ޅ.އަތޮޅުގެ ބައެއް ރަށްރަށަށް މިއަދު ހެނދުނު "ބިންހެލުމެއްގެ" އަސަރުކޮށްފި ކަމަށް އެރަށްރަށުގެ ބައެއް މީހުން ބުނެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ހިންނަވަރު، މާފިލާފުށި، ކުރެންދޫ އަދި ރިސޯޓަކަށް ލޮޅުމެއްގެ އިހްސާސް ކުރެވުނު ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.

ނަމަވެސް މީޓިއޮލޮޖީގެ ސިސްޓަމްތަކުން ބިންހެލުމެއްގެ ގޮތުގައި ޑިޓެކްޓް ކޮށްފައި ނުވާ ކަމަށާއި ސިސްޓަމްތަކުގެ މައުލޫމާތު އިތުރަށް ދިރާސާ ކުރަމުންދާ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ.

އެއިދާރާ އިން ވިދާޅުވީ ރާއްޖެ އާއި ކައިރި އެއްވެސް ހިސާބަަށް ވެސް އެވަގުތު ބާރުގަދަ ބިންހެލުމެއް އައިސްފައި ނުވާ ކަމަށެވެ.

ހިންނަވަރުން "ވަގުތު" އަށް މައުލޫމާތު ދިން މީހުން ބުނީ މިއަދު ހެނދުނު އެރަށުގެ ބިންގަނޑު "ވައިބްރޭޓްވި ކަމުގެ އިހްސާސް ވަރަށް ގިނަ ބަޔަކަށް ކުރެވުުނު" ކަމަށެވެ.

މިލޮޅުމުގެ އިހްސާސް ކުރެވިފައި ވަނީ މިއަދު ހެނދުނު 06:30 އާއި 06:45 އާއި ދެމެދުގައި ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އަށް އެކި ރަށްރަށުން ރިޕޯޓް ކޮށްފައިވެއެވެ. ޅ.އަތޮޅުގެ ރަށްތައް ފިޔަވައި އެހެން ސަރަހައްދަކަށް މިލޮޅުން އިހްސާސް ކުރެވުނު ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ބިންހެލުމެއް ކަމަށް ބަލާ މިންގަނޑުތައް ހަމަނުވި ނަމަވެސް ލޮޅުމެއް އައިސްފައިވާ ކަމަށް ބައެއް ރަށްތަކުން ބުނާއިރު ކަނޑުއަޑީގެ ބިންގަނޑަށް ހާދިސާއެއް ދިމާވެފައި ހުރެދާނެ ކަމަށެވެ.

މިލޮޅުގެ ސަބަބުން ސުނާމީއެއް އުފެދުމުގެ ނުރައްކަލެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ނައިފަރޭ

    ނައިފަރަށްވެސް އަސަރު ކުރި. މަށަށްވެސް އިހުސާސްވި.

  2. ނައިފަރޭ

    ނައިފަރުގެ ގެޔެއްގެ ބޭރުފާރުވެސް ކަނޑައިގެން ގޮސްފަ އެބަހުރި!

  3. ނައިފަރު

    އަހަރެންވެސް ލޮޅުމުގެ އިހްސާސް ކުރިން

  4. ނައިފަރު

    ނައިފަރަށްވެސް

  5. ހިހި

    ސިސްޓަމަކަށް ނޭނގެ. ސެންތަރަކަށް ނޭނގެ. ދެންކޮންވާހަކައެއް ދައްކާކަށް. އަދިވެސް ޔަހޫދީންގެ މޮޅު ސިސްޓަމްތައް ގަނެގެނތިބޭ. ކޮން ސުނާމީއެއްގެ ވާހަކަ

    • ކާފަރު

      އެކޮއި ރޯއްދަ ވީއްލަން އުޅޭ އަވަހަށް!

    • ކޮޔާ

      ބިންހެލުމެއް ނޫން އެއީ އެހެންވީމަ ސިސްޓަމަކަށް ނދައްކާނެ. ރަންގަޅަށް ދެކޮޅު ބަލާފަ އަނގަ ތަޅާތި މިއޮއްފަދަ ރޯދަމަހު، މީހަކު އެއްޗެކޭ ލިޔާ އިރަށް މި ކޮމެންޓު ކުރަނީ

  6. މާލެމީހާ

    މާލެއަށްވެސް އިހްސާސްވި

  7. ޓްރަންޕް

    ސިސްޓަމްތަކެއްވުރެ ޔަގީންވާނެ އިނސާނުންގެ ހިއްސު. އެހެން ނޫނަސް ތި ސިސްޓަމްތަކަކީ ދުވަހަކުވެސް ރާއްޖެއަށް އަންނަ ލޮޅުން ޑިޓެކްޓް ކުރާއެއްޗެއް ނޫން. އަބަދުވެސް އެނގޭނީ ރާއްޖެއިން ބޭރަށް އަންނަ ލޮޅުން

  8. ބުއްލޯ

    ނައިފަރު ހުކުރު މިސްކިތް ގޯތި ތެރޭގައި ހުރި ނިއުކުލިއަރ މިސައިލް ދިމާލަކަށް ފޮނުވާލީތަ

  9. ނައިފަރިއަން

    އަވަސްއިން ދިރާސާ ރިޕޯޓެއް ހަދާލަން ވަރަށް ރަނގަޅު މަޢުލޫއެއް...

