އާ ހެލްޓު މިނިސްޓަރ އަހުމަދު ނަސީމް (ކެރަފާ ނަސީމް) ނަތީޖާ ނެރެ، ތަފާތު ދައްކަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓަރ ކަމުގައި ހުންނެވި އަބްދުﷲ އަމީން މިދިޔަ އަންގާރަ ދުވަހުގެ ރޭ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެބިނެޓުން ހުސްވި އެ މަގާމަށް ނަސީމް އައްޔަން ކުރެއްވީ މިއަދެވެ.

ރައީސްގެ އެ ނިންމެވުމަށާއި ނަސީމްއަށް މަރުހަބާ ދެންނެވުމުގެ ގޮތުން ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި ދަނޑިވަޅުގައި ރާއްޖޭގެ ސިއްހީ ދާއިރާއަށް ތަޖުރިބާ ހުންނެވި ނުހަނު ބޮޑު ހިންގުތެެރިއެއް ބޭނުންވެފައިވާ ކަމަށެވެ.

އެފަދަ ދަނޑިވަޅެއްގައި ރައީސް ސޯލިހް ނިންމެވީ ވަރަށް ރަނގަޅު ނިންމެވުމެއް ކަމަށާއި މިނިސްޓަރ ނަސީމް ތަފާތު ދައްކަވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ނަޝީދު ލިޔުއްވާފައިވެއެވެ.

ހެލްތު މިނިސްޓަރު ކަމަށް އައްޔަން ކުރައްވަން ދެން މި ސަރުކާރުގައި ނަސީމް ހުންނެވީ ރައީސް އޮފީހުގެ މިނިސްޓަރެއްގެ މަގާމުގައެވެ. އެމްޑީޕީގެ ފުރަތަމަ ސަރުކާރު، ރައީސް ނަޝީދުގެ ވެރިކަމުގައި ފޮރިން މިނިސްޓަރުކަން ވެސް ނަސީމް އަދާ ކުރެއްވިއެވެ. ނަސީމަކީ ރައީސް ނަޝީދުގެ އާއިލީ ބޭފުޅެކެވެ.

އަމީންެ މިނިސްޓަރު ކަމުގައި ހުންނެވީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައެވެ. އެހެންކަމުން އެ މަގާމަށް ދެން ވެސް އައްޔަން ކުރައްވާނީ އެ ޕާޓީގެ އިސް ބޭފުޅެއް ކަމަށް ބެލެވުނެވެ. އެކަމަކު ކެރަފާ ނަސީމްއާއެކު އެމްޑީޕީއަށް ކެބިނެޓްގައި އިތުރު ގޮނޑިއެއް ލިބުނީއެވެ

ހެލްތު މިނިސްޓަރުގެ މަގާމުން އަމީން އިސްތިއުފާ ދެއްވީ، ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ ބައެއް މެންބަރުން ވެގެން އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަަޖިލީހަށް ވައްދާފައިވަނިކޮށެވެ.

އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް އެމްޑީޕީގެ ބައެއް މެންބަރުން ވެއްދީ، ކޮވިޑް-19ގެ ބަލީގެ ފަރުވާއަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި ހެލްތު މިނިސްޓްރީގެ ތެރެއިން ހިޔާނާތްތެރިވި މައްސަލާގައި އަމީން ވެސް ޒިންމާ ނަގަން ޖެހޭ ކަމަށް ބުނެއެވެ.

މި މައްސަލައާ ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމާ މެދު ގޮތެއް ނިންމަން ހުށަހެޅުއްވީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްއަށެވެ. 31 މެންބަރުންގެ ވޯޓުން ފާސްވީ މައްސަލަ ހުށަނާޅާ ގޮތަށެވެ.

މައްސަލަ ހުށަހަޅަން ވޯޓު ދެއްވި 27 މެންބަރުންގެ 24 މެންބަރުންގެ ސޮޔާއެކު އެ މައްސަލަ މަޖިލީހަށް ހަމަ އެ ދުވަހުގެ ރޭ ވެއްދީއެވެ. އެއީ މުޅިން ވެސް ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެންބަރުންނެވެ.

