ގުޅީފަޅާއި ދިމާލު ބޭރުގައި ބަނދަރުކޮށްފައި އޮތް "ވިކްޓޯރިއާ 267" ބޯޓުން ވެއްޓި ބޯފަޅައިގެން ދިޔަ ބިދޭސީ މީހާ ނިޔާވެއްޖެ އެވެ.

އެ މީހާ ނިޔާވެފައި ވަނީ އައިޖީއެމްއެޗްއަށް ގެންގޮސް ފަރުވާދެމުން ދަނިކޮށެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އެމީހާގެ ސިއްހީ އަވަސް ފަރުވާއަށް މާލެއަށް ގެންގޮސްދީފައި ވަނީ މިއަދު މެންދުރު 12:10 ހާއިރު ކަމަށެވެ.

އެ މީހާ ނިޔާވެއްޖެ ކަން އައިޖީއެމްއެޗް އިން ވަނީ މީޑިއާ ތަކަށް ކަށަވަރުކޮށްދެއްވާފައެވެ.

އެ މީހާ އެ ބޯޓުން ވެއްޓެން މެދުވެރިވި ސަބަބު ސާފެއް ނުވެއެވެ. މިކަން ފުލުހުން ތަހުގީގު ކުރާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކިއެއްތޭކުރަނީ

    ބޯޓަކުން ވެއްޓި ބިދޭސީއަކު މަރުވެއްޖެ ނަމަ އެކަމަކީ އެއީ މަމެން ހިތާަމަ ކުރާ ކަމެކޭ މިއިން އެގިގެންދަނީ މިރާއްޖޭގެ ޓްރާންސްޕޯރޓް އޮތޯރިޓީ އޮތީ ފެއިލް ވެފައި ކަމަށޭ ކަން މިހެން ހުރުމުން މިކަމަކީ އެއީ ޓްރާންސްޕޯރޓް މިނިސްޓަރު ޒިންމާ ނަގަން ޖެހޭނެ ކަމެކޭ ޓްރާންސްޕޯރޓް އޮތޯރިޓީގެ ބޮޑުން ކަމަކީ ވައްކަން ކުރުމޭ ހަނދުގައި ހުންނަ ގަރާޖް ތަކުގައި ކާރު ތައް ޕާރކް ކުރަން އަދުން ހަސަން އާއި ގުޅިގެން ކަޓް ކައި ވައްކަމޭ ސަރުކާރުގެ ތެރޭގައި ތިބެގެން ކުރަނީ ތަމެން

    17
    2