މާލެ ސަރަހައްދަށް ދިމާވާ ކަރަންޓު ކެނޑުމުގެ މައްސަލައިގެ ދާއިމީ ހައްލަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރާވައި ހަވާލުކުރި އެކަމަކު މި ސަރުކާރުގައި މަޑުޖެހިފައިވާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް، މާލެ މޭޔަރު ކަމަށް ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ކުރީގެ ސަރުކާރުގައި ހައުސިން މިނިސްޓަރުގެ ހައިސިއްޔަތުން މި މަޝްރޫއުތައް ރާވައި ތަންފީޒު ކުރުމުގައި ބޮޑު ހިއްސާއެއް ވެސް އަދާ ކުރެއްވި މުއިއްޒު މި ގޮތަށް ވިދާޅުވީ ސްޓެލްކޯގެ ކަރަންޓި ވިއުގައަށް ދިމާވި މައްސަލައަކާ ގުޅިގެން މިއަދު ހެނދުނު މާލޭގެ އެކި ކަންކޮޅުތަކުން ކަރަންޓުގެ ހިދުމަތް ކެނޑިފައިވަނިކޮށެވެ.
މުއިއްޒު ކުރެއްވި ޓްވީޓެއްގައި، ކަރަންޓުގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ރައީސް ޔާމީންގެ ސަރުކާރުގެ ފަހު އަހަރު ހަވާލު ކުރެވުނު ދެ މަޝްރޫއެއް ފާހަގަކުރެއްވިއެވެ.
ފުރަތަމަ މަޝްރޫއަކީ ސިނަމާލެ ބްރިޖް ހުރަސްކޮށް މާލެއާއި ހުޅުމާލެ ޕަވަ ގްރިޑް ގުޅާލުމަށް މީގެ ތިން އަހަރު ކުރިން ފަށާފައިވާ މަޝްރޫއެެވެ. ދެވަނަ މަޝްރޫއަކީ މާލެ އިންޑަސްޓްރިއަލް ވިލެޖުން ސްޓެލްކޯއަށް ކަނޑައެޅި ބިމުގައި ގާއިމް ކުރަން ހަވާލުކުރި ޕަވަހައުސްގެ މަޝްރޫއެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި، މި ދެ މަޝްރޫއު އަވަހަށް ނިންމުމަކީ މާލެ ސަރަހައްދުގެ ކަރަންޓުގެ މައްސަލައަށް އޮތް ދާއިމީ ހައްލެވެ.
Bridge huraskoh Male aa Hulhumale power grid gulhaalumah meege 3 aharu kurin fattaafaivaa mashroou avahah nimmumaai, Male Industrial Village in STELCO ah 2018 gai dheefaivaa bimugai gaaimkuran havaalukuri powerhouse gaaimkurumakee Male ge current ge massalaige dhaaimee hallu.
— Dr Mohamed Muizzu (@MMuizzu) October 23, 2020
މިއަދު ހެނދުނު 8:30 ހާއިރު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިގެން ދިޔައި ސްޓެލްކޯގެ ބައެއް އިންޖީނުތަކަށް ދިމާވި ޓެކްނިކަލް މައްސަލައެއްގައެވެ. އޭގެ ފަހުން ކަރަންޓި ދިނުމަށް ފަހުގައި ވެސް އެކި ފަހަރު މަތިން މާލޭގެ އެކި ހިސާބުން ކަރަންޓި ކެނޑިކެނޑިގެން ގޮސްފައިވެއެވެ.
މުޅި މާލެއިން ވެސް ކަރަންޓު ކެނޑިފައި ހުރެ އެތައް އިރެއް ފަހުން ކަރަންޓުގެ ހިދުމަތް ލިބުނީ ގާތްގަނޑަކަށް މެންދުރު ވުމުންނެވެ. އެކި ފަހަރު މަތިން ކަރަންޓު ލިބި ކެނޑެމުން ދިޔުމުގެ ސަބަބުން ބައެއް ގޭބިސީތަކުގެ ކަރަންޓުގެ އާލާތްތަކާއި ހިފާ ގެންގުޅޭ ބައެއް ސާމާނުތަކަށް ގެއްލުން ލިބިފައިވާ ކަމުގެ ޝަކުވާތައް ވެސް މީސް މީޑިއާގައި އާންމުން ހިއްސާކޮށްފައިވެއެވެ.
A fire at a water treatment plant in the Maldives has cut off drinking water to the capital of the Indian Ocean country. About 100,000 residents in Male have lost access to drinkable tap water, the government says. The authorities are providing bottled water free of charge.Dec 5, 2014
ރައީސް ޔާމިނުގެ ފެން ކެނޑުމުގެ މަޝްރޫއު - 2014
މި ނާގާބިލް އަދި ނޭވާ ހޮޅިންވެސް ވައްކަންކުރަމުން އަންނަ ސަރުކާރަށް ވާނެ އެއްކަމެއްވެސް ނެތް!! ކުރެވޭހާވެސް ކަމަކީ ތިމަންމެން ނުކުރާނަމޭ ބުނެ ރައްޔިތުން ކުރިމަތީ ވަޢުދުވި ކަންތައްތައް!! ނުކުރާނެމޭ ބުނި
1. ތިމަންމެން ދިވެހި ރައްޔިތުންގެ ބޮލުގައި ދަރަނި އަޅުވަން ލޯނު ނުނަގާނެމޭ ބުނެވި ވަޢުދު. އެކަމަކު ހަމަ އެކަނި އިންޑިޔާއިން މިހާތަނަށް 800 މިލިއަން ޑޮލަރުގެ ލޯނު ނަގައިފި!! އޭޑީބީން 150 މިލިއަން ޑޮލަރުގެ ލޯނު ނަގައިފި!! އަދި އިތުރު ދިމަދިމާއިން ނަގާފައިވާ ލޯނުތަކާއެކު އެއް ބިލިއަން (އެއްހާސް މިލިޔަން) ޑޮލަރުގެ ލޯނު ދެ އަހަރުތެރޭ ނަގައިފި!!
2. ތިމަންމެން ވައްކަން ނުކުރާމޭ ވަގުންނަށް ޒީރޯ ޓޮލަރެންސޭ ބުނެ ވި ވަޢުދު. އެކަމަކު މި ޕެންޑަމިކްތެރޭ ވެންޓިލޭޓަރުން ކުރި ވައްކަން 40 މިލިޔަން ދިވެހި ރުފިޔާއަށް އަރާ! އެސްޓީއޯ މެދުވެރިވެގެން ކޮށްފައިވާ ވައްކަންތައް އެނގޭނީ މިނިވަން އޯޑިޓަކުން އެތަން އޯޑިޓް ކުރި ދުވަހަކުން!! ހަކުރު ކިލޯއަށް -/16 ރޭޓުން ގަނެ މި ޕެންޑަމިކްތެރޭ މިކަހަލަ އެތައް ވައްކަމެއް ކޮށްފި! ފާއިތުވެ މިދިޔަ 8 މަސްތަރޭ ހަމައެކަނި ކޮވިޑަށޭ ކިޔާ 2.3 ބިލިޔަން ރުފިޔާ (2300 މިލިޔަން ރުފިޔާ) ޚަރަދުކޮށްފައިވާކަމަށް މިމީހުންނެރޭ ހިސާބުތަކުން ދައްކާއިރު މީގެތެރެއިން ގާތްގަޑަކަށް 750 މިލިޔަނަށްވުރެން ގިނަ ރުފިޔާ އެކި ގޮތްގޮތުން މިސަރުކާރުގެ ބޮޑުންނަށާ މިމީހުންނާ ގުޅުން އޮންނަ ފަރާތްތަކުން ނަގާ ވައްކަން ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ!!
3. ކޯލިޝަނާއެކު ބަދަހި ގުޅުމެއް ބާއްވާނަމޭ ބުނެ ވަޢުދުވި. އެކަމަކު މިހާރު ކޯލިޝަނާ ކޯލިޝަނެކޭ ކިޔާ މިނިސްޓަރުންތައް ބޭރުކޮށް އާޢިލީ މީހުންނާ އެމްޑީޕީގެ މީހުން ވަޒީރުކަމަށް ލަމުން އެގެންދަނީ!
4. ދިވެހި ގައުމާ އިސްލާމް ދީން ހިމާޔަތް ކުރާނަމޭ ބުނެ ވަޢުދުވި. އެކަމަކު އެމްޑީއެންއޭ ކިޔާ މިސަރުކާރުގެ އިސްފަރާތްތަށް ހިމެނޭ ބަޔަކު އިސްލާމްދީނަށާ ރަސޫލާއަށް ފުރައްސާރަކޮށް ރޕޯޓެއް ނެރުނު!! ފިޔަވަޅު އެޅުމުގެ ބަދަލުގައި އެންމެން ފޮރުވާލީ! ދެން ތިބި ބަޔަކަށް މަތީ މަގާމުތައް ދިނީ!! ގައުމުގެ މިނިވަންކަމާ ސިޔާދަތު ގެއްލޭގޮތަށް އިންޑިޔާގެ އުނގަށް ވެއްޓި އެގަމުގެ ސިފައިންނާ އެމީހުން ބޭނުންވާ ހުރިހާ ވަސީލަތެއް ހަމަޖައްސާދީފި!!
5. ކޮންމެ ކުލައަކަށް ނިސްބަތްވިޔަސް ހަމަހަމަކަމާ އިސްސާފުން ކަންކަންކުރާނެކަމަށްބުނެ ވަޢުދުވި. ވެރިކަމާ ޙަވާލުވުމަށްފަހު އިދިކޮޅަށް ނިސްބަތްވާ ގިނަ މީހުންނާ މިސަރުކާރަށް ތާޢީދުނުކުރާ އެތައް ބައެއްގެ ވަޒީފާ ގެއްލުވާލި! މިކަހަލަ އެތައްކަމެއް! ދިވެހިރާއްޖެ މުޅިން އިގްތިސާދީގޮތުން ބޮޑު ވަޅުގަނޑަކަށް ވައްޓާލާފަ މިއޮތީ! އެކަމަކު އަދިވެސް ވައްކަން ހަމަ މެކުހަށްޖަހާފަ!!
ހުޅުމާލޭ 50 މެގަ ވޮޓް ގެ އިންޖަިނުގެ ޔާމިން އެޅުއްވި
ޟިސަރުކާރަށް ކޭބަލް ނޭޅިގެން އެއުޅެނީ
ދެއަހަރުބވާއިރު ÷ ޕާކެއް ނެހެދިގެން އުޅޭ ބަޔަކަށް ވާނެ
ކަމެއް ނޯންނާނެ
ކުރީގެ ސަރުކާރުން ކަރަންޓަށް މަކަރު ހަ ދާފައި އޮތީމާ ކެނޑުނީ! މި ސަރުކާރުގެ އަވަސް ފިޔަވަޅާއި އެކީ މި އަ ދު އެހާ އަވަހަކަށް ލިބުނީ