މިއަދު ޅ.އަތޮޅުގެ ބައެއް ރަށްތަކަށް އައި ލޮޅުމަކީ އެސަރަހައްދުގެ ބިންގަނޑައަށް އައި ވަރަށް ކުޑަ ލޮޅުމެއް ކަމަށް ބެލެވޭ ކަމުގައި ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއްޖެއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ނެރުނު ބަޔާނެއްގައި ވިދާޅުވީ މިއަދު ހެނދުނު 06:40 ހާއިރު ޅ.އަތޮޅުގެ ސަރަހައްދުގެ ބިންގަނޑަށް އައި ލޮޅުމުގެ އަސަރުކުރެވުނުކަމުގެ ރިޕޯޓްތައް ބައެއް ފަރާތްތަކުން ވަނީ ލިބިފައެވެ.

"ބިންހެލުން ރެކޯޑްކުރާ މީޓަރުތަކުން ރާއްޖޭގެ އެއްވެސް ހިސާބަކަށް ބިންހެލުމެއް އައިސްފައިވާ ކަމަށް ރިޕޯޓް ކުރެވިފައެއް ނުވެއެވެ. އެހެންކަމުން މިލޮޅުމަކީ އެސަރަހައްދުގެ ބިންގަނޑައަށް އައި ވަރަށް ކުޑަ ލޮޅުމެއް ކަމަށް ބެލެވެއެވެ. އަދި މީގެ ސަބަބުން އެއްވެސް ގެއްލުމެއް ފޯރާނެކަމަކަށް ލަފައެއް ނުކުރެވެއެވެ." ބަޔާނުގައި ވިދާޅުވެފައިވެއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ މިކަމާއި ގުޅިގެން މިސަރަހައްދުގެ އެހެން ގައުމުތަކުގައި ހުރި ބިންހެލުން ރިކޯޑްކުރާ މީޓަރުތަކުގެ މައުލޫމާތު ވެސް ހޯދަމުންދާ ކަމަށެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން މިއަދު ހެނދުނު ވިދާޅުވީ ލޮޅުން އިހްސާސް ކުރެވުނީ ހިންނަވަރު، މާފިލާފުށި، ކުރެންދޫ އަދި ރިސޯޓަކަށް ކަމަށެވެ. ނަމަވެސް ނައިފަރު ކައުންސިލްގެ ނައިބު ރައީސް "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ލޮޅުމުގެ އިހްސާސް ކުރެވިގެން އެރަށުގެ މީހުން ކައުންސިލަށް އެކަމުގެ ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މާމިގިލީ މީހާ

    މާމިގިލީ ބިންގަޑު ވެސް ހަމަ ހެލުނު.. ހުސްފޭކް ހަބަރު.. ޅ އަތޮޅުގެ މީހުން މަސްހޫރު ވާންވެގެން ދައްކާ ފުލޯކް ވާހަކަތީ..

  2. މުޙައްމަދު ކާރިމް

    ނައިފަރު ޕީޕީއެމް އޮފީސްވެސް ކަޑައިގެން ދިޔަ

  3. ދޮނާ

    ޗަކޮޔާ، ޢެޢީ ބިންހެލުމެއްނޫން...........ފަޅުގޮއްވަނީ

    01

    • އަހަމަދު

      ދޮނާ އެއީ ސަމާސާއެއް ނޫން އަޅުގަޑު ޅ ގައި މިހުރީ އެއީ ހަމަ ބޮޑުޅޮލުމެއް ފަޅުގޮތް ވުމެއްނޫން.

  4. އަބުތި

    ރަށްރަށް ބުރިވާއިރުވެސް ބިންހެލުމެއް އައިކަމެއް ނޭގޭނެ ބިންހެލުން ބަލާ މީޓަރުވެސް ރިސްވަތަށް ގޮސް ހުސްވެފާ

  5. ޢިދްރީސް ނައިފަރު

    ބިންހެލުމެއް ނޫން އެއީކީ، ޗަމްޕާ އަފީފް ޅ.އަތޮޅު މާބިންހުރާ ކިޔާރަށެއްގެ ބޭރުފަރު ގޮއްވަނީ، އެގޮއްވުމުގައި އޮޅުވެލިފުށީ 2ރުކަކަށް ފަތިހު ރާބާލަން އަރާތިބި 2މީހަކު ވިއްސާގެން ހުދުފުށި ފަޅުތެރަށްވެސް ޖެހުނުކަމަށް އަދި އެރަށު ހުރިހާ ގެ އެއްގެ ޓިނުތައް ވިއްސާގެން ދިޔަކަމަށްވެސްވޭ!