ދިވެހި ޒުވާނުންގެ ތެރެއިން ގިނައީ އިތުރު ތައުލީމާއި ތަމްރީން ހޯދުމުގައި ނޫޅޭ އަދި ވަޒީފާއެއް ވެސް އަދާނުކުރާ ޒުވާނުން ކަން ތަފާސްހިސާބުތަކުގެ އިދާރާގެ ދިރާސާއަކުން ދައްކައިފިއެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ޒުވާނުންގެ ދުވަހާ ގުޅިގެން ދިރާސާކޮށް އެކުލަވާލި ތަފާސްހިސާބުތައް ދައްކާ ގޮތުން ދިވެހި ޒުވާނުންގެ 56 ޕަސެންޓް ޒުވާނުންނަކީ އެއްވެސް ތައުލީމެއް ނުވަތަ ތަމްރީނެއް ހާސިލްނުކުރާ އަދި ވަޒީފާއެއް އަދާ ނުކުރާ ޒުވާނުންނެވެ.

ތައުލީމެއް ނުވަތަ ތަމްރީނެއް ހާސިލް ނުކުރާ އަދި ވަޒީފާ އަދާ ނުކުރާ ޒުވާނުންގެ ތެރެއިން ގިނައީ ޒުވާން އަންހެނުން ކަން ވެސް ތަފާސްހިސާބުތަކުން ދައްކައެވެ. ވަޒީފާ އަދާ ނުކުރާ 56 ޕަސެންޓް ޒުވާނުންގެ ތެރެއިން 41 ޕަސެންޓް ޒުވާނުންނަކީ ޒުވާން އަންހެނުންނެވެ. ޒުވާން ފިރިހެނުންނަކީ 15 ޕަސެންޓެވެ.

ޒުވާނުންގެ ތެރެއިން ގިނަ ބަޔަކު ތައުލީމެއް ނުވަތަ ތަމްރީނެއް ހާސިލްނުކުރާއިރު އަދި ވަޒީފާއެއް އަދާ ނުކުރި ނަމަވެސް ޒުވާނުންގެ އާބާދީގެ ބޮޑު އިންސައްތައަކަށް ލިޔަންކިޔަން ދަނެއެވެ. ޒުވާން އާބާދީގެ 98 ޕަސެންޓް ޒުވާނުންނަށް ދިވެހި ބަސް ލިޔަން ކިޔަން އެނގޭއިރު، 78 ޕަސެންޓް ޒުވާނުންނަށް އިނގިރޭސި ބަސް ލިޔަން ކިޔަން އެނގެއެވެ.

ޒުވާނުން އަދާ ކުރާ ވަޒީފާތަކަށް އަޅާ ބަލާއިރު ގިނަ ޒުވާނުން އަދާ ކުރަނީ ކޭޝިޔަރުންގެ ވަޒީފާ ކަމަށް ތަފާސްހިސާބުގައިވެއެވެ. ދެން އެންމެ ގިނަ ޒުވާނުން ވަޒީފާ އަދާ ކުރަނީ ޖެނެރަލް އޮފީސް ކްލާކްސްގެ ދާއިރާގައާއި އެޑްމިނިސްޓްރޭޓިވް އަދި އެގްޒެކެޓިވް ދާއިރާތަކުގައެވެ.

ޒުވާނުންގެ އާބާދީގެ ގޮތުގައި ބަލާފައިވަނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހުނަށެވެ. މި ގޮތުން މި އުމުރުފުރާގެ އާބާދީއަކީ 240،584 މީހުން ކަމަށް ތަފާސްހިސާބުގައިވެއެވެ. އެއީ މުޅި އާބާދީގެ 43 ޕަސެންޓްއެވެ. މި އާބާދީގެ ގިނަ ބަޔަކު އުޅެނީ މާލޭގައި ކަމަށާއި މާލޭގައި 51 ޕަސެންޓް ޒުވާނުން އުޅޭ ކަމަށް ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ދިދަ ދަނޑި

  ޒުވާނުން ކިޔަވައިގެން ތިއްބަސް ވަޒީފާއެއް ނުލިބޭ.. ތަން ތަނުގައި ތިބޭ ނުކިޔަވާ ވާނުވާއިންނަށް ބޮޑެތި މަޤާމްތައް ދެނީ.. މިހާރު އޮތީ އަޑުގަދަ މީހާގެ ރުއް ގިނަވާ އުސޫލު..

