެލްތު މިނިސްޓަރުކަން. ޝިފާ އެކު މިކޮރަޕްޝަންް ހިންގަން އަރުވަޖަހާގެން އުޅުނު މީހާ. ރައީސް އޮފީސް ތެރެއިން މަގުކޮށައިދީ ހިމާޔަތްދިން މީހާ. މިއީ އެމްޑީޕީ އިން ބަނޑުއަކިރި ދަމާގޮތް
އައިކަލާ ކޯ ބާކީ ހުރި ރުފިޔާ ކޮޅު................!މިޔަކަށް ނުކިޔާނެ އާއިލާގެ ވެރިކަމެކޭ....... މައުމޫނޫ....... އަދިވެސް ހަމަ ހޭލާން ނުވަނީތަ؟ރީތި ބަހުން މުހާތަބުކުރާވަރަށްވުރެ މޫން މާ ހަ...... ވެއްޖެ.ފަހަރި އިމޫމޫމޫ....... ހަމަ ދީނާ ގައުމައްޓަކާތޯ؟؟؟ސޭޓް ޖީޖީޖީ..... އަދި ވެސް ހަމަ ޅަކުދިން ސަރޗް ކުރުމުގާތޯތޯތޯ؟؟؟
ތިހެން ހަދަމުން ގޮސް ދައުރު ނިމޭއިރު ވަޒީރުންގެ މަޖިލިސް އެއްކޮށް އެމްޑީޕީކޮށްލާތި. ކެމްޕެއިން ޖެހުނީމައި ގާސިމް ގެނެސް ގޯންޏަށްލީމައި ހުންނާނީ ރަނގަޅަށް.
ގޯންޏަށްލެވޭވަރު މީހުން ގޯނޏަލާނީ
ޗީޑި
މިކަން ނުވެގެންދޯ ނަޝީދު މިއުޅުނީ. މަހީކުރީ ރ. މައުމޫނާއި ރ. ޔާމީން އާއި އޭ ޢާއިލީ ވެރިކަން ކުރަނީ. އެހެން ވިއްޔަ އަޑުފެތުރީ.
ރަނގަޅު . ހުރިހާ ކޯލިޝަން އެންމެން ބޭރުކޮށް އެމްޑީޕީ ގެ މީހުން ނަށް ހުރިހާ މަޤާމެއް ވެސް ދެވެންދެން އެއްގަލުން ފެހިކާ ދެރޮނޑޭ ގޭމްޖައްސާ ތިބެލާ. ރޭވިގެން ހިންގާ ކަންކަންމީ
އަދިވެސް މާ ސޯލިޙް މީހަކަށް ވެގެން ރައްޔިތުން ލޮލުގައި އަނދުން އެޅުވުމަށް. ބޮޑު ވަޒީރަށް މަގުފަހިވާ ގޮތް ހަދަން. އެކަމަކު މަތިވެރި ފަރާތެއް ވާކަން ދަނެގެން ކަންކަން ކުރަން ވީ
ސާބަހޭ ކެނެރީ ނަޝީދޫ..
ޑޮލަރު ކަމުން ކަމުން މަގާމުތަކުގަ ތިބޭމީހުން ބަދަލު މިކުރަނީ ކޮން އޮޅުވާލުމެއް އޮޅުވާލާކައް.
ރައީސް ސޯލިހު ގެ އެއްވެސް ބާރެއް މިސަރުކާރަކު ނެތްކަން ހާމަވެއްޖެ 😈ކައުންސިލް
އިންތިހާބުގެ ވޯޓުން ޒުވާނުން ގެ ވޯޓް ލަލަލާ
ޒުވާނުން ބާރުވެރިވެރިވެ ބާރު ފަޅައިގެން މި ދިޔައީ..އިބުރާހިމު ރައީސް ދައްކާވާހަ ދެކޮޅުޖެހޭވަރު..ހައްޕުޑު...ހައްޕުޑު..ހައްޕުޑު..😬😬😬
ބަރާބަރު ބާގީންނާއި ވައްކަމުގެ ސަރުކާރެއްގައި ބާގީންނާވަގުން ކަމުދާނެއެވެ. އިބޫ ދެންގައުމުހިގާނީ ބާރަށް ކުރިއަށް ވައްކަވާއިގެން
އަޑިޕާކުން ކާލިވަރު 3 މިލިއަން މިކަން ސިޓީ ކައުންސިލްގެ ބަޖެޓް ކުދިންނަން އެނގޭނެ...
