މިއަދު މާލެ އިން ކަރަންޓް ކެނޑުމުން ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
ޕީއެސްއެމްގެ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވެފައި މިވަނީ ކުރީގެ ލަވަކިޔުންތެރިޔާ އަލީ ރަމީޒު އޭނާ ކިޔާފައި ހުރި ލަވަތަކާއި އެދުވަސްވަރުގެ ވީޑިއޯ އާއި ފޮޓޯ ބޭނުން ނުކުރުމަށް އޭނާ އެދުނުތާ 24 ގަޑިއިރު ނުވަނީސް އަލީ ރަމީޒުގެ ލަވަތަކަށް ހާއްސަކޮށްގެން ޕީއެސްއެމް އިން ލަވަ ޕްރޮގްރާމެއް ފޮނުވުމުން ގިނަ ބައެއްގެ ފާޑުކިޔުން ޕީއެސްއެމް އަށް އަމާޒުވިތާ ދެދުވަސް ފަހުންނެވެ.
ޕީއެސްއެމް އިން އަލީ ރަމީޒަށް ގޮން ޖެހުމުގެ ގޮތުން ހިންގި އަމަލަށް ފާޑުކީ މީހުންގެ މިއަދު އަނެއްކާވެސް އަންނަނީ ޕީއެސްއެމް އަށް "ނަސޭހަތްތެރިވަމުންނެވެ." މިއަދު ޕީއެސްއެމް އަށް ގިނަ ބަޔަކު މީސް މީޑިއާގައި ނަސޭހަތްތެރިވަމުން އަންނަނީ މިއަދު މާލެއިން ކަރަންޓު ކެނޑުމާގުޅިގެން ޕީއެސްއެމްގެ ބައެއް އިކުއެޕްމަންޓްތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ ކަމަށް އެކުންފުނިން ބުނުމުންނެވެ.
މިއަދު މާލެއިން ކަރަންޓު ކެނޑުނު ވަގުތުތަކުގައި ޕީއެސްއެމްގެ ހުރިހާ ޗެނަލްއެއްގެ ޓްރާންސްމިޝަންތައް ހުއްޓުނެވެ. ޕީއެސްއެމްއިން ބުނީ މާލެއިން ކަރަންޓް ކެނޑުމާއި ގުޅިގެން އެކުންފުނީގެ ޗެނަލްތަކުގައި ބޭނުންކުރާ ބައެއް މުހިންމު އިކުއިޕްމަންޓްތަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަމަށާއި ޚާއްސަކޮށް ބެކްއަޕްގެ ގޮތުގައި ބޭނުންކުރާ ގިނަ އިކުއިޕްމަޓްތަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަށެވެ.
އަލީ ރަމީޒު ދިފާއުކޮށް ޕީއެސްއެމްއަށް ފާޑުކިޔަމުންދާ ފަރާތްތަކުން ވަނީ ކުންފުނީގެ މެނޭޖްމަންޓުން ﷲ އަށް ބިރުވެތިވެ، އެހެން މީހުން ނުރުހޭ ކަންކަމުން ދުރުހެލިވެ ތިބުމަށް އެދެމުންނެވެ.
ރާއްޖޭގައި އުފެދުނު އެންމެ މޮޅު ލަވަކިޔުންތެރިޔާ ކަމަށް ގިނަ ބަޔަކު އެއްބަސްވާ އަލީ ރަމީޒް މިއުޒިކް ކުޅުން ހުއްޓާލިތާ އެތައް އަހަރެއް ވީއިރުވެސް އަދިވެސް އޭނާ ވަނީ ވަރަށް ގިނަ ދިވެހިންގެ އިހްތިރާމާއި ލޯބި ހޯދާފައެވެ. އަލީ ރަމީޒު ފާހަގަ ކުރެވެނީ އިސްލާމްދީނާއި މެދު އާއްމުންގެ މެދުގައި ހޭލުންތެރިކަން އިތުރު ކުރުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރާ ބޭފުޅެއްގެ ގޮތުގައެވެ.
އަލީ ރަމީޒު މިދިޔަ ހަފްތާގައި ފޭސްބުކުގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، މިއުޒިކާއި ލަވައިން އޭނާ ދުރުވީ އެފަދަ ކަންކަމަކީ ކިރިތި ގުރުއާނުގެ ސައްހަ މަހްފޫމުން އަދި ސަހާބީންނާއި ތައާބީންގެ ތަފްސީރުތަކުގައި އާއި، ކީރިތި ގުރުއާނުގެ އެއް އާޔަތަށްވުރެ ގިނަ އާޔަތްތަކުން އެކަންކަމަކީ ކަނޑައެޅިގެން ހަރާމް ކަމެއްކަން ބަޔާންކުރައްވާފައިވުމާއި، އެކު ރަސޫލާ (ސ.އ.ވ)ގެ އެތައް ހަދީސަކުން އެކަންކަން ކަނޑައެޅިގެން ހަރާމްވެގެން ވުމާއި އެކު ކަމަށެވެ.
މިހާރު ވިސްނެންވާނެ ޕީއެސްއެމް އަށް. ދެންވެސް މާތް ﷲ އަށް ބިރުވެތިވެބަލަ.
އޫން ތީ އާކަ އިވްގަ ހުރި ސިޔާސީ ބަ އެ އްގެ އެ އްޗެހިތަކެ އް ނަ އްތާލާ އެކަން ފޮރުވަންޖެހި މަ އްޗެ އް.
ޢަބޫ ޖަހުލަށް އެތައް މުޢުޖިޒާތެއް ހަމަ ލޮލަށް ފެނުނު.. އެކަމު އިސްލާހެއް ނުވި.. އަހަރމނ އެހެން ނުވާނެ ގޮތަކަށް މަސައްކަތް ކުރަން ޖެހޭ
ޜަނގަޅު ފިލާވަޅެއް ތިލިބުނީ.
ތިވަރުންވެސް ވިސްނިއްޖެއްޔާ ރަނގަޅު
އަބޫޖަހުލެކޭ އެއްފަދަ ބަޔެކޭ މިހާރު ގިނަތަންތާގެ ވެރިންނައްތިބީ.
އަބޫޖަހުލެކޭ އެއްފަދަ ބަޔެކޭ މިހާރު ސަރުކާރުގެ ގިނަތަންތާގެ ވެރިންނައްތިބީ.
އިރު އިރު ކޮޅުން ކަރަންޓް ދަންޏާ ހުރިހާ އެއްޗެއް ވެސް ހަލާކު ވާނެ.. ބީއެމްއެލް ގެ ހިދުމަތް ކެނޑުނީ ކީއްވެޔޯ؟؟؟ އެކަމާ ތިޔަބުނާ އަލީ ރަމީޒަކާ ގުޅުވައެއް ނުލާ ނަންތަ؟؟؟ މިހާރު ހަބަރު ލިޔާ މީހުންވެސް ތިބެނީ ހޭބުއްދި ފިލާގޮއްސަ.. ހަމަޖެހޭ އެކައްޗެއްވެސް ލިޔަން އިނގެނީކީނޫން..
އުގޫބާތަކީ ވަކި ބަޔަކައް އަންނަ އެއްޗެއްނޫން.
މިސާލަކައް ސުނާމީ ބަލާބަލަ.
ކަލޭކައިރީ ބުނެފަތަ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ އަޒާބު ފޮނުވަނީ.
ގަޅިވާހަކަ ނުދައްކަބަލަ
އޭ މޮޔަޔާ އެއްޗެހިތަކެއް ހަލާކުވި ވާހަކަ މިދައްކަނީ ، ބެންކުން ހިދުމަތް ކެނޑުނީ އެއްޗެއް ހަލާމު ނުވިޔަސް ، އެކަމް ޓީ ،ވީ ، އެމް އިން އެއްޗެހިތަކެއްހަލާކުވީ.
ވާނުވަ ނޭންގެންޔާ އަނގަ ނުހާވާ ހުންނާނީ .
ޢޯކޭ ބްރޯ.
މިހިރަ ބީތާޔާ އޭނަވެސް އެ ދައްކަނީ އެއްޗެހިތަކެއް ހަލާކުވި ވާހަކަ... ކަލޭގެ ގަމާރުކަންވެސް ކުޑައެއް ނޫނެއްނު.
މިއުޒިކް ފޮނުވުން ހުއްޓާލުމަށް ގޮވާލަން
އަލްހަމްދުލިﷲ.
ވަރަށް އުފާވެރި ހަބަރެއް.
ދެން ވެސް ތި ލަވަތައް ނޮފޮނުވަބަލަ. މިއުޒިކަކީ ހަރާން އެއްޗެކޭ. ކޯފާ އަންނާނީ އެކި ގޮތްގޮތައް.
މާތްﷲގެ ކޯފާ ފޮނުއްވާނީ ނޭންގިތިއްބާ ހަމަކޮންމެ ފަދަ ގޮތެއް މެދުވެރިކޮށްގެންވެސް ، މިހާރު ޓީވީއެމްގެ ސްޓާފުންނަން އިބްރަތެއް ލިބޭނެ ކަމަށް އުއްމީދުކުރަން
އ.ޑ.ޕ ސަރުކާރުގައި މިހާތަނަށް ދައުލަތުގެ ޓީވީ ޗެނަލް ބޭނުންކޮށްގެން ކުރާ ކަމަކީ މީހުންގެ އަބުރާއި އިއްޒަތް ކަތިލައި ވެއްޔާ މޮޑެލުން 2008 ގައި ކެނެރީގޭ މޮޔަސޮރުގެ ވެރިކަމުގައިވެސް ހިންގީ މީހުންގެ އަބުރު ކަތިލުމުހެ ޖަރީމާ ރާޓީވީއާއި ޓީވީއެމް ފަދަ ޗެނަލް ތަކަށް ތިޔަކަހަލަ މުސީބާތްތައް ގިނަ ގިނައިން ކުރިމަތިވީމާ ދެން އެއްޗެއް ވިސްނޭނެ ތިޔަ ދެ ޗެނަލަކީ މިހާރު ދެ އިބިލިހަށްވުރެ ނުބައި ތަންތަން
ކިތަންމެ ލަވައެއް ދެއްކިޔަސް އޯކޭ..!! ތީ އަހަރެމެން ބަލާ ޗެނަލް އެއް ނޫން../!!
ތި ޖަހަނީ އެންމެ ސްޓަންޓެއް ހަލާކުވީއޭ ކިޔާފަ މީގެ ކުރިން ދިންހެން އަގު ހުރި ހުރިހާ ސާމާނެއް ރާއްޖެ ޓީވީއަށް ދީބަލަ.
ޢަލީ ރަމީޒު އަދި ލަވަކިޔާ އެހެން ފަންނާނުން ނަށް ވިސްނޭނެ ތިމުސީބާތުން ސަލާމަތް ނުވެވޭނެކަން..ކޮއްފިކަމަކުން ދޭހުގާ ގިސްލަމުން ހިތިކަރުނަ އޮއްސަންޖެހޭ މުޅިއުމުރަށް..
ތީ އެމްޑީޕީގެ ޕޮރަޕެގަންޑާ ފަތުރާ މެށިނެއް ތިޔައް ދައުލަތުގެ މީޑިއާކިޔާނެ ކަމެއްނެތް.