ހެލްތު މިނިސްޓަރުގެ މަޤާމަށް އިއްޔެ އައްޔަން ކުރެވުނު އަހުމަދު ނަސީމްގެ ޤާބިލްކަމާމެދު ކުރީގެ ރައީސް، މައުމޫން އަބްދުލްޤައްޔޫމްގެ ދަރިކަނބަލުން އަދި ކުރީގެ ފޮރިން މިނިސްޓަރ، ދުންޔާ މައުމޫން ސުވާލު އުފައްދަވައިފިއެވެ.
މިކަމާއި ގުޅޭގޮތުން ދުންޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދުނިޔޭގައި ބޮޑު ބަލިމަޑުކަމެއް ފެތުރެމުންދާ މި ހާލަތުގައި ކުއްލި ގޮތަކަށް ހެލްތު މިނިސްޓަރުކަމާއި ޙަވާލުވެވަޑައިގަތުމަށް މިނިސްޓަރ ނަސީމަކީ އެކަށީގެންވާ ބޭފުޅެއްކަމާއި މެދު ސުވާލު އުފެދޭ ކަމަށެވެ.
ހަމަ އެހެންމެ މިނިސްޓަރުންގެ މަޤާމުތައް ވަކި ގޮތަކަށް ދެއްވުމުން، ކަންކަން ނިންމުމުގައި ރައްޔިތުންނަށް އޮތް އިޚްތިޔާރާއި ބާރާއިމެދުވެސް ސުވާލު އުފެދޭ ކަމަށާއި، މި ނިންމުމުގެ ސަބަބުން ސަރުކާރު ހިންގާ ކޯލިޝަނަށް ދެން ވާނީ ކިހިނެތްތޯ ދުންޔާ ވަނީ ސުވާލުކުރައްވާފައެވެ.
ހެލްތު މިނިސްޓަރު ކަމަށް ނަސީމް އައްޔަން ކުރެއްވީ، ކުރިން އެ މަގާމުގައި ހުންނެވި އަބްދުﷲ އަމީން މިދިޔަ އަންގާރަ ދުވަހުގެ ރޭ ދަންވަރު އިސްތިއުފާ ދެއްވުމުންނެވެ.
ނަސީމަކީ އެމްޑީޕީގެ ފުރަތަމަ ސަރުކާރު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފޮރިން މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އަދި ރައީސް ނަޝީދުގެ އާއީލީ ބޭފުޅެކެވެ. ނަސީމް މި ސަރުކާރުގައި މިހާތަނަށް ހުންނެވީ، ރައީސް އޮފީހުގެ މިނިސްޓަރެއްގެ މަގާމުގައެވެ.
އަމީން މިނިސްޓަރު ކަމުގައި ހުންނެވީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައެވެ. އެހެންކަމުން އެ މަގާމަށް ދެން ވެސް އައްޔަން ކުރައްވާނީ އެ ޕާޓީގެ އިސް ބޭފުޅެއް ކަމަށް ބެލެވުނެވެ. އެކަމަކު ކެރަފާ ނަސީމްއާއެކު އެމްޑީޕީއަށް ކެބިނެޓްގައި އިތުރު ގޮނޑިއެއް ލިބުނީއެވެ.
ހެލްތު މިނިސްޓަރުގެ މަގާމުން އަމީން އިސްތިއުފާ ދެއްވީ، ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ ބައެއް މެންބަރުން ވެގެން އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދާފައިވަނިކޮށެވެ.
ޖުމްހޫރީ ޕާޓީގެ ސްލޮޓުގައި ވަޒީރުކަން ކުރައްވަމުން ގެންދެވި އަމީން މަޤާމުން ދުރުކުރަން މަސައްކަތް ކުރުމަށްފަހު އެމަނިކުފާނު އިސްތިއުފާ ދެއްވުމާއެކު، އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅަކަށް ފުރުސަތު ދެއްވުމުން ގިނަ ބަޔަކު އަންނަނީ ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ.
އެމްޑީޕީ ފިޔަވައި ކޯލިޝަން އެއްބަސްވުމެއްގެ ދަށުން އައި މި ސަރުކާރުގެ އެންމެ މައި ޕާޓީއަކީ ޖުމްހޫރީ ޕާޓީއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމްވެސް ނިސްބަތްވެ ވަޑައިގަންނަވަނީ އެ ޕާޓީއަށެވެ. ނަމަވެސް ވެރިކަން ކާމިޔާބު ވުމާއެކު އެމްޑީޕީގެ ބައެއް އިސް ބޭފުޅުން އަންނަނީ ކޯލިޝަންގެ ބައިވެރިންނަށް ފާޑުކިޔަމުންނެވެ. އަދި ރާއްޖޭގައި ވެރިކަން ކުރަނީ އެމްޑީޕީން ކަމަށްވެސް އޭގެތެރެއިން ބައެއް ބޭފުޅުން ވިދާޅުވެއެވެ.
ބަޔަކު ފުނޑިގެން ކޯލިޝަން ވެރިކަމެއް ގެނައީމަ އިގަރޭސިވިލާތު އާއިލާ ކައިރީ އޮވެފައި މޮސާޑުގެ ފައިސާއިން ދިވެހިންގެ ދީނުން މަޑުމަޑުން ބޭރުކުރަން ކުރަންޖެހޭ ކަންކަން ކުރަންއައި މީހާ ކުރިކަމެއް ނާގާބިލް މީހާ މަގާމަށް ގެނައުން...ކުރިޔަށް އޮތީ ފުލުހުންގެ ބިލުގައި އޮތް މާތްވެގެންވާ އިސްލާމްދީނުގެ ބަދަލުގައި ހިއުމަންރައިޓްސް ކުރިޔަށް ނެރުން.. ބޭނުމަކީ މަޑުމަޑުން ދީނާއި ދުރުކުރުން...ޝެއިހުންގެ އަގުވެއްޓުމާއި ގަވްމަށް ކަމެއް ކުރެވޭނީ ޖަންޖާއަށް އެކަނިކަން ދެއްކުމަށް ކުރާކަންކަން...މިކަލޭގެއަށް ވީކަމަކީ ބޮއެގެން ވެރިކަން ވެއްޓުމުން އެނބުރި ހުޅުޖެހުން...މީނަގެ ޕަޕެޓުން ފުލުހުންގެ ބިލާއި ދިމާކޮށް ފުލުހުންގެ މުއައްސަސާއަށް ރޮޓޭޝަނެއް ގެންނަން އުޅޭވާހަކަ މަހެއް ކުރިން އަޑުއެހިން...އަދި ސިފައިންގެ ލަޝްކަރުގެ ކޮމާންޑަރުންގެ ބަދަލެއް ކުރިޔަށް އޮތް މަހުގައި އެބައޮތް...ބޭނުމަކީ ސަލާމަތީބާރުތައް ރުޅިއަރުވާ ޑްރަގް އޮޕަރޭޝަންތައް ހުއްޓުވާ މުޅި ގަވްމު2012 ގައި އޮތް ކުށުގެ ވެއްޓެއް ޤާއިމުކޮށް ސިޔާސީ މަންފާ(ބަރުލަމާނީ) ގެނައުން...އެކަމަށް ބޭނުންވާ ފައިސާ އަޅަން ޕޮންޕޭ ވ އަވަހަށް ރާއްޖެއަންނާނެ...
ދީނައްފުރައްސާރަކުރާ ކުޑަ ދައްޖާލުތައް ފެތުރުން ނޫންކަމެއް ނުކުރެ
ގާބިލު ވީމަ ނޫންތޯ ލަންކާގެ ތަމަޅަބާގީން ގޮވަ އިގެން އަރާ 19 ދިވެހިންގެލޭ ބޯލީ ހަ އްގުން ކަމަކާނުލާ މި އަދު ހަނދާން އެބަހުރިބާ ބަފާ ދޮންނަ މެޝިނަކަ އް އެރި އޮވެ ގަ އުމު ސަލާމަތް ކޮ އްފަ އަމި އްލަ އަތުން ގަ އުމު ފުނޑާލި ހަނދާން ވީމާ ގާބިލޭނުކިޔާ
އެން. ޓީ. ޕީ މީހުން މޮޑޭ ފުށްގަނޑެއް ސަރުކާރަކީ. ސަރުކާރަކީ ނަމެއް. މިތާ މިއޮތީ ދެވެރިކަން. ޢެއްވެރި ކަމަކީ ސޯލިހު ކުރެވޭތޯ އެއުޅޭ ވެރިކަން. އަނެއްވެރިކަމަކީ އައްނި ކުރާވެރިކަން. އަންނި ބޭނުމެއް ނުވޭ އެމް.ޑީ.ޕީގެ ހަރުކުލައިގެ މީހަކު ކެބިނެޓްގައި އިންނަވާކަށް ސަބަބަކީ އަންނިކުރާ އަމުރު އެތަނަކަށް ނުހިގާނެތީ. ފައްޔާޒުގެ އިތުބާރުގެ މައްސަލަ ތިލަކޮށް ވިސްނަވާ ބޭފުޅުން ވިސްނުމަށް ދޫކޮށްލަން. ޢެމް.ޑީ .ޕީ ނަޝީދުގެ ފެކްޝަނުގެ ނުފޫޒުގެ ސަބަބުން ސޯލިހު ހުންނަނީ ފިތިފަ. ޢެއްވެސް ކަމަކަށް އަމިއްލަ ބާރެއް ނުފޯރާ. ޥެރިކަމަށް އަންނަށް ވަކިވަކިފަރުދުން ނަށް ދޭންބުނި ސިޔާސީ މަގާމުތައްވެސް އަންނި ނުރެހޭތީ އެހެރީ ނުދެވިފައި. މިހާރު ދައުރު މިދަނީ ނިމުމާކައިރިޔަށް. ދެންވެސް ވެރިކަމަށް އާދެވޭނީ އެމީހުންގެ ކޮޑުގައި އެލިގެން. ނަމަވެސް .....
ނޮވެމްބަރު 3 ގައި ޝަހީދުވި ބޭކަލުންގެ އާއިލާތައް އެބަތިބިކަން އެނގިލައްވާތޯ..؟
އާއިލީ ވެރިކަން.
ކެނެރީގޭ ބުއްޅަބޭ މަޖިލީހުގަ އިދެގެން މިނުން ގޮތަކަށް ކަންތައްތައް ދާނެ ކަމަކައް ނުފެނޭ އެއްމެން ނިކުމެ އޭނަ ހިފާހައްޔަރުކުރޭ އަދި ‘އިންޑިޔާ އައުޓް’ ހެލްތު މިނިސްތަރަކަށް އެލީވެސް އެއޮޅީގެ މީހެއް ﷲ ސުބުހާނަހޫ ވަތާލާ ތިބައިގަޑު ނެތިކުރައްވަވައިފާދޭވެ. އާމީން
ބައްޕާފުޅު ވިދާޅުވީ ޤާބިލުވާނެޔޯ، މި ވެރިކަން މިދަނީ ރަނގަޅަށޯ، ޔާމީން މިކަހަލަ ރަނގަޅު ވެރިކަމެއް ނުކުރީމަޔޯ ޔާމީން ދޫކޮށްލާފަ، މި މީހުންނާ ބައިޢަތު ހިފީ،
މިއަދު ތިޔަކަހަލަ ވާހަކަ ދެއްކުމީ ތިމާއަމިއްލަޔަށް ތިމާޔަށާ ތިޔަގަދަފަދަ ކޯލުޝަނުގަތިބި އަމިއްލަ އެދުމާއި މުދަލާއި ލާރިޔަށް ދަހިވެތިވެގެން މިޔޮށްވަގުސަރުކާރަށް ކުރެވޭ ހުތުރު މަލާމާތެއް ބަލަގަ އިނގޭނެ އަލަގަހަކުން ކެޔޮނިރެއް ނުފަޅާނެކަން އެކަން އެނގިތިބެ ނޫންތޯ އަލަގަހުން ކެޔޮނިރު ފަޅުވަން މަަަސައްކަތްކުރީ ވީއިރު އިތުރުވަަހަކަ ނުދައްކާ މަޑުން ތިއްބަވާ
ހ.ވެލައްސަރުގެ ޖައުފަރުވެސް ހެލްތް މިނިސް ޓަރ އަކަށް ހަމަ އޯކޭވާނެ އޭނާއައްވެސް މުސާރަ ނަގަން އޮނގޭނެ..
ބާނުވާ އޮޑިއެއް. ހަހަހަހަ
ނަސީމް ނެތް ދުވަހަކުވެސް ކާމިޔާބު ކޮށް ކަމެއް ކޮށް ދައްކާފަ.
ވާރުތަ ވީ ބިނކޮޅުވެސް އެއްޗަކުން އެއްޗަކުން ވިއްކައި ހުސްކޯށްލީ.
މިހާރު އުލެނީ އަންހެނުންގެ ބިންތަކުން ލިބޭ އެއްޗަކުން.
ޑީލްއާ ޕަސެންޓް ހޮދުމުގައިވެސް ކުރިންވެސް އެތައް ފަހަރެއްގައި ނަންވި.
އެކަމަކު ބޮޑު ފާދިރީގެ ބްލެސިންގއާއެކު ހުރިހައި ކަމެއް ރަނގަޅުވާނެ ކަމަށް ބަލަންވީ. \
މާނައަކީ ގޯހެއް ހެއްޖަސް އެވާހަކަ ކިޔާނެ މީހަކު ނުވާނެ.