އައްޑޫ ސިޓީގައ ކާޅު ގިނަވުމުގެ ސަބަބުން އެ ސިޓީގައި އުޅެމުންދާ ދޮންދީނިގެ އާބާދީ ނެތިގެން ދިއުމުގެ ބިރު ބޮޑުވުމާ ގުޅިގެން އެ ސިޓީގައި ކާޅު މަރަން ފެށުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ.

އައްޑޫ ސިޓީގެ ދޮންދީނި އާބާދީ ނެތިގެން ދިއުމުގެ ކަންބޮޑުވުން ފާޅުކުރެއްވި އިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ މީދޫގައި އެމްއެންޑީއެފް އިން ކާޅު މެރުމުގެ މަސައްކަތް މާދަމާ ނޫނީ އަންނަ އާދީއްތަ ދުވަހު ފަށާނެ ކަމުގެ މައުލޫމާތު ދީފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އެދެނީ ވީހާ ވެސް އަވަހަކަށް ކާޅުތަކުގެ ކިބައިން ދޮންދީނިތައް ސަލާމަތް ވުން، މި ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ދެއްވަމުން ގެންދަވާ އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރިއްޔާ،" ރޮޒައިނާގެ ޓްވީޓްގައި ލިޔުއްވާފައިވެއެވެ.

އައްޑޫގައި ކާޅު އާލާވެ ދޮންދީނިގެ އާބާދީ ނެތިގެން ގޮސްދާނެ ކަމުގެ ބިރު ހީވުމުން، އެންވަޔަރަމެންޓް މިނިސްޓްރީން ވަނީ ކާޅަކީ އައްޑޫގައި އާންމު ގޮތެއްގައި އުޅޭ ބާވަތުގެ ދޫންޏަކަށް ނުވާތީ ކާޅުގެ ސަބަބުން ކުރިމަތިވާ އެހެން އުނދަގޫތައް ނައްތާލުމަށް ކާޅު މެރުމުގައި މައްސަލައެއް ނެތް ކަމަށް އައްޑޫ ސިޓީ ކައުންސިލަށް ލަފާ ދީފައެވެ.

މި މައްސަލައާ ގުޅިގެން އައްޑޫގެ ގިނަ ބަޔަކު މީސްމީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. ކަންބޮޑުވުން ފާޅުކުރަމުންދާ އައްޑޫގެ ރައްޔިތުން ބުނާ ގޮތުގައި އައްޑޫގައި އުޅޭ ދޮންދީނިތަކަށް ކާޅުތަކުގެ ހަމަލާތައް އަމާޒުވެ އެތައް ދޫންޏެއް މަރުވެގެން ގޮސްފައިވެއެވެ.

އައްޑޫގައި ކުއްލި ގޮތަކަށް ކާޅު ގިނަވެގެން އުޅެނީ ބަޔަކު މީހުން ގަސްތުގައި ކުރި ކަމެއްގެ ގޮތުގައި ބެލެވޭ ކަމަށް ބުނެ އައްޑޫގެ ގިނަ ބަޔަކު މީސްމީޑިއާގައި ތުހުމަތު ކޮށްފައިވެއެވެ. އެ ގޮތުން ބައެއް ރަށްރަށުން އަންނަ ފަރާތްތަކުން ކާޅު ގެނެސް އަލާ ކުރާ ކަމަށް ބައެއް މީހުން ތުހުމަތުކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ނަައީމް

    ކާޅު މެރުމާއި ދެކޮޅަށް ލަންކާގަ މުޒާހަރާއެއްޖައްސަނީ ވާގޮތުން ރާއްޖެވެސް އަރާފާނެ އެމީހުންގެ ގައުމީ ދޫނި ސަލާމަތްކުރަން އެމީހުންނިކުންނަނީ

  2. ޙހަަ

    ރޮޒޭނާގެ މެގަ ޕުރޮޖެކްޓެށް

    10
  3. ބޯކިބާ

    އަތޮޅުގެ ރަށެއް އެއްކޮށްކަހަލަގޮތަކަށް ހިފައިގެން ރާއްޖެއާއި އިންޑިއާގެ ހަތިޔާރުއެޅި ބޮޑު ލަޝްކަރެއް އެބައޮވޭ، ދޮޅުމަސްވެގެންދާއިރު ރަށުގައުޅޭ ކާޅެއް މަރާލެވޭނެގޮތެއްނުވި.

    2
    1
  4. ސަރޫ

    ކާޅަށް ކުރާ އަނިޔާ ހުއްޓާލާ.... އެއީ ހަމަ ދޮންދީނި ދޮންވެފަ ކާޅު ކަޅުވީމަ ތަ

    7
    1
  5. ޓޮރަންޕު

    މިވަގުތުވެރިކަމުގަތިބީހައްތާވެސް ކާޅުން

  6. ޔާމިން

    ރޮޒޭގެ ހަޔާއްކުޑަކަން މަށަކީވެސްކާޅެއްތަ ރޮޒޭބުނެލިއެވެ ނިހާންބުންޏެވެ ތީރުޑިހައްކަޅު ކާޅެއް

  7. ސސ

    ބަލަ ކާޅަކީވެސް ދޮންދީނި ފަދަ ﷲ ލެއްވި ދޫނި އާއިލާގެ ދެ މަހުލޫޤުން ތަފާތަކީ އެކަތީގައި ކަޅު ކުލަޔާއި އަނެކަތީގައި ހުދު ކުލަހުން !