އަމީން މަގާމުން އިސްތިއުފާ ދެއްވިއިރު، ވެންޓިލޭޓަރުތަކުގެ ހިޔާނާތުގެ މައްސަލާގައި އަމީން ހިމެނޭ ގޮތަށް ހެލްތު މިނިސްޓްރީގެ 11 ބޭފުޅެއްގެ މައްޗަށް ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮނުވިއެވެ. އެކަމަކު އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ ޕްރޮސެކިއުޓާ ޖެނެރަލް ނިންމީ ދައުވާ ނުކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ކޮވިޑް

    ހަމަޔަގީން ތީ ހަމަހޭގަ ހުރެ ނޫނީ ހިނދު ކޮޅުގަ ހުރެގެން ނަމަވެސް ހެދުން ވަރަށް ބޮޑު ތެދެއް.ޔަގީނުންވެސް އަމީން އަށް ނުގެންދެވި ހުރި އެތި ކޮޅު މިފަހަރު ނުހުންނާނެ.ހަމަ ދަވާ ހުސް ކޮށްލާނެ ދޯ ސޮނިބޭ؟؟؟؟؟؟؟

    42
  2. މޯދީ

    ކޮންތަފާތެއް ދެއްކޭނީ. ރައީސް ވި ދާޅުވަނީ ޒުވާނުންނަށް އިސްކަން ދެއްވާނަމޭ. ޒުވާނުންނަށޭ ގައުމު ކުރިއަށް ގެން ދެވޭނީ. އެކަމަކު މަޤާމުތަކަށް މިލަނީ އަރުޒަލިލް ޢުމުރަށް ގޮސްފަތިބޭ މީހުން. ނަޝީ ދުގެ ކިބައިން ސަލާމަތް ނުވެގެން އުޅޭ ކިނބުލަކަށް ކުރެވޭނެ އެއްކަމެއްވެސް ނޯންނާނެ. ވަރަށް ސަލާމް.

    67
  3. ސިނެކް

    ކައުންސިލް އިންތިހާބު ގަ ދެންލަލަލާ

    37
  4. ހުދުކާޅު

    އިތުރު ތަފާތެއް ނުދެއްކޭނެ. ތަފާތެއް ދެއްކޭނީ ކުރިޔަށްވުރެ ބޮޑެތި ކޮންޓެކްޓް ތަކުން ޤައުމަށް ގެނެސްދޭ އިކުއޮމެންޓަކުން . ޢެއީ ހަމަތިޔަނެރޭ ނަޒާހަތްތެރިކަމަކީ. ދެންތަފާތަކަށް ފެންނާނީ ކިތަންމެ ބައިވަރެއް ދަވާލިޔަސް މަޖިލީސް އޮންނާނީ އޯކޭގައި.

    26
  5. Anonymous

    ވައްކަމާއި ފަސަދައިން ތަފާތު ދައްކަވާނެ. މުޅި ގައުމުގެ ހަލާކު ސިއްކަ ދަރިކޮޅު

    40
  6. ޞަގުމް

    ތީ ބޮޑު ބަގީއެއް މިގައުމަށް ބޭރުގެ ސިފައިން ފޮނުވަން ގޮވި ގައްދަރެއް ޓުއަރިޒަމް ބޮއިކަޓް ކުރަން ގޮވި އަނިޔާވެރިޔެއް ކެރަފާ މީ ބުރޭންޑެއް މިގައުމުގެ މިނިވަންކަން ނަގާލުމާ އެއިރެއްގަ އޮންނަ ވެރިކަމމަކާ ދެކޮޅަށް ބަގަވަތުގެ އަޑީގަ ތިބޭ ޚާއިނުން ތީ ެ

    38
    1
  7. ކެރަފާ

    ތަފާތު ދައްކާނެ. ކެރަފާއިން ނަކީ މިގައުމުގެ ވަރަށް ރަނގަޅަށް ތަފާތު ދައްކާފައިވާ ބައެއް. ގާސިމް ކެނޑި ކަޑުލުގެ ހިތިފިލަނީ މިހިރަގެން. ދެން ވަޅުދިޔަ ހިއްކާ ވަޒީރު ބޭރުކޮށްފައި ސޭކު އިމްރާންގެ އެމްޑީޕީއަށް ސޮއިކޮށްލީމައި ހުރިހާ ކަމެއް ހުންނާނީ ފުރިހަމަ ވެފައި.

    29
  8. ރިހާކުރުކުޑޭ

    ތިއޮތީހުރިހާކަމެއްނިމިފަ .. އެހެންޕާޓީއަކަށްނުދޭނެފުރުސަތެއް!