    "ޅ.މާބިންހުރާ ފަރު ޑައިނަމައިޓް އަޅައިގެން ގޮއްވުމުގެ ސަބަބުން އެއަތޮޅުގެ ގިނަ ރަށްރަށަށް ލޮޅުމެއްގެ އަސަރުކޮށްފި"

    މާބިންހުރައިގެ ފަރު ގޮށްވާތާ ވަރަށްގިނަ ދުވަސްތަކެއް ވެއްޖެ....
    މިކަމުން ތިމާވެށްޓަށް ކުރާނެ އަސަރު....

  10. އާރު

    ހިންނަވަރަށް ވަރަށް ބޮޑަށް އިހުސާސް ވި އަޅުގަޑަށް ނިދާފަ އޮވެފަ ހޭވެސް ލެވެުނު ސިއްސައިގެންގޮސް ، ގެއެއްގެ ކަބަޑުވެސް ވެއްޓުނު.

  11. ޗަކޮއި

    ތަނެއް ސުައްނާފަތި ވިޔަސް ހަމަ ބަޚަބަރު

  12. އެކޮޅުމިކޮޅު

    ބިންހެލުމެއްގެ ކަމަކަށްވެސް ވެދާނެ...އެއްގޮތަކަށްވެސް ރާއްޖޭގެ ކަމާބެހޭ މުއައްސަސާއައް ނުއެނގުންގާތީ...އެވެރިން މިހާރު ފޯކަސް އޮތީ 2018 ގެ އިންތިހާބަށް.

  13. މާމިގިލީ މީހާ

    މާމިގިލި އަށް އަދިވެސް ހަމަ ލޮޅުމުގެ އިހުސާސްވޭ...

  14. އަލިކޮއި

    ނައިފަރަކަށް ނުވޭ. މަ އުޅުނީ ހޭލައި އެގަޑީގައި.

  15. ފަރީދާ

    ޅ އަތޮޅު މީހުން ރޯދަނުހިފާ ކާތީ ކޯފާއެއް އެއީ.. ދެން އަންނާނީ ބޮޑު ލޮޅުން.. ވިސްނާބަލަ ރާއްޖޭގެ ހުރިހާ އަތޮޅެއް ހުއްޓަ ހަމަ ޅ އަތޮޅު އަށް ބިންހެލުން އަންނާވީ ކީވެގެން.. ހަމަ ހިސާބައްވުރެ ނުލަފާ ވީމަ.

    • ފޯއް ބަސްދާ

      އެކޮއެ، ތިޔައީ އެއްގޮތަކަށްވެސް ކަމުދާ ވިސްނުމެއް ނޫން. ﷲ ގެ ކޯފާ ކޮންމެ ބަޔަކަށްވެސް ކުރިމަތި ކުރުވަފާނެ. ނަމަވެސް ބިންހެލުމެއް ސުނާމީ އެއް ކުރިމަތިވާ ކޮންމެ ފަހަރަކީ ވަކި ބަޔަކު އުރެދިގެން އަންނަ ކޯފާއެކެ ނުބުނޭ. ތިޔަހެން ވާހަކަ ދެއްކުމުން ދޭދޭ ފަރުދުންގެ މެދުގައި ހަމަނުޖެހުން އުފެދިގެން ދާނީ. މަސްލަހަތް އިސްކުރަންޖެހޭ. މީ ކުޑަކުޑަ ޖަޒީރާ އެއް މަދު މީސްކޮޅެއް އުޅޭ ނިސްބަތުން އަހަރުމެން އެންމެނަކީވެސް އެއްބައިވަންތަ ބަޔަކަށް ވަމާ. ހެވާ ރަނގަޅު ވަކިކުރަން އެނގޭ ފާޙިޝް ކަންކަމާއި މުންކަރާތްތައް ނަހީކުރާ ހެޔޮލަފާ ބައެއްކަމުގަ ވަމާ.

  16. ހުޅުދޫ

    ރާއްޖޭގެ މިޓިއޮރުލޮޖީ ސިސްޓަމުގައި ރެކޯޑްކުރެވެނީ އެމެރިކާއަށް އަންނަ ބިންހެލުން ތަކުގެ ލޮޅުންތައްތޯ؟

    • ޔޯބުރޯ

      އޭ މަށަށްވެސް ލޮޅުމެއް ގެ އަސަރު ފީލްވޭއެބަ.