23:24

މިއަދު ގިނަ ގައުމުތަކަކުން ރެކޯޑް އަދަދަކަށް މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެ.

15:40

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފޯރުކޮށްދޭ އިންޓަނެޓް ބޭންކިންއާއި މޯބައިލް ބޭންކިންގެ އޮންލައިން ހިދުމަތްތައް ހޯދުމުގައި ދަތިތައް ދިމާވުން އެކަށީގެންވާ ކަމަށް އެ ބޭންކްއިން ބުނެފި.

15:19

މިއަދު ހެނދުނު މާލެ ސަރަހައްދުން ދޭތެރެ ދޭތެރެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑިގެން ދިއުމުގެ ސަބަބުން ކަރަންޓުގެ އާލާތްތަކަށް އެކި ޓެކްނިކަލް މައްސަލަ ދިމާވުމުން ވުމުން ވެސް ސަރުކާރުގެ ވެބްސައިޓްތަކުގެ ހިދުމަތާއި އޮންލައިން ހިދުމަތްތައް މެދުނުކެނޑި ދެވުނު ކަމަށް ކޮމިއުނިކޭޝަން، ސައިންސް، އެންޑް ޓެކްލޮނޮޖީ މިނިސްޓްރީ އިން ވިދާޅުވެއްޖެ.

15:15

މާލެ ސަރަހައްދުން މިއަދު ކަރަންޓުގެ ހިދުމަތް ކެނޑުމާ ގުޅިގެން ދިމާވެފައިވާ ބައެއް ޓެކްނިކަލް މައްސަލަތަކުގެ ސަބަބުން މާލެ ސަރަހައްދުގައި ދިރާގުގެ މޯބައިލް ހިދުމަތް ހޯދަމުން އަންނަ ކަސްޓަމަރުންނަށް ހިދުމަތް ހޯދުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް އެ ކުންފުނިން ބުނެފި.

14:21

އަނެއްކާވެސް މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިއްޖެ. އިރުއިރުކޮޅާ ކަރަންޓް ކެނޑިފައި ކަރަންޓް ދާ ކަމަށް ބައެއް މީހުން މައުލޫމާތު ދޭ.

13:23

މައްސަލަ ހައްލުކޮށް މުޅި މާލެއަށް ކަރަންޓް ދީފި. މުޅި މާލެއަށް ކަރަންޓް ދެވޭ ވަރު ވެފައި ވަނީ މިއަދު މެންދުރު 13:07 ހާއިރު ކަމަށް ސްޓެލްކޯއިން މައުލޫމާތު ދޭ.

12:01

މާލެ އިން ކަރަންޓް ކެނޑުމުން މިހާރު ދިރާގުގެ މޯބައިލް ސެލް ސައިޓްތަކުން ޚިދުމަތް ފޯރުކޮށްދެމުން ގެންދަނީ ބެކަޕް ބެޓަރި ސިސްޓަމްތަކުން ކަމަށާއި ނަމަވެސް ކަރަންޓް ކެނޑިފައި އޮންނަ ވަގުތު އިތުރުވާނަމަ މޯބައިލް ސެލް ސައިޓްތަކަށް ކަރަންޓް ލިބުން ދަތިވެ މާލޭގައި ފޯރުކޮށްދެމުން ގެންދާ ޚިދުމަތްތަކަށް ބުރޫއަރާފާނެ ކަމަށް ދިރާގުން ބުނެފި.