    26
  9. ސާމިޔާ

    ދެންމިހާރަކު ކާއަނގައެއްނުފެންނާނެ.. ކޮބައިތަކޯލިޝަން ؟

    25
  10. ރަބަރޭ

    ދެން ބޭރުކޮށްލާނީ ޒަހާ
    އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް

    29
  11. ހުސޭނުބޭ

    ޔަޤީން ދައްކަވާނެ! މިހާތަނަށް ނުރެވި ހުރި ހުރިހައި ވައްކަމެއްވެސް ކޮށް ނިންމާލާނެ!

    24
  12. ރިމް

    ނަސީމް ގެ އުމުރަކީ 78 އަހަރު ކިތައްމެ ހަންގަޑު ބާރަސް!... މީ ތަ އެކިޔާ ޒުވާނުން ނަކީ!

    25
  13. މުހައްމަދު އަންޖުމް

    ޗީޗީ އެއްކަލަ މުއްލާބާޣީ މިޔޮށްޒުވާނުން ތަކަށް މަގުފަހި ކޮށްދޭކަމަށް ދައުވާކުރާ ވަގުސަރުކާރަށް މިޔަށްވުރެ ގާބިލް މީހެއް ނުވީބާ ނޫނީ ނުފެނުނީބާ ތެދެއްބުނެއުޅެނީ ވަގުންނަށް ވާނީ ހަމަވަގުން ވަގުސަރުކާރަކަށް ކުރެވޭނީ ހަމަވައްކަން އެހެންވެ ބޮޑުބާޣީ ދުވަސްވީ މީހަކު މިގެނައީ މިޔޮވެދާނެ ބަޔަކު ދެން މަސައްކަތްދާނީ ބަރަވެލީގެ ދުވެލީގައި ހެހެހެ

    11
  14. Mahujanu

    ކުޑަ ރަށެއްގަ (ބ.އަތޮޅު ކަމަ ދޫގަ) ފަހާ ފެކްޓަރީއެއް ނުހިންގުނު މީހަކަށް މުޅި ދިވެހި ރައްޔިތުންގެ ސިއްހީ ނިޒާމް ބެލެހެއްޓޭނެ ގޮތެއް ނޯންނާނެ. ޒުވާނުންނަށް ދޯކާ ދީފަ މިނިސްޓަރުކަން ހެލްތަކީ ކޮބައިކަން ނޭނގޭ ރިޓަޔާކުރަންޖެހޭ އުމުރުގެ ކާފައިންނަށް. ކުރިއަށް އޮތް އިންތިހާބުތަކުން ޒުވާނުންގެ އަޑު އިވިގެން ދާނެ.

    14
  15. މިއަދު

    މިއީފަހެ ބާގީންގެ ސަރުކާރެއްތަ 3 ނޮވެމްބަރގެ ބަޣާވާތުން ގެނެވުނު ސަރުކާރުދޯމިއީ

    12
  16. މުންތާޒު

    ކެނެރީގޭ މުގާބޭ ބޭނުންގޮތްވީމަ އޭނަގެ ދެދަތަޕިލަ ނުޖެހޭނެ ދެން ކެރަފާ ނަސީމު ކާނެވަރަކަށް ކާންވީ އޭނާކެޔަސް ރަގަޅުވާނެ އެރަކުން މަޖިލީހަކުން އެމަސްއަލަ ނުބަލާނެ އެމަސްއަލަ ބަލަން އެމްޑީޕީ އަކަށް ނުކެރޭނެ ޚެނެރީގޭ މުގާބޭގެނުގަބޫލުގަ މަސްއަލަ ހުސަހަޅަންކެރޭނެ އެއްވެސް މެންބަރަކު އެޕާޓީގަ ނުހުންނާނެ މީނަ މަޖިލީހުން ބޭރުކުރަން ޖެހެނީ މީނަގެ ރައީސް ކަމުގަކޭ ރައްޔިތުންގެ ފައިސާގެ މަސްއަލަ ހިށަހަޅަން ޕީޕީއެމް އާއި ޕީއެންސީ އަސް ގޮވާލަން