ފޮރިން މިނިސްޓަރު ކަން މީނާ އަން އަންނި ދިންތަނުން ސަރުކާރު ވެއްޓުނީ...އެތަނުން މީނާ ކާލި ފައިސާ އަދިވެސް ނުދައްކާ...އިންޑިޔާ ސިފައިން މިގައުމު ހިފަން ގޮވި އެކަކުމީ
އަމީނަށް ވުރެ ގިނައިން މީނާ ކާނެ
މައުމޫން އިރުގާ މީނާގެ ވަނަމަކީ 5 ޕަސެންޓް
ދެން މިނިސްޓަރުން ބަދަލު ކުރަން ޖެހޭ މިނިސްޓްރީ ތަކުގެ ތެރޭގައި ފިނޭންސް މިނިސްޓްރީ އަދި ފޮރިންގް މިނިސްޓްރީ އަދި އެޑިއުކޭޝަން މިނިސްޓްރީ އަދި ތިމާވެށި މިނިސްޓްރީ އަދި އިކޮނޮމިކް މިނިސްޓްރީ ހިމެނެއޭ އެގޮތުން އެޑިއުކޭޝަން މިނިސްޓަރަކަށް އަދި ވެސް އެންމެ ރަނގަޅުވާނީ ޑރ. މުސްތަފާ ލުތުފީއޭ އެއީ އެޑިއުކޭޝަންގެ ތަޖްރިބާ ވަރަށް މައްޗަށް ހުރި ތަޖްރިބާ ކާރެކޭ އޭނާ އަށް އެޑިއުކޭޝަން މިނިސްޓަރު ކަން އެބަޖެހޭ ދޭން މިހާރު އެޑިއުކޭޝަން މިނިސްޓަރަކީ އެއީ ތަޖްރިބާއެއް ނެތް މީހެއްގެ ކިރުބޯ ޅަދަރިއެކޭ...
ބާޣީއެއް! ދެން ރި ހެލްތު މިނިސްޓްރީވެސް ސަލާމަތުން ހުރިއްޔާ އެއީ ނަސީބެއް! ބަލަންތިބޭ! ވައްކަން ނޫން ކަމެއް ދެން ކުރޭތޯ!
ބާ ދަގަނޑުގެ ގޮތުގައި އެހެލާފައިހުރި ބޯޓެއް ދަބަރުވެސްނުތަޅަ ދަވާދުކޮޅެއް ހާކާލާފައި ތިޔަބޭލީ!! ތިޔަ ކެނެރީ، ކެރަފާ، ސިއްކަ، މި އާއިލާތައް ގައުމުގެ ވެރިކަމާ ވައިވެސް ނޭޅޭވޭވަރަށް ފިޔަތައް ބިންދާ ކޮށަންޖެހޭ!!
މައުމޫނުގެ ވެރިކަން ވައްޓާލަން މޑޕ އިން ދެއްކި ހުރިހާ ބަހަނާއެއް އަމިއްލައަށް ކުރަމުން މިހަރަ ދަނީ އަނެއްކާ. ޢާއިލާ މީހުންނާ ރައްޓެހިންނާ ގާތް މީހުންނަށް މިޔޮށް ވެރިކަން ބަހާލަނީ!
ޥެރިކަމުގެ ދަހިވެތިކަމުގަ މަކަރާ ހީލަތުގަ އަރާތިބި ބައެއް މިއީ. ދިވެހިންނޭ ހެކި ފެނި ހޭއަރާ!
ތީ ބޮޑު ޙާއިނެއް.ެއިސްތިއުފާ
ސަރުކާރު ހެޑައް އޮޅިފައި.