11:31

ދިމާާވި ޓެކްނިކަލް މައްސަލަ ހައްލުކޮށް މާލޭގެ %80 އަށް ކަރަންޓު ދެވިފައިވަނިކޮށް ޑިސްޓިރިބިއުޝަން ނެޓްވޯކަށް މައްސަލައެއްދިމާވެ، އަނެއްކާވެސް ވަނީ ކަރަންޓު ކެނޑިފައި ކަމަށް ސްޓެލްކޯ އިން ވިދާޅުވެއްޖެ. މި މައްސަލަވެސް ހައްލުކޮށް މިހާރު ގެންދަނީ އަލުން ކަރަންޓު ދެމުން ކަމަށާއި މުޅި މާލެއަށް ކަރަންޓު ދެވޭނެ ކަމަށް ލަފާ ކުރެވެނީ ގަޑިއެއްހާާއިރު ތެރޭ ކަމަށް ސްޓެލްކޯ އިން ވިދާޅުވޭ. ދިމާވާނެ ދަތިތަކަށް މާފަށް އެދޭކަމަށް ވެސް ސްޓެލްކޯ އިން ވިދާޅުވޭ.

10:46

މާލެ އިން ކަރަންޓް ކެނޑިފައިވާތީ ދައުލަތުގެ މީޑިއާ ހިންގާ ޕީއެސްއެމްގެ ޓީވީއެމް އާއި އަޑުގެ ޓްރާންސްމިޝަން ވެސް ވަނީ މެދުކަނޑިފައި. ޕީއެސްއެމް އިން ދެންމެ ވިދާޅުވީ މައްސަލަ ހައްލުވީހައި އަވަހަކަށް އަލުން ޓްސާންސްމިޝަން ފަށާނެ ކަމަށް.

10:28

މިހާރު މާލޭގެ ގިނަ ސަރަހައްދުތަކަށް ވަނީ ކަރަންޓް ދީފައި.

08:59

ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކޮށް ބައެއް ސަރަހައްދުތަކަށް ކަރަންޓުދޭން މިހާރުވަނީ ފަށާފައި ކަމަށް ސްޓެލްކޯ އިން ވިދާޅުވެއްޖެ. ސްޓެލްކޯ އިން ވިދާޅުވީ ގަޑިއެއްހާއިރުތެރޭ ހުރިހާސަރަހައްދަކަށް ކަރަންޓު ދެވޭނެ ކަމަށް.

މާލޭގެ ހުރިހާ ސަރަހައްދަކުން ކަރަންޓްގެ ޚިދުމަތް ކެނޑިއްޖެއެވެ.

މިއަދު ހެނދުނު 08:30 ހާއިރު ފުރަތަމަ ކަރަންޓްގެ ޚިދުމަތް ކެނޑުނީ ގަލޮޅުގެ ބައެއް ސަރަހައްދުތަކުންނެވެ. ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ކަރަންޓް އަނބުރާ ލިބުނު ނަމަވެސް ފަހުން ވަނީ މާލޭގެ ހުރިހާ ސަރަހައްދަކުން ކަރަންޓް ކެނޑިފައެވެ.

ކަރަންޓް ކެނޑެން މެދުވެރިވީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށާއި މައްސަލަ ހައްލުކޮށް އަލުން ކަރަންޓް ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސްޓެލްކޯ އިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. އޮޅުވާލި ވޯޓު

    ތިއޮތީ ކަރަންޓުވެސް ސޯލިހުވެފަ މޯޅުތަންކޮޅަކީ ބިލުންއެމްމެތަން ފުކެވެސް ދުލެނުދޭނެ ކުރާނީބޮޑު

  2. މައި

    8:10 ވި އިރު މިގެއިން ގޮއްސި. އަދިވެސް ނުލިބޭ

  3. ހެލްމެޓް

    ޓެކްނިކަލް މަޢްސަލަޢެޢް ދިމާވާއރަށް މުޅިމާލެޢިން ކަރަންޓް ކެޑެންޖެހޭތަ. ހާދަ ފީކަޅާ ސިސްޓަމަަށޭ ތިތަން ރާވާފަ ތިހުރީ. މިމަހުގަ ކަރަންޓް ބިލް ބޮޑުވާނެ މީހަަމަ ޔަގީން ވާހަކަޢެޢް

    18
  4. މީ

    އަދިވެސް ކަރަންޓު ނާދޭ

    13
  5. ކަރަންޓު

    ކޯއްޗެއް ކިޔާކަށް. މާފަންނުގަ ނެތް ކަރަންޓެއް 8:10 ވީ އިރުގަ. 2 ގަޑިއިރުވީ އަދިވެސް ކަރަންޓު ނުލިބޭ.

