22:20

ސްރީލަންކާ އިން މިއަދު ރެކޯޑް އަދަދަކަށް މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެ.

22:17

ރާއްޖެ އިން އިތުރު 33 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

19:18

މިހާރު މާލޭގައި ކޮވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅުގައި މާލޭން ރަށްރަށަށް ގޮސް ކަރަންޓީންވާން ޖެހޭއިރު، ބައެއް ރަށްރަށުގައި ފަރުވާދޭ މީހުން އަޅަން ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) އާއި އެން95 މާސްކް ނުހުންނަ މައްސަލައެއް ފެންމަތިކޮށްފި،

16:20

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ދެ ގައުމު ކަމަށް ޗައިނާ އާއި އިޓަލީގެ އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ފަށަން ތައްޔާރުވެއްޖެ.

13:38

ރާއްޖޭގެ ރިސޯޓަކަށް ޗުއްޓީ ހޭދަކުރަން އަންނަ ފަތުރުވެރިންނަށް ރިސޯޓްގެ އިތުރުން ސަފާރީއާއި ގެސްޓް ހައުސްއަށް ދެވޭ ގޮތަށް ސަރުކާރުން ހަމަޖައްސައިފި.

10:40

ކޮވިޑް-19 އަށް ފައްސިވާ މީހުންނަށް ފަރުވާ ދިނުމަށް ސްރީލަންކާގެ ދެކުނުގައި އޮންނަ އަވަށެއްގައި ގާއިމު ކޮށްފައި ހުރި ފެސިލިޓީ އަކުން ކޮވިޑް ބަލި މީހަކު ގެއްލިއްޖެ.

09:34

ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ޓްރަމްޕްގެ އާއިލާ މެންބަރުން ވެސް މާސްކް އަޅައިފި.

08:16

ޝާހްރުކް ހާންގެ ފަރާތުން ޗަޗިންގަރު އަވަށަށް 2000 ޕީޕީއީ ހަދިޔާކޮށްފި.

05:39

05:12

04:31

04:29

އެމެރިކާއިން އިތުރު 68,445 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 875 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 8,653,795 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 228,283 މީހަކު ވަނީ މަރުވެފައި.

04:29

އިންޑިއާ އިން އިތުރު 54,482 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 683 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 7,759,640 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 117,336 މީހަކު ވަނީ މަރުވެފައި.

04:29

ފްރާންސުން އިތުރު 41,622 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 162 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 999,043 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 34,210 މީހަކު ވަނީ މަރުވެފައި.

04:28

ބްރެޒިލް އިން އިތުރު 31,985 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 503 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 5,332,634 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 155,962 މީހަކު ވަނީ މަރުވެފައި.

04:28

އިނގިރޭސިވިލާތުން އިތުރު 21,242 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 189 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 810,467 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 44,347 މީހަކު ވަނީ މަރުވެފައި.

04:27

ސްޕެއިން އިން އިތުރު 20,986 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 155 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 1,090,521 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 34,521 މީހަކު ވަނީ މަރުވެފައި.

04:27

އިޓަލީން އިތުރު 16,079 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 136 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 465,726 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 36,968 މީހަކު ވަނީ މަރުވެފައި.

04:27

ރަޝިޔާ އިން އިތުރު 15,971 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 290 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 1,463,306 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 25,242 މީހަކު ވަނީ މަރުވެފައި.

04:26

ޗެކް ރިޕަބްލިކުން އިތުރު 14,150 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 106 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 223,065 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 1,845 މީހަކު ވަނީ މަރުވެފައި.

04:26

ބެލްޖިއަމް އިން އިތުރު 13,227 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 50 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 253,386 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 10,539 މީހަކު ވަނީ މަރުވެފައި.

04:26

ޖަރުމަންވިލާތުން އިތުރު 12,519 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 45 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 403,874 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 10,044 މީހަކު ވަނީ މަރުވެފައި.

04:25

ޕޮލޭންޑުން އިތުރު 12,107 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 168 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 214,686 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 4,019 މީހަކު ވަނީ މަރުވެފައި.

04:25

ނެދަލޭންޑްސް އިން އިތުރު 9,271 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 46 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 262,405 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 6,919 މީހަކު ވަނީ މަރުވެފައި.

04:25

ކޮލަމްބިއާ އިން އިތުރު 8,570 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 172 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 990,270 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 29,636 މީހަކު ވަނީ މަރުވެފައި.

04:24

ޔޫކްރޭނުން އިތުރު 7,053 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 116 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 322,879 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 6,043 މީހަކު ވަނީ މަރުވެފައި.

04:24

މެކްސިކޯ އިން އިތުރު 6845 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 522 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 867,559 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 87,415 މީހަކު ވަނީ މަރުވެފައި.

04:11

02:33

01:23

00:42


ކޮވިޑް-19 އަށް ދުނިޔެ އިން ފައްސިވާ މީހުންގެ އަދަދު އަންނަނީ ދުވަހުން ދުވަހަށް އިތުރު ވަމުންނެވެ. ޑިސެމްބަރ މަހު ކޮވިޑް-19 ދުނިޔެ އިން ފެނި ދުނިޔެ ހުއްޓުމަކަށް އައި ނަމަވެސް މެއި މަހުގެ ފަހުކޮޅަށް ދިޔައިރު ވެސް ދުވާލެއްގެ މައްޗަށް ފައްސިވާ މީހުންގެ އަދަދު ލައްކައަކަށް ވެސް ނާރައެވެ.

ނަމަވެސް ހާލަތު ބަދަލުވެ ދުވާލަކު ފައްސިވާ މީހުންގެ އަދަދު އެއްލައްކައަށް، އެއަށްފަހު ދެލައްކަ ކަޑައްތުކޮށް ތިންލައްކައަށް އަދި އެންމެ ފަހުން އިއްޔެ ވަނީ ފުރަތަމަ ފަހަރަށް އެއްދުވަސް ތެރޭގައި ހަތަރު ލައްކައަށް ވުރެ ގިނަ މީހުން ފައްސިވެފައެވެ. ހާއްސަކޮށް ޔޫރަޕްގެ ގިނަ ގައުމުތަކުންނާއި އެމެރިކާ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ ފާއިތުވި ދެހަފްތާ ތެރޭގައި ވަރަށް ބޮޑަށް އިތުރު ވަމުންނެވެ.

މިހާރުގެ ހާލަތު ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ކުރިއަށް އޮތީ ވެސް ދަތި ދުވަސްތަކެކެވެ. ކުރިއަށް އޮތް މަހެއްހާ ދުވަސް ވެސް ވެގެން ދާނީ ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރު ވަމުން އަންނާނެ ދުވަސްތަކަކަށް ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.