އައު ކެސެޓެއް ލެއްވޭނީ ކިހިނެއް ؟
ހެލްތު މިނިސްޓަރުކަން އަހުމަދު ނަސީމަށް ލިބިއްޖެނަމަ މިހާރު ސޯޝަލް މީޑިއާގައި ދައުރު ވަމުންދާ ފިނޭންސް މިނިސްޓަރު އަމީރު ވެންޓިލޭޓަރު ގަންނަން މާލިއްޔަތުގެ ގަވާއިދާއި ޚިލާފަށް ދިން ހުއްދަ އެބަ ބަލަން ޖެހެއޭ މަމެން އެއްގޮތަކަށް ވެސް އެއްވެސް އިތުބާރެއް ނުކުރަމޭ ފިނޭންސް މިނިސްޓަރު އަމީރު އަށް އެއީ އެއްވެސް ތަޖްރިބާ އެއް ހުރި މީހެއް ނޫނޭ އައި ނީޑް ޓު ފައިންޑް އެން އެކްސްޕާރޓް ފޯރ ފިނޭންސް މިނިސްޓަރ އެއިރުންނޭ ގޭމް ޗޭންޖް ކުރެވޭނީ ހޫ އިޒް އިޓް ބަދަލުކުރާށޭ ބަދަލުކުރާށޭ ބަދަލުކުރާށޭ ބަދަލުކުރާށޭ ބަދަލުކުރާށޭ ބަދަލުކުރާށޭ ބަދަލުކުރާށޭ ބަދަލުކުރާށޭ ބަދަލުކުރާށޭ ބަދަލުކުރާށޭ ބަދަލުކުރާށޭ ބަދަލުކުރާށޭ ބަދަލުކުރާށޭ ބަދަލުކުރާށޭ ބަދަލުކުރާށޭ ބަދަލުކުރާށޭ ބަދަލުކުރާށޭ ބަދަލުކުރާށޭ ބަދަލުކުރާށޭ ބަދަލުކުރާށޭ ބަދަލުކުރާށޭ ބަދަލުކުރާށޭ ބަދަލުކުރާށޭ ބަދަލުކުރާށޭ ބަދަލުކުރާށޭ
ރާއްޖެ އިން އިޒްރޭްލް ގައުމެއްގެ ގޮތުގައި ބަލައި ގަންނަން ފުރަތަމަ ތާއީދު ކުރީ މީނާ ޔޫ އެން ގައި ހުއްޓާ މިހާރުވެސް އިޒްރޭލަށް ފްރީކޮށް ވިސާ އޮވޭ އުމުރަށް މިކަން ނިކަން ދޮގުކޮށްބަލަ ދެން ނާސީރު ވެރިކަން ނިމި މައުމޫން ވެރިކަން ފެށުނު ތަނުން އަރިސް ރިޕަބްލިކަން އާރމީގެ ކުލީ ސިފައިން ގެނެސްގެން ސަރުކާރު ބައްޓާލަން އުޅުނީ ... ފޮރިން އިންވެސްޓްމަންޓް ބިއުރޯގައި ހުރި އިރު މީނާ ކާލީ ވަކި ވަރަކަށް ނޫން... އީޒެޑްގައި މަސްވެރިކަންކުރި މީހުން އަތުން ދެން އަންނި އިރުގައި ފޮރިން މިނިސްޓަރަކަށް ހުރެ ޚިޔާނާތް ވި ފައިސާ މިދިޔަ ސަރުކާރުން ދައްކަން ޔާމިން އެންގުމުން ފިލައިގެން ގޮސް ހުރީ ލަންކާގައި އަދިވެސް ފައިސާ ނުދައްކާ އިންޑީޔާއަށް ގޮސް ރާއްޖެ ހިފަން ގޮވާލި މިސަރުކާރުން އަޑިޕާކު ގައި ހަދާ ޕާކުން އެތައް މިލިއަން ރުފިޔާއެއް ކާލައިފި ސަންފްރަންޓްއިން ހިލޭ ދިން ލައިޓްތަކަށް ވަގު ބިލްތަކެއް ހެދީ 16މިލިއަން ރުފިޔާގެ ބަޖެޓަކުން ފެށި މަސައްކަތް މިހާރު 26 މިލިއަން ޚަރަދު ކޮށްފި މިކަން ލާހިކު ކުޅަދާނެއް ނޫން ދޮގު ކުރާކަށް މިކަން އޭސީ ސީ ބަލާއި ދީބަލަ އަންނިގެ މީހެއް ވީމާ ނުބަލާ ނުތިބެ ބަލަ ރާއީސް ވެސް މިވަރު މީހަކަށް މިނިސްޓަރުކަން ތިޔަ ދިނީ އަމީނަށް ވުރެ ގިނަ އިން ކާލާނެ ... މީނާގެ ބަފާވެސް އަމީން ދީދިގެ ވެރިކަމުގައި އެވަރަށް ކާލި ގޭގައި ވަޅުލައިގެން ފައިސާތައް ގެންގުޅުނީ މިކަންދަންނަ މީހުން އަދިވެސް މި މާލޭގައި އެބަތިބި
ހެޔޮ ނުވާނެ މުސްތަފާ ލުތުފީ އަށް ވެސް ވަޒީރު ކަން ދޭކަށް އޭނާއަކީ އަބަދު ހަނދާން ނެތިފައި ހުންނަ މީހެއް ހެހެ ވަޒީރުންގެ މަޖީލީހުގެ މެންބަރުން ގާތުގައި އޭނާ އިރު އިރު ކޮޅުން އެބަ އަހާ މަނިކުފާނު ކޮން މިނިސްޓްރީ އެއްގައި ތޯ އުޅެނީ ސަހަލު އެކަކު ނެތޭ ރައީސް އޮފީސް ތެރޭ
ކެރަފާ އާއިލާ ތިއީ ލާދީނީ ސަރުކާރަށް ބަލަދު އަރާފައި އޮންނަ ބައިގަނޑެއް. މިކަލޭގެ މިއީ ކެރަފާ ނަޝީދު ވެރިކަމުގައި ވެސް އެތަކެއް ޖަރީމާ ހިންގާފައި ހުރި މީހެއް.. މިކަަހަލަ ތާކުންތާކު ނުޖެހޭ ރޯނު އެދުރުން ލައިގެން ގައުމު ހަލާކުވެގެން މިދަނީ.