  22
 2. ހުސޭނުބޭ

  ޒުވާނުން ކިހިނެއް ހަދަންވީ! އިއްޔެވެސް ޒުވާނުްނނަށް ފުރުސަރުދެނީއޭ ކިޔާފައި ސޯލިބޭ ހެލްތު މިނިސްޓްރީވެސް ހަވާލުކުރީ 78 އަހަރުގެ ލާދީނީ ވަގަކާ!

  39
  1
 3. އެމަންޖެ

  ތިޔަޔީ ކޮނމެހެން ދިރާސާ ކުރަން ޖެހޭ ކަމެއްތަ ، މިގައުމުގަ އިސްމަގާމު ތަކުގަ ތިބީކީ ކިޔަވައިގެން ތިބި ބަޔެއްވެސް ނޫން އަދި މަސަތްކަތެއް ކުރާ ބައެއްވެސްނޫން ، ހަމަ އެކަނި ލާރިކާން އެނގުނީމަ މިގައުމުގަ އުޅެވޭނެ.

  18
 4. އެމަންޖެ

  މިގައުމުގަ ތައުލީމު ހާއްސިލް ކޮއްގެން ވަޒީފާ ގަނޑެއް ނުލިބޭ...ކިތައްމެ މޮޅައް ކިޔެވިޔަސް ކިޔަވާ ދާއިރާޔަކުން ވަޒީފާ ލިބޭނީ ސަރުކާރުގެ ބޮޑުންނައް އެހެޔޮ އަލިފެއް ޔާއެއް ވަކިކުރަން ނޭނގުނަސް.

  17
 5. ޓަކަފިރޯށި

  މިގައުމުގަ ޒުވާނުން ކިޔެވުމުގެ ބޭނުން ކެނޑިއްޖެ! އެތިބެނީ މިނިސްޓުރީތަކުގެ އެގްޒެކެޓިވް ފެންވަރުގަ ކިރިޔާ ތާނައިން ކިޔަންއެގޭ ފެންވަރުމީހުން އެމިހުނަން ތާނައިން އެއްޗެއް އިބާރާތް ކުރަންވަސްނޭގޭ! އާއިލީ މުސްކުޅިންނަށް ދެންހުރި ވަޒީފާތަށް! ގާނޫނުހަދާ މަޖިލިސް މެންބަރުން ކިޔަވާކަށްނުޖެހޭ!ވީހާގިނައިން މެންބަރުން ކޮސްގޮވަންއެނގިފަ ދޮގުހަދަން އެގުމުން މެންބަރު ފުރިހަވެފަ ބަރާބަރުވީ! ކިހާއޯކޭ

  16
 6. ޢެސްއެސް

  ޒުވާނުން ކިޔެވިޔަސް ވަޒީފާ ނުލިބޭ އަދި ކިޔަވާފަ ތިބި އެތައް ކުއްޖެއް ވަޒީފާ ނުލިބި ގޮތް ހުސްވެ މަގުމަތީގަ އެބައުޅޭ ޙާއްސަ ކޮއް ޒުވާން ފިރިހެން ކުދިން ނައް ވަޒީފާގެ ފުރުސަތު ހަނިވެފައި ވާވަރު އިނގޭނެ މާލޭގެ އޮފީސްތަކައް ޒިޔާރަތް ކޮއްލުމުން އާއިލާތަށް ބެލެ ހެއްޓުން ތެރިން ނަކީ ފިރިހެނުން ނަމަވެސް ސިވިލްސާވިސް އައް އެކަނި ނަޒަރު ހިންގާލިޔަސް އިނގޭނެ މިކަން ވަރަށް ރަނގަޅަށް...؟؟؟

  14
  1
 7. މުއާ

  ކިޔެވުމުގެ ބޭނުމެެއްނެތް ބީއަ ޕޮލިޓީސަން

 8. ޢިބްރާހިމް

  ކިޔެވުމުގެ ބޭނުމެެއްނެތް ބީއަ ޕޮލިޓީސަން

 9. ބިޓަރނަސް

  ކިޔެވުމުގެ ބޭނުމެެއްނެތް ބީއަ ޕޮލިޓީސަން