އަނިޔާވެރި އަމަލުތަކާ ދެކޮޅަށް މަސައްކަތްކުރާ އދ.ގެ ސަބް ކޮމެޓީ އޮފް ޕްރިވެންޝަން އޮފް ޓޯޗާ (އެސްޕީޓީ)އަށް ސްޕްރީމް ކޯޓުގެ ފަނޑިޔާރު އާއިޝާ ޝުޖޫން ދެވަނަ ފަހަރަށް އިންތިހާބް ވެއްޖެއެވެ.

މީގެ ކުރިން ޝުޖޫން މި ކޮމެޓީއަށް އިންތިހާބުވެފައި ވަނީ 2011ވަނަ އަހަރު އެވެ. އޭނާ ވަނީ 2011 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް އެ މަގާމް ފުރުއްވާފައި ވެއެވެ.

12 މެންބަރުން ހިމެނޭ އެ ކޮމެޓީއަށް މެމްބަރުން އިންތިހާބު ކުރަނީ ތިން އަހަރުގެ ދައުރަކަށެވެ. އަލަށް އިންތިޚހާބު ކުރި މެމްބަރުންގެ ދައުރު ފެށޭނީ އަންނަ އަހަރުގައެވެ.

އެ ކޮމިޓީއަކީ އދ.ގެ އެސްޕީޓީ އަކީ އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ކޮންވެންޝަން އެގެއިންސްޓް ޓޯޗާ ގެ ދަށުން އިންތިހާބުކުރާ ކޮމެޓީއެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޚާއިން

    އޭނާ ކުރިން އެމަޤާމު އަދާކުރެއްވީ އެމްޑީއެންގެ މެންބަރެއްގެ ހައިސިއްޔަތުން.