މައުމޫނު ކުރީ ޢާއިލީ ޚުދުމުޚުތާރު ވެރިކަމެއް. ރައްޔިތުން އެހެންވެގެންނޭ ކެނެރީގެއަށް ވެރިކަން ދިނީ. އެމީހުން އަބަދުވެސް މަސައްކަތްކުރާނީ ރައްޔިތުންގެ މަންފާއަށް. އާއިލާގެ މީހަކުވެސް ވެރިކަމާ ކައިރިއެއްނުކުރާނެ ރައްޔިތުންނަށް ދެރަވާގޮތަކަށް. ކަންކަން ކުރާނޭ ގޮތް ދަންނާނެ. ރައްޔިތުން އެދޭގޮތަކަށް ކަންކުރާނެ. މައުމޫނު ކާފަމެން އިހަށް ވެރިކަމާ ނުބެހި ދުރުގަތިބެބަލަ ރާއްޖެއަށް ވާގޮތް ބަލަން. ތަރައްގީ ކުރާނެ ފަތުއަޑުކިޔާފައި. ރައްޔިތުންގެ ލޯ ކަރުނައިން ފުރޭނެ އުފަލުން. ކެނެރީގެއަކުން ނުބަލާނެ ދެވަނަ ދައުރެއް ލިބޭނެކަމަކަށް. ކަންކޮށް ނިންމާލާފައި ދައްކާލާނެ.
މިގައުމުގަ ޒުވާނުން ނެތީބާ މިބޭގަނޑު މިވަޒީފާޔައް މި ލީ ކޮބާކިޔަވައިގެން ތިބި ޒުވާނުން 😡😡😡
ނަސީމަކީ އިބްރާހިމްނާސިރުގެ ވެރިކަމުގަ ޔޫއެންއައްފޮނުވީމަ ލާރިކޮޅަކައް ވޯޓްވިއްކާލައިގެން ވަޒީފާއިން ވަކިކުރިމީހެއް ނާސިރުގެޅިޔަނައްވީމަ އިތުރުއަދަބެއްނުދީބެހެއްޓީ މިފަހަރުކިހާވަރަކުން ދާނެބާ؟
ނަސީދުގެ މަސްލަހަތު އިސްކުރިމުގެތެރެއިން ވެރިކަމަށް އާ ދެވުނު ގޮތް ހަނ ދާން ނެތިއްޖެއެވެ ކޯލިޝަން ސަރުކާރެއްގެ
ސިފަގެއްލި އަމިއްލަ އަންބޮނޑި ބޮޑުކުރިމުގައި ފޫގަޅައިގެން ނުކުތީއެވެ. ބަލަށް ހެހެލާފައި ތިބި ނާގަބިލް މީހުން އިސް
މަގާމްތައް ދިނުމަކީ ރައްޔިތުންނަށް ޚިދުމަތް ދިނުމުގެ ރޫހުގައި
ކުރާކަމެއްނޫނެވެ.
