މިއަދު ހެނދުނު އައިޖީއެމްއެޗްއާއި ދިމާލު މޫދުން ފެނުނު ޒުވާނާ މަރާލާފައި އޮތް ކަމަށް ތުހުމަތު ކުރެވޭތީ އެކަން ފުލުހުން ބަލަން ފަށައިފިއެވެ.
އައިޖީއެމްއެޗް އާއި ދިމާ ބޭރުން މޫދުގައި ނިޔާވެފައިވާ މީހެއްގެ ހަށިގަނޑު އޮތް ކަމުގެ މައުލޫމާތު ފުލުހުންނަށް މިއަދު ލިބުނީ ހެނދުނު 10:40 ހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.
ނިޔާވެފައި އޮއްވާ ފެނުނީ ދިވެހި ފިރިހެނެކެވެ.
"ވަގުތު"އަށް އެނގިފައިވާގޮތުން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުން ދަނީ ގަސްތުގައި ބަޔަކު އޭނާ މަރާލާފައި އޮތް ކަމަށް ބަލައިގެންނެވެ.
މައުލޫމާތު އެނގޭ ބައެއް މީހުން "ވަގުތު"އަށް ބުނީ އެ ޒުވާނާ މޫދުން ފެނުނުއިރު ކާކުކަން ވަކި ކުރަންވެސް ނޭނގޭ ކަމަށެވެ.
"މޫނު މަތިން ނޭނގޭ ކާކުކަންވެސް، މޫނު މަތީގައި ލޭހުރި، ޝަހާދަތް އިނގިލީގެ ބައެއް ނެތް". މައުލޫމާތު އެނގޭމީހަކު ބުންޏެވެ.
މޫނުމަތިން ކާކުކަން ވަކިކުރަން ނޭނގުމާއި، އެއް އިނގިއްޔަށް ލިބިފައި ހުރި ޒަހަމްތައް ފިޔަވައި އިތުރު އެއްވެސް ޒަހަމެއް އޭނާގެ ހަށިގަނޑުން ފެންނަން ނެތް ކަމަށް މައުލޫމާތު ލިބެއެވެ.
"ވަގުުތު"އަށް އެނގިފައިވާގޮތުން އެ ޒުވާނާ މޫދުން ފެނުނުއިރު، އޭނާގެ އަތުގައި ހުރި ތަޅުދަނޑި އާއި ވޮލެޓް އާއި އައިޑީ ކާޑު ފަދަ އެއްޗެހި ހަމައަށް ހުއްޓެވެ.
އެ ޒުވާނާ އޮތީ މަރާލާފައި ކަމަށް އާއިލާގެ ފަރާތުންވެސް މީހަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނެފައި ވެއެވެ.
މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.
އަނެއްކާ ޔާމީނުތަ ވެރިކަމުގަ ހުރީ؟
ޔާމީން ވީ ވައްކަން ކޮށްގެން ޖަލަށް ލާފަ..
ވެރިކަމުގަ ހުރި ނަމަ ބުނާނެ ލައިގެން ހުރި ޓީޝާޓްގެ ސަބަބުންނޭ މަރާލީ..
ސާފު ވެއްޖެ ކަމަށް ހީކުރަން
ހަޖަމް ކޮށްބަ .ކަރަންޓް ވެސް ކެނޑެނީ ކޮރަޕްޝަން އިންތިހާ އަށް' ޔާމިން ޖަލުގަ ނެތްނަމަ އޭނަ ބޮލަށް ހުރިހާ ކަމެއް ކަނޑާނެ.
ފެން ނުލިބިގެން ގުއި ނުދޮވެ ވެސް ދެތިންމަހު އުޅުނު ތިޔަ ބުނާ ސާބިތު ވެގެން ޖަލުގަ އޮތް ރައީސް
މިހާރު ހިނގާނީ ހުސް ރަނގަޅު ކަންތަކޯ....ކަނުވެ ބީތާވިޔަސްބޮޑުވަރު...
ޔާމީނު އަކީ ހީރޯއެއް. ޞޯލިހަކީ ޒީރޯއެއް
ތީގެ ތަހުގީގައް އެއް ހާސް އަހަރު ނަގާނެ.
ހަރުކަށި ފިކުރުގެ މީހެއް ކަމަށް މައުލޫމާތު ލިބޭ!
ކޮންމެ ކަމެއް ސިޔާސީ ނުކޮއްބަލަ
ޑްރަގް ބަސްޓ
ޕޯސްޓްމޯޓަމް ހަދަނީއޭބުނާނެ ދެން ހަދާނީ މަކަރު ދެން ލިޔުންތައްދައްކާފަ އިމްރާނުބުނާނެ ޔާމީނޭ ނިމުނީ
ޢައ އިޑީކާޑު އޮތް އިރު ކާކުކަން ބުނެ ނުދިނީ ކީ އްވެބާ
ޑުރަގާ ގުޅުން ހުރި މީހެއް ނޫން އެއީ. ނަމަވެސް ލައިސަންސްގެ މައްސަލާގައި ފުލުހުން ހިފަހައްޓާފައިވޭ. ކުށުގެ ރެކޯޑް ދައްކަނީ އެއްގަމު ދުއްވާ އެއްޗެހީގެ ގާނޫނާ ޚިލާފުވާ ކަމަށް. އެއީ ހަރުކަށި ފިކުރުގެ މީހެއް.
ދެންވެސް ސުޢޫދު އަބުރާ މަރުކޮމިސަނަށް، ޕުލީޒް!
ޔާމީން. ޔާމީން ނޫންއެހެންނަމެއްނެތީތަ. ވައްކަންނުކުރި އަސް ކުރިކަމުގައިވިޔަސްއަދިތުހުމަތު ތަކަށްކަމަށްވެސް ޖަލުގަތަކުގައިއޮވެއަދިއޮންނަން ޖެހޭމީހުންމަދެއްނޫން..މިގޮތުން ޖަލުގައޮވެ ދުނިޔެދޫކޮށް ދިޔަމީހުންގެ ވާހަކަތައްއެއީއަބަދު އިވޭއަޑެއް. ކުށްކުރާ އެންމެންޖަލުގަތިބެންޖެހޭނަމަ ވަރަށް ގިނައަދަދެއްގެބަޔަކުތިބޭނީޖަލުގަ. މަށަކީއެއްވެސްޕާރޓީއަކަށް ސަޕޯރޓް ކުރާނެ މީހެއްނޫން. އެންމެންތިމާގެ ނޫނަސް ކޮންމެވެސްގޮތަކުން ގުޅިލާމެހިފައިވާ ބައެއްގެތެރެއަށް މިޕާރޓީސިސްޓަމްއައުންވީ ފިތުނަފަސާދަައުފެދެން ދިމާވި މައިގަޑުސަބަބަކަށް .ސުލްޙަ އަށްލޯބިކުރާ މީހެއްގެ ހައިސިއްޔަތުން ވަރަށް ފޫހިވެދެރަވޭޮ ކޮންމެ ކަމަކަށްއަބަދު މިގޮތަށްކަމަކާނުލާމީހުންނަށްހަސަދަ ލައިގެން ނުނެއްޓެވި ގެންއުޅޭތީ. ކޮންމެމީހަކީވެސްޢާއިލާއަކަށް ނިސްބަތްވެ ތިމާގެމީހުންނާ ދަރިންނާއެކުއުޅޭބަޢެއް. މިއީއެޢާޢިލާތަކުގައި ތިބިކުޑަކުދިންނާމުސްކުޅިޢުމުރުގެބަލިމީހުންނާޒުވާނުންނާ ހަރުމީހުންހިމެނޭގޮތަށްއެއެންމެންނަށްދެވޭވަރަށްބޮޑުއަނިޔާއެއް ކަމަށްވާތީއެގޮތުންތިއަނިޔާތަކަށް މަޙްޝަރު ދުވަހުން އަގު އަދާކުރަންޖެހޭނެކަންހަނދާންކުރުންރަގަޅު. މިހާރުރާއްޖޭގަ ގޮތްނުނޭނގިއަދިޤުދުރަތީގޮތުންވިޔަސް ނިޔާވާމީހުންގެ ޚަބަރުތަކަށްހެޔޮބަހެއްބުނުމުގެބަދަލުގާކުރާ ކޮމެންޓްތައް ކިޔާލުމުމުންމުޖްތަމަޢުގެހާލަތުވެއްޓިފައޮތްހިސާބުގެއަގުވަޒަން ކުރަންރަގަޅަށްއެގޭ.
ދިވެހި ރާއްޖޭގައި މަރުގެ މައްސަލައެއް ބަލައި ނިމިފައި ވޭތޯ؟ އަދި އެކަމަށް ޙައްޤު އަދަބު ދެވިފަ ވޭތޯ؟
މީ ވެސް ނޫސްވެރިން އަލިއަޅުވާލްން ރަނގަޅު މައުލޫއެއް.
ތިކަން ކުރަން އައި މީހުން އުޅެނީ އެހެން ކަމަކާ
ވާނުވާ އެނގޭހާ. ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ
ފާޑެއްގެ މަރުކޮމިޝަނެއް ހަދާ މުޅި ބަޖެޓް އެކަމަށް ތަޅާ ބޭލި އިރުވެސް ވީކަމެއް ހަރާމް މިސަރުކާރުއައިސް ފަށާއިގަތް ކަމަކުން މަރު އިންތިހާ. ސާބިތު ހެކި ފެންނަ ކަމަކަށްނުވޭ
އެވައްކަންކުރަންޔާމީނުގެ ނަންބޭނުންކުރަނީ
ކަމެއްވިއްޔަަާ ކޮްޅެއް ގަ ޖައްސަބަލަ
ތި ހުރިހާ ގޭންގް ތައް ހަވާލުކޮށްބަލަ ރައްޔިތުންނާ...އޭރުން ތަންފީޒު ވާނެ