    10
  17. ދދދ

    ތިޔަ ތަފާތު ބަލަން މިތިބީ. ތިކަން ނުވެގެން އުޅުނީ. ގަތް އާއިލީ ވެރިކަމޭ މީގެ ކުރިން ކިޔަމުން ދުވެނެގީ ކޮން އެއްޗެއް ބޮއެގެންބާ

    12
  18. މުހަންމަދު

    މީނާ އަކީ 1980 ވަނައަހަރު، އޭރު މައުމޫނު ސަރުކާރު ވައްޓާލަން ބޭރުން ކުލީ ސިފައިންގެ ބަޔަކު ހަތިޔާރާއި އެކު ރާއްޖެނެނައި މީހެއް، މައްސަލަ ސާބިތުވެ އުމުރަށް ޖަލަށްލި..ޚުދު މީނަގެނައި ބޭރު ކުލީސިފައިންގެ އިސްކޮށް ތިބި މީހުން ފަހުން އައިސް ތަހުޤީޤަށް އެއްބާރުލުން ދީ، ނަސީމުގެ ވާހަކަ ކިޔައިދީފައިވޭ....އަދި އެފަހަރު ޖަލުގައި އިދެ، ޖަލު ޑިއުޓީއަށް ދިޔަ ސިފައިންގެ ބަޔެއްގެ ބޮލަށް އެރި ސިފައިންގެ ތެރޭން ސަރުކާރު ބަދަލު ކޮށްލަން ރޭވި، މިދެކަންތަކުންވެސް މާތްﷲ ދިވެހިން ސަލާމަތްކޮށް ދެއްވި....ނަތީޖާ އެއްގެ ގޮތުން އޭރު ސިފައިންގެ ތެރޭން ޓްރޭންޑް ގިނަ ބަޔަކު ކަޑާލަން ޖެހުނު.

  19. Anonymous

    19 ދިވެހިންގެ ލޭބޯލި ބޮޑުވަގު އިސްތިޔުފާ

  20. މުޅި

    މުޅި މިގައުމުގަ ކެރަފާ ދިޔުޅި އިޒްރާއިލް އުފައްދަން ވޯޓުދީ މުޅި ރާއްޖެ ލަދުގަންނަވާ މުސްލިމް އުންމަތް ރޮއްވާލި އިޒްރޭލުގެ އެކުވެރިޔާ

  21. ބޯގޯސް

    އެތާގެ ތިޖޫރީ މީގެ ފަހުން އިންސި ކިޔާފި މީހަކައް ދެނެއްނުފެންނާނެ އެހާވެސް ކުޅަދާނަ ވަގެއް ތިޔައި ސާބަހޭ ސޯލިބޭ ޒިރޯ ބޮލުރޮދި

  22. އަހްމަދު

    ތަފާތުދައްކާނެކަންއެނގޭ މިދިވެހިރާއްޖޭގަވެސްހުރި އެނަމެ ކޮރަޕްޓްމީހާއައް މިނިސްޓަރުކަންދެއްވީމަ ތަފާތުދައްކާނެކަން ސައްކެއްނެތީ އެނގޭކަމެއް

  23. ޒަކިއްޓެ

    ދިވެހި ރައްޔަތުންނަށް ވަރަށްވެސް ބޮޑެތި ތަފާތުތަކެއް މި ފެންނަނީ ...މިހާރަކު އާއިލީ ވެރިކަމެއް ނުފެންނާނެ..މިހާރު ޖުޑިޝަރީ މާބޮޑަށްވެސް ތަފާތުވާނެ..މިނިވަންވެސް ވެފަ އެއޮތީ...ވައްކަމެއްވެސް ނުކުރާނެ....އެވެރިން ބުނިގޮތަށް ބޮޑު ހިލަޔާއި ބަނޑދަރާއި ކޮންކުރީޓް އެއީ ތަރައްގީއެއްނޫން..ތަރައްގީ އަކީ އިންސާނާގެ ހިތޭ ބުނީ..އެހެންވީމަ ހިތައް އަރުވަންވީ މީމަށަށް ހުރިގޮތޭ...ހައްހައް

  24. ނަސިންތޭ

    އެކަން އެނގޭނެނޫންތޯ މުޅިދުނިޔެއައްވެސް އިސްރޭލް އުފަންވީކަމައް ބުނެ އުޅެނީ ތިޔަމީހާވޯޓް ލައިގެން ކަމައްވަނީ އެހެންވީމަ ކިހާވަރެއް ދައްކާލާނެ