މިމީހުން ހަޅޭލެވި ދެންތިބި މީހުނާދިމާލަށް، އާއިލީ ވެރިކަމޭކިޔާފަ. އާހިރަތުގަ މިމީހުން މިތިބީ ކޮންތާކު؟ ހުސްވަގު
ހެލްތު މިނިސްޓަރުކަމަށް ގިނަ ގައުމުތަކުގަ އައްޔަނު ކުރަނީ މެޑިކަލް ޑަކްޓަރުން ނުވަތަ ސިއްހީދާއިރާގެ މާހިރުން.މިއިންވެސް އެގެނި ދިވެހި ޑަކްޓަރުން ނަށްް ސިޔާސީމީޙުން އިތުބާރު ނުކުރާކަން.މަރު ކަމިޝަނުގަވެސް ޑޮކްޓަރަކު ނެތް.ފޮރެންސިކް އެކެސްޕާޓެއް ނެތްމިގަުައުމުގަ އިސްސަފުގަ މިހުންނެވީ ސައިންސަށް އަދި ސިއްހީމަހިރުންނަށް ތާއީދު ނުކުރައްވާބޭފުޅެއް.ރައިސް ސޯލިހެކޭ ރައިސް ޓްރަންޕެކޭތަފާތެއް ނެތް
22 ވަނަ ދުވަހު އިއްޒަތްތެރި ރައީސް ވިދާޅުވީ ޒުވާނުންނާނުލާ ގައުމު ނުހިންގޭނެކަމަށް! މިއާ ވިދިގެން މި ވަނީ 2020 ގެ ޒުވާން މިނިސްޓަރެއް ކެބިނެޓް އައްޔަން ކުރައްވާފަ! ސަނާ އާއި ތައުރީފް ސާލިހް، މޫރިތި ބަލަދުވެރިކަމުގެ ގުޅުމަށް!
ކުދިންކޮޅު މިހާރު ވަރަށް އުފާވާނެ! މީނާ ދުވަހަކުވެސް ލާރިޔަކު ނުޖެހޭނެ! ވަރަށް ތެދުވެރިވާނެ!
މިޔައްވުރެ މިކަމަށް ކުފޫ ހަމަވާ މީހަކު ނެތީތަ.. މިއީ މި ދާއިރާގެ މީހެއްވެސް ނޫން
ދިވެހި ރާއްޖެއަށް ބާޣީން ގެނައި ޖާހިލުންނަށް މިއަދު އެ ދަނީ ބާރުތައް ދެމުން
މިސޮރަކީވަރައްހާލުގައުޅޭސޮރެއް މާލޭގައޮތްގޯތިގަނޑުވެސް ހާލުގަޖެހިގެން ވިއްކާލާފަވީ އެހެންވީމަ މިސޮރައްކޮންމެސް ގޮތެއްހޯދައިދޭން އެބަޖެހޭ މިކަންގޯހެއްނޫންކަންނޭގެ
މީ ދެން ކޯއްޗެއްކިޔަވައިގެން ހުރި ކާކު މިފަދަ މަގާމަކަށް ލާން.؟؟؟ މީ ދިވެހި ރައްޔިތުންނާކުރި ޖެއްސުމެއްތަ؟؟؟ ކެރަފާ ބާގީ ނަސީމޫ ކަލޭ ލަދެއް ނުގަނޭތަ؟ މި ދިވެހި ފަސްގަނޑުގަ ހުންނަން..
ތިޔަބޭރުކޮއްލީ ބޮޑުނުފޮރައްޕާނެއް.!! ޢިބޫ މިނަގެ އުދަގުލުން ސަލާމްވެއްޖެ. މީނަބުނާގޮތަށް ހުރިހާކަމެއްކުރަންޖެހެނީ. އަދިވެސް ރައީސްއޮފީސްތެރެއިން ބޭރުކުރަން ޖެހޭ މީހުން ބައިވަރު. ޕްރިޕެއިޑް ތައްވެސް އުޅޭނެ.
އަމީން އަނބުރާ ގެނޭ ހެޔޮނުވާނެ
ޢެކަހަލަ ރާތަށި ބޯމީހެއްނޫން މީހަކު ނުވީތަ އެފަދަ މަގާމަކައްލާން ހެދުނުތެދުވެވެސް އަވަހަށްބޯނީ ރާތަށްތެއް ތިއޮތީ ގައުމު ހިންގިފާ ކެރަފާ ސައްތާރުގެ ބުއްޅަބެޔާ ކެރަފާ ނަސީމް ވީމަ ތިނިމުނީ ދިވެހިން ވިސްނާތިބޭ މިނުލަފާ ނުބައި ދެޚާއިނުންގެ ކިބައިން އަލަމެން ސަލާމަތް ކުރައްވާދޭވެ. އާމީން
މީނަޔަށް އިޚުލާސްތެރިކަމައެކު މަސައްކަތް ކުރިމީހުން މިސަެުކާރު އައުމާއެކު މީނަ ހަދާނެއްނެތް ފޯނުކުރިޔަށް ފޯނަކަށް ޖަވާބެއްނުދޭ އެކަހަލަ މީހުންނަށް މިނިސްޓަރު ކަން ދިނީމަ ވާނެގޮތްއެގޭނެ