ހއ. ބާރަށުގައި ކުޑަ ކުއްޖަކު ދަން ޖެހިފައި ހުއްޓައި ފެނިއްޖެއެވެ.

ބާރަށު ކައުންސިލްގެ ނައިބު ރައީސް އަލީ ޝަމީމް "ވަގުތަށް" މިއަދު ވިދާޅުވީ ކުޑަ ކުއްޖާ ދަން ޖެހިފައި ވަނީ ރޭ ފަތިހުގެ ވަގުތެއްގައި ކަމަށެވެ. އެ ކުއްޖާގެ އުމުރުން 18 އަހަރު ވާނެ ކަމަކަށް ނުބެލެވޭ ކަމަށް ވެސް އަލީ ޝަމީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި މި މައްސަލައިގެ ތަހުގީގު މިހާރު ފުލުހުން ކުރިއަށް އެބަގެންދެއެވެ. އެހެންވެ، އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ.

އެނގިފައިވާ ގޮތުގައި އެ ފިރިހެން ކުއްޖާ މަރުވެފައި ވަނީ އެ ކުއްޖާ ދިރިއުޅޭ ގޭގެ ކުރިމަތީގައި ހުންނަ ފަޅު ގެއެއްގައެވެ. ކުއްޖާ ދަންޖެހިފައި ހުއްޓާ ފެނިފައި ވަނީ އަތިރިއަށް ކުނި އުކާލަން ދިޔަ އަންހެނަކަށެވެ.

އޭގެ ކުރިން، އެ ކުއްޖާ ދަންވަރު ގަޑީގައި ބޭރުގައި އުޅެނިކޮށް ބަޔަކަށް ފެނުނު ކަމަށްވެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. ދަެރަ

  ވަރަށް ދެރަކަމެއް ތީ. ދަންޖެހެން ދިމާވި ސަބަބު ހޯދާ ކުއްވެރިވާ މީހުންނަށް އަދަބު ދިނުމަށް ގޮވާލަން. އަދި ތިފަދަ ކަންތައްތަކަކީ މާތް ﷲ ނުރުއްސަވާ ކަންތައްތައްކަން ދަރިވަރުން ހޭލުންތެރިކުރުމަށްޓަކައި ދީނީ ޕްރޮގްރާމާއި ނޫސް ރިޕޯޓްތައް ތައްޔާރުކުރުމަކީ ވަރަށް މުހިންމުކަމެއް. ތިޔަފަދަ ކަންތައްތައް ހިނގަން މެދުވެރިވަނީ ދީނުގެ މަޢުލޫމާތު ސްކޫލުތަކުގައިވެސް ދަރިވަރުންނަށް ދޭލެއް މަދުވުމުން. ބެލެވެރިންގެ ޒިންމާ ވަރަށް ބޮޑު. އާޚިރަތް ދުވަހުން އެމައިންބަފައިންނާ ސުވާލުކުރެވޭނެކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން. މާތް ރަސްކަލާނކޯ! އަޅަމެންނަށް ސީދާވެގެންވާ ތެދުމަގަށް މަގު ދައްކަވާންދޭވެ. އާމީން.

  270
  4
 2. Anonymous

  18 ނުފުރޭ ކުޑަކުއްޖަކު އެހާ ފަތިހު ބޭރައް ނުކުންނައިރު އާއިލާޔާ އެކުއްޖާގެ ބަލަދުވެރިން ކޮބާ އެކުއްޖާގެ އެކުވެންނަކީ ކޮބާ އެކުއްޖާޔާމެދު އާއިލާޔާ އެއުމުރުފުރާއިގެ އެހެން ކުދިން މުއާމަލާތް ކުރަމުން ގެންގޮސްފައިވަނީ ކިހިނެއް މީގެ ކުރިން އެއްވެސްވާހަކަޔެއް އެކުއްޖާ އެއްވެސްމީހަކާހިއްސާކުރިތަ ގެއްލިދިޔައި މައުސޫމް ފުރާނަޔެއް ސަބަބުތަކެއް އޮންނާނެ ތިމާގެ އަމިއްލަ ނަފްސައް އެދޭ ހެޔޮގޮތް އަނެކާޔަށްވެސް އެދިބަލަ ކޮންމެއިހުމާލަކީވެސް ފުރާނަ ގެއްލިގެންދާފަދަ އަނިޔާއެއް ހޭވެރިވޭ

  144
  4
 3. ދަެރަ

  ވަރަށް ދެރަކަމެއް. ދީނުގެ ޢިލްމު ކުދިންގެ ނެތުމުން ދިމާވާނެ މިފަދަ މައްސަލަތައް. ބެލެނިވެރިންގެ ޒިންމާ ވަރަށް ބޮޑު. އާާޚިރަތް ދުވަހުން އެމައިންބަފައިންނާ ސުވާލުކުރެވޭނެކަމީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫން.

  125
  6
 4. Anonymous

  މި ސަރުކާރު ވެރިކަމަށް އައިފަހުން ތަފާތު އެކި މަރު މަރުތައް ގިނަވާން ފަށައިފި

  21
  51
 5. ބާއީ

  އައިޑީކާޑު ބަލައިލިނަމަ އުމުރު އެނގޭނެ.ކައުންސިލްގެރައީސް ހާދަ ފަހަތުގައޭދޯ.

  51
  2
 6. ޭީީީާާާއޭއާރު

  މިގައުމުގު ދިރިއުޅެވެން އޮތީ ސިޔާސީ ފަރާތްތަކާއި ސަރުކާރު މުވައްޒަފުންނާއި ވިޔާފާރިވެރި މުއްސަދީންނައް. އާދާއިގެ ނިކަމެތި އާއިލާތަކައް ކޮވިޑް މިހާލަތުގައި އޮތީ ދިރިއުޅުމުގެ އުންމީދު ކެނޑޭފަދަ ތަޑުމަޑުކަން. އާންމުކޮއް ކެއުމައް ބޭނުން ކުރާ ފަރުމަސް ފަދަތަކެތިވެސް ހިފައިގެން ކެޔުން މިވަނީ މަނާކުރެވިފަ. ނަފުސާނީގޮތުން ބަލިކަށިވެ އާއިލާތައް ރޫޅި ދިރިއުޅުން ބަރުބާދުވާ ފަދަ ހާލަތެއްގަ. ހިތާމަހުރި މިފަދަކަންތައް އިތުރުވަމުން ދާތީވެ.

  8
  4
 7. ޜއޔތއ

  ޙަބަރު ތަކުގަ ދަންޖެހޭ މީހުން ޕުރަމޯޓު ކުރާ ހަބަރު ތައް ގިނަ ކަމަށް ފާހަގަ ކުރެވޭ. ޭ ފެ ސަނަކަށް މިހާރު މިކަންތަށް ވެފަ އޮންނަނީ.

  18
  12
 8. ހުދުހުދު

  ދީނީ ކަންކަން ދަރިންނަށް އޮޅުން ފިލުވައި ނުދޭތީ ވާ ގޮތް. ދަރިން އިސްލާމީ ތަރުބިއްޔަތު ދީގެން ބޮޑު ކުރީމަ ކުފުރުގެ އަމަލުތައް ކުރަން ބިރުގަންނާނެ. އަހަރެންގެ ފަސް އަހަރުގެ ދަރިފުޅު ކައިރީގައިވެސް އަމިއްލަ އަށް މަރުވީމަ ވާނެގޮތް ސުވާލު
  ކުރީމަ ކިޔައިދޭން އިގޭ. ކުޑައިރުން ފެށިގެން ދަރިން ތަރުބިއްޔަތު ކުރަންވީ ތައުހީދު ކިޔަވައިދީގެން. މައިންބަފައިން ކުރަންޖެހޭ ކަމެއް އެއީ. ސްކޫލު ތަކުންނެއް ތައުހީދު ކިޔަވައިއެއް ނުދޭނެ

  43
  3
  • ފާތުން

   ކޮންމެ ކަމެއްވިޔަސް މަދަރުސާއަށް ތި ބްލޭމް ކުރަނީ. ތިބޭފުޅުންނަށް އެނގުނު ފަދައިން އެކުއްޖާއަށްވެސް އެނގިފަ އޮންނާނީ އެ ކުރެވެނީ ބޮޑު ފާފައެއްކަން.

   15
   4
 9. ޙޮޅިވާހަކަ

  މަދަފުސާ ތަކުގަ ދީނީތައުލީމު ފަށަންވީ 14 އަހަރު ވުމުން ބާލިއުވީމަ ކައިވެނިކުރުން ރަނގަޅު ބިޓުގެ މައްސަލާގަ ދަންޖެހެނީ ކީއްކުރަން

  31
  4
 10. ފަޅުގެއެއްގައި؟

  ކީކޭދެން ބުނާނީ.. ސައްތައިން ސައްތަ މުސްލިމް މުޖުތަމައެއްގައި... މުޅި ސޮސައިޓީ ފެއިލް.. ތިހާދިސާގެ ހަގީގަތް އިނގެން ބޭނުން.

  17
  1
 11. ކަނބުލޮ

  މާތް ކަލާއްކޯ ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. ފުރިހަމަ މުސްލިމަކަށްވެހުރެ އަމއްލަޔަށް މަރުވުމަކީ ކުފުރުމަރެއްކަމާއި އެއީ ކިހާވަރެއްގެ ކަންކަން ކަން ކުދިންނަށް މައިންބަފައިން ބުނެދޭންވީ މިފަދަ ސަބަބުތަކަށްޓަކާ!! ހުރިހާކަމެއް ސްކޫލުން ނުވަތަ ޓީޗަރުންގެ ކިބައިން ކުދިންނަށް ދަސްވާނެކަމަށް ބެލުމަކީ ވަރަށް ހިތާމަ ހުރިކަމެއް. މިނޫނަސް އަންހެންކުދިންނާއި ފިރިހެންކުދިންނަށް މައިންބަފައިން ރައްކާތެރިވެ އެކުދިންނަށް ހެވާނުބައި ބުނެދިނުމަކީ ވަރަށްމުހިންމުކަމެއް. މިފަދަ ކަންކަމުން އިބުރަތް ހޯދައިގަނޭ.....

  7
  1
 12. މުޖުތަމައުގެ ގުޅުން ކުޑަވުން

  އަޑު އިވިފައިވަނީ އުމުރު 16އ ކަމަށް ، ކުޑަކުއްޖެއް މިފަދަ ކަމެއް ކުރުމުގައި ބައިވަރު ސަބަބުތައް ހުންނާނެކަމަށް ވިސްނަން ޖެހޭ، މިފަދަކަމެއްގެ ތެރެއަށް ކުއްޖާ ގޮސްދާނެ ހުރިހާ ދިމާލެއް ބަލައި ހޯދަން ޖެހޭ ، އާއިލާގެ އިހުމާލު ، މުޖުތަމައުގެ އިހުމާލު، މިފަދަ ކަމަކަށް ކުއްޖަކު ދިއުމަކީ އެކަށީގެން ވާކަމެއް ، އަދި އެކުވެރިންނާއި ދެކެފަރިތަ މީހުންގެ އަޅާލުން ކުޑަވުން ، މިކަންކަމަކީ މިފަދަ ކުއްޖަކު މިފަދަ ކަމަކަށް ހުށަހެޅުމުން ސަލާމަތް ކުރުމަށް އެންމެ ބޮޑަށް ހުރަސް އެޅޭ އެއް ސަބަބަކީ ، މިހަބަރަށް ބަލާއިރުވެސް އެކުއްޖާ ދަންވަރު އުޅެނިކޮށް ފެނިފައިވާކަމަށް އެބަބުނޭ ، އަދި މިފަދަ ރަށެއްގައި ކުޑަކުޑަ މުޖުތަމައެއްގައި އެކަކު އަނެކަކަށް ވަރަށް ބޮޑަށް އެނގޭނެ ، ދަންވަރު އުޅެނިކޮށް ފެނުނު ފަރާތުންވެސް ނޭނގެ އެއްވެސް ވަރަކަށް އަޅާލިކަމެއްވެސް ، ހަމަ އެހެންމެ ސަރުކާރު މުއައްސަސާއަކަށް އެނގުމަކީވެސް މިހާރު މީހުން ކުރާކަމެއްނޫން ، ވުމާއި އެކު މިފަދަ ކަންކަން ހުއްޓުވަން ނޫނީ މަދުކުރަން އުނދަގޫ ވާތަން އަންނާނެކަމަށް ދެކެން، އަދި ހަމަ ކުއްޖާ މަރުވުމުގެ އަސްލު ސަބަބު ނޭނނޭ އިރު މިކަމުގައި ފޮރުވިފައި ކޮންމެ ފަދަ ކަމެއްވެސް އޮވެދާނެ

  14
  1
 13. ބާރަށު މީހެއް

  މިކުއްޖާގެ ޕޯސްޓް މޯޓަމް ހަދަން ފެނޭ

  15
  1