ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެބިނެޓުން ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއަށް ގޮނޑިއެއް މަދުވުމާއެކު، އެ ޕާޓީގެ ނައިބު ރައީސް އަހުމަދު ސައުދު ޓްވީޓާގައި މި ސަރުކާރަށް ކުރު ސުވާލެއް އަމާޒު ކުރައްވައިފިއެވެ.

ކެބިނެޓުން ޖޭޕީއަށް ގޮނޑިއެއް މަދުވެގެން ދިޔައީ އެ ޕާޓީގެ ސްލޮޓެއްގައި ހެލްތު މިނިސްޓަރު ކަމުގައި ހުންނެވި އަބްދުﷲ އަމީން އިސްތިއުފާ ދެއްވުމުން، އެ މަގާމަށް އެމްޑީޕީއަށް ނިސްބަތްވާ އަހުމަދު ނަސީމް (ކެރަފާ) އައްޔަން ކުރެއްވުމުންނެވެ.

މި ކަމާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އާއިލީ ބޭފުޅެއް ކަމުގައިވާ ސައުދު ކުރެއްވި ޓްވީޓެއްގައި ވަނީ "ކޯލިޝަން؟" މި ގޮތަށް ލިޔުއްވައި ވެރިކަން ކުރާ ކޯލިޝަން ކޮބައިތޯ ސުވާލު އުފައްދަވައި ލިޔުއްވާފައެވެ.

ރައީސްގެ މި ނިންމެވުމާ ގުޅިގެން ޖޭޕީއިންނާއި ޕާޓީގެ ލީޑަރު ގާސިމް ރަސްމީކޮށް އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. ރައީސްގެ ނިންމެވުމަށް ޖޭޕީގެ ސްޓޭންޑަކީ ސީދާ ކޮބައިކަން ސާފެެއް ނޫނެވެ.

އަމީނަކީ ރައީސް ސޯލިހްގެ ކެބިނެޓުން އިސްތިއުފާ ދެއްވި ތިންވަނަ ވަޒީރެވެ. މީގެ ކުރިން އަދާލަތު ޕާޓީގެ ސްލޮޓެއްގައި ޖެންޑާ މިނިސްޓަރު ކަމުގައި ހުންެނެވި ޝިދާތާ ޝަރީފްއާއި، އެމްއާރުއެމްގެ ސްލޮޓެއްގައި ހައުސިން މިނިސްޓަރު ކަމުގައި ހުންނެވި އައިމިނަތު އާތިފާ އިސްތިއުފާ ދެއްވިއެވެ.

މީގެ ތެރެއިން އަދާލަތު ޕާޓީގެ ސްލޮޓްގައި އޮތް ޖެންޑާ މިނިސްޓަރުކަން ދެއްވީ އެއްވެސް ޕާޓީއަކަަށް ނިސްބަތްނުވާ ރައީސް އިހްތިޔާރު ކުރެއްވި އައިޝަތު މުހައްމަދު ދީދީއެވެ.

އެމްއާރުއެމްގެ ސްލޮޓްގައި އޮތް ހައުސިން މިނިސްޓްރީ އުވާލައި އެ މެންޑޭޓް ޕްލޭނިން މިނިސްޓްރީއަށް ލީއެވެ. ޕްލޭނިން މިނިސްޓަރަކަށް ހުންނެވީ އެމްޑީޕީގެ ސްލޮޓެއްގައި މަގާމަށް ވަޑައިގަތް މުހައްމަދު އަސްލަމްއެވެ.

އެހެންކަމުން ސަރުކާރު ކެބިނެޓް މިހާރު އެތުރިފައިވާ ގޮތް ބަލާނަމަ، އެހެން ޕާޓީތައް ނިސްބަތްވާ މިންވަރު ކުޑަވެ އެމްޑީޕީގެ ނިސްބަތް މި ވަނީ އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ކާފަބޭ2020

    ދެންތިޔާހެންކިޔާލަކިޔާލާތިބޭ ތިޔާތިބީރަނގަޅަށްނަގޫތައްގޮށްޖެހި ނުވިތާކަށް ތުންމަޅިވެސްއެޅިފަ ކާސިމަށްތިޔާހަރީ ރޭދުވާވަކިނުވާވަރުވެފަ ކާސިމުގަޔަށްކަށިހެރުނީކިތައްފަހަރުތޯ؟ ވީމާ މިހާރުރިޔައީ...ނެކޭކިޔޭނެތޯ؟ ތިޔާތިންކައްތިރިއަށް ބޯކޮށްސަލާމް!!!!

    27
  2. އަހުމަދު

    ސައުދު މެން މި މަޅީގައި ރަނގަޅަށް ތިޔަ ތިބީ ޖެހިފައި 2023 އަންނަ އިރު ހުސް އަތާ ތިބޭނީ ދެން ކަރަށް މަޅި ދާނީ ބާރު ވަމުން އަދިވެސް އޮޑިން ފުންމާލާކަށް ނުވޭތަ މިހާރު މައުމޫންގެ އެއް މިނިސްޓްރީ އުވާލި އަދާލަތުގެ އެއް މިނިސްޓްރީ ގެއްލިއްޖެ ޖޭޕީގެ އެއް މިނިސްޓްރީ ގެއްލުނީ ސަހަލު ގޮތަކަށް ނުދާނެ ވިސްނާ ފިކުރު ކޮށްބަލަ ޔާމިނާ ދެކޮޅަށް ތެދުވެވެނު މޮޔަ ހިތަށް އަރާދޯ ގާސިމޫ ގާސިމޫ ގާސިމޫ އިންނާނެ ކުދިން ލިބުނަސް މިނިސްޓަރުކަމެއް ނުލިބޭނެ ދާނީ ގޮނޑިތައް ހުސްވަމުން މިހާރު އަނބި ކަނބުލޭގެ މިނިސްޓްރީގެ ކަރަޕްޝަން އެބަލަން ފެށީ ....ހެ ހެ ގަރާޖް ކަރަޕްޝަން

    21
  3. މަހާ

    މިހާރު ދެން ކޮން ކޯލިޝަނެކޭ ގޮވާކަށްތަ،
    މި ހުރިހާ ކަމެއްގެ ޒިންމާ އުފުލަން ޖެހޭނީ ، މައުމޫނާ ، ޤާސިމާ،

    34
    1
  4. ހަނި

    މިހާރު މިފެސުނީ އެމްޑީޕީ މީހުންވަޒީރުކަމަށްގެންނަން ދެން އޮތީ އިމްރާް ވަޒިރުކަމުގާހުންްނަަބެނުމިޔާ އެމްޑީޕީ އަށް ސޮޔެކުރާށެވެ އެހެންނުނިޔާ ވަކިކޮށްލާނަމެވެ މިފެސުނީ ސައިޒަށް ކަޑާލުމުގެ ސިލް ސިލާ ދެން 3ލީޑަރު.އަގަބަ ދު ކޮށްގެން ބަސް އަހާގެންތިބޭށެވެ ތިއިތިބީ ރާކަނިމަސްކެވިފާ

    26
    1
  5. ސައީދު

    ދިވެހިރާއްޖޭގެ ވެރިކަން ހިންގަންވާނީ ޤާނޫނު އަސާސީގައި ކަނޑަަޅާފަިއ އިންނަގޮތަށް ކޯލިޝަނަކޭ ކިޔައިގެން ރައްޔިތުން އަޅުވެތި ކުރަން ނޫޅުމަށް މަހުޖަނު ސޭޓަށް އިލްތިމާަސް ކުރަން. ޅައަންހެން ކުއްޖަކު ހުރިއްޔާ ކާވެނި ބެއްލޭތޯ ބައްލަވާ.

    7
    1
  6. ސލ

    ޖޭޕީ ސަރުކާރު ކޯލިޝަނުން ވަކިވެ އި ދިކޮޅާ ގުޅެން ޖެހިއްޖެއެވެ ވެރިކަން ލިބުމުން ހަރާންކޯރުވުން ބޮޑުވެ
    ކޯލިޝަނުގެ އެހެން ބައިވެރިވީ ގުރުބާނީ ހަނ ދ ދާންނެތި
    ދުނިޔެ ރަން ވެއްޖެފަހަކު ކޯލިޝަނުގައި ދ ދެމި ތިބުންމެއް
    ނެތެވެ.

    8
    1
  7. މާމީ

    ގާސިމް ހަނގު އަންބައް ނުދީ ނަސީމުއައް ދިނުމަކީ އިންސާފެއް ނޫން.

    14
  8. މޫސަ

    ތިޔަ ފެންނަނީ ރައީސް ސޯލިހުގެ ސޯލިހުކަން
    ނަމުން ސޯލިހު ކަމުން ހިޔަޅު.

    20
  9. ދަރަނި ދަންތުރަ

    އަލިފާން ކެވިއްޖެތޯ މައުމޫނާ ގާސިމް މިހާރު ހުއްނާނީ ރަނގަޅަށް ރާކަނިމަސް ކެވިފައި ، މުޅިކޭކު ރީނދޫ ގުރޫޕު މުށުތެރެޔަށް ލާނެ

    14
    1
  10. ދަރަނި ދަންތުރަ

    ފަސްމާމުލު ފަސްވަގުން ގައުމުކާލައިފި

    17
  11. Anonymous

    ދެން ލަލަލާ

    11
  12. އަުއްމީދު

    އެބަ ރަނގަޅުވޭ. ރައްޔަތުން ކެއްމަދުވެފަ. އަވަސް އަވަސް.

    15
  13. ބަދޫރާ

    މާތްﷲގެ ތަނަވަސް ރަޙުމަތުން ތި ބާގަޑު މިކަމެތި ކުރައްވާ ބައިބައޮ ކުރައްވާފާންދޭވެ

  14. ޒިމްޒިމް

    ތަކުރާރުކޮށް ޖޭޕީއިން ކުށްކުރީމަ ރަތްކާޑެއް ދެއްކީ. ދެރީނދޫ ކާޑާއެކި ރަތެއް ދެއްކީ.. އެއީ ވީގޮތަކީ..

  15. މަ

    ދަރަނި ދަންތުރައަށް މަގޭ ސަލާމް.

  16. ޒީރޯ ޓޮލަރަންސް

    މަކަރުވެރިންގެ އަތްދޮށުން ސަލާމަތްވެ ބުނަންވީ، ނޯއޭ. ރައްޔިތުން ވޯޓުދިނީ "ކޯލިޝަނަށް".

  17. ކާށިމަޖާ

    މޫނަކަށް ކަދުރާއަކަށް ބަލާނެކަމެއް ނެތް ތިއޮތީވެރިކަން ލިބިފަ ރީނދޫ ކުދިންފިޔަވައި ދެންބާކީތިބި ހުރިހާއެއްޗެއް ފޮޅާލާ ތަންސާފުކޮށްލާ އިންޑިއާ ބެސްޓް