ރިޔާސީ އިންތިހާބަށް އެމްޑީޕީން ބާއްވާ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ މައުލޫމާތު ފޮނުވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެ ޕާޓީއަށް އަންގައިފިއެވެ.

އީސީން ޕާޓީތަކަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ޕްރައިމަރީ ބޭއްވުމުގެ ތިން ދުވަސް ކުރިން، ވާދަކުރާ ކެންޑިޑޭޓުގެ މައުލޫމާތާއި ބާއްވާ ތާރީޚު އެ ކޮމިޝަނަށް އެންގުމަށެވެ. އަދި 21 މެއި އާއި ޖުލައި 1 ގެ ކުރިން ޕްރައިމަރީ ބާއްވަން ޖެހޭނެ ކަމަށްވެސް އެ ސިޓީގައި ބުނެފައި ވެއެވެ. އަދި އެ ޕްރައިމަރީގެ ނަތީޖާ ޖުލައި، 8 ގެ ކުރިން އީސީއަށް ފޮނުވުމަށް ވެސް އެމްޑީޕީއަށް ވަނީ އަންގައިފައެވެ.

އެމްޑީޕީ އަށް އިއްޔެ ފޮނުވި ސިޓީގައި ބުނެފައި ވަނީ، ބައެއް ސިޔާސީ ޕާޓީތަކުގެ އަސާސީ ގަވާއިދު ސިޔާސީ ޕާޓީތަކުގެ ގާނޫނާއި އަދިވެސް ބައެއް ގާނޫނުތަކާ ހިލާފަށް ހުރިކަން ފާހަގަވާ ކަމަށެވެ.

އެހެންކަމުން އެމްޑީޕީގެ އަސާސީ ގަވާއިދުގައި ސިޔާސީ ޕާޓީގެ ގާނޫނާ ހިލާފު މާއްދާއެއް އޮތްނަމަ އެ މާއްދާ ބާތިލުވާނެ ކަމަށާއި، އަސާސީ ގަވާއިދަށް މާއްދާއެއް އިތުރުކޮށް އެ ޕާޓީގެ އަސާސީ ގަވާއިދު އިސްލާހު ކުރުމަށް ވެސް އެ ސިޓީގައި ވެއެވެ.

އެ ކޮމިޝަނުން ނެރުނު އިއުލާނެއްގައި ވަނީ، ރައިސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތިލެއްވުމަށް ގާނޫނު އަސާސީގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަނުވާ މީހުން ބައިވެރިކޮށްގެން ބާއްވާ ޕާޓީތަކުގެ ޕްރައިމަރީތައް ބާތިލުކުރާނެ ކަމަށް ބުނެފައެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީ މި މަހުގެ 30 ވަނަ ދުވަހު ބާއްވަން އިއުލާންކޮށްފައިވާއިރު، އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަންޏެވެ. އެހެން ނަމަވެސް ޓެރަރިޒަމްގެ ކުށް ސާބިތުވެ އެ މަނިކުފާނު ހުންނެވީ، 13 އަހަރުގެ ޖަލު ހުކުމެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ރިސޯޓުތަކުގަ ވޯޓުފޮށި ބަހަޓަނީ ރިސޯޓު މުވައްޒަފުން ވޯޓު ނުލިޔަސް ފާހަގަޖަހާފަ މޭޒުކާރި ތިބޭ މީހުން ވޯޓު އަޅަން. މިހެން ހަދަނީ އަންނިއައް މުޅި ރާއްޖެއިން ދެލައްކަވޯޓް ޕްރައިމަރީން ލިބިއްޖެކަމައް ހަދަން. ދެންމީނާ ރައީސްކަމުގެ ހުވާކުރާނެެ އިނގިރޭސިވިލާތުން ބުނީމާ

  2. ޙަފްޞާ / މާލެ

    ވަންމޭންޝޯވް!

  3. މާރިޔާ

    އަތައްގޮވަނީ ނެރޭނެކެޑިޑޭޓެއް ނެތިގެން ދެންލަލަލާ 2018 ރައީސް ޔާމިން އިރާދަކުރެއްވިއްޔާ އިންޝާﷲ