    17
  6. ޖަޒީރާވަންތަ ކެހެރި ނުފަޅާ ޖަނަވާރު

    މީވެސް ގެރި ސަރުކާރުގެ ބަލާވެރިކަން

    15
    5
    • ޯގުއިފެން

      ގެރި ސަރުކާރުގަ ދޯ ގުއި ފެނުން ފެންވެރީ އެތައް ދުވަހެއް ވަންދެން.

    • ވަގު

      ތިޔަ ބުނާ މޮޅު ކޯޓުން ޖަލު ގޮޅިއަށް ގަޅައިލި ޔާމީނު ސަރުކާރުން މޮޅު އިންޖީނުގެއެއް އެޅިނަމަ މިހެން ނުވީސްދޯ

  7. ސާޖީ

    ކިހާ ދެރަކަމެއް.... މާލޭންވެސް ކަރަންޓު ކެނޑޭނޭންނު.... މާލޭންވިއްޔާ ކަރަންޓު ކެނޑިގެން ނުވޭތަ؟؟؟؟

    14
    14
    • ޓުޕި3

      ގިނިކަންޏާ ހަމައެކަނި ތިމާމީހާަގެ ހަށި ގެންގުޅޭ ބޭފުޅުންނަށް ތިހެންވިސްނި ދާނެ.ގިނައިރުވާތީ އަހަރެމެންނަށް ވ ދަތިވޭ.ކާއެތިކޮަޅު އުކާލަން ނުޖެހިއްޖިއްޔާ ރަނގަޅު.

  8. އަދު

    އަދި ދޭން ވީ މުގުނީ އަށް ދުނިޔޭން ބޭރުގެ އެވޯޑެ އް ވެސް.

    19
    4
  9. ސިންގަޕޫރު

    ތިޔަ ބުނާ މޮޅު ކޯޓުން ވައްކަން ކުރިކަން ސާބިތުވެގެން ޖަލަށް ގަޅައިލައިފަ އޮތް ޔާމީނު ސަރުކާރުގަ ސިންގަޕޫރު ފެންވަރުގެ އިންޖީނުގެއެއް އެޅިނަމަ މިހެން ނުވީސް ދޯ

  10. ޙުސައިންދީ

    މަހީކުރީ ކަރަންޓް ކެނޑެނީ ޔާމީން ސަރުކަރުގަ އެކަނި ކަމަށް. އޭރު ކަރަންޓް ދިޔާމަ ޔާމީނަށް ވިއްޔަ އެއްމެންވެސް ބަވަނީ.

  11. ސިނެކް

    ކަނު އަދިރީގަ ބަޑުހަ އި ހާލުގަވާމީހުންމަތިން ހަނދާން ވޭތޯ އިންސާނަކަށް ވީތީ ބަ އެއއ އްފަހަރު ހަދާން ޣާފިލްވެވެނީ

    1
    1
  12. މުގުނީ

    މިއަދު ތިހާ ގިނައިރު ކަރަންޓު ކެނޑިފަ ހުރިއްޔާ މިމަހުގެ ބިލް އަންނަ އިރު ކޮންމެ ގެއެއްގެ ބިލަށް ހާހެއްހާ ރުފިޔާ އިތުރު ވާނެ. ިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިި

  13. ރާއްޖެ

    މުގުނީ އަށް އެވޯޑެއް ދީފިން

  14. ނަސީދު

    އަވަސް ވީ ގޮތަކުން އިންޑިޔާ ސަރުކާރާ ހަވާލު ކުރަން ވީއެންނު.......

  15. ބުއްޅަ

    މަސް ނުނިމިގެން މި ބަ އިވަރު ގަނޑު ތިބޭނީ އަތްނުފޯރާ ވަރުގެ ބިލް ފޮނުވަން.

    2
    1
  16. ބައްސާމް

    މައްޗަންގޯޅިއަށް ކަރަންޓުއައީ މެންދުރު އެކެއް ޖެހިއިރު . މާގިނަ ޓެކްނިކަން މައްސަލަ ޖެހެންޏާ ޖެހޭނީ ކަރަންޓު ބިލުތައް މާފު ކޮށްދޭން .... މިމަހުގެ ބިލަށް ސަބްސިޑީ ދޭން ޖެހޭނެ 😡

  17. ޖަޒީރާމަނިކު

    ސޯލިހު ކަރަންޓް ޔަގީން. މީގެކުރިން ތިޔަބުނާ މުގުނީ މީޑިޔާގައި ބުނެފާ އެައޮތް ދެން މާލޭން ކަރަންޓެއް ނުކެނޑޭނޭ. ޖަޒީރާގައި އުޅޭނީ ފުޅިބައްތި ދިއްލާގެން . ކޮންކަރަންޓެއް.

  18. ވަގުންނޭ

    ސްޓެލްކޯގެ އެމްޑީ އަކީ އެއީ އެމްޑީޕީ އަށް ވާޖިބު ސްލޮޓެކޭ އެ ޖޭޕީ އަށް ދާންޖެހޭނެ އެއްވެސް ސަބަބެއް މަމެންނަށް ނުފެނެއޭ ޖޭޕީގެ މެމްބަރުން ސަރުކާރުގެ ކުންފުނި ތަކުގެ ބޮޑެތި މަގާމް ތަކުގައި ތިބޭ އިރު އެއިން ކުރާ ފައިދާ އެއްވެސް ނެތޭ އަދި ޖޭޕީން ނެތޭ އެމެންގެ ޕާރފޯމެންސް އިވޭލުއޭޓް ވެސް ކޮށްފައި ކެނެރީގެ ނަޝީދު އެބަޖެހޭ ބޯލްޑް ޑިސިޝަންސް ތައް ކެރިގެން ނަގަން އެގޮތުން ބަލާއިރު ޑރ. ނާޝިދު އަކީ އެއީ އެމްޑީޕީ އަށް ލޯޔަލް މީހެކޭ އަދި ސްޓެލްކޯ ހިންގޭނެއޭ ޖޭޕީގެ ހުރިހާ އާލާތުން ކަނޑާ ނަގާ އެއްލާލަންވީއޭ ސަރުކާރުގެ ތެރޭން އެއީ ބޮޑެތި ވަގުންނޭ...

  19. ބޭރުކުރޭ

    ސްޓެލްކޯގެ ބޯރޑް މެމްބަރުން ނަކީ ކޮން ބަޔެއް ކަން މަމެން މިއަދު ބަލާލުުމުން އެތަނުން ޗެއަރމަން ފިޔަވައި ދެން ތިބި އެއްވެސް މީހަކީ އެއީ ޓެކްނިކަލް ބެކްގްރައުންޑެއް ހުރި އަދި ކަމާއި ގުޅޭ ތިއަރެޓިކަލް އެކްސްޕީރިއެންސް އަދި ޕްރެކްޓިކަލް އެކްސްޕީރިއެންސް ހުރި ބަޔެއް ނޫނޭ ތިޔާ މުޣުނީ އަށް ސްޓެލްކޯގެ އެމްޑީ ކަން ދޭން ޖެހޭނެ އެއްވެސް ކްރައިޓީރިއަރ އެއް މަމެންނަށް ނުފެނެއޭ އޭނާ އަށް ނޭގޭނެއޭ ޑިސްޓްރިބިއުޝަން ނެޓްވާރކް އޭ ބުނުމުން އެއީ ގަހުގައި އަޅާ އެއްޗެއްތޭ އޭނާ އަކީ އެއީ ކަނޑުކޮހެކޭ އޭނާ މިހާރުން މިހާރަށް ސްޓެލްކޯ އިން ބޭރުކުރާށޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