އައްޑޫ ސިޓީ ގަމުގައި ހިންގަމުން އަންނަ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ)ގައި ކިޔަވަމުންދާ ހަތަރު ދަރިވަރަކު ވަކިކޮށްފިއެވެ.

އޭއޭއޭ އަކީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި ރަޖިސްޓްރީކޮށް، ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ދަށުން އޮޕަރޭޝަންސް ރެގިއުލޭތް ކުރާ އެކަޑަމީއެކެވެ.

އެތަނުގެ މައްސަލަ ވަރަށް ބޮޑަށް ވަނީ ހޫނުވެފައެވެ. އަދި އެ އެކަޑަމީއާއި މެދު ފިޔަވަޅު އެޅުމަށް މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން ވަނީ ނިންމާފައެވެ.

އޭއޭއޭއިން ކިޔަވަމުން އަންނަ ދަރިވަރުންގެ ކިޔެވުން ނުނިމި ދިގުލާ މައްސަލަ ވަނީ ބޮޑުވެފައެވެ. އަދި ދަރިވަރުންނާއި، ދަރިވަރުންގެ ބެލެނިވެރިންނާއި އެ އެކަޑަމީގެ ސޫޓެންޑްޓް ޔޫނިއަން އިން އެ މައްސަލަ ފެންމަތިކޮށްފައި ވެއެވެ. އަދި އެކަމާއި ގުޅޭ ޕެޓިޝަނެއް ކަމައި ބެހޭ މުވައްސަސާތަކަށް ފޮނުވިއެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުން އައްޑޫ ފްލައިން ސްކޫލުން ވަކި ކުރި ދަރިވަރުންގެ ތެރޭގައި ހިމެނެނީ ޕެޓިޝަން ހުށަހެޅި 86 ދަރިވަރިންގެ ތެެރެއިން ހަތަރު ދަރިވަރެކެވެ.

އެތަނުން ވަކި ކުރި ދަރިވަރުންގެ ތެރޭގައި އައްޑޫ ހިތަދޫ އަށް ނިސްބަތްވާ ދަރިވަރަކާއި، ގދ. ތިނަދޫއަށް ނިސްބަތްވާ ދަރިވަަރަކާއި، ގދ. ފިޔާރީއަށް ނިސްބަތްވާ ދަރިވަރަކު ހިމެނެއެެވެ.

އެ ދަރިވަރުން ވަކި ކުރިކަން އަންގާ ފޮނުވާފައި ވަނީ ސިޓީ އެކެވެ.

މިހާރު މިކަން ހަޔާ އަޑިއުކޭޝަން މިނިސްޓްރީއަށް ހުށަހެޅުމުގެ މަސައްކަތް ކުރަން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހަސަންކޮ

    ދާންދޫ ދަރިވަރަކު ނުހިމެނޭތޯ؟

    14
  2. ކިނބޫ

    އަނގައިންވެސް ނުބުނެ މަޑުމަޑުން ތިބޭ. މީ އަނިޔާވެރި ބިރުވެރި ބައެއް. މިބައިމީހުންގެ އަނިތާގެ އަތް ނުފޯރާ ބަޔަކު ނެތް. ﷲ އާ ވަކީލު.

    21
    2
  3. އަބުދުﷲ

    ތި ސުކޫލަކީ ދިވެހިންއަޑީގައި ތިބެގެން ހިންގާ ޖަރީމާއެއް (އެމީހުންތިބީ ސިވިލްއޭވިއޭޝަން ، ޓުރާންސްޕޯރޓު ، ހަޔައެޑިއުކޭޝަން ، ޕޯރޓުއެތޯރިޓީ ، އައިލޭންޑު އޭވިއޭޝަން ، މަޖިލިސް ވަރަށް ސަލާމް ހެހެހެ ހެހެހެ

    23
    • ޙައްގުބަސް

      ރަގަނޅު ވާހަކައެއް!! ބޭރުގެ ކުންފުންޏަކުން އައިސް މިރާއްޖޭގައި ތިބެގެން ޖަރީމާއެއް ނުހިންގޭނެ މިރާއްޖޭގައި ބާރުހުރި ފަރާތްތަކެއް ނުގުޅި!! އެންމެން ގުޅިގެން ހިންގާ ޖަރީމާއެއް!! ޕައިލެޓް ކޯސް ހަދަން ކުދިންތައް ލޯނު ނަގައިގެންނާއި ސަލާން ޖަހައިގެން ފޮނި އުންމީދަކާއެކު އައްޑޫގައި ހުންނަ ފްލައިން ސޮކޫލަށް ދަނީ ދެ އަހަރުން ކޯސް ނިންމާގޮތަށް!! އެކަމަކު ހަތަރު އަހަރު ވެގެންދާއިރުވެސް ކޯސް ނުނިމި އެތައް ޚަރަދެއް ދަރިވަރުންކޮށް ލޯނު ދައްކަންޖެހި ބިކަވެގެން ކުދިންތައް ހަދާނެގޮތް ހުސްވެގެން އުޅޭތާ މަދު ދުވަހެއްނޫން!! ކިރިޔާވެސް ފްލައިން ސްކޫލާ ގުޅޭގޮތުން ދަރުވަރަކު އެއްޗެއް ބުނާއިރަށް ބިރުދައްކާ ހަދަނީ!! ޕެޓިޝަނެއް ހުށަހަޅައިގެން މިނިސްޓްރީން ފިޔަވަޅު އެޅީމާ ހަތަރު ކުދިން މިވަކި ކުރީ!! މިހެން މިކަން ވެގެންނުވާނެ!! ދެން އަދި މިފަދަ ކުންފުންޏެއް އޮވޭ!! އެއީ ފުލުހުންނާއި ސިފައިންގެ ފްލެޓްތައް ހަދަން ޙަވާލުވެގެން އުޅޭ ނޫމަޑި ކުންފުނި!! ތައިލެންޑުގެ މީހެއް ބޮޑަކީ!! މިރާއްޖޭގެ ސިޔާސީ ފަރާތްތަކާއި ގުޅިގެން މިރާއްޖޭގައި ޖަރީމާ ހިންގާ ކުންފުންޏެއް!! ދެ އަހަރުން ހަދަން ނިންމަން ޙަވާލުވި ފްލެޓްތައް 9 އަހަރު ވެގެންދާއިރު ނެހެދޭ!! އެތަނަށް ބޭނުންވެގެން އެތެރެކުރާ މުދަލަށް ޑިއުޓީ ނުނަގާ!! އެހެންކަމުން މިކުންފުނިން ފާއިތުވެ މިދާ ހުރިހާ އަހަރެއްގައި އެތެރެކުރި މުދާ (ޚާއްސަކޮށް އިމާރާތްކުރުމާއި ގުޅޭ މުދާތަށް) ސިފައިންނާއި ފުލުހުންގެ ފުލެޓް ހަދަން އެތެރެކުރާ މުދަލުގެ ގޮތުގައި އެތެރެކޮށް ޑިއުޓީ މަޢާފުކޮށްގެން މިރާއްޖޭގައި މިމީހުން ނަގައިގެން އުޅޭ އެހެން ކޮންސްޓަރަކްޝަން ސައިޓްތަކަށް ގެންދަނީ!! މިއީ ކިހާ ބޮޑު ޖަރީމާއެއް!! މިކަމުގައި ތުހުމަތުކުރެވޭ ފުލުހުންގެ އިސް މަދު މީސްކޮޅަކާއި ސިފައިންވެސް އުޅޭހެން!! އެންމެ ފަހުން މިސަރުކާރު އައިސް މިކުންފުންޏާއި ގުޅުން އޮންނަ ބަޔަކަށް ގެއްލުމޖުގެ ބަދަލުގެ 50 މިލިޔަން ޑޮލަރު ދީ ނިންމައިފި!! އެހެންވީމަ ސިޔާސީ ގޮތުން ކިހިނެތް އުޅޭ ބައެއްކަން އެނގޭ!! މީގެ ހެއްވާ ކަމަކީ މިކުންފުނިތަކާއި ދެކޮޅަށް ސަރުކާރުން އެއްވެސް ފިޔަވަޅެއް އެޅޭތަން ނުފެންނާތީ!! އެތައް ބައެއްގެ ޙައްގުތައް ގެއްލިގެން ގޮސްފައިވާއިރުވެސް